ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ އެޗް3އެން8 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ އިންސާނުންގެ ކިބައިން މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ދޫނި ރޯގާޖެހިގެން މަރުވި ފުރަތަމަ މީހާއަކީ ޗައިނާގެ އަންހެނެއް ކަމަށެވެ.

ނަމަވެސް މި ވައްތަރު މީހުންގެ މެދުގައި ފެތުރެމުންދާ ކަމަށް ނުފެންނަ ކަމަށް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ދެކުނުގެ ޕްރޮވިންސް ގުއާންޑޮންގްއަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ މި އަންހެން މީހާއަކީ އެވިއަން އިންފްލުއެންޒާގެ އެޗް3އެން8 ސަބްޓައިޕް ޖެހިފައިވާ ކަމަށް ބެލެވޭ ތިން ވަނަ މީހާ ކަމަށެވެ.

މި ބަލީގެ ތިން ވޭދަނަވެސް މިހާތަނަށް ފެނިފައި ވަނީ ޗައިނާއިންނެވެ. އެގޮތުން މި ބަލީގެ ފުރަތަމަ ދެ ވޭދަނަ ފެނިފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ.

ގުއާންގްޑޮންގް ޕްރޮވިންޝަލް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން މިދިޔަ މަހުގެ ފަހުކޮޅު ތިން ވަނަ މީހަކު މި ބައްޔަށް ފައްސިވި ކަމަށް ބުނެފައިވީ ނަމަވެސް އެ އަންހެން މީހާ މަރުވި ގޮތުގެ ތަފްސީލެއް ހާމަކޮށްފައެެއް ނުވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ބަލިމީހާގެ ކިބައިގައި ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ އޭނާއަކީ ދިރޭ ކުކުޅުގެ ގެންގުޅުނު ކަމުގެ ތާރީޚެއް އޮތް މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

ދޫނި ރޯގާ އަކީ އާންމު ގޮތެއްގައި ފެތުރޭ ވައިރަހެކެވެ. 1990 ގެ އަހަރުތަކުގައި އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބަލިތަކުގެ ފުރަތަމަ ރިޕޯޓްތަކާއެކު ދޫނި ރޯގާ އަކީ ވަރަށް ބޮޑަށް ގައިންގަޔަށް އަރާ ވައިރަލް ބައްޔެއް ކަމަށް ވަނީ ނިންމާފައެވެ.

ދޫނި ރޯގާގެ ބައެއް ވައްތަރުތައް، މިސާލަކަށް މިހާރު އެޗް3އެން8 ފަދަ ބާވަތްތައް އިންސާނުންނަށް ވާސިލުވެފައި ވީ ނަމަވެސް މިއީ މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އާންމު ގޮތެއްގައި ދޫނި ރޯގާ ޖެހެނީ ބަލިޖެހިފައިވާ ދޫނި ނުވަތަ ޖަނަވާރުތަކާއި ވަރަށް ގާތުން ބައްދަލުވުމުންނެވެ.