ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ގައުމު ފުރަބަންދު ކުރި ދުވަސްވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މަޖިލީހަށް ވަޑައިނުގެން ހުންނެވުމުން އަމާޒުވާ ފާޑުކިއުންތަކަށް ޖުމްހޫރީ ޕާޓީން ރައްދު ދީފިއެވެ.

ގާސިމް ވަނީ މިއަދުގެ ވަގުތެއްގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައެވެ. އެއީ އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށެވެ. ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ގޯސްވެފައި އޮތް ދަނޑިވަޅެއްގައި ގާސިމް އެ ދާއިރާއަށް ވަޑައިގެންނެވިއިރު، ކުރިން ހާލަތު ގޯސްވެގެން މަޖިލީހަށް ވަޑައިނުގެން ހުންނެވުމުން ކަމަށް ބުނެ ފާޑުކިއުން އަމާޒުވެފައިވެއެވެ.

މި ކަމާއި ގުޅޭ ގޮތުން، ގާސިމްއާއި އެކު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވި ޖޭޕީގެ ވަފުދުގައި ހިމެނޭ އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް "ވަގުތު" އަށް ވިދާޅުވީ ވާދަވެރި ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކާއިރު އެ ދުވަސްވަރަކީ ވެކްސިން ވެސް ތައްޔާރު ނުވެ އޮތުމުން ރާއްޖެއާއި މުޅި ދުނިޔެ ވެސް ފުރަބަންދުކޮށްފައިވާ ދުވަސްވަރެއް ކަމަށެވެ.

"އެ ދުވަހާއި މިއަދުގެ ހާލަތު ވަރަށް ތަފާތު ދެއްތޯ، މިއަދު ލީޑަރު އަޅުގަނޑުމެންނާއި އެކު މި ވަޑައިގަންނަވަނީ އެޗްޕީއޭއިން ނެރެފައިވާ އުސޫލުގެ ތެރެއިން، ކޮވިޑްއަށް ޓެސްޓް ވެސް ކޮށްގެން، އެންމެން ވެސް ބަލިން ރައްކާތެރިވެ ހުރި ކަން ޔަގީންކޮށްފައި،" އަލީ ސޯލިހް ވިދާޅުވިއެވެ.

ގާސިމްއަކީ އެއްވެސް ދުވަސްވަރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާއިން "ފިއްލަވައިގެން" އުޅުއްވާ ބޭފުޅެއް ނޫން ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

މި ކަމާއި އެންމެ ބޮޑަށް ފާޑުވިދާޅުވެ ޓްވިޓާގައި ވާހަކަ ދައްކަވާފައިވާ އެމްއެންޕީގެ ނައިބު އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ދެއްކެވި ވާހަކަތަކަށް ވެސް އަލީ ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ، ވަޒީރެއްގެ މަސްއޫލިއްޔަތު އަދާ ނުކުރެވި ފިއްލެވި ބޭފުޅަކު ގާސިމްއަށް ފާޑުވިދާޅުވާނެ ފެންވަރެއް ނެތް ކަމަށެވެ. އަލީ މިހެން ވިދާޅުވިއިރު، ޝިދާތާގެ ނަމެއް ސީދާ ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.

ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން އެމްއެންޕީން ވެސް ވާދަކުރެއެވެ. އަދި އިދިކޮޅު ޕީޕީއެމް އިން ވެސް ވާދަކުރެއެވެ. ތިން ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ކޮމަންޑޫ ދާއިރާގެ ތިން ރަށުގައި ވެސް ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓްއަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ އިތުރުން އަދާލަތު ޕާޓީން ވެސް ވަނީ ތާއީދު ކުރަން ނިންމައިފައެވެ. އެކަމަކު އެމްއާރުއެމް އިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މިތާފް

    މަޖުބޫރުވީ ދާން އަދި މުދަލުގެ ދަހިވެތިކަންވެސް ހައްދުފަހަނަ އަޅާހިސާބައްގޮސްސަ ހުރީ.

    61
  2. ހޯރަ

    ހާ... ހާ.....ހާ.......!

