ކޮވިޑް-19 އާ ދެކޮޅަށް މިހާރު އަޅާފައި ހުރި އުސޫލުތައް ހަރުކަށި ކޮށްގެން ވިޔަސް، އަންނަ މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ފުރުސަތު ދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އަނެއްކާ ވެސް ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވެ ހާލަތު ގޯސްވަމުން ދާތީ، ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެޗްޕީއޭގެ ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެޗްޕީއޭގެ ވިސްނުމަކީ އިގްތިސާދީ މަސައްކަތާއި ދިިރިހުރުމުގެ ކަންކަން ހުއްޓާލަން ނުޖެހޭ ގޮތަށް ފިޔަވަޅުތައް އެޅުން ކަމަށެވެ.

މި ގޮތުން، މިހާރު ކަނޑައެޅިފައިވާ ގައިޑްލައިން އާއި އުސޫލުތަކުގެ ތެރެއިން އިންތިޚާބު ވެސް ކަނޑައެޅިފައި އޮތް ތާރީޚަށް ބާއްވާ ގޮތަށް ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނަ ކަން އަފްޒަލް ފާހަގަ ކުރެއްވިއެވެ. އުސޫލުތައް ހަރުކަށި ކުރިއަސް އިންތިޚާބުގެ ޖާގަ ދެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"މި ވަގުތަކަށް ފާހަގައެއް ނުވޭ ގައިޑްލައިންއާ ޚިލާފު ކަންކަމެއް، މި ވަގުތަށް އުއްމީދު ކުރަނީ ވެސް އެ ގޮތަށް ގެންދާނެ ކަމަށް، ދެން އެ ވަގުތަކު ހާލަތު އޮތް ގޮތަކުން އުސޫލު ހަރުކަށި ކުރާނެ ވަރު އެނގޭނީ، ވިސްނުން އަދި އޮތީ ހަރުކަށި ކުރިއަސް އިންތިޚާބުގެ ޖާގަ ދޭން،" އަފްޒަލް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ތިން ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ވާދަކުރާތީ، އެ ދާއިރާގެ ރަށްރަށުގައި އާއި މާލެ ސަރަހައްދުގައި ވެސް ކެމްޕޭން ޖަލްސާ ބޭއްވުމާއި ހަރަކާތްތައް ބޭއްވުން ކުރިއަށް އެބަދެއެވެ. ކެމްޕޭންގެ ފޯރި އެ ދާއިރާގައި ވަރަށް ފޯރީގައި އެބަ ދެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. 😡😡😡

  ކަލޭމެނަށްފެނަނނީ ރައްޔިތުން ތަނަކަށް ދާނވީމަ. ފޭކު ޓެސްޓުހަދުވާ އެކަހެރިކޮށް ޖުރިމަނާކޮށް އަހުވަދއްަކަން.

  23
 2. ޙަަަހަ

  ތި އިންތިޚާބު ނުނެމެނީސް ލޮކްޑައުން އެއް ނުކުރާނެ ، އެވަރަށް ޕްރެޝަރ އާދެވިއްޔާ

  27
  1
 3. ބޯހަލާކު

  ކޮންތާކު މި ޖެހުނީ. ކަނޑެއް ފަޅެއް ވަތްކެއް ނުވި. އެހާ ހަލުވި ވެފަ ނުރައްކާ އެކަމަކު އުސޫލަކުން މުޅި އެތި ބަލި ކޮށްލާ.

  28
 4. އަބްސީ

  އިންތިޚާބް ލަސްނުކުރާނެ ރައްޔިތުން ހަނާވިޔަސް، ހުރިހާ މުއައްސަސާއެއް ސިޔާސީވެފަ. ރައްޔިތުން ހަލާކު

  25
 5. ހާލުފޮޅި

  މިއުޅެނީ އިންތިހާބު ނުބޭއްވިގެންތަ... ކޮންޓްރޯލް ކުރަން ފިޔަވަޅުތައް ހަރުކަށިކުރުން މިހާރުވެސް ލަސްވެއްޖެ..ކޭސްތައް އިތުރުވާ ވަރަކަށް ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސް އިތުރުކޮށްފަ ކިޔަވައިދޭ ވަގުތު ވެސް ވީ އިތުރު.. ގިނަ މާއްދާތައް ކިޔަވައިދޭކަށް ޓީޗަރުންނެއް ނާދޭ، ޕޮސިޓިވްފެވަ ނޫނީ ކޮންޓެކްޓް ވެފަ ޓީޗަރުން ތިބެނީ... ކޮންޓްރޯލް ކުރަން އެއްވެސް މަސައްކަތެއް ނުކުރާއިރު އިރުއިރު ކޮޅުން ޕްރެސް ބާއްވައި ޕޮސިޓިވް ވާ މީހުންގެ އަދަދު އިޢުލާނު ކުރުމުގެ ބޭނުމެއް ކޮބާ؟؟؟؟

 6. vai

  ވޯޓލާދުވަހުގެކުރީދުވަހު ލޮކްޑައުންކޮށްލާ. އޭރުން ރީރަޖިސްޓްރީ ނުވާމީހުންނަށް ވޯޓުނުލެވޭނެ.

 7. އަޝްފާގު

  މިހާރު މިމީހުން ޑޮކްޓަރުންނަށްވުރެ ބޮޑަށް ސިޔާސީ ބޭފުންނާ ވައްތަރީ. ހިތަށް އަރާ ކޯންޗެއް ކިޔަވައިގެން ބާއޭ އައިސް މި ތިބެނީ. ސަރުކާރުންބުނީމަ ބުނާހާ ގޮތަކަށް އަންގަން. 100 ޕަސަންޓު ޔަގީން އިންތިޚާބު ނިމޭއިރަށް ފިޔަވަޅުތައް ހަރުކަށިކޮށް ލޮކްޑައުން ކުރާނެކަން. ބޮޑު ނޮހޮރުއްޕާނެއް މިއޮތީ ލައިގަނެފަ.

 8. ހުސް ލަނޑާ ހަމަ

  ރައްޔިތުން ފެލާފަ ފަލަ މުސާރަ ބަނޑުއަޅައިގެން ތިބެ ނިކަމެތި ރައްޔިތުންނަށް ޖެއްސުންކުރުން ފިޔަވާ އިތުރު ކަމެއް ކުރާ ބައެއް ނޫން ތިޔައީ.

 9. Anonymous

  ސާންޕަލް ނަގާނެ މެސިނެއް ހޯދާ

  3
  1