އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ޖަހައިގެން އުޅެނީ ރައްޔިތުންނަށް ގެނެސްެމުން އަންނަ ތަރައްގީތައް ހުއްޓުވަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ) ގެ ކެމްޕެއިން ޖަލްސާގައި މާރިޔާ ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި "އަދަދު ނުކުރެވޭހާ ގިނަ" މަޝްރޫއު ހިނގަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިގްތިސާދީ ގޮތުން ވަރަށް ދަތި ދަނޑިވަޅެއްގައި ކަމަށެވެ.

އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ އަވަށްޓެރި އިންޑިއާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫއުތަކެއް ކަން މާރިޔާ ފާހަގަ ކުރެއްވިއެވެ. އަދި މި ތަރައްގީ ރައްޔިތުންނަށް ގެނެސްދޭތީ އާއި އެކަމުގައި އިންޑިއާ އިން އެހީވާތީ ހިތްހަމަނުޖެހޭ ބަޔަކު ތިބި ކަމަށް ވެސް މާރިޔާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެންނަށް ފެނޭ އިންޑިއާ އައުޓް ޖަހައިގެން ނުކުމެ، ރާއްޖޭގެ ރައްޔިތުންނަށް މި ގެނެސްދޭ ތަރައްގީ ހުއްޓުވުމަށްޓަކައި މަސައްކަތް ކުރަމުންދާ ތަން. އެމީހުންނަކަށް ކެތެއް ނުވާނެ، ރައްޔިތުން ތަރައްގީވުމަށް. ރައްޔިތުންނަށް ހިލޭ ތައުލީމް ލިބުމެއް. އެމީހުންގެ ވިސްނުން ފުޅާވެގެން ދިއުމެއް. ވިސްނުމުގެ ފުރުސަތަށް ޖާގަ ވެސް ނުދޭނެ." އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި މާރިޔާ ވިދާޅުވިއެވެ.

ށ. ފޯކައިދޫގައި ކުރިއަށް ދިޔަ ޖަލްސާގައި މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތަކު ބަހެއް ބުނެފި ނަމަ، އޮންނަނީ ޖަލަށްލާފައި ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ދިޔައިރު، ސިޔާސީ ވެރިންތައް ތިއްބެވީ ޖަލުގައި ކަން މާރިޔާ ފާހަގަކުރެއްވިއެވެ.

ޔާމީންގެ ވެރިކަމުގައި ޖަލުގައި ހުކުމް ތަންފީޒު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެކަމަކު، ޔާމީންގެ ވެރިކަން ނިމުނު ފަހުން، އެ ހުރިހާ ބޭފުޅުން ވެސް މިނިވަންވިއެވެ.

އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ވެކްސިން ދޭ ގައުމަކާ ދޭތެރޭގައި ނަފްރަތު އުފައްދަން އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ފޯކައިދޫ، ށ. މަރޮށި، ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް މިކަން ވިސްނޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ނުވަތަ "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިސްވެ ތިބެ ފުރަތަމަ ހިންގަން އުޅުނީ ގައުމީ ހަރަކާތެކެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ފެށި މި ހަރަކާތުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކަށާއި ސިޔާސީ ބައެއް ބޭފުޅުންނަށް ވެސް ދައުވަތު ދިނެވެ.

އެކަމަކު، އިދިކޮޅު ފަރާތްތަކުގެ ދައުވަތު އެއްވެސް ބަޔަކު ގަބޫލުކޮށްފައެއް ނުވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ ދެކޮޅަށް ހިންގާ ހަރަކާތް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. އަދި މި ހަރަކާތް ރާއްޖޭގެ ބައެއް ރަށްރަށަށް ވެސް ވަނީ ފޯރައިފައެވެ. މި ހަރަކާތުގައި އިސްކޮށް އުޅުއްވަނީ ދާދި ފަހުން ޖަލު ހުކުމަކުން ސަލާމަތްވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ތަރައްގީޔޯ

  ހުއްޓުވެންއޮތް ތަރައްގީއަކީ ކޮބައިތޯ. ތިބުނާތަތައްގީއެއް ހޯދާހޯދާ ނުފެނޭ.