    ކަލޯމެން ހީކުރަނީ އަހަރަމެން މީ ޤަމާރުންކަމަށްތަ؟ ކަލޯ އެދުވަސްވަރުވެސް މަގޭ އަތުން ނެގި ޓެކްސް ފައިސާވެސް ބޭނުންކޮށްގެން އޭނައަށް މަހަކު 820000 ރުފިޔާ ދިނޭ. އޭނައަށް އެހެން އޮންނަން ދެއްކޭނެ ހުއްޖަތެއް ނެތޭ. މުޅި ދިވެހި ޤައުމުގެ މާލިއްޔާއަށް އަތްގަދަކޮށްގެން އުޅޭ ޤާސިމުގެ ދިފާއުގައި ވާހަކަދައްކާނީ އޭނަގެ މުޑުދާރު ޢަމަލުތަކާ އޮޅުވާލުންތަކާ ވައްކަންތަކުން ހޯދާފައިވާ މިޤައުމުގެ ފައިސާއިން ތަތްތެޅުން ތެޅިފަ ތިބި މަދު ބައެއް. 2023 ގައި ކޮވިޑް ވަރަށް ވަރުގަދަ ވާނެ. ބުނާތި ގޭ ހަރުގައޭ އޮންނާނީ . މިހާރު ކޮމަންޑޫއަށް ވެސް އެދަނީ ކީކިމިނީގެ ދަހިވެތިކަމުގައި.
    ވަރަށް ސަލާމް

    33
  3. ޝާހް

    ގާސިމް ފިތިފަ އޮއިވަރު ވަރަށް ސާފު

    61
    1
  4. އައްޑޫ ލެއި

    ކޮންމެތާކު ފިލާފަ އޮތަސް ޖެހެންހުރި ބަލިއެއް ޖެހޭނެ. ރައްޔަތުންގެ ފާއިސާ ހަރާންގޮތުގަ ކައިކައި އުމުރު ހުސްވަނީ. އިންތިހާބީ މަގާމެއް ހުއްޓަސް ސިވިލްސާވިސް މަގޤާމެއްގަ ހުއްޓަސް ރައްޔަތުންނަށް ހިދުމަތް ކުރާ ނަމުގަ ލާރި ބަނޑަވެން ތިޖެހެނީ

    27
  5. ލޮލް

    އާނ، އެދުވަސްވަރުވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްސަނެއް އޮތްނަމަ އެނގުނީހީ އެދުވަސްވަރު ކޮވިޑުގެ ހާލަތު ވަޒަންކޮށްލަން.

    25
  6. ސަރުދާރު

    ތިސޮރެކޭގޭގޯތިހަޑިކުރަންއަށްނަކުކުޅެކޭތަފާތެއްނެތްއެސޮރުވެސްގޭވެރިމީތަޅައިގަތީމާރައްކާވާނެއިރުކޮޅަކުންއަށްނާނެތަޅައިގަތްކަމެއްހަނދާނެއްނުވާނެ

    13
  7. ދަރަނި ދަންތުރަ

    މަޖިލީހަށް ދާތަނުން ކޮވިޑު ޖެހިއްޖެއްޔާ ގާސިމު މަރުވާނެ ، ކެންޕެއިނަންދާތަނުން ކޮވިޑު ޖެހިއްޖެއްޔާ ގާސިމް އިންނަން އިތުރު އަންހެނަކު ލިބޭނެ ހާލަތުކިހާ ތަފާތު...

    30
  8. ކެރަފާ

    ދުނިޔެ އެއްކޮށް ކާލާހިތުން ތިޔައުޅެނީ ތެދުވެރިކަމެއް އިހުލާސްތެރިކަމެއްނެތީ އަބަދުވެސް މަދުވެގެން އަދިވެސް މަށަށް މަށަށް ގޮވަނީ މުދަލަށް ބޫތުކައިފަ ނޫންކަމެއްނެތް

    28
  9. ހުސޭނުބޭ

    އެބުނާހެން އޭރު ކޮވިޑަށް ހީވަނީ އަލިފާން ފުރޭތަހެން. މިހާރު ކޮވިޑް އެބޯތޯ ވެންޓިލޭޓަރަށް ލާފައި.

    24
  10. އަލްޖިބްރާ

    ޔާމީނުގެ ވެރިކަން އޮތް ދުވަސްވަރު ތިކަހަލަ ފާޑަކަށް ބ.އަތޮޅުގެ ވިޔަފާރިވެރިއަކުވެސް އުޅުނު ! ވިޔަފާރި ބަންދުކޮށް ކުޑަކަކޫ ޖައްސުވާލާނެކަން އެންގީމާ އެންމެ ފަހުން ޔާމީނުގެ ޕާރޓީއަށް ސޮއިވެސް ކޮށްނިމުނީ !

