ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކޮވިޑް-19އަށް ފައްސިވެ ކޮމަންޑޫ ދާއިރާގެ ކެމްޕޭނުގައި ބައިވެރިވެވަޑައިނުގެންނެވިޔަސް އެމަނިކުފާނު ނެތް ކަމުގެ އިހުސާސް ނުވާ ކަމަށާއި ކެމްޕޭނުގައި އުޅުއްވަނީ އެމަނިކުފާނާއި އެކު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ކޮވިޑަށް ފައްސިވި ރ. އަލިފުށީގައި ބާއްވަން ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށީގެ ފައިނަލް މެޗާއި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަން ކުރެއްވި ޓެސްޓުންނެވެ. އިއްޔެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތޮޅުތެރެއަށް ދަތުރުފުޅު ކުރެއްވުމަށް ހެއްދެވި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބިވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ ބައްޔަށް ފައްސިވެފައި ކަމަށެވެ.

ރައީސަށް ވަޑައިނުގެންނެވުނަސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ލީޑާޝިޕް ޓީމެއް ފޯކައިދޫއަށް ވަޑައިގެން އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއިދު ހޯއްދެވުމަށް ޖަލްސާއެއް ބާއްވާފައެވެ.

ފޯކައިދޫގައި ރޭ ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ، ކެމްޕޭނަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނަށް ރައީސް ސޯލިހް ގުޅުއްވައި ދެއްކެވި ވާހަފުޅެއް ޚިއްސާ ކުރައްވައިފައެވެ.

ކޮވިޑްގެ ހާލަތު ކުރިމަތިވެފައި އޮތުމުންނާއި، ނަޝީދަށް ދިން ބޮމުގެ ހަމަލައާއި ގުޅިގެން ދެ ރައީސުން އެކުގައި ދަތުރުުފުޅެއް ނުކުރައްވައި ގިނަ ދުވަސްވެފައި އޮވެ މި ދަތުރުފުޅުގައި ދެ ބޭފުޅުން ވެސް އެކުގައި ވަޑައިގަންނަވާތީ އެ ކަމުގައި ހިތްހަމަޖެހިގެން ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް ރައީސް ސޯލިހް ކޮވިޑް-19 އަށް ފައްސިވުމުން ރައީސް ނަޝީދުއާއި އެކު ވަޑައިނުގަނެވުނަސް، ނަޝީދު ވަޑައިގެން ފޯރިއާއި އެކު އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕޭން ކޮށްދެއްވަން ރައީސް އެދިވަޑައިގަތް ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

"ރައީސް ވިދާޅުވީ އަންނަ (ނަޝީދު) ދާށޭ، އަޅުގަނޑު މިހުރީ ރައީސްއާއެކު [ކެމްޕޭނަށް] އައިސް. ރައީސް އަޅުގަނޑު ގާތު ވިދާޅުވި މި ގޮނޑީގެ ވާހަކަ، އަދި ފޯކައިދޫ މަރޮށީ ކޮމަންޑޫ ރައްޔިތުންގެ ތާއިދު އަޅުގަނޑުމެންނަށް އޮތުން ބޭނުންތެރިކަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އަދި އިތުރު 10 އަހަރު ރާއްޖޭގެ ވެރިކަމުގައި އޮންނަން ޖެހެއެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްރަށަށް ދިރުން ގެނައުމުގެ ވިސްނުން އޮތީ އެމްޑީޕީގައި އެކަނި ކަމަށެވެ. ޕީޕީއެމް ޕީއެންސީ ވިސްނުމަކީ މާލެއަށް އެންމެން ޖަމާ ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިއަދު އައިސް އޮތް ހާލަތަކީ ވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބޭނުން ވެގެން އައިސް އޮތް ހާލަތެއް ނޫން ކަމެވެ. އެމަނިކުފާނު ފާހަގަ ކުރެއްވި ކަމަކީ ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި މެންބަރު ހުސައިން ވަހީދު އަވަހާރަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޙްމަދް

