މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަދި އިތުރު 10 އަހަރު ރާއްޖޭގެ ވެރިކަމުގައި އޮންނަން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ހަމައެކަނި ބޭނުމަކީ ދިވެހިންގެ އާންމު ހާލަތު ރަނގަޅު ކުރުން ކަމަށެވެ.
މިރޭ ފޯކައިދޫގައި ބޭއްވި އެ ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ދިރުން ގެނައުމުގެ ވިސްނުން އޮތީ އެމްޑީޕީގައި އެކަނި ކަމަށެވެ. ޕީޕީއެމް ޕީއެންސީ ވިސްނުމަކީ މާލެއަށް އެންމެން ޖަމާ ކުރުން ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
"ޕީޕީއެމް ޕީއެންސީގެ ވިސްނުމަކީ ރާހަތެއް ދިރުމެއް ނެތް ކަމެއް، އަމިއްލަ ވިސްނުމަކު އައިސް އުޅޭ ކަމެއް ވެސް ނޫން، ވިދާޅުވަނީ ސިންގަޕޫރު އެހެނޭ އޮތީ، [އެކަމަކު] އެއީ މި ރާއްޖެ ހިނގާނެ މަގެއް ނޫން، އެއަކަށް މި ޕާޓީން ޖާގައެއް ނުދޭނެ،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުތަކުގައި ތައާރަފް ކުރި އިނާޔަތާއި ޕެންޝަންގެ ސްކީމާއި، މަތީ ތައުލީމު ހިލޭ ފޯރުކޮށްދިނުމުގެ ޚިދުމަތް ފަދަ ކަންކަން ގެނެވުނުއިރު އެ ކަން ކުރިއަށް އޮތް ތަނުގައި ދެމިއޮވެވޭނީ އެމްޑީޕީ އަދިވެސް ދިގު މުއްދަތަކަށް ސަރުކާރު ހިންގަން އޮތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުތަކުގައި ކުރިއެރުންތަކެއް ލިބުނު ނަމަވެސް، ދިވެހި ރައްޔިތުން ބޭނުންވާ "ހައި ޖަމްޕް" އަދިވެސް ހާސިލް ނުވާ ކަމަށް ވިދާޅުވިއެވެ. އެހެންވިޔަސް އެއީ އެތައް މަސައްކަތެއް ކޮށްގެންވާން އޮތް ކަމަކަށް ވާތީ އަދި އިތުރު 10 އަހަރު އެމްޑީޕީ ސަރުކާރު ހިންގުމުގައި އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"މިއީ ޖީލެެއްގެ މަސައްކަތެއް، މިއަދު ލާ އެންމެ ވޯޓަކުން ވެސް މި ކަން ވާކަށް ނެތް، ސަރުކާރުގައި، ދިވެހި ރައްޔިތުންގެ ޑެމޮރެޓިކް ޕާޓީ، ވެރިކަމުގައި، 10 އަހަރު އޮންނަން އެބަ ޖެހޭ، ރާއްޖެ ބަދަލުވުމަށް، އަޅުގަނޑުމެންގެ ސިޔާސަތުތައް ތަންފީޒުކޮށް ހިންގަން ޖެހޭ،"
ނަޝީދު ވިދާޅުވީ، މިއަދު އައިސް އޮތް ހާލަތަކީ ވެސް ދިވެހިން ބޭނުން ވެގެން އައިސް އޮތް ހާލަތެއް ނޫން ކަމެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ކަމަކީ ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެންބަރު ހުސައިން ވަހީދު އަވަހާރަވުމެވެ. ހުސައިން ވަހީދަށް ތައުރީފް ކުރައްވައި ވެސް ވާހަކަ ދެއްކެވިއެވެ.
