22:01

އާރެކޯޑެއް: އިތުރު 2813 މީހުން ފައްސިވެއްޖެ.

18:43

ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކުރުމަށް ދިޔަ މީހަކު ކޮވިޑް-19 ވެކްސިން ޖަހާފައިނުވާތީ، އެމެރިކާގެ ހޮސްޕިޓަލަކުން އެކަން ނުކޮށްދިން ކަމަށް ބަލިމީހާގެ އާއިލާއިން ބުނެފި

18:21

ކޮވިޑް-19ގެ ސުންކު ޓްރާންސްފާ ކުރުމަށް 13 ސްޕީޑްބޯޓް ސަޕްލައި ކޮށްދޭން ފަރާތެއް ހޯދަން އިއުލާނުކޮށްފި

17:48

ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ "އޮމިކްރޮން"ގެ އާ ވައްތަރާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން އިންޒާރު ދީފި

15:21

އދ. މަންދޫން ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 އަކަށް އަރައިފި.

14:19

އައްޑޫ ސިޓީން އިއްޔެ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުވެސް 100 އިން މައްޗަށް އަރައިފި

13:58

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހާމަކުރައްވައިފި

13:57

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހާމަކުރައްވައިފި

13:43

އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖައްސަވާފައި ވަނިކޮށް ފައްސިވެއްޖެ

11:07

ދެން އުފެދޭ ކޮވިޑް ވޭރިއަންޓް މާހަލުވިކޮށް ފެތުރިދާނެ - ޑަބްލިއުއެޗްއޯ

11:04

މާލެއިން ސިނަމާލެ ބްރިޖަށް އަރާ ދިމާލުގައި އޮންނަ ޕާކިން ޒޯނުގައި ކޮވިޑް-19 އަށް ޓެސްޓް ކުރާ ސެންޓަރެއް މިއަދު ހުޅުވައިފި.

10:33

ކޮވިޑްގައި 50 އަހަރުގެ މީހަކު ނިޔާވެ، މިމަހު ނިޔާވި މީހުންގެ އަދަދު 11 އަށް.

ކޮވިޑް-19 އިން ދިފާއު ވުމަށް ބޫސްޓާ ޑޯޒް ނުވަތަ ތިން ވަނަ ޑޯޒް ޖަހަން ސިއްހީ ހިދުމަތްތެރިން އެދެމުން ދިޔަ ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ތިންވަނަ ޑޯޒް ޖަހަން ބޭނުންވާ މީހުންގެ އަދަދު މަދު ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހާއްސަކޮށް ޒުވާނުންގެ މެދުގައި ތިން ވަނަ ޑޯޒަށް އޮތް ޑިމާންޑް ދަށްކަން ތަފާސް ހިސާބުތަކުން ދައްކައެވެ. ޔޫރަޕްގެ ގާތްގަނޑަކަށް ހުރިހާ ގައުމެއްގައި ވެސް މިހާރު ތިން ވަނަ ޑޯޒް ޖެހުން އާއްމު ހުޅުވާލާފައި ވީނަމަވެސް ޒުވާނުންގެ ތެރެއިން ތިންވަނަ ޑޯޒް ޖަހަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ.

އިނގިރޭސިވިލާތާއި، ޖަރުމަންވިލާތާއި، އިޓަލީވިލާތާއި އަދި އެމެރިކާ ގައި ވެސް ކޮވިޑްގެ ތިން ވަނަ ޑޯޒަށް ޒުވާނުންގެ މެދުގައި އޮތް ޑިމާންޑް ދަށްކަމަށް ރިޕޯޓްތައް ބުނެއެވެ. ތިން ވަނަ ޑޯޒް ޖަހަން ގިނަ މީހުން ބޭނުން ނުވާ އެއްސަބަބަކީ ތިން ވަނަ ޑޯޒުން ވެސް ފުރިހަމަ ރައްކާތެރިކަމެއް ނުލިބުމެވެ. އަދި ވެކްސިންގެ ދެޑޯޒް ޖެހުމުން ކޮވިޑް ޖެހުނު ނަމަވެސް ކޮވިޑްގައި ހާލު ބޮޑުވުމުގެ ފުރުސަތު ކުޑަވުމަކީ ވެސް ޒުވާނުން ތިން ވަނަ ޑޯޒެއް ޖަހަން ބޭނުން ނުވާ ސަބަބެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހިޔާލު

