އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޕީޕީއެމް ވެރިކަމަށް އަތުވެއްޖެ ނަމަ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް މެމްބަރުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުހީ އަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ސިޔާސީ ކަންކަމުގައި ކަންތައްތައް ކުރަންވާ ގޮތް އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދީފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ވެސް ބޭނުން ވަނީ މި ފަހަރު އެގޮތަށް ބައެއް ކަންތައްތައް ގެންދަން،" ހެންވޭރު ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އެއް ކަމެއް އަޅުގަނޑު ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ ﷲ ގެ ރަހްމަތާއެކީގައި އަޅުގަނޑުމެންގެ ސަރުކާރެއް 2023 ވަނަ އަހަރު ރައްޔިތުންނަށް ހިދުމަތް ކުރަން ފަހިވެގެން ހިނގައްޖެ ކަމަށްވާ ނަމަ، ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، އަދި މުއައްސަސާތަކުގެ ވަޒީފާ ކަމަށްވިޔަސް، މިތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމް ކުދިން،"

ޔާމީން އެގޮތަށް ވިދާޅުވުމާ އެކު، ޕީޕީއެމްގެ ލިޑަޝިޕްގެ ބޭފުޅުންނާއި ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ ގިނަ ބަޔަކު ހޫނު ތަރުހީބެއް ދިނެވެ. ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި "އެހެން ބަޔަކަށް" ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ވަޒީފާ އަށް މީހުން ނެގުމުގައި އިސްކަން ދެއްވާނީ މިހާރު ޕީޕީއެމްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށް ދެއްވާނެ ކަމަށެވެ. އެހެން ނޫނީ އެއަށްވުރެ ބޮޑު ވަޒީފާއެއް ދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީފާ ގެއްލުނު މީހުންނަށް ގާނޫނީ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެމުން އަންނަ ކަން ޔާމީން ފާހަގަ ކުރެއްވިއެވެ.

"އެއީ ސިޔާސީ ގޮތުން މިހާ ވާދަވެރިިކޮށް ގޮސްފައިި، މިހާ އަނިޔާވެރިކޮށް ތިބި ބަޔަކު ރައްޔިތުންނާމެދު އަމަލު ކުރަމުންދާއިރު އަޅުގަނޑުމެން އެބަ ޖެހޭ އެބަޔަކު މިނާ މިނުން މިނާލަން،" ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ފޯކައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށް ވެސް ފާޑު ވިދާޅުވިއެވެ. އެއީ އާސަންދަ ލިބޭނީ ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ދީގެން ކަމަށް ދޭހަވާ މޭރުމަކުން ގާސިމް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަމުންނެވެ.

ޔާމީން ވަނީ މީހުންނަށް އެހީވާން ޖެހެނީ ޕާޓީގެ ކުލައަށް ބަލާފައިތޯ ސުވާލު ކުރައްވައިފައެވެ. އާސަންދައަކީ ބަލި މީހުންނަށް އެހީވުމަށްދޭ އެއްޗެއް ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާގެ ފައިސާއެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެއީ ގާސިމް އިބްރާހިމްގެ ފައިސާއެއް ނޫން، ރައީސް ޔާމީންގެ ފައިސާއެއް ވެސް ނޫން. އެއީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ފައިސާ ބަހާއިރު އެކަން އޮންނަން ވާނީ އުސޫލެއްގެ މަތިން. އެހެންވީމަ އާސަންދައިގެ އެހީ ލިބެން ވާނެ. މަރޮށީގައި ހުންނަ ޕީޕީއެމް މީހާއަށް ވެސް ލިބެން ވާނެ. ފޯކައިދޫގައި ހުންނަ އަދާލަތު ޕާޓީގެ މީހާ އަށް ލިބެން ވާނެ. ކޮމަންޑޫގައި ޕާޓީއަކަށް ނުވަދެ ހުންނަ މީހާ އަށް ވެސް އާސަންދައިގެ އެހީ ލިބެން ވާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމިން ވަނީ މިހާރު ހިނގަމުންދާ މަޖިލިސް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ޕީޕީއެމްއަށް ކާމިޔާބު ނުވި ސަބަބާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީޕީއެމްއަށް ގިނަ ގޮނޑިތަކެއް ކާމިޔާބު ނުކުރެވުނީ ޖުމްހޫރީ ޕާޓީއާއެކު ވި އެއްބަސްވުމެއްގެ ދަށުން ބައެއް ދާއިރާތައް އެ ޕާޓީއަށް ދޫކޮށްލުމުގެ ސަބަބުންނެވެ.