ރައްޔިތުން ދެނެއް އެމްޑީޕީ އަކަށް ވޯޓެއް ނުދޭނެ. ﷲ ގެ އިރާއި މިންވަރުފުޅުން ދުވަހަކުވެސް ދުވަހަކުވެސް އެމްޑީޕީ އަކަށް ވެރިކަން ނުލިބޭނެ. އެމްޑީޕީ އަކީ މިޤައުމުގެ ހަލާކް
ރައްޔިތުން ދެނެއް އެމްޑީޕީ އަކަށް ވޯޓެއް ނުދޭނެ. ﷲ ގެ އިރާއި މިންވަރުފުޅުން ދުވަހަކުވެސް ދުވަހަކުވެސް އެމްޑީޕީ އަކަށް ވެރިކަން ނުލިބޭނެ. އެމްޑީޕީ އަކީ މިޤައުމުގެ ހަލާކް
އެންމެ ސިކުންތަކުވެސް ކަލޭމެން ބޭނުމެއް ނޫން!
މޑޕ އައުޓް
ޢިތުރު 10 އަހަރެއް ނޫނެވެ. ޢިތުރު 100 އަހަރު ވެރުކަމުގައި ތިބޭށެވެ. ެ
ކޮއްކޯ އެންމެ 10 އަހަރު!؟...110 އޯވާނެ
ޖެހޭތަ ހަމަ؟
ބަކީ ދެން ނެތް 2 އަހަރުވެސް. އެމްޑީޕީއަށް ވެރިކަން ކުރެވޭނެ އެންމެ ފަހު ފަހަރުމީ.
ކޮންއިރަކު ތައާރުފް ކުރި ކަންކަމެއް. ތިކީ ހުރިހާ ކަންކަންވެސް މަނިކުފާނު ވެރިކަމަށް އައިއިރު ހިގާ. މަތީތައުލީމަށް ބޭނުން ހުރިހާ ކުދިން މައުމޫނު ދައުރުގައިވެސް ސަރުކާރު ޚަރަދުގައި ރާއްޖޭން ބޭރަށް ފޮނުވާ. މަނިކުފާނު ލިވަރޕޫލަށް ފޮނުވީވެސް ދަރުކާރުން. މަނިކުފާނު ވެރިކަމަށް އައިއިރު މަދަނަ ކިޔާ ހެލްތު ސްކީމެއްއޮވޭ. ނުކުޅެދޭ މީހުންނަށްވެސް އިނާޔަތްދޭ. މަނިކުފާނު ވެރިކަމަށް އައިއިރު ޑީއާރުޕީ އަޣުލަބިއްޔަތު އޮންނަ ޕާލަމެންޓުންވަނީ ތިހުރިހާ ކަމެއްކުރަން ގާނޫނު ފާސްކޮށްފައި. މަނިކުފާނު ކުރިކަމަކީ ތިމަންކުރި ކަމެއްކަމަށް ދައްކަން އެގާނޫނުގައި ހުރި ކަންކަން އެތާރީޚުގެ ކުރިން ކިރަން ފެށީ.
އެއީ ތެދެއް. އޭރުން ފައްޅި އެޅޭނީ
ފާޑެއްގެ ޕާޓީ ސިސްޓަމެއް ތައާރަފްކުރުމުގެ ސަބަބުން ދިވެހިންގެ ތެރޭގަ އޮތް އިސްލާމީވަންތަ އެކުވެރިކަމާއި ބަދަހިކަމުގެ ގުޅުން ނެތި ގޮސްފި..މިއީ މިވީ މަދު އަހަރުތަކުގެ ތެރޭގަ މިސިސްޓަމު ގެނެސް ފައްކާކުރި ބައެއް ކުރި މަސައްކަތުގެ ހިތި ނަތީޖާ..މިއަދު އިހްތިރާމް ކުރެވޭ އެއްވެސް ގުޅުމެއް އަހަރެމެންގެ ތެރޭގަ ނެތް..ރަހިމުގެ ގުޅުންތައް ނެތް ތާނގަ ހެއްދެވި ފަރާތާ އޮންނަން ޖެހޭ ގުޅުންތައްވެސް ވަނީ ބަލިކަށިވެފަ..ތަރަށްގީ އައިސްފަ އޮތީ އިމާރާތްތަކަށާއި ހިފާ ގެންގުޅޭ ސާމާނަށާއި ލައި އުޅޭ އަންނައުނަށް..އެކި އުމުރުފުރާ ހިމެނޭ ހެން އާބާދީގެ ބޮޑު ބައެއް ވަނީ މަސްތުގެ ކަނޑުގަ ޣަރަޤުވެގެން ގޮސްފަ...މާތްﷲ ހަރާމްކުރެއްވި އެތަށް ކަމަކުން ވަނީ ރެކޯޑު ޤާއިމްކުރެވިފަ..ބަޔަކު މީހުން އަނދަވަޅަކަށް ވެއްޓި ކުރިއަރައި ދާނީ މިހާވަރަށް.