  60
  • ލޮލް

   އެމީހުން އެބުނާ ތަރައްގީއަކީ ގަލަމެއް، އަދި ބޭސްގުޅައެއް. އެލިބޭނެ ފިހާރަތަކުން ގަންނަން.

   10
 2. ބްރެޑްޕިޓް

  ކޯޗެއްތަ ތަރައްޤީ ނުވެގެން މިއުޅެނީ. އެމް.ޑީ.ޕީއިން ބުނަމުން އައީ އިންސާނާގެ ވިސްނުމޭ ތަރައްޤީވާން ޖެހެނީ. އުމްރާނީ ތަރައްޤީއަކީ އަދި ތަރައްޤީއެއްނޫނޭ. މިއަދު އިންސާނާގެ ވިސްނުން ތަރައްޤީވެގެން ހަމަބުއްދި އައިސްގެން ޤައުމުގެ ދިފާއުގައި އެއްޗެއް ބުނީމަ ގޯސްމިވީ ބުއްދީގެ ތަރައްޤީން ވިސްނަންބުނި މީހިންނަށް. ޤައުމުގެ މިނިވަންކަމާ މުސްތަޤިއްލުކަމާމެދު ވިސްނީމަ ކުރިޔަން އަންނަންއޮތް ޖީލުތަކުގެ ބޮލުގައި ބޮޑަތި ދަރަނި ތަކެއްއެޅުވީމަ ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އިތުރުވީމަ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ދުވަހަކުވެސް ނުދާހާ ދަށައްދިޔައީމަ މިކަންކަމާ ދިވެހިން ނުވިސްބާ ދެން ކޮންކަމަކާތޯ ވިސްނަންވީ.

  45
 3. ނުވާނެ

  "އިންޑިއާ އައުޓް" ކިޔައިގެން ތަރައްގީއަށް ހުރަސްއެޅި ރޯދިބަރަކާތްކެނޑި ގޮތްގޮތްވާނަމަ އިންޑިޔާ އޮންނަންވާނީ ތަރައްގީވެ ރޯދިބަރަކާތް އަތުފަތުނާޅާފައިތާ؟ އިންޑިޔާގެ އާންމުރައްޔިތުންނާ މެދު މޯދީސަރުކާރުގެ އަމަލުތައް ބަހައްޓާ ގޮތާއި އެގައުމުގެ މުސްލިމުންނަށް ކުރާ ދުއްތުރާ އެއީ ދެބަސްވެވެންނެތް ހަގީގަތެއް. އެވަރު ބަޔަކު މުސްލިމް ދިވެހިރައްޔިތުންނަށް ހެވެއް އެދިގެން ކަމެއްކޮށްދީފާނެކަމަށް ގަބޫލުކުރާހައި ދިވެހިރައްޔިތުން ވިސްނުންކޮށްޓެއްނޫން!

  53
  • މޮޔަނިމޮސް

   ސައުދީ އައުޓު ނުޖަހަނީ ކީއްވެ ބާ.ޔަމަނުގަ އެ ކަތިޅީ މުސްލިމުންނެއްނޫންތަ

 4. ޝޮކްތެރަޕީ

  ކޮންކަހަލަ ތަރައްގީއެއްތަ އިންޑިޔާއިން ކޮއްދިނީ.؟

  60
 5. ޖާނޭ

  ވަރަށް ހުތުރު ކަމެއް ނާށިގަޑު ހިފައިގެން އިންޑިއާ އަށް ސަލާން ޖަހަން އުޅުމަކީ. ޢިންޑިއާ ނުލާ ތަރައްޤީ ގެނެވޭނީ ހަމަ ޔާމީނަށް. ޢެކަން މާރިޔަލަކަށް ބޮޑުރިޔަލަކަށް އަދި ސްލޯލިހަކަށްވެސް ނުކުރެވޭނެ.
  ކަލޭމެނަށް ތަރައްޤީ އެބަގެނެވޭތަ؟ މިހާރު ފައިބާވެރިކަމުން. ފެއްސޭ.