އެހެންވެ ދެން ދުވަހަކުވެސް މަޖިލިސް އިންތިހާބެއްގައި ޕީޕީއެމް އިން އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާނެ ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް 65 ގޮނޑި ލިބުނީ އެ ޕާޓީ މޮޅުވެގެނެއް ނޫނެވެ. އިންތިހާބުގައި ޕީޕީއެމްއަށް ގެއްލުންވީ ހިޔާނާތްތެރިންނާއި ހީލަތްތެރިންނާ ޖެހުނީމަ ކަމަށްވެސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

59 ކޮމެންޓް

  1. ކުޑަމާލޭ މޮހޮނދުބޭ

    އާރަށުގަ ފުށްގިރި ގޮތުގެ ކަންތައް ހަމަޔަކަށް އެޅުނީމަ ވެރިކަމޭ ގޮވަން މަޑުކޮށްބަލަ

    44
    109
    • ޙައްގުބަސް

      ކަލޭމެނަށް ޔާމީން ނުޙައްގުން ޖަލަށް ލެވިދާނެ! ޖަލަށް ޙުކުމެއް ޖަހަން ކްރިމިނަލް ކޯޓުން ކަލޭމެން ނިންމާފަ އޮވެދާނެ ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތު ގެއްލޭގޮތަށް!! އަދި ކަލޭމެން ރާވާފައިވާގޮތަކީ ނޮވެމްބަރު މަހު ޔާމީނަށް ނުޙައްގުން ޙުކުމްކޮށް އެޙުކުމް ޔާމީން ހައިކޯޓްގަައި އިސްތިއުނާފުކުރުމުން ހަތަރުފަސް މަސްފަހުން ޝަރީޢަތްފަށާ ގޮތް ނިންމާނީ އެޙުކުމް ދަމަހައްޓަން!! އެއިރު އޮންނާނީ 2023 އެޕްރިލް ނުވަތަ މެއި މަސް އައިސްފަ!! ދެން ސްޕްރީމް ކޯޓުގައި އިސްތިއުނާފް ޔާމީން ކުރުމުން އެތަނުން މައްސަލަ ނުނިމެނީސް އޮންނާނީ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފަ!! ސްޕްރީމް ކޯޓުން މައްސަލަ ނިމޭނީ ޔާމީން ކޮޅަށް!! ކަލޭމެންގެ މިސަރުކާރުން މިނިމުބައި ރޭވުން ރާވާފައިވާކަން އެނގޭތީ މިކަން ހާމަކޮށްލީ!! ނަމަވެސް ޕީޕީއެމް އިން ވާދަކުރާ ކެންޑިޑޭޓް އިރާދަކުރެއްވިއްޔާ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނެ ރައްޔިތުންގެ ފުރިހަމަ ތާޢީދާއެކު!! އެވެރިކަން ވާނީ ޕީޕީއެމްގެ ވެރިކަމަކަށް ޔާމީންގެ ބާރު ހުރިހާގޮތަކުންވެސް ހިނގާ ވެރިކަމަށް!!