އެއީލާދީނީތަނަކައްހަދާ ސިއްކަޖަހަންދޯ..ﷲއެގޮތައް މެދުވެރިނުކުރައްވާށި...މިނުލަފާބައިގަނޑު ނެތިކުރައްވާށި.
އިތުރު 100 އަހަރު. ދެން ދުވަހަކު ވެސް އެމްޑީޕީއެއް ނުހޮވޭނެ. ދެން ނުދޭނެ އެއްވެސް މީހަކު އެމްޑީޕީއަކަށް ވޯޓެއް.
މައުމޫނެކޭ ތަފާތެއް ނެތެއްނު. އޭރުވެސް އެގުނޭ ދަހިބޮޑުވެގެންކަން 30 އަހަރޭ ކިޔައިގެން މައުމޫނާ ދެކޮޅަށް ނުކުތީ.
ވިހިއަހަރެއްނޫން 50 އަހަރު ކޮންތާކުވެރިކަން ކުރަންތޯ 20 30 އަހަރޭ މިކިޔަނީ ފަޅެއް ގިރިއެއް ހަލެއް ކަނޑެއް ތިޔަމީހުންގެ ކުރިމަތީގަ ރައްޔިތެއް ނެތް ހަމަ އެކަނި ފައިސާ ޕައިސާ ނޫން އެއްޗެއްނެތް ވަރިހަމަ އަމިއްލަ ނަފްސް ވިއްކާލެވުނަސް ބަލަ ރައްޔިތުން ނައް އެބަ އެނގޭ ޖީއެމް އާރް އައް އެއަރޕޯޓްދީ ޓާޓާ މިހުންނައް ފުލެޓް އަޅަން ދިނީވެސް ކިހިނެއްކަން ދިޔާނާ ވަރައްސާފް ދިވެހިބަހުން އެވިދާޅުވީ ތިޔަމީހުންގެ ވަނަވަރުތައް ރުފިޔާއައްބޫޓްކޭމަވާނެގޮއް ފައްޓަރުބައިވިއްކާލާވާހަކަ ދައްކާ 2 ރިސޯޓުން ގައުމު ހިންގާ ވާހަކަދައްކާފަ އައިސް ރައްޔިތުމީހާ އަޅުވެތިކުރީ ޓެކްސް ނަގައިގެން އުމުރައް
ސާބަހޭ ރައިސް ނަޝީދު! ތިކުރައްވާ ހިއްވަރަށް ޝުކުރުވެރިވަން.
ދޮންކަލޯމެން އިހަށް ވެރިކަމުގެ ދައުރެއް (5އަހަރު) ފުރިހަމަ ކުރަންވީއެއްނު. އޭގެ ފަހުން 10އަހަރުގެ ދެދައުރޭ ވިދާޅުވެ އަނގަފުޅު ފޭފުޅު ކުރައްވާނީ!
މިވެރިކަމަކީ މުޅި އިސްލާމީ އުއްމަތަށްވެސް އޮތް ބިިރެއް. އަވަހަށް ރަށްކާވޭ
އޑޕ އަދި 10 އަހަރު މިގައުމުގެ ވެރިކަމުގައި އޮވެއްޖެ ނަަމަ މިގައުމުގެ ވެލިފުކެއްވެސް ދިވެހީންނަކަށް މިލްކެއް ނުވާނެ އެހެންވީމަ އަވަހަށް ފައިބާ މިހާރުވެސް މާބޮޑަށް ލަސްވެއްޖެ ޑިމޮކްރަސީގެ ބައްޕައޭ ކިޔާފަ ފޮނިކަނޑާ މީހަކު ތިކަހަލަ ވާހަކަ ދެއްކީމަ ބުނެވޭނީ ތިޔައީ ޑިމޮކްރަސީގެ ދޮން ބައްޕައޭ އޯކޭ
މާކުރު މުއްދަތެއްނު ތީ. 30 އަހަރު ރަނގަޅުވާނީ.
