ކޮވިޑް-19 އަށް ވުރެ ފަސޭހައިން މީހުންގެ މެދުގައި ފެތުރި، އަދި މާގިނައިން މީހުން މަރުވާ ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދީފިއެވެ.

ހޯމަ ދުވަހު ސްވިޒަލޭންޑްގެ ވެރިރަށް ޖެނީވާގައި އޮތް ޑަބްލިއުއެޗްއޯގެ ވޯލްޑް ހެލްތު އެސެމްބްލީގައި ވާހަކަ ދައްކަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ކޮވިޑްގެ ނުރައްކާ ވެސް އަދި އޮތީ ނިމުމަށްވުރެ މާދުރުގައި ކަމަށެވެ.

"ކޮވިޑްގެ އިތުރު ވޭރިއަންޓެއް ފެތުރިގެން ދިއުމުގެ ބިރު އަދިވެސް އެބައޮތް. އެއާއިއެކު ކޮވިޑްގެ އިތުރު ރާޅެއް އުފެދިގެން ހިނގައިދާނެ. ހަމައެއާއިއެކު ކޮވިޑްގައި މަރުވާ މީހުންގެ އަދަދު ކުއްލިއަކަށް މައްޗަށް ހިނގައިދާނެ." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ދެން ވިދާޅުވީ ކޮވިޑް-19 އަށްވުރެ ނުރައްކާތެރި ބަލިމަޑުކަމެއް އޮތީ ވަރަށް ގާތުގައި ކަމަށްވުން ވެސް އެކަށީގެންވާ ކަމަށެވެ. "އިތުރު ބޮޑު ބަލިމަޑުކަމެއް އައިސް ދޮރުގައި ޓަކި ދޭއިރު އަޅުގަނޑުމެން ޖެހޭނީ ހުރިހާ ގޮތަކުން ވެސް އެކަމަށް ތައްޔާރުވެގެން ތިބެން." ޓެޑްރޯސް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންތައް ވެސް މިހާރުގެ ހާލަތައް ބަލައި ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން މެންބަރު ގައުމުތަކުން ޑަބްލިއުއެޗްއޯ އަށް ދައްކާ ފައިސާގެ އަދަދު އިތުރުކޮށް ޑަބްލިއުއެޗްއޯގެ ބަޖެޓް ބޮޑު ކުރުމަށް ވެސް ޓެޑްރޯސް ވަނީ ގޮވާލާފައެވެ.

ވޯލްޑް ހެލްތު އެސެމްބްލީގެ މަޝްވަރާތަކުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ވެސް އޮތީ ޑަބްލިއުއެޗްއޯގެ ބަޖެޓް ބޮޑު ކުރުމެވެ. އެއީ ކޮވިޑް-19 ފަދަ ބަލިމަޑުކަމަކަށް ތައްޔާރުވުމަށް މުހިއްމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް ޑަބްލިއުއެޗްއޯގެ ވެރިން ވިދާޅުވެއެވެ.

ކޮވިޑް-19 ގައި މިހާތަނަށް ހަތް މިލިއަން މީހުން ވަނީ މަރުވެފައެވެ. ދާދިފަހުން ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް-19 އަކީ އާއްމު ބައްޔެއް ކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ވެކްސިން އުފައްދާ ކުންފުނިތަކާ މި މީހުން އޮންނަނީ މީހުން ބިރުގެންނެވުމުގެ ޑީލްއެއް ހަދާފައި.

  2. ޗަކޮއި

    އަނެއްކާ ބަނޑުހައިވީތަ؟ އޭރު ކެއި އެތިކޮޅު މަދުވީބާ؟ އިރުކޮޅަކުން މައިމޫނާއާއި 2 ނަޒުލާ ހީވާނީ ރޯމަހެއް ތެޅޭހެން..

    5
    2
  3. މޮޔަ

    އިސްލާމްނަށްއެގޭބަލިމަޑުކަމަކީވެސްރަހުމަތެއްކަން ކެއްތެރިން ކެއްކުރާމިންވަރުބެލުމަށް ބަލިވާނީ ޝިފާވެސްއެކާލާނގެދެއްވާނީ
    ދުނިހަލާކުކުރަންއުފައްދާސާމާނަށްކުރާހޭދަދުނިޔެއާރާސްތުކުރަންހޭދަކުރަންގޮވާބަލަ

  4. 😡😡😡

    ޕްރޮޕެގެންޑާ