      61
      21
      • ޑިގު

        ދެން އަދީބު ލައްވަ އޭނަ ކުރި ވައްކަން ތަކޯ؟ އެވެސް ހައްގުތަ؟ އޯކޭ، އެކަން ނޭނގެނީޔޯ. އެހެންނަމަ ވެރިއަކަށް ކުފޫ ހަމައެއް ނުވޭ. ދެން ލާ ނައިބު ރައީސް ވިއްކާނެ އެއްޗެއްވެސް ނޭނގޭ

        26
        15
        • ލުޓޭރުންގެ ސަރުކާރު

          އަދީބުލަ އްވާ ވަ އްކަންކުރިވި މީހާ އަމި އްލަޔަށް ބުނެފި ތިމަންނަ އެކަން ކުރީ ކީ އްވެކަން..ކެނެރީ ނަޝީދު ވަ އްކަންކުރަން ރޔާމީންގެ ކެބިނެޓަށްވެ އްދި ފަންޏެކޯ އަދީބަކީ..އަދި ވަ އްކަމުން ލިބުނު ފަ އިސާވެސް އެ އްމެ ގިނަ އިނިބުނުކަމަށް އސސރިޕޯޓުން ފެންނަން އޮތީ މޑޕމީހުންނަ..ދެން ވަ އްކަމޭ ހަތަރެސްކަމޭ ނުކިޔާ.

          28
          9
          • ގުނބޯ

            ސިކުނޑީގެ ބަދަލުގަ އުނބުގަނޑެއް އޮތް ތިކަހަލަ މީހުން ގިނަވުން މި ގައުމުގެ ހަލާކަކީ. ޔާމީނު ކުރި ކަމެއް ދިފާއު ކުރަން މާ ދުރުގަ އޮތް މީހަކު ސަމާލުކަން ހޯދަން ދެއްކި ވާހަކައެއް ހުއްޖަތަކަށް ތިޔަ ބޭނުން ކުރަނީ. އެހެން ނޫނަސް ނިޔާޒު އިބުރާހިމް ތިޔަ ފަނީގެ ވާހަކަ ދެއްކި. އޭގެން އެނގޭ ޔާމީނަށް އެނގި ޔާމީނުވެސް ބޭނުންވެގެން ކަން އަދީބު ވައްކަން ކުރީ

          • ބޮލުރޮދި

            އޯކޭ. އަންނި ޖެއްސުމަށް ބުނި އެއްޗަކަށް އަންނި ހުރިހާ ޒިންމާ އެއް ނަގަން ޖެހި އޭނަ ޖަލަށްލީ. ދެން މި ހަބަރުގަ އޮތް ވާހަކަޔަށް ޒިންމާވެ ޔާމީނު ވެސް އޮންނަން ޖެހޭނީ ޖަލުގަތާދޯ. ޔާމީނު އެދައްކަނީ މަޖަލަށްވެސް ދައްކަންވާ ވަރު ވާހަކައެއް ނޫން. ދީނުގަ އޮތީ އަދުލު އިންސާފު ގާއިމު ކުރަން. އެހެންވެ ދީނަށްޓަކާ ގައުމަށްޓަކާ ނުގޮވައި ޔާމީނަށްޓަކާ އޭ ގޮވާ

    • Anonymous

      ކޮމިއުނިޒަމް ސަޅިވާނެ

  2. ލޮލް

    މީ ހަމަ އެއްފޮތަކުން ކިޔަވައިގެން އައިސް ތިބި މީހުން. ތަފާތަކީ ހަމަ އެކަނި ޕާޓީއަށް ކިޔާނަން.

    83
    21
  3. ޙދހދ

    މަދާ ރިމައިންޑް ކޮއްބަލަ

    37
    13
  4. 😶😶

    މަ ޕީޕީއެމް މީހަކަސް މަގޭ އާއިލާ ޕީޕއެމް
    އެކަމަކު މަގޭ ފިރިމީހާ އެމްޑީޕީ
    މަ ދެން ކަލޭ އައްވޯޓު ދޭނެތަ
    ކިތައް އާއިލާ ފުނޑުވެގެންދާނީ ތިހެން ހަދާގެން

    62
    71
  5. އަބޫޖަހުލު

    ޢެއޮއް ކާށިދޫ އިން މީހުން ޕޮސިޓިވް ވަނީ އައްޑޫ މީހުން ނުވީމަތަ ހަބަރުގަ ނުޖަހަނީ

    51
    5
  6. ތުއްތު ކަލޯ

    ދެން ވެރިކަމެއް ނުލިބޭނެ! ޕީޕީއެމް ކުދީންނަށާއި އަދި ހުރިހާ ޕާޓީގެ ކުދީންނަށް ވަޒީފާ ދޭނީ އޯގާތެރި ރައީސު އިބުރާހިމް ޞާލިޙު

    66
    101
  7. ބަކަރ....