ހަދާންނައްތާ ރައްޔިތުންތި ބީހޭލާ
އެވަރުން އިސްލާމްދީން މިބިމުން ފޮހެލެވޭނެކަމައްތޯ ތިބަލަނީ؟
މި ފަސްއަހަރުވެސް އޮވެއްޖެއްޔާ ރަގަޅު!
ބަލަގަ މައުމޫނުގެ ވެރިކަން ދިގުވެގެން މައްސަލަ ޖެއްސި އެއްބޭކަލަކީ ކަލޭނޫންތަ. މިހާރު ކަލޭމެންގެ ވެރިކަންވީމާ 30 އަހަރުވިއަސް އެއަކު މައްސަލައެއް ނެތީތޯ. 5 އަހަރުން ރައްޔިތުން އެދޭމިންވަރުގެ ބައިކުޅަބައިވެސް ނުފުއްދުނު ބަޔަކަށް ރައްޔިތުން ދެން އިތުރު ދައުރެއް ދޭނެކަމަށް އުއްމީދުކުރުމަކީ އަވާމެންދުރައް އިންތިޒާރުކުރުން ކަހަލަކަމެއް. ޔާމީނު 5 އަހަރުގެ ތެރޭގައި ގައުމު ތަރައްގީކުރީ ކަލޭމެނާއި ބޭރުކަރަކަރާގެ ކަލޭމެންގެ އައުވާނުންނާއި ސަރުކާރު ތެރޭގައި ތިބި ކަލޭމެންގެ އެޖެންޓުންގެ ފަރާތުން ކުރާ ދުއްޕާނުންވެސް ރެކެން އެތައް މަސައްކަތެއް ކުރަމުންނެވެ. މިކަން ކުރަން ނުޖެހުނަމަ 2018 ނޮވެމްބަރު މަހު 17 ވަނަ ދުވަސް އަންނައިރު ރާއްޖެއަކީ މިރީޖަންގެ އެންމެ ބާރުގަދަ ނުފޫޒުގަދަ ގައުމެވެ. މިކަން މިއަދު ދިވެހި ލޮބުވެތި ރައްޔިތުންނަށް އިހުސާސްކުރެވެން ފަށާފިއެވެ. އިރާދަކުރެއްވިއްޔާ މިމަގުސަދު ހާސިލްކުރުމަށްޓަކައި -2033 2023 އަކީ ރައީސް ޔާމީނުގެ އަހަރުތައްކަމުގައި ރައްޔިތިންވަނީ ނިންމާ ސިއްކަ ޖަހާފައެވެ.
މަނިކުފާނު ތިޔަ ވިދާޅުވީ މާކު ރު މުއްދަތެކެވެ މޑޕ 1000
އަހަ ރރު ރާއްޖެ ހިބަކޮށްގެން އޮންނަން ޖެހެއެވެ.
މިހާ ރުން ފެށިގެން މަނިކުފާނު ރަސްކަން އިއުލާން
ކުރ ރަން ވީއެވެ އެއީ ބޮޑުކަމެއްވެސް ނޫނެވެ މަޖިލީހަށް
ވެދެވަޑައިގެން ތިމަން މަނަނިކުފާނަކީ ރާއްޖޭ ރަސްގެފާނު
ކަމަށް ވިދާޅުވުމުން އެއޮތީ އެކަން ނިމިފައެވެ.
ޢަތާތުރުކް ޕާޝާ ޙާން
ތިޔަ ދެކެނީ ހުވަފެނެއް އިންޝާﷲ //
ފައްޅި އަޅަންބާ 10 އަހަރު ބޭނުމީ // ހައި ޖަމްޕް ޖަހަޖަހާ ތިއުޅެނީ ރިޒޯޓްއަށް ގޮސް // އިންޑިޔާ އައުޓް //
އެމްޑީޕީ އައުޓް
ކޮވިޑު ކިތަންމެ ބާރަށް ފެތުރުނަސް މިވެރިންގެ ކެމްޕޭން ނުނިމެނީސް އިތުރު ފިޔަވަޅެއް ނޭޅޭނެ. އެކަމަކު މިކުރާ ކެމްޕޭނަކުން ގޮނޑިއެއް ނުލިބޭނެ. ލިބޭނީ ބޮނޑިއެއް.
