ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުންފުންޏަކަށް އެ ރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ މަނީލޯންޑާ ކުރުމުގެ ތުހުމަތުގައި ދައުލަތުން ކުރާ ދައުވާ ސާފުނުވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް 2015 ވަނަ އަހަރު ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށްފައެވެ. ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. އަދި ޔޫސުފް ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންއާ ދެކޮޅަށް ދައުލަތުން އިއްވި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމް ދެއްވި ކަމަށެވެ. ޔޫސުފް ނައީމް ދެއްވި ޗެކް ޔާމީން ގަބޫލު ކުރައްވައި، އެ ޗެކް ޝަންހައި ބޭންކްގެ އެކައުންޓަކަށް އެމަނިކުފާނު ޖަމާކުރެއްވި ކަމަށް ދައުވާގައިވެއެވެ.

މަނީ ލޯންޑްރިންގެ ދައުވާގައި ވަނީ ޝަންހައި ބޭންކްގެ އެކައުންޓަށް ޔާމީން ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އޮތް އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓްގައި ހުރި ފައިސާއާ އެކު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޔާމީން ޖަމާކުރެއްވި ކަމަށެވެ.

އަދި އިސްލާމިކް ބޭންކް އެކައުންޓުން އެމަނިކުފާނުގެ އިސްލާމިކް ބޭންކް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާކޮށް އެ ފައިސާ 36 މަހަށް އިންވެސްޓް ކުރި ކަމަށް ދައުވާގައިވެއެވެ.

މި ދައުވާތައް ސާފުވިތޯ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް، ޔާމީންގެ އަރިހުން އެއްސެވުމުން ޔާމީން ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށެވެ. ދައުވާ އިން ސާފުނުވަނީ ކޮން ކަމެއްތޯ އެ މައްސަލަ ބައްލަވާ ގާޒީ އެއްސެވުމުން ޔާމީން ވިދާޅުވީ ވަކީލުންނާ އެކަމުގައި މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ދައުވާ ސާފުވިތޯ ޝަރީއަތުން ކަށަވަރު ކުރަން ޖެހޭތީ ދައުވާ ސާފުވިތޯ ކަށަވަރުކޮށް، ދައުވާއަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ 10 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.

ދައުލަތުން ވަނީ ޔާމީނަށް ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ އިތުރުން އެކައުންޓުތަކުގައި ހުރި ފައިސާ އާއި އިންވެސްޓްކޮށްގެން ލިބުނު ފައިސާ ވެސް ދައުލަތަށް ނަގައިދޭން އެދިފައެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުވެވަޑައިނުގަންނަވައެވެ. އޭނާ ވަޑައިނުގެންނެވީ ކޮވިޑް-19 އަށް ފައްސިވެފައިވާތީ ކަމަށް ޝަކީލް ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ އޭނާގެ ބައި އަންނަ މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދަވާނެ ކަމަށެވެ.

އޭގެފަހުން އެ މައްސަލަ ކުރިއަށް ގެންދަވަނީ ޔާމީނާއި ޔޫސުފްގެ ބައި ވެސް އެއްކޮށް ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޢަހު

  ބާތިލު ދަޢުވާއެއް ތިކުރަނީ

  43
  2
 2. ބޮލި މުލައް

  ރޯދައަށް ޖަލަށްލާނެކަމަށް ސަރުކާރުންވީ ވަޢުދު ފަނޑިޔާރު ޖެހޭނެ ދަމަހައްޓަން

  38
  5
 3. ދޮންކެޔޮ ބުރޯ

  އެފައިސާ މިފައިސާ، ރައްޔިތުންގެ ހާދަބައިވަރު ފައިސާތަކަކަށް ހިޔާނާތްތެރިވެފަހުރި މީހެކޭދޯ، އަދި ތިލަމިވަނީ ކުޑަމިންވަރެއް، ބިތުފަންގި ދޮށުގައި އަދި ބައިވަރުހުންނާނެ، ޖަމީލް ބުނިހެން ޔާމީން ވަނީ އަމިއްލައަށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަމަށް އެއްބަސްވެ އިއުތިރާފުވެފަ، ދެން ސަރީއަތްކުރިއަށް ގެންދިޔިމުގެ ބޭނުމެއްނެތް ހުކުމް އިއްވަންޖެހޭނީ، ޖަމީލްވެސް ޔާމީނުގެ ވަކީލަކަށްގޮސް އެއިންނަނީ ހަމައެކަނި އިއްވާލާ ހުކުމް ކައިރިން އަޑުއަހާލާ އަޑިޔަށް ހިނިގަނޑެއްޖަހާލަންްވެގެން

  10
  66
  • އަހުމަދު

   ހުރިހާކަމެއް ނިމިގެންދާއިރު އެމަނިކުފާނުގެ ތެދުވެރިކަމާ ވަފާތެރިކަން ނޫނީ ސާބިތެއްނުވޭ....
   ޓިޔަ ހަސަދައިގެ އަލިފާން ހިތުނ ނިއްވާލުން މާ ބުއްދިވެރިވާނެ.....