  54
 6. ަނަދޫ

  މަށަށް ވަރަށް ރީތި އައިނެއް ދައްތަ އަޅައިލައިގެން ތިޔާހުރީ...

  18
  7
 7. ބަޖިޔާ

  ބަޔަކު މޭކަރައިގެން ހުއްޓުވަން އުޅޭވަރުގެ ތަރައްގީއެއް އަދި ނުފެނޭ 2018 ގެ ފަހަކުން

  53
 8. ވިކިލީކުސް

  ތަރައްގީ އަކީ އިންޑިއާއިން ދޭ އެއްޗެއްނޫން. މިރާއްޖެއިންބޭރުކުރާ 50% ޑޮލަރު ދަނީ އންޑިއާއަށް. އިންޑިއާ ތަރައްގީ ކުރުމުގައި ދިވެހިންގެހިއްސާ ބޮޑު.

  52
 9. ސަމާ މާލެ

  ތަރައްގީ ޔޯ. 3ޑީ އައިނު އަޅައިގެން ފެންނަ ތަރައްގީ. ރާއްޖޭގެ ހުރިހާ ރަށެއް، މިހާރު އޮތީ ނިއުޔޯކް ސިޓީހާ ތަރައްގީ ކޮއްފަ. އެމްޑީޕީގެ މި ވެރިކަމުގަ.

  36
  1
 10. އަހްމަދު

  ވެކްސިން ދިނުން ކޮށްދޭ ކަމަކީ؟؟؟
  މިއީ ވާ ވަރަކީ،

  31
 11. އަފިރިން

  ކަލޭ ތިބްނާ ތަރައްގީއަކީ އިންޑިޔާގެ އަޅުވެތިކަންތަ

  41
 12. ޒަމީރު

  ފަގީރުކަން ނޫން އެއްޗެއް އިހުސާސް ނުވޭ
  ވެކްސިންކޮޅެއް ދޭތީ އެބައިމީހުން އުނގަށް ވެއްޓިފައޭ އަހަރެމެން މި ތިބީ. ކޮން ތަރައްޤީ އެއް ތި އިންޑިއާ ފަރާތުން ލިބެނީ

  37
  1
 13. ބޯލީރާޖާ

  އިންޑިޔާ އައް އެހެންބަޔަކައް ކަމެއް ކޮއދެވޭނީ އިންޑިއާގައި ކިތައް މިލިޔަން މީހުން އެބަ އުޅޭތޯ ފާޙާނާތައްޓެއް ލޮލުންނުދެކޭ ތާއިދުކުރިޔަސް ބޮޑުވަރު އީނޤޑިއާއިން ކުރާޙަރަދެއް ނެއް ރައްޔިތުންގެ ނަމުގަ ލޯނުނަގައިގެން އެއީ އިންޑިއާގެ ހެޔޮފުޅުކަމުން ކުރާކަމެއްނޫން މީ22 ވަނަ ގަރުނު ބަލަ މިރާއްޖޭގެ ރައްޔިތުންނައް ބޭސް ފަރުވާޔާ އެހީތައް އދެނީކި ސަރުކާރުން އެމްޑީޕީ ރަގަޅުވެގެން ކޮއްދޭކަމެއްނޫން ރައްޔިތުން އަތުންނަގާ ޓެކްސް ފައިސާއިން ތިމާމެންގެ މުސާރަވެސް ތިޔަނަގަނީ ރައްޔިތުންނަކައް ނޯޅޭ ވާނުވާއެއް ގިނަ ރައްޔިތުން ތިބެނީ ހަމަހޭގަ އަދި

  36
  • ވަހުތާން

   އިންޑިއާ ރަނގަޅިއްޔާ ބުޅާވެސް ރަނގަޅު. އޭތިވެސް ސީލާފާ ފަސްއަޅާނެ.