ދިހައަހަރު ދޭންވީ މިގައުމު ވިއްކާލަންތަ. އެންމެ އަހަރެއްވެސް އިތުރަށް ނުދޭނަން.
މީނަގެ ސުންޕާޔާހެދި އެމްޑީޕީ ހަލާކުވަނީ، އަބަދުވެސް ގަދަބަސް ބުނުމުގަ. މީނަގެ ތިގޮތްގަނޑު ކެނޑޭނީ ކޮންދުވަހަކުންބާ؟
ވަރަށްބޮޑަށް އިންސާފުން ބޭރުގައި ކުރާ ކެމްޕެއިނެއް.
ވައުދުވީ އެތައް ބްރިޖެއްގެ މަސައްކަތް ނުފަށައި ކުއްލިއަކަށް ސަރުކާރުން ތިފަދަ ކަމެއް އިންތިހާބާއި ދިމާކޮށް ކުރުމަކީ ރައްޔިތުންގެ ސިނކުޑިގެ ކުޅަނދު ހަމަނުވާވަރު ރައްޔިތުންނަށް ބުނެދޭން ކުރާކަމެއް.
ގިނަވެގެން ދެ އަހަރު ދެން އޮތީ.
ނަޝީދު ތިޔަ ވިދާޅުވީ މާކުޑަ މުއްދަތެއް، އެކަމަކު އިންތިޚާބުން ފައިޓްކޮށްގެން ވެރިކަން ނަގާނީ އެކަންވާނީ ރައްޔިތުންނަށް ގައުމަށް ހެޔޮކޮށް ކަންތައް ކޮށްގެން އެސިފަ ހުންނާނެ ކޮންމެ ވެރިއެއްގެ ކިބައިގާވެސް އަދި ކޮންމެ ޕާޓީއެއްގައިވެސް. ބާރަށް ވާދަކުރައްވާ، ބާރަށް ކުރިއަށް ވެރިކަމަށް ބާރު ހިފާ!
މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަދި އިތުރު 10 އަހަރު ރާއްޖޭގެ ވެރިކަމުގައި އޮންނަން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
————————————————————-
މަނިކުފާނު އަޑަށްބާރުލާފަ ކިތައްމެވަރަކަށް ހަޅޭލެވިއަސް އަދުގެ ސިޔާސި މަޝްރަޙުގައި މަނީކުފާނުގެ މިސާލަކީ ދަތްނެތް ހިޔޅެއްގެ މީސާލެވެ.
100 އަހަރެއް ނޫންތަ
މިހިރަ މީހާޔާ ތީ މިހާރު ދިވެހިންގެމާޒީ ކަލެއަކައް ގަދަރެއްނުކުރާނެ ކަލޭގެމަކަރާ ހިޔަޅުކަންދިވެހިންދަނޭ ޓުއަރިޒަމްގެ އާވައްތަރޭކިއައިގެން ދިވެހިންގެ ހިތްތަކުންއިސްލާމްދީން ނައްތާލާންކުރާމަސައްކަތާ މާލެގަ ހުރެ މާލެއައް މީހުންޖަމާކޮއް ގެތަކައްކުލިލިބޭނެގޮތްތައްހޯދަދޭވާހަކަދައްކާފަ ރައްފުށައްއަރާ ރައްފުށައް މީހުންގެންނާނެވާހަކަދައްކާފަ ވަށައިގެންބޮޑީގާޑުން އެލުވައިގެން ހިލޭ އަންހެނުންގައިގަ އޮޅުލާ މޑނ މެދުވެރިކޮއް ރިޕޯޓުނެރެ އެމީހުންބޭރައްފޮނުވަދީ މޫނުބުރުގާ މަނާކުރަންހިފާލަފަ ތިހުރީ ސުންނަތައް އުޅުމަކީ ހަރުކަށިފިކުރޭކިއާ އެތައްޒުވާނުންނެއްކުދަގޮޅިއައްލާ ނުވިތާކައް ބަޑުފެންނަ ހެދުންލައިގެން އުޅޭއަންހެންކުދިންނައް ސަރުކާރުގެވަޒީފާތައްފަހިކޮއްދީ ހަދާމަކަރުވެރިއެއްތީ އިންޝަﷲ ކޮމަންޑޫދާއިރާގެ ރައްޔިތުންނައް ﷲ ހެޔޮވިސްނުންދެއްވާށި ތިތިބަތެޅޭވައްތަރުބަލާބަކަ ގުރުއާނުގެބަރަކާތުން ޖަލްސާފަށާފަ ދެން މީހުންނައްމަލާމަތްކުރުމާ ދީނައްޖޯކުޖަހަމުންތިދަނީ...