    9
    11
  11. ދިދަ ދަނޑި

    މީނަމީ މަޤާމުން ވަކިކުރަން ވެފަހުރި މީހެއް.. ގޭގައޮވެގެން ރައްޔިތުންގެ ފައިސާއިން މުސާރަ ލިބިގެން ނުވާނެ.. ނާޗަރަންގީކުޅެން ތަންތަނަށް ދާންވީމަ ހައި ރިސްކެއް ނޫންދޯ..

  12. މަރުޖީނާ

    މީ ލަދެއް ހަޔާތެއް ހުރި އާދަމްގެ ދަރިއެއްނޫން މަޖްލިސްއަށް ނުދާދުވަސްތަކުގެ މުސާނަ ހައްޤުވާނެބާ

    25
    2
  13. ޢިއްތިހާދު

    ތިގޮވަނީކޮސް ދިވެހިކިތައްމީހުންވަޒީފާއިންވަކިކުރީ އޭރުއެއްމެނިކަމެތި އެއްމެރިސްކުބޮޑުމީހާ މިނިސްޓަރްކަން ގެއްލިދާނެތީ އެއަތްވުރެ ބޮޑުރިސްކެއްނެއްމިހާރު ރަންވޭބަންދުކޮއްފިނަމަ ދެންޖެހޭނީ ކަނޑައްޖައްސަން ނޫނީގެންގުޅޭބޯޓްތަކުގެ ކުލަރީނދުއައްބަދަލުވެދާނެ

  14. ސަލީމްބެ

    މުކައްބަ ސޭޓް

    20
  15. ހަސަން

    މީނާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފައިސާއާއި މުދާ ބެހުން ނޫން އެއްވެސް ކަމެއް ކުރެވޭނެ މީހެއްނޫނުން. ޢިލްމީ ގޮތުން އެއްވެސް އުރައްޕެއް ނެތް. ވާހަކަދެއްކުމުގައި އެއްވެސް އޮށްޓާރެއް ނުހުރޭ. ކިތަންމެ ވަރަކަށް ފެލިޔަސް އެއެއްޗެއްގައި ނެތް ދިޔައެއް އެއަކުން ނުނިކުންނާނެ. ރައީށް ނާސިރު، ރައީސް ޔާމީން ފަދަ ގަޓްހުރި ބޭފުޅެއް ނަމަ އޯކޭ.

  16. ރަދީފް ހުސެން

    އެއީ ތެދުފުޅެއް، އޭރު ކޮވިޑްއައިސްގެން އުޅުނީ ޔޫރަޕު ހިސާބުން 14 ދުވަހުގެ ކަރަންޓީނާއެކީ، މިފަހަރު އައިސްގެން އުޅެނީ އޭސިޔާ ހިސާބުން 3 ނުވަތަ ގިނަވެގެންވެސް 7ދުވަހުގެ ކަރަންޓީނަކާއެކީ. މިފަހަރު ވަރައްތަފާތުވާނެ

  17. ތުރިޕުލްައެލް

    ގާސިމް ގެސަބަބުން އިދިކޮޅައް ތިފައިދާވީ

  18. މަރީނާ

    ވެކްސިން އައިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ. ހަމަ ފިލާ އޮތީ އޭގެ ފަހުންވެސް

  19. ސަންފައްތަ

    އާނ. އޭރު ދުވާލަކު 2000 މީހުން ޕޮޒިޓިވެއް ނުވޭ. މިހާރު ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ދެހާހުން މަތީގަ އުޅޭއިރުވެސް ހައިރިސްކް ބޭފުޅަކު ކެމްޕޭނަށް ދުރުވީމަ ސުވާލު އުފެދޭ. ފަހުން އަދި މި މަނިކުފާނު ޖަލްސާއެއްގަ ކިޔައިދެއްވާނެ މަޖުބޫރުންނޭ ދާންޖެހުނީ.

  20. ލޮލް

    އެއްވެސް ތަފާތެއްނުވޭ ، ހަމަ އެކަނި ތަފާތަކަށްވީ ޒުވާންކުއްޖަކާ ކައިވެނިބައްލަވައިގެން އެދުވަސްވަރު އުޅުއްވުން ، އިޚްލާސްތެރިކަމެއް ހުރިއްޔާ އެދުވަސްތަކަށް މުސާރަ ނުނަގާތި