   20
 14. ކެނެރީގެ މާފަތް އެދުރު

  ޗައިނާ މީހުން ބްރިޖް މަސައްކަތް ކުރި އިރު ޖެއްސި ވައްތަރަކީ ކޮންކަމެއް ކުރަން ޖެއްސި ވައްތަރެއް އަދި ވެރިކަމަށް އަރާވެސް ޗައިނާ ފަހަތުން ނުނެއްޓިގެން އެތައް ދުއްތުރާލެއް ޖެއްސި ގުދޯ ގުދޯ ނުގޮވަބަލަ ޙާއްސަކޮށް އޑޕ މީހުންނަކަށް ނޯންނާނެ ތަރައްގީ ހުއްޓުވާ ވާހަކަ އެހެން ބަޔަކާ ދިމާލަށް ދެއްކޭކަށް ސަބަބަކީ ވެރިކަމުގެ ދަހިވެތި ކަމުގައި މިގައުމުގެ ޓްއަރިޒަމް ބޮއިކޮޓް ކުރަން އެތަކެއް މަސައްކަތެއް އިދިކޮޅުގައި ތިބެގެން ކޮށްފައިވާތީ އަދި ބޭރު ގައުމުތަކުން ރާއްޖެއަށް ދޭ އެހީތަކަށް ހުރަސް އެޅީ މިހާތަނަށް އޑޕ އިން އިދިކޮޅުގައި އޮވެގެން ކަން ހުރިހާ ދިވެހީން ދަންނާނެ އިންޑިއާ މިލިޓަރީ ސިފައިން މިގައުމުން ބޭލުމަށް ބަޔަކު ނިކުތީމަ ތަަރައްގީ ނުކުރެވޭ ކަމުގައި ވަނީނަމަ އަވަހައް އިސްތިއުފާ ދީފައި ތަރައްގީ ކުރަން ދަންނަ ތަރައްގީ ކުރެވޭނެ ބަޔަކާ ވެރިކަން ހަވާލުކޮށްފަ މައިތިރިވެގެން ތިބެބަލަ

  39
  1
 15. އަލީ

  އިންޑިއާ އައުޓް އިންޑިއާ ސިފައިން މިގައުމުންބާލާ ކޮމަންޑޫ ދާއިރާގެ އެއްމެހާ ލޮބުވެތި އަހުންނާއި އުހުތުންނަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަން މާތްވެގެންވާ އިސްލާމްދީނާއި މިގައުމުގެ މިނިވަންކަމުގެ ހައްގުގައި ތިޔަގޮނޑިއަށް މޫސާފަތުހީ އާދަމް އިންތިހާބުކޮއްދެއްވުމަށް އެމް ޑީ ޕީގެއިސްވެރިންގެ މަކަރުވެރިކަމާ ނުބައިނުލަފާކަމާމެދު ވިސްނާ ފިކުރުކުރުމަށް ގޮވާލަން.