ނުތިބެވޭނެ އިންޝާﷲ
10 އަހަރަށް މި ޤައުމުން އިންޑިއާ އެމްބަސީ ބާލަންޖެހޭ. އޭރުން ރާއްޖޭގެ ރައްޔިތުންނަށް ކިރިޔާވެސް ހަމަނޭވައެއްލެވޭނީ. މީނާއަކީ އިންޑިއާގެ ޕަޕެޓެއް
މީގެ ކުރިންވެސް 500 އަހަރު ވެރިކަން ކޮށްފީމެއްނު.
10 އަހަރު މާމަދު 30 އަހަރު ، އެއީ އެންމެ ރަގަޅު މުއްދަތަކީ
ކޮވިޑާހެދި އެމްޑީޕީއަށް އަލަށް ވެރިކަމުގެ ދައުރެއް ފުރިހަމަވާން މިދަނީ، އެހެންނޫންނަމަ މިވެރިކަމަށްވެސް ވާނީ ދެއަހަރާ ބައި ތޯއްޗެއް! އެމްއެމްޕީއާރުސީން ވަގަށްނެގި ލާރިގަނޑުގައި ކޯލިޝަނުގެ ބޮޑުދެޕާޓީ ފިއްތައިގެން އެމްޑީޕީން ކުރަމުންދާ ވެރިކަމާމެދު ރައްޔިތުން ތިބީ ވަރަށް ހުށިޔާރުވެގެން. މިހާރު ގިނަ ރައްޔިތުން ދެކެނީ އަދާލަތާއި ޖޭޕީއަކީ ސިޔާސީ ޕާޓީއަކަށްވުރެ ބޮޑަށް އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި.
ޕާޓީ ސިސްޓަމްގެނައީ އެއްބަޔަކު ގިނަދުވަހުވެރިކަމުގައި ނުބައިތިއްބާށޯ.
ގެދަބުޅި ބެ.
އެމް.ޑީ.ޕީ އަށް ދިވެހި ފަސްގަނޑުން ދޭނެ އިތުރު ދައުރެއް ދެން ނެތް! ރައްޔިތުން ތިބީ ހަމަ ބުއްދީގައި! އިތުރު 10 އަހަރު ބޭނުންވަންޏާ އިންޑިއާ ގެ ވެރިކަމަށް ކުރިމަތި ލައްވާ! މި ފަސްގަނޑު ގައި އެމް.ޑީ.ޕީ މާޒީ. ނަސީދު އާއި ސޯލިހަށް ވަރަށް ސަލާމް
އަދިވެސް އަތުރު 10އަހަރު ވެރިކަމުގާ އޮންނަން ޖެހެނީ މިގައުމުގާ ހުރިއްޔާ ހުރި ހަރުމުދަލެއް ވިއްކާ ހުސްކޮއް މިގައުމު އަޅުވެތި ކުރަންބާ؟
އެއީ ބައިތުލްމާލް ބަނޑު އަޅާލަންތޯ؟ އިންޑިއާ މިގައުމު އަޚުވެތިކުރާގޮތް ބަލަންތޯ؟؟؟ ޏޯ ނޯ ނޯ ނޯ ހަމަ ސައްޕު 2023 ގައި