    ކަލޭ އައް ވޯޓު ހަރާން މަގޭ

    61
    76
    • Anonymous

      އާނ. ލާދީނިއްޔަތަށް ތާއީދު ކުރާ އެންމެންގެ އަނގަމަތީ ބަހެއް މީ ހަލާލް ޙަރާމް

      34
      17
      • ކެލާ އާރިފް

        ހަލާލް ހަރާމް މީ ކަލޭމެންގެ ވަގު ރައީސްގެ ބަހެއް

        23
        32
        • ހަލާލް

          ތިޔަ ވިދާޅުވީ ހަލާލް ފައިސާ ގެޔައް ވަންނަ ވާހަކަތޯ؟

          11
          12
      • ލޮލް

        ސިޔާސީ މީހުންގެ އަނގަމަތީ ބަސް، ހަލާލު ފައިސާ، ހަރާމް ބަޣާވާތް.

        2
        1
  8. ޟަހީ

    ޢެހެންވީމާ ޔާމިން އަކީއަދި މާނުބައި މީހެއްތާ. ތިވަރުމީހަކު ވެރިކަމައް ނުހޮވޭންދޭވެ. ކިޔެވުމުގެ ބޭނުމެއްނެއްތާ. ޢެންމެ ކުރިންވެސް ޔާމީން ސަރުކާރުގަ ދިނީ ޕޕއމ ކުދިންނަށް. މީވަރައްދެރަ ކަންކަން

    49
    33
    • އާދަނު

      އަދި ކިރިޔާދޯ ތިއެނގުނީ؟

  9. ރަދީފް ހުސެން

    ގާސިމް ބޭނުންވީ އޭނަމަޅިއެއްގަ ބެދި މިސަރުކާރައް ސަނާކިޔަން ކުޑަކަކޫ މައްޗައް މަޖުބޫރުން ތިރިކޮއްފަ ހުއްޓަސް މިސަރުކާރުން ކުރަމުންއަންނަ ވައްކަންތަކާ، މީހުނާދޭތެރޭ ގެއްގުޅޭ ތަފާތުކުރުންތަކާ، ރައްޔިތުންނައް މިސަރުކާރުން ކުރާ ފުރައްސާރަޔާ، ޖެއްސުމާ، ރައްޔިތުންގެލޮލުގަ އަނދުންއަޅުވަން ކުރާކަންތައް ތަކުން ރައްޔިތުން ސަލާމަތްވެ މޑޕ ވޯޓުނުދޭށޭ އިލްތިމާސް ކުރަން. އޭނަގެ ލަޔާގަތު ތަންދޭވަރުން އެކަންއޮޅުންފިލުވާދޭން ބުނެވުގޮތް ތަފާތީ

    23
    5
  10. ބޯދިގުޒައީމް

    ރަނގަޅުވާހަކައް އޭގެމިސާލެއްނަޝީދުބުނެދިން ރައްޔިތުންގެތެރޭކުރިސާވޭއް ހޯދިމައުލޫމާތުތަކައްވީގޮއެތް ބޯހިޔާވަހިކަމުގެ ވެޝިފަހިމާލެ ނަޝީދުބުނީ ގޭގެއަތް ފޮނުވީ އެމްޑީޕީ ފާޓީކުދިންނޭ އެދިންނައްފެނުނީ ޖަހާފަހުރިޓައިލްސްއޭ މީއީނިކަމެތިރައްޔިތުންނަތް ނުލިބުނުސަބަބަކީއޭބޯހިޔާވެހިކަން ވީމައެމްޑީޕީގެ ވިސްނުންބޭރުކުރުމުން ކުލައަކައް ބެލުމެއްނެތި ދިވެހިހުރިހާރަތްޔިތުނައްހިދުމައްލިބޭނީ ތަންތަނުން ވީމަތާއީދު100 ކައިން އެއީވަކިޖަމާއަތެއްފިކުރެއް ބޭރު އެޖެންޓުންގެ 23 ވޯޓްއިން އެފިކުރާކުލަ ބަދަލުކުރަންވީރައްޔިތުންނުކުމެ