  35
 16. އާދަމް

  އިންޑިޔާގެ ހިންދޫ ސަރުކާރަށް ރޭރު ނުވެ ވެސް ދިވެހީންނަށް ތަރައްޤީ ހޯދޭނެ.
  ދިވެހީންނަކީ ޒަމާނުއްސުރެ ވެސް އަމިއްލައަށް ފުދިގެން އުޅެމުން އައި ފުއްދުންތެރި ސާދާ ބައެއް. އެއްގޮތަކަށްވެސް ބޭރުން ގެނެވޭ ބޭރުތަކެއްޗަށް ރޭރުވެގެން އުޅެމުން އައި ބައެއް ނޫން. ތަރައްޤީއަކީ އިންޑިޔާ ދޭ އެއްޗެއް ނޫން. ފުރަތަމަ ތަރައްޤީ ވާންޖެހެނީ ރައްޔިތުން.
  ދެން އޮތީ ތަޢުލީމުގެ ވާހަކަ. ރައްޔިތުންނަށް ހިލޭ ތަޢުލީމޭ ވިދާޅުވާއިރުގާ ތަޢުލީމަކީ ކޮބައިކަން އެނގިލައްވާތޯ؟ ދިވެހިން ދެކެ ތިޔަހާ ލޯބި ވަންޏާ، އިންޑިޔާއިން މުސްލިމު އެދުރުން ގެންނަވަންވީ ނޫންތޯ! މިތަނަށް ގެންނަ އިންޑިޔާ ޓީޗަރުންގެ ތެރެއިން ބޮޑުބައި ހިންދޫންނަށް ވެ އެބައިމީހުން އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ދާއިރު ދިވެހި ޅަ ސިކުނޑިތަކަށް އެ ދެވެނީ ކޮން ތަޢުލީމެއްތޯއެވެ؟
  މިކަމުންވެސް އަދި މި ޒާތުގެ އެހެން ކަންކަމުން ވެސް ކަމަނާމެންގެ މަޤްސަދާ މަފްހޫމް ދިވެހިންނަށް މާކުރިން ވެސް ރޭކާލާން ފަށައިފި.
  ތިޔައީ ދިވެހިންނަށް ތަރައްޤީ ހޯދަން އުޅޭ ބައެއް ނޫން ތިޔައީ ލާދިނީ ބައިގަނޑެއް. ދިވެހި މުޖުތަމަޢު ހަލާކުކޮށް ފަސާދަކުރަން އުޅޭ ބައެއްް. މި މީހުންނަކީ ފުރިހަމަ މާނައިގައި އިސްލާމޮފޯބިއާގެ ބައިގަނޑެއް ކަމުގައި ނޫނީ ނުވާނެ.

  33
 17. ޙައްގުބަސް

  ކޮން ތަރައްގީއެއް ހުއްޓުވަން ކުރާކަމެކޭ ތިކިޔަނީ؟ މާރިޔާ މެން ތިކުރާ ވެރިކަމުގައި ތިން އަހަރު ހޭދަވެގެން ދިޔައިރު އިންޑިޔާ އައުޓް ޖަހައިގެން ބަޔަކު ނިކުމެ ނޫޅޭ!! އެތިން އަހަރު ކުރެވުނު ތަރައްގީއެއް އަޅެ ދައްކަބަލަ؟ ހަމަ އެއްކަމެއްވެސް ނުކުރެވޭ!! ކުރެވުނުކަމަކީ އިންޑިޔާ އާއެކު އަޑިނޭގޭ އެތައް އެއްބަސްވުބްތައް ހަދާ އެތައް މިިލިޔަން ޑޮލަރުގެ ލޯނު އެގައުމުމުން ނަގައިގެން އެގައުމުގެ ސިފައިން މިރާއްޖޭގައި ގާނޫނާ ޚިލާފަށް ބޭތިއްބީ!! އެކަން އެގޮތަށް ކުރީމާ އިންޑިޔާ ސިފައިން މިރާއްޖެއިން ބާލާށޭ ބުނެ މީގެ ދެތިން މަސްކުރިންނޫންތޯ އިންޑިޔާ އައުޓް ހަރަކާތް ދިވެހި ރައްޔިތުން ފެށީ!! ދިވެހި ރައްޔިތުން ތަރައްގީއަކަށް ހުރަހެއްނާޅާ!! އިދިކޮޅުން ތަރައްގީއަކަށް ހުރަހެއް ނާޅާ!! އެއްވެސް ޕްރޮޖެކްޓެއް ހިންގަން ހުރަސްނާޅާ!! އަދި ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ނުހިންގާށޭ ނުބުނޭ!! މާރިޔާމެން އިދިކޮޅުގައި ތިބިއިރު އެކަންވެސް އޭރުކުރީ!! މިރާއްޖެއަށް ފަތުރުވެރިން ނައުމަށް އޭރު ގޮވި!! ސައުދީ އަރަބިއްޔާއިން ފ.އަތޮޅުގައި ހިންގަން އުޅުނު ތަރައްގީގެ ބިޔަ ޕްރޮޖެކްޓަށް އޭރު ހުރަސްއަޅާ ހުއްޓުވީ މާރިޔާމެން!! އިންޑިޔާ ސިފައިން މިރާއްޖޭގައި ބައިތިއްބާ ގައުމަށް ޣައްދާރުވެގެން ހުރެ މޮޅުވާހަކަ ނުދައްކާ މާރިޔާ!! މިރާއްޖޭގެ ރައްޔިތުންނަށާ ގައުމަށް ޣައްދާރުވެގެން ތިތިބީ!!