  ރާއްޖޭގައިވެސް ގިނަ މީހުން ބޭނުމެއް ނުވޭ ހެން ހީވަނީ

  29
 2. ބުޅާ

  އެކަތިވެސް ނުޖަހަން. ނުވެސް ޖަހާނަން. މުހިއްމު ކަމެއް ނޫން. ބޯ ގަމާރު މީހުން ގޮސް ތި ޖަހާ. ތި ޖެހީމަ ބަލި ނުޖެހެނީ އެއްވެސް ނޫން. ބުނާނެ ދެން ބޮޑުވަރު ނުވެޔޭ. ހުސް ދޮގު. ބޮޑުވަރުވެސް ވޭ. މަރުވެފަވެސް އެބަހުރި ބޮޑުވަރުވެގެން. އަނެއްކާ ޚުދު ވެކްސިން ޖެހީމަ ކުއްލިއަކަށް މަރުވެފަވެސް އެބަހުރި. ތިއީ ހުސް ވިޔަފާރިއަށް ކަލޭމެން ކުރާ ކަންތައް. ނިކަމެތި ރައްޔިތުންނަށް ހުރިހާ ބަލާ އަކާއި މުޞީބާތެއް. ކިހާ ދެރަވެއްޖެ ކަމެއް. ދިވެހިން ހަމަ ލެބް ރެޓްސް ތަކެއް ކަމަށް ހެދިގެން ތިބޭނީތަ؟ ހެޔޮ ނުވާނެ ތި ވެކްސިން ޖަހާނެ ކަމެއް ނެތް!!!

  15
  1
  • 😭😭😭😭

   މަޖުބޫރުކުރީމަ ޖަހަން ދޯ ޖެހޭނީ.😭😭😭😭😭😭😭😭😭😭😭😭😭😭😠

   • ކޮން

    ކޮން މަޖުބޫރެއް. އެންމެން ވެގެން ބޯ ނުލެނބީމަ ނިމުނީ.

    5
    1
    • 😭😭😭😭

     ބަލަ ދަރިންބަލާ ސްކޫލަށްދާއިރު ނުވެއްދީމަ މާރީއްޗެއްނޫން. ބޯ ބިންދީމަ ނިމުނީ.،😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

 3. ޑޯޒް

  މި ރާއްޖޭގަ 3 ވަނަ ޑޯޒްގެ ޑިމާންޑު ކުޑަވީމަ ހަދާލާނެގޮތް ބަލަން ތިބޭ. މަގުމައްޗަށްވެސް ނިކުތަނުދޭނެ ތޯއްޗެއް ނުޖަހާ. ބަލާތި.

  11
 4. ނަޖީބާ

  ޑޯޒް ޖަހައިގެން މަރުވުމަށްވުރެ ނުޖަހާ މަރުވުންވެސް މާ ރަނގަޅު. 4-6 މަހުން ޑޯޒް ޖަހަޖަހާ ތިބެންވީތަ؟

  11
 5. ޚލ

  އެކަކުވެސް ނުޖަހާތި

  16
 6. އަހުމަދު55

  ތީ އޮމިކްރޯންއަށް ހަދާފަ އޮތް އެއްޗެއްވެސްނޫން އަނެއްކާޖަހާއިރަށް އަންނާނެ އިތުރު ވޭރިއަންޓެއް. ދެން އުމުރުގެ ބާކީއޮތްތަނުގަ ވެކްސިންޖަހާލަޖަހާލަތިބެންވީތަ؟ ރަނގަޅު ޕްލޭނެއްވެސް އަސްލު ނެތް.

  14
 7. ޖ

  ޢަނެއްކާ ޑބލއ އެޗްއޯއިން އަންގައިފި އަނެއްވޭރިއަންޓެއް ފެތުރޭވާހަކައެއް ދެންކިހިނެއްހަދާނީ އަނެއްކާ ފަސްވަނަ ބޫސްޓާ ޑޯޒު ޖަހަންތޯޖެހޭނީ

 8. އަހުމަދު

  ނުޖަހާނަން ،// ދެން ހަދާ އެއްޗެއް ހަދާބަލަ. ބަލަ ތިޔަ އެއްޗެއް ޖަހައިގެން ވީ ފައިދާއެއް ބުނެބަލަ. ޖެހިއަސް ބަލިވަނީ ، ނުޖެހިއަސް ބަލިވަނީ. ތިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަމަށް މީހުނަށް މަޖުބޫރުކޮށް ދުއްޕާން ކުރުމަށްވުރެން މާ ތާހިރުވާނެ ނަމާދަށްނުގޮސް މިތިބަ މީސްތަކުން ނަމާދަށް ދިއުމަށް ބާރުއެޅިއަސް.

 9. ޢަލަި

  ހަތަރު ޑޯޒް ޖެހި ފަހުން އިސްރާއީލް ޑިފެންސް މިނިސްޓަރަށް ކޮވިޑް ޖެހިއްޖެެ.. ދެން ކޮން 3 ވަނަ ޑޯޒެއްތަ ޖަހަންވީ. ޢެއްކަމެއްވެސް ނުވާނެ ޖެހިޔަސް.