    10
    2
  11. އަބްދޫ

    ގާނޫނުއަސާސީގަ ބުނާގޮތުން އެއްވެސް ޕާޓީއެއްގެ ބަޔަކަށް ވަޒީފާ ނުދެވޭނެ. ސިޔާސީ ވަޒީފާ ދެވޭނީ މަޖިލީހުން ފާސްކުރާފަރާތްތަކަށް އެކަނި.ދެން ރައްޔިތުންގެ ވޯޓުން ހޮވާ ފަރާތްތަކަށް އެކަނި. މިނޫންމީހުނަށް ދީފަހުރި ވަޒީފާތަކަކި ކަރެޕްސްން އެންޓިކަރެޕްސަނުގެ ގާނޫނު ބުނާ ޖިނާއި ކުށެއް. އަމިއްލަޔަށް ނާޖާއިޒް ފައިދާ ހޯދުމާއި ބަޔަކަށް ނާޖާއިޒް ފައިދާ ހޮދާދިނުން. ގާނޫނުއަސާސީގެ 17 ވަނަ މާއްދާގަ ބުނާގޮތުން އެންމެން ހަމަހަމ.ަ ވަކިބަޔަކަށް ވަޒީފާ ނުދެވޭނެ. 97 ވަނަ މާއްދާގަ ބުނޭ ދަވްލަތުން އެއްވެސް ފައިސާއެއް ހަރަދު ކުރެވޭނީ އެކަރަދުކުރާ ފައިސާއަކާއި ބެހޭ ގާނޫނެއް މަޖިލީހުން ފާސްކޮށްފަ އޮވެގެން ކަމަށް.

    20
  12. ޖަންނަތު

    ޖެއްސުމަކަށްވިޔަސް ތިޔަ ރައީސް ޔާމީން ތިޔަ ވިދާޅުވީ ސަތޭކައިގެ ވާހަކަފުޅެއް. އެބަޔަކު މިނާ ނާޅިން މިނަންވާނީ. ކީޕް އިޓް އަޕް އިންޝާﷲ 2023 ޕީޕީއެމް.

    38
    34
  13. 40+

    ރައީސް ސޯލިހު ވަރެއް ނެތް، އެމަނިކުފާނަށް އިތުރު ކާމިޔާބާ ރަނގަޅު ސިއްހަތެއް މިންވަރު ކުރައްވާށި. އާމީން.
    މިއޮތް ކޯޅުންބޮޑު ތަނުގަ ތިކުރައްވާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް.

    27
    42
  14. މަނީމަނީ

    މިމީހާގެ ހުކުން އަވަސްކުރަންޖެހޭ

    31
    32
  15. ސިނބޭ

    މަގޭ ވޯޓު ގެއްލުނީ ކަލޭމެނަށް.

    35
    20
  16. ހަގީގަތް

    ޔާމީނު ބުންޏަސް އެބުނީ ތެދަށް ކޮންމެ ބަޔަކު އަޔަސް ދެނީ ޕާޓީ ކުދިންނަށް.
    ތަފާތަކީ ތެދަށް ބުނުން

    45
    18
  17. ދަރަނި ދަންތުރަ

    އެމް ޑީ ޕީ އިން ގޯސްކޮން ކުރާ ކަންކަން ޕީ ޕީ އެމް އިން ކޮޕީ ކުރުން ރަނގަޅެއްނޫން ޕީ ޕީ އެމް ވާންވާނީ ހުރިހާ ރައްޔިތުންނާވެސް ހަމަ ހަމަ އުސޫލަކުން ކަންކުރާ ޕާޓީޔަކަށް ރައީސް ތިޔަވިދާޅު ބަސްފުޅާމެދު އިތުރަށް ވިސްނަވާ ....

