މީހުން ދިރިއުޅޭ ރަށްރަށުގެ ބިމުގެ ދަތިކަން ދިމާވާއިރު އެ ރަށް ކައިރީ ފަޅުރަށްރަށް ހުއްޓަސް އާބާދުވާން ނެތް ކަމަށާއި، މީހުން ދިރިއުޅޭ ރަށުގެ ފަޅު ހިއްކަން ޖެހޭ ކަމަށް ވިދާޅުވެ ފަޅު ހިއްކުމުގެ މަޝްރޫއުތަކުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ފަޅު ހިއްކާތީ ތިމާވެށި ރައްކާތެރި ކުރަން ވަކާލާތު ކުރާ ޖަމިއްޔާ ޖަމާއަތްތަކާއި، އާބަން ޕްލޭނިންގެ ތަޖުރިބާކާރުންގެ ފާޑުކިއުންތައް އަބަދުވެސް އޮވެއެވެ. އެއީ އެއިން ފަހުން ރަށުގެ ގުދުރަތީ ވެއްޓަށް އަންނަ ގެއްލުމަށް ރިއާޔަތްކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ ކައިރީ ހުންނަ ފަޅުރަށްރަށަށް މީހުން ބަދަލު ކުރުމުގެ ވިސްނުމަށް ޖާގަ ދިނަސް އެއީ އަދި ވާން އޮންނަ ކަމެއް ނޫން ކަމަށެވެ.

ނަޝީދުގެ ނުކުތާއަށް ބާރު ދެއްވުމުގެ ގޮތުން އެމަނިކުފާނު އިޝާރާތް ކުރެއްވީ ޅ. މާފިލާފުއްޓަށެވެ. އެ ރަށަކީ އެހެން ރަށްރަށުން ގޯތި ނުލިބި ބަޔަކު ދިރިއުޅެން ފެށި ރަށެކެވެ. ނަމަވެސް ފަހުން ސަރުކާރުގެ ފްލެޓް ޕްރޮޖެކްޓްތަކުން ރާއްޖޭގެ އެކި ރަށްރަށުން ފްލެޓް ދިނުމުން އެ މީހުން އެ ރަށްރަށަށް ބަދަލުވީއެވެ.

"ބައްލަވާ ޅ. މާފިލާފުށި، އެއީ ބިން ބޮޑު ރަށެއް، އެހެންވެ އެ ރަށުގައި މީހުން އާބާދު ކުރަން ސަރުކާރުތަކުން ވެސް، ތިން ހަތަރު ފަހަރު މަސައްކަތް ކުރި، އެ ކަމެއް ނުވި، އެ ކަމެއް ވާކަށް ނެތް،" ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިމާވެށީގެ މައްސަލަތަކުގައި ބައިނަލް އަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ވާހަކަ ވެސް ދައްކަވާފައި ހުންނެވި ނަޝީދު ރޭ ވިދާޅުވި ބައެއް ރަށްރަށުގައި ދިވެހިން ދިރިއުޅެން ފަށާފައިވަނީ ކައިރީ ހުރި މަސް ކަނޑުތަކަށް ބެލުމަށް ފަހު ކަމަށެވެ.

"އެއީ ތޮބީއަތް، އެ ތޮބީއަތަކާއި ދެކޮޅު ވުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން، މަތި ކޮމަންޑޫ ކައިރީ އަދި މާ ބޮޑު ފަޅު ރަށެއް އޮވެދާނެ، އެކަމަކު މި ކޮމަންޑޫގައި މީހުން އުޅެން ބޭނުންވޭ، މިއީ ދިވެހިންނަށް އެނގޭ ކަމެއް، ކޮން ރަށެއްގައިތޯ ރަށްވެހިކަން އާލާވާނީ،"

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ވެސް އިއުލާން ކޮށްފައެވެ. އޭގެ ތެރެއިން އެއް މަޝްރޫއަކީ ކޮމަންޑޫ ކައިރީ އޮންނަ ފަޅުރަށް މަތި ކޮމަންޑޫގެ ފަޅުގެ ބޮޑު ބައެއް ހިއްކައި އެ ރަށާއި ކޮމަންޑޫ ބްރިޖްއަކުން ގުޅުވާލުމުގެ މަޝްރޫއެވެ. މަތި ކޮމަންޑޫގެ ރީތި ފަޅު ހިއްކަން އުޅޭތީ ވެސް ތިމާވެށީގެ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    މީތަ ތިމާވެށީގެ މާމަ އަކީ؟ މީ ކޯންޗެކޭ ގޮވާ މީހެއް