    ކިއްކުރާނީ ހަމަ ދާންޖެހޭނީ! ބޮޑާހެކިޔަސް ކުރާނެކަމެއް ނޯއްނާނެއެވެ. ރައީސް ޞާލިޙް ބުނުއްވިހާ ގޮތެއް ހަދައިގެން އުޅެންޖެހިފައި ތިއޮތީ ނަސީބެއްނު ރައީސް ޞާލިޙް ނުބުނުއްވިކަން އޮފިސްތެރެ ކުނިކަހާ ފޮޅަސާފުކުރާށޭ!
    މިހެންވެގެނޭ މިބުނަނީ އަދުގެ ސިޔާސީ މަޝްރަހުގައި ނަޝީދުގެ މިސާލަކީ ދަތްނެތް ހިޔަޅެއްގެ މިސާލޭ.

    14
  2. މާމީ

    ދެން ކެމްޕޭނު ކޮއްކޮއް ތިބެބަލަ ވާގޮތެއް އެގިދާނެތާ.... ނުހޮވުނޭ ކިއާފަ މުޅިދައުލައް ހަފުސް ކޮއްގެން ތިފެށި މަސައްކަތްް ތައް ނުހުއްޓާތި....

    13
  3. ހަދަ

    ކަލޭތީ މިހާރު ތާއީދު އޮތް މީހެއްނޫން....

    14
    1
  4. ޢިތްޒައްތެރި ބަފާއައުޓް

    ޢިބޫ އައްނި ގުރޫޕައްދިންލަނޑެއް އައްނިއައް ރައްޔިތުންގެ ތާއިދުނެއްކަންދެއްކުމަތް ތެދެއް ބަޔަކުޖަލްސާގަ ނެތުން ރައީސުދާޝޭބުނީމައައީ ޖަލްސާނިއްމާލުމައްފަހު އަލުންއަރާ ތަކުރާރުކުރި އަދިއެރަޝު ދައްނައެތައްބައެއް ހާޒިރުނުވިކަންވެސް ފާހަނގަކުރި މިޖަލްސާތަކުގަ މީހުންމަދުވުމުން އަރާމީހުނައް ގޮވެނީ އިންކުރާށޭ ދައްފަންތީގެ އިއްޒައްތެރިން ގޮވަނީ އާމާ ބަފާ އަޅާ ބޭރުކުރޭ

    10
  5. ޢަލީ

    އެމް.ޑީ.ޕީ އިތުރު އަހަރަކަށްވެސް މިޤައުމުގެ ވެރިކަމުގައި އޮވެއްޖެނަމަ މި ޤައުމެއް ނޯންނާނެކަން ފެންނަ މަންޒަރުން ވަރަށް ސާފު، ވީހާވެސް އަވަހަކަށް އިސްތިއުފާދެއްވާފައި ވަޑައިގަންނަވާ، އަމިއްލަ ވިސްނުމުން ވިސްނައިފިނަމަ އެކަން އެބަފެނޭ، އެތެރެއިންނާއި ބޭރުންނާއި މަތިންވެސް މި ފެންނަނީ އެކަމުގެ ޢަލާމާތްތައް. ޔާﷲ އަޅަމެން މި އެމް.ޑީ.ޕީގެ ކިބައިންނާއި މި ވެރިންގެ ކިބައިން ސަލާމަތް ކުރައްވައި ބަލިމަޑުކަމާއި ތަދުމަޑުކަމުންނާއި އިންޑިޔާގެ ނުބައި ރޭވުމުން އަޅަމެން ސަލާމަތް ކުރައްވައިފާނދޭވެ.

    14
  6. އިބްރާހިމް

    ފޭލިވެފައިވާ ބައިގަނޑެއްކަން ރައްޔިތުންގެ ވޯޓުން މިފަހަރު އެނގިގެންދާނެއެވެ. މުޅި ކޯލިޝަނާއި އިންޑިއާ އެއްކޮޅުން ކުޅޭއިރު އަނެއްކޮޅުން މިތިބީ ދިވެހި ޤައުމުދެކެ ލޯބިވާ ދިވެހިދަރީންނެވެ.

    15