    48
    3
  18. ފިޔަވަޅު

    މަމީ އެމްޑީޕީ މީހަކަށްް ނުވާތީ މަށަށް ލިބުނު ފުލެޓް އަތުލި
    އެކަމް އަހަރެމެން ގޭގަ އުޅޭ އމޑޕކުއްޖަކްށް ލިބުނު. ކުރިން ނުލިބޭ

    24
    3
  19. ޚިޔާލު 2

    ތަފާތުކުރުން ގެންގުޅެގެން ވެރިކަން ކުރުމަށްވުރެ ނުކުރުން ހެއުކަންބޮޑެވެ. ތިފަދަ ބޭފުޅުން ވެރިކަމަށްވަޑައިނުގަތުން އެދެވިގެންވެއެވެ.

    30
    7
  20. ސުރިއްޔާ

    ވޯޓް ދޭނެ ވަރަށް ދީފަ ތިޔަ ހުރީ. އަހަރުމެން ދަރިންނަށް ވަޒީފާ ނުލިބެންޔާ ބޭނުމެއްނޫން ވެރިކަމަށް ގެންނާކަށް. ޕާޓީންވެސް ކެނޑޭނަން ގޭ އެންމެން. އަހަރުމެން ބޭނުންވަނީ އިންސާފު. އެ ދަރިއަށް ވަޒީފާ ލިބިފަ އެނެއްދަރި ބިކަ ވާކަށް ނޫން..ޕީ.ޕީ.އެމް އުޅޭ މީހެކޭ ނޫޅޭ ކުއްޖެކޭ ހަމަ ހަމަ ވާންޖެހޭނެ.

    27
    2
  21. ރަބަރޭ

    ތިޔަގޮތަށް ކަންތަށް ކުރާކަން ހަމަގައިމުވެސް މަށެއް މަގޭ އާއިލާއެއް މަގޭ ބަސްގަބޫލު ކުރާމީހެއް މަގޭ ދަރިންނެތް ޔާމީނު އަކަށް ވޯޓެއް ނުދޭނެ ހުރިހާ އެންމެން ނަކީވެސް ހަމަ ދިވެހިރައްޔިތުން

    29
    6
  22. ނަން

    މި ފެންނަނީ ވައްކަން ކުރަން ރާވާފަ ހުރި މިންވަރު. މިހާ އަވަހަށް ބައި އަޅާލަނީ...

    23
    12
  23. ދަތްދޮޅި އާދަނު

    ތީ އާކަމެއްނޫން، އަނިޔާވެރި ވެރިކަމުގެ 5އަހަރު ނިންމާލީވެސް ހަމަތިބުނިގޮތައް ތިބުނާމީހުންނަށް ވަޒީފާދީ އެމީހުންގެ އަންބޮނޑިބޮޑުކޮށްދީގެންނޫންތޯ؟ އިންސާފުވެރި ވޯޓަކުން އަދި އިންސާފުވެރި ފަނޑިޔާރުގެއެއް އޮތްހާހިދަކު ތިބޭފުޅާ ދެން ދުވަހަކުވެސް ރާއްޖޭގެ ވެރިކަމަކަށް ނާންނާނެ، ތިބޭފުޅާ ބުނިގޮތައް 2013ވަނަ އަހަރުގެ ވެރިކަންވެސް ލިބުނީ ސްޕްރީމް ކޯޓުން ކޮށްދިން ޙުކުމްތަކަކެއްގެ ސަބަބުން

    18
    15
    • Anonymous

      އަނިޔާވެރިކަމުގެ މާނަ ދަސްކުރަން ވެއްޖެ މިހާރު. ރީނދޫ މީހުނަށް ކަންތައް ކޮށްދީފަ ހުރީ އޭރުވެސް. ދެން މި ރީނދޫ ބައިގަނޑު ވެރިކަމަށް ެ އައީ ވޯޓުން ވައްކަން ކޮށްގެން ބޭރު ގައުމުތަކުގެ އެހީއާއެކު. މިހާރު މި ގައުމު އިންޑިއާ އަށް ވިއްކާލަން ޖެހެނީ ވެސް ހަމަ މިސަބަބާހުރެ. ތިބުނާ އިންސާފެއް އޮތް ނަމަ އިބްރާހިމް ސޯލިހެއް ނޫން މި ގައުމުގަ ވެރިކަން ކުރާނީ.