    23
    1
  2. ސަލް

    ނުޖެހޭ.. އެއީ އިކޮނޮމިކަލް ޑިސިޝަނެއްނޫން. އެއީ ބާޒާރުގަ އަގު ހެޔޮކޮއް މޮޅު އެއްޗެއް ލިބެން އޮއްވާ އަގު ބޮޑުކޮށް އެޔައް ވުރެ ފެންވަރު ދެރަ އެއްޗެއް ގަތުންފަދަ ކަމެއް. ގުދްރަތީގޮތުން އެއްވެސް ފައިސާއެއް ޚަރަދުނުކޮއް ހިކިފައިވާ މޮޅު ބިންތައް ހުއްޓާ އަގު ބޮޑުކޮއް އެތައް މިލިޔަންޑޮލަރެއް ޚަރަދުކޮއްގެން ހަމަ އެވަރު ބިން ހިތްކުމުގެ މާނައަކީ ކޮބާތޯ؟ އޭއީވެސް އަދި ތިމާވެށި ހަލާކުކޮއްލައިގެން އެތައް ގެއްލުމެއް ފަރުތަކަށާއި ފަޅުތަކައް ދީގެން ހިއްކައިގެންނެވެ. އެމްޑީޕީއިން އެއްދުވަހު މާބޮޑައް ތިމާވެށި ވެގަނެގެން އުޅެއެޔައް ވަކާލާތުކޮށްކޮއްފަ އަނެއްދުވަހަ ސީދާ ތިމާވެށި ހަލާކުކުރާ އެންމެބޮޑު އެއްކަންތަކައް ހިތްވަރުލިބޭވާހަކަ މި ފެންނަނީ. ވީމާ ހަގީގަތުގައި އެއްވެސް ޕުރިންސިޕަލްއެއް ނުގެންގުޅޭކަމުގެ ހެކި މި ފެންނަނީ.

    18
    1
  3. ނިކަމެތިރައްޔިތު

    އޯ.އެމް.ޖީ! ތިމާވެށީގެ ރައީސް ދެއްކެވި ވާހަކައެއްތޯ؟ ހައިރާންވެ އަންތަރީސްވެއްޖެ.

    20
    1
  4. ޖާނޭ

    ކިހިނެތް މިވީ ޖަޒީރާ ވަންތަރާއްޖެ އަށްކުއްލިއަކަށް! ރައީސް ޔާމީންގެ ކޮންކްރީޓް ތަރައްޤީއޭ. އެއީ ތަރައްޤީއެއް ނޫނޭ. މީހުން ތޮށް ޖައްސަނީއޭ. ބަލަ.މިވީ ކިހިނެތް. ތިމީހުނާ ޖެހުނީމަ ހަމަ ފަޅު ހިއްކަންވެސް، ކަނޑު ހިއްކަންވެސް ހަަމަ ބަރާބަރު.

    21
    2
  5. ޝީޒާ

    އައްޑޫ ސިޓީ ކޮއްޓޭ އާއި ޖެހެންދެކަށް ހިއްކާފަ ރައްޔިތުންނަށް ބިން ދޫކޮށް ބަލަ. ވަންނާނެ ތަނެއް ނެއް ކިތަށް މީހުން އައްޑޫގަ އެބަތިބިތޯ.

    21
    1
  6. ކެޔޮޅު

    ތިޔައީ ހައަނގައިންވާހަކަދައްކާ ދެއުޅި އެއްނުވާ އިންސާނެއް ތިމީހާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮވެސްނުވާނެ!

    20
    2
  7. އައްލާބެއްޔާ

    ތިޔާއީ މުނާފިގުރޯނުއެދުރެއް.

  8. ޖާހިލު

    ދެއަނގާގެ ގުއިގުދާނު ރައީސް! ޅ. މާފިލާފުށީގައި މީހުން އާބާދުކުރާކަށް ނޫން މައުމޫނު އެކަން ކުރީ! ވެރިކަމާގެން ބޫތު ކާގެން! އަމިއްލަ އެދުމާގެން! ކަލޭވެސް ބޮޑުވަޒީރުކަމާއި ވެރިކަމާގެން ބޫތު ކާގެން ދެއުޅިއެއްނުވާ ކޮސް އަނގަތަޅަމުން ރައްޔިތުންނަށް ހީލަތާއި މަކަރާ އޮޅުވާލުންތައް ގިނަވެ ދެކެވޭ ނުކެދެކެވޭ ވާހަކަދައްކާ ގޮތްހުސްަވީ ! ކޮބާ މި 5 އަހަރު ތިޔަ ކުރިކަމެއް؟؟؟؟؟ ވައްކަމާއި ގައުމުވިއްކުން! ގައުުމުގެ އެންމެ މަތީ ބާރުތައް އަނގަބަންދުކޮށް ތަޅު އަޅުވާ ގެން ބޮޑު މުސާރާނަގާގެން އަނގަހޭވުން! އިސްތިއުފާދީފައި ބޭރު ކަރައަކަށްދޭ!

  9. ޙަަަހަ

    މިއަދު ތިމާވެށީގެ އައްޕަ ކީކޭމިކިޔަނީ ، އަސްލު މީކާކުކަން ، މީނަގެ ބަސްމަގުން ދަންނަންވެއްޖެ

  10. އަބްދުﷲސަމްއޫން

    ކަލޭތީ މިގައުމަށް ދިމާވި ބޮޑު މުސީބާތެއް. ކަލޭގެ ސުންޕާކަމުން މިގައުމު މިހާ ފަހަތައް ދާން މިޖެހުނީ