   26
   2
 4. ދަރަނި ދަންތުރަ

  ރީނދޫ ގުރޫޕު ކަމަކަށްފަހު ކަމެއް ޔާމީނު ބޮލުގައި އަޅުވަން އުޅުނަސް ތިޔަކަމެއްނުވާނެ ، މިހާރު ވެރިކަމުގައި ތިޔަ ތިބީ ފަސްމާމުލު ފަސްވަގުން ކަލޭމެނާ ގާނޫނު އަރާ ހަމަކުރާނެ ހަނދާންކުރާތި...

  64
  6
 5. ދެރަ

  ކަމެއް ނުކުރާނަމަ ތި ދައު ވާ ތަށް ކުރުމުގެ ފުރުސަތު ވަރަށް ހަނި ވީސް

  6
  50
 6. ބޮކި

  ވަގަކަށް ކިހިނެތް ތޯ ދައުވާ ސާފުވާނީ ؟

  5
  33
  • ަކަނދޭ

   ޒާތީ ދައުވާތަށް ބާތިލްވާނެ، ތި ބައިގަނޑުގެ ވިސްނުން ހުރީ ރޔ ރިޔާސީ އިންތިހާބެއްގަ ބައިވެރި ވިޔަނުދިނުން. ޙުރިހާ ކޯޓް މަރުހަލާއެއް ނިމޭއިރު އޮންނާނީ 2024 އައިސްސަ. ﷲގެ ޕްލޭން މާ ބޮޑު. ޢަހަރު ކުއަރޓަރއެއްގައި ސަރީއަތްތައް ބަހާލާ، ފަހުކުއަރޓަރގައި ހުކުމް އިއްވުމާ، މިކަންކަމުން އެނގެނީ ޒާތީވެފަ ތިބިވަރު.

 7. ބޮކި

  ޝަރިޔަތް ލައިވް ނުކުރުމުގެ މާނައަކީ ބަތިލް ޝަރިޔަތެއްކަން ދައުވާއަކީ ހަސަދަވެރިންގެ ވެރިކަމެއްވީމަ ކުރެވިދާނެ ނަމަވެސް މާތްﷲ ވޮޑިގެންވަނީ ކެތްތެރީނާއެކު މަކަރުވެރިކަމާ ކެހިވެރިކަމާ ހީލަތްތެރި ވެރިންގެ ނިމުން ދެކެންތިބޭތި ﷲއީ ކޮންމެކަމަކަށް ކުޅަދުންވައްތަރަސްކަލާންގެ ތެދުވެރި އިޚުލާސްތެރިންނަށް މާތްﷲ ނަޝްދެއްވާނެކަން ކަށަވަރު ޔާﷲ ރައީސްޔާމީން އަކީ ކޯޓުތަކާއި ފަނޑިޔާރުންގެ ކުރިމަތީގައި ރައީސްޔާމީން އަކީ މައުސޫމް އިންސާނެއްކަމުގައި ﷲ މިންވަރުކުރައްވާށި امين

 8. ސޭކް

  އަމްރު އެއޮތީ އަމުރު ނެރެފައި. ގާޒީ މަގާމުގައި ދެމިހުރުންް ނުވަތަ ރޯދައިގެކުރިން ޔާމީންޖަލަށްލުން.
  މިދެކަމުން ގާޒީއަށް މުހިއްމުކަމެއް ގާޒީ އިހްތިޔާރުކުރާނެ.
  މިއޮތީވާ ގައުމެއް.

 9. ސާދުނާ

  ޔާމީނު އައުޓު، ޔާމީނު އައުޓު، ޔާމީނު އައުޓު، ޔާމީނު އައުޓު، ޔާމީނު އައުޓު، ޔާމީނު އައުޓު،

 10. އަލްޖިބްރާ

  ފައިސާތަށް އަމިއްލަ ޖީބަށް ކަހާލިއިރު އެކަން ސާފު! ޝަރީއަތް ކުރަން ފެށީމަ ކަލެއަށް ސާފުވާ އެއްކަމެއްވެސް އޮވޭތަ ؟

  1
  3