  32
 18. އއއޓ

  ތިޔަ ނާނާ ރައްޔިތުން ގަބޫލެއް ނުކުރާނެ.

  36
 19. ޖާބެ

  ފެންނަ އަދި ނުފެންނަ ތަރައްގިއެއްވެސް ނެތް ދެންކޮންވާހަކަޔެއް.. ޑޭޑްރީމެއްގަތަ މާރިޔާ

  30
 20. ފިޔަވަޅު

  މިމީހުން ޤާނޫނު އަސާސީ އަށް ފައިން އަރައިގެން ތިބެ އޭރު އުޅުނީ ކީއްކުރާށޯ

  35
 21. މުޖުތަމަޢު

  ތިޔަ ވިދާޅުވާ އޮރިޔާން ތަރައްގީ އަހަރުމެން ބޭނުމެއްނޫން..

  35
 22. އައުޓް

  އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް

  35
 23. ކޮއްޔާ

  މި ގައުމު ތަރައްގީ ކުރަނީ އިންޑިޔާއިންތަ ؟؟ މިގައުމުގެ ކަންކަމަކާ އިންޑިޔާއަށް ބާރެއް ނުފޯރުވޭނެ //
  ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން //
  ޢިންޑިޔާ އައުޓް // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

  20
 24. އާވިމް

  ނޫން ތަރައްގީ ގެންނަން. މިނިވަންކަމުގެ އިހްސާސް ލިބިގަތުމަށް.

 25. ފާފު ދާލު.

  އިންޑިއާ ކިބައިން ދިވެހި ގައުމު ތަރައްޤީވުމުގެ ހުވަފެނަކީ ބިލާހެއް. އިންޑިއާގެ އެހީތަކުގެ ފަހަތުގަ އަމިއްލަ އެދުން އޮންނަކަމީ މިއަދު ދިވެހިންނަށް އެނގޭ ޙަގީގަތެއް. މިދާކަށް ދުވަހު ޗައިނާއިން ބިލިއަނަކާ ކާރިކުރާވަރަށް އެހީދިންއިރު އެހީގެ ނިސްބަތުން ޗައިނާ ސިފައިން މިގައުމުގަ ބައިތިއްބަން ޝަރުޠެއް ނުކުރޭ.
  އިންޑިއާ ކަނޑުގެ މެޖޯރިޓީ ޙިއްސާ އޮތް ދިވެހިރާއްޖެ އެކަން ދަމަހައްޓަން މަސައްކަތެއް ނުކޮށް ނިސްބަތުން ކުޑަ ޙިއްސާ އެއް އޮތް އިންޑިއާ އަށް އެބާރުދީ މުޅި ގައުމު ޝާމިލުވެވޭ ގޮތަށް އިންޑިއާ ސިފައިން މިގައުމުގަ ބޭތިއްބުންތޯ ތިބުނާ ތަރައްޤީ އަކީ. އެހެންކަމަށްވާނަމަ ދިވެހިން އަނދަވަޅަކަށް ވެއްޓި މިނިވަންކަމާ އިސްތިގުލާލަށް ދިވެހިން ކަންބޮޑުވުންތޯ ތިބުނާ ތަރައްޤީއަކީ. އަމިއްލަ ގާބިލްކަން ގެއްލުވާލާ ބައެއްގެ އަޅުވެތިކަން އިޚުތިޔާރު ކުރުންތޯ ތިބުނާ ތަރައްޤީއަކީ. ދިވެހިންނަށް އޮތް އެންމެ ރަގަނޅު އެންމެ ފަހި ގޮތަކީ އިންޑިއާ އައުޓް އަދި އިންޑިއާ ސިފައިން ގައުމުން ފައްސާލުން.

