ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށް ރާއްޖެ ގެންނަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި ތަޖުރަމާއެއް ފުލުހުންނަށް ދީފިއެވެ.
އަލީ ވަހީދު ހައްޔަރު ކުރަން ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުން ލަސްވެގެންދާ ސަބަބަކީ އިނގިރޭސި ބަހުން ކޯޓު އަމުރު ނުލިބުން ކަމަމް ފުުލުހުން ވަނީ ވިދާޅުވެފައެވެ.
"ވަގުުތު"އަށް އެނގިފައިވާގޮތުން އެ އަމުރު އިނގިރޭސި ތަރުޖަމާއެއް މިހާރު ކޯޓުން ފުލުހުންނަށް ވަނީ ދީފައެވެ.
އަލީ ވަހީދު ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުން ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީން ކަން ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންޓަޕޯލް ވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ.
އިނގިރޭސިވިލާތަކީ ވެސް އިންޓަޕޯލްގެ 194 މެންބަރު ގައުމުގެ ތެރެއިން ގައުމެކެވެ. އިންޓަޕޯލްގެ ރެޑް ނޯޓިސް އާއި ގުޅިގެން އިނގިރޭސިވިލާތުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަނީ އެގައުމުގެ ނޭޝަނަލް ސެންޓްރަލް ބިއުރޯއިންނެވެ.
އިނގިރޭސިވިލާތުގައި އާންމު އުސޫލުން އަމަލު ކުރާ ގޮތަކީ، ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރުގައި ބަހައްޓަން ނޯޓިސްއަށް އެދުނު ގައުމުގެ މެދުވެރިކޮށް އިތުރު ކޯޓު އަމުރެއް ހޯދަން އިނގިރޭސިވިލާތުން އެދުމެވެ. އެ އަމުރު ލިބިގެން އެ މީހަކު އިމިގްރޭޝަން ސެންޓަރެއްގައި ބަންދުގައި ވެސް ބަހައްޓައެވެ.
އިނގިރޭސިވިލާތުގެ ގާނޫނުތައް ބުނާ ގޮތުން ރެޑް ނޯޓިސް ނެރެފައިވާ މީހަކު ހައްޔަރު ކުރަން އެ ގައުމެއްގެ ކޯޓަކުން އަމުރެއް ނެރެފައި ވާނަމަ، އެ މީހަކު ހައްޔަރުކޮށް، ނޯޓިސް ނެރެފައިވާ ގައުމަށް މީހަކު ފޮނުވާލުމަށް އެއްވެސް ހުރަހެއް ނޯވެއެވެ.
އެހެން ކަމުން އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިނަމަ އިނގިރޭސިވިލާތުން އޭނާ ރާއްޖެ ފޮނުވަން އެއްވެސް ގާނޫނީ ހުރަހެއް ނޯންނާނެއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަ ދައުވާއެއް އުފުލުނެވެ. އަލީ ވަހީދުގެ ޕާސްޕޯޓް އެންމެ ފުރަތަމަ ހިފަހައްޓާފައިވަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފުރާވަޑައިގަންނަވަން ހުއްދަ ދެއްވީ ކްރިމިނަލް ކޯޓުންނެވެ. އެއީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. ހަތަރު މަހުގެ އެ އެއްބަސްވުން ހަމަވިއިރު ވެސް އަލީ ރާއްޖެ ވަޑައެއްނުގަންނަވައެވެ.
އޭގެ ފަހުން އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ވިސާގެ މައްސަލައެއް އަލީ ވަހީދު އެ ގައުމުގެ ފުލުހުން ގޮސް ހައްޔަރު ވެސް ކުރިއެވެ. އަދި 16 ދުވަހު ޖަލުގައި ހޭދަކުރެއްވުމަށް މިނިވަންވެ ވަޑައިގެން ސަރުކާރާއި ދެކޮޅަށް ގިނަ ޓްވީޓްތަކެއް ވެސް ގެންދަވަނީ ކުރައްވަމުންނެވެ. އޭގެ ފަހުން އެއް ފަހަރު ނޫސްވެރިންނާއި ބައްދަލު ކުރައްވައި އޭނާ "ފްރޭމްކުރީ" ކަމުގައި ވިދާޅުވެ ގިނަ ވާހަކަތަކެއް ދެއްކެވިއެވެ.
"މޫތީގެ ބެލުނީ ތޮށްޓަކަށް
ރީތީގެ ލެވުނީ ކޮށްޓަކަށް
ޒާތީ މިހެރުނީ ކަށްޓަކަށް
ވާތީ ސިކުނޑި ލެވި ފޮށްޓަކަށް.
ނަންފެނި ލޮލަށް ރަންހެން ވިދާ
ދޮން އަނގުރު އެތެރޭގާ އަނދާ
ވަންނަން ދުވީ ދޮރުއަށްޓަކަށް
ވާތީ ސިކުނޑި ލެވި ފޮށްޓަކަށް........
ފިތިފާ އޮތުން ނޫނީ ކަމެއް
ނެތިފާވި މިނިވަން އެއްކަމެއް
މަތިވީ ކުނބުރުކަށި ވެށްޓަކަށް
ވާތީ ސިކުނޑި ލެވި ފޮށްޓަކަށް........"
މާގިނަ ކަންތައްތަކެއް އެގޭކަމަށްބުނެ ފިލައިގެންގޮސް ސަލާމަތްނުވާނެހެން ހީވުމުން މިކިޔަނީ އެހެންމީހުންވެސްކީ އަންބާ،
އެންމެނަށްވެސް ހަމަހަމަވާންވާނެ ގެނޭ ގެނެސް ޖަލަށްލާ، އަދި ރައީސް ސޯލިހުވެސް ޖަލުގޮލިން ދިމާވާނެ ޔަގީންތާ
ތިޔަ ތަރުޖަމާއެއް ނުލިބެންތަ ނުގެނެވިގެން ތިއުޅެނީ؟؟ އަލީވަހީދު ރާއްޖެ ނައިދޯ. އަލީވަހީދު ރާއްޖެ ނައީ އެއީ އިންގިރޭސި ވަލާތުގެ އިމިގްރޭޝަންނުން ހުއްދަ ނުލިބެގެންތޯ އެއީ ސަރުކާރުން ބަލަން ޖެހޭކަމެއްނޫން. އޭނައަށްވެސް އިންގޭނެ ދޯ ވިސާ ނެތިއްޔާ ޖެހޭނީ ގައުމުން ބޭރުވާންކަން. ކުރީ ސަރުކާރުގައި މިކަލޭގެ ކިހިނެތްބާ ވިސާ ހޯދީ؟؟ އަލީ ވަހީދު ނައިދޯ. ދެން އަޑުބަރޭ ހައްޔަރު ކުރަން އަރަބި ބަހުންތަ ތަރުޖަމާއެއް ބޭނުންވަނީ؟؟ އަޑުބަރޭ ހައްޔަރުކޮށް ޖަލައްލާފައި ދެން އަލީ ވަހީދު ގެންނަން އުޅެންޖެހޭނީ! އެހެންނޫނީ ކޮބައި އިންސާފު!