 26. ހަސަނާ

  އިންޑިއާއިން ދެނީލޯނު އެމީހުންނުރުހޭބަޔަކުވެރިކަމައްއައުއްސިއްޔާ ވަގުތުންލާރިކޮޅުއަތުލާބައެއް ޓާޓާކުންފުނިން ފުލެޓެއްވެސްނޭޅުނު ބަދަލު އަތުލައިފި ޖިއެމްއާރައް އެއާޕޯޓުވެސް ނުހެދުނު ބަދަލު އަތުލައިފި ބަލަންތިބޭތިބުރިޖެއްވެސްނޭޅޭނެ ފަހުވަގުތު އަތުލާނީ ބަދަލު އެކަމަކު ތިޔަބައިގަޑުގެ ބޮޑުން މުއްސަދިކޮއްނިންމައިފި...

 27. ހަސަނާ

  އިންޑިއާއިން ދެނީލޯނު އެމީހުންނުރުހޭބަޔަކުވެރިކަމައްއައުއްސިއްޔާ ވަގުތުންލާރިކޮޅުއަތުލާބައެއް ޓާޓާކުންފުނިން ފުލެޓެއްވެސްނޭޅުނު ބަދަލު އަތުލައިފި ޖިއެމްއާރައް އެއާޕޯޓުވެސް ނުހެދުނު ބަދަލު އަތުލައިފި ބަލަންތިބޭތިބުރިޖެއްވެސްނޭޅޭނެ ފަހުވަގުތު އަތުލާނީ ބަދަލު އެކަމަކު ތިޔަބައިގަޑުގެ ބޮޑުން މުއްސަދިކޮއްނިންމައިފި...އަންނި ގައިގަބައްދަބައްދާފަ ފޯރިއެއްއބަނަގާދޯ މާރިއާ..

 28. ދަރަނި

  އަހަރެމެން ބޭނުންވަނީ އަހަރެމެންގެ މިގައުމު ބަޔަކައް އަޅުވެތިނުވެ އަހަރެމެން އަމިއްލަޔައް މިގައުމު ތަރައްގީކުރަން. ޢަހަރެމެންގެ މިގައުމާއި ދިވެހިންގެ އެބަހުރި އެފައިސާ ހޯދުމުގެ ކުޅަދާނަކަމާއި ހިއްވަރާއި ގާބިލުކަން. ހުރިހާވެސް މައްސަލައަކީ އެމްޑީޕީ އަންނަ ކޮންމެފަހަރަކު ގައުމުގެ ދަރަނި އެތައްގުނައެއް އިތުރުކޮއްލާތީ.

  6
  1
 29. އަބްދޫ

  ތިޔަވާހަކަ ވިދަޅުވަނެކަމެއްނެތް ވެރިކަން ބަދަލުވެ 2023 އަންނަ އާސަރުކާރުނަ ޖަލަށް ލެވެނެ. ގައުމަށް ހިޔާނާތްވެ އިންޑިޔާ ސިފައިން މިގައުމަށް އެރުވުމުގެ ކުށުގަ.