      16
      11
      • ދަތްދޮޅި އާދަނު

        އަނިޔާވެރިކަމުގެ މާނަ ނޭގިގެން އުޅެނީ ތިބޭފުޅާއަށް ނޫންތޯ، ޔާމީންގެ އަނިޔާވެރި ފަސް އަހަރު މަގުމަތީ މުޒާހަރާ ބަލަންތިބި މީހުން ގެންގޮސް ޖަލައްލާ އަނިޔާދީ ހެދިކަން ނޭގޭތޯ، ސިޔާސީ ހުރިހާ ލީޑަރުންނާ އެކްޓިވިސްޓުން ޖަލައްލީކަން ނޭގޭތޯ، މީޑިޔާތަކަށް ބިރުދައްކާ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިންގެ އަނގަތައް ބަންދުކޮށް ޖަލައްލާ އަނިޔާކުރި ހަދާނެއް ނުވޭތޯ، މީ އަނިޔާއަސްނުވެ ދެން ތިބޭފުޅާ އަނިޔާތިކިޔަނީ ކޮންއެއްޗަކަށްތޯ؟ ކަޅުފައިސާ އަށްތޯ؟ ނުހައްޤް މުއްސަދިކަމައްތޯ؟ ކޮރަޕްސަނާ ފަސާދައަށްތޯ، މިކަންތައްތަކަކީވެސް މިބުނާ އަނިޔާވެރި 5އަހަރު އެންމެ މަތީލެވެލްގަ ހިންގި ކަންތައްތައް

        14
        9
        • Anonymous

          ތިބުނާ ހުރިހާ ކަމެއްވެސް މި ވެރިކަމުގަ މާ ފާޅުގަ އެބަ ކުރެއެއްނު. އެހެންވެ އެއްނު މި ބުނަނީ އަނިޔާވެރިކަން މާނަކޮށްދޭށޭ. ވަކި ބަޔަކު ކުރީމަ އަނިޔާ އަކަށް ނުވޭ ދޯ. ބޮޑު މަޒުމޫނެއް ލިޔުނަސް މި ވެރިކަމުގަ ނުކުރާ އެއްކަމެއްވެސް ނުލިޔެވުނެއްނު؟މިވެރިކަމަކީ އަނިޔާވެރިކަމުގަ ހައްދު ފަހަނަ އަޅާފަ އޮތް ވެރިކަމެއް ތިހެން ބުނާ ނަމަ.

          4
          1
  24. ސަރުކާރު

    އާސަންދަ އަކީ ރައީސް މީހާގެ ފައިސާ އަށް ނުވާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ސަރުކާރު ވަޒީފާ ތަކަކީ ރައީސް މީހާގެ ޖީބުން މުސާރަދޭ ކުންފުބިތައް ތޯ؟

    17
    2
    • ޢަލީ

      ބަލަ މިހާރު އެތީބީ ހުސް އެމް.ޑީ.ޕީ ކުދިން ކަލެއަށް ނުފެނޭދޯ؟

  25. އަދުހަމް

    ކަންކަން ކުރާ ގޮތް ގޯސްވީމާ އައު ސަރުކާރެއް ގެންނަނީ. އައު ސަރުކާރުން ވެސް މިހާރުގެ ސަރުކާރުން ކަންތައްތައް ކުރާ ގޮތަށް ކުރާކަމަށް ވަންޏާ ރައްޔިތުން ބޭނުމެއް ނުވާނެ ސަރުކާރު ބަދަލުވާކަށް

    11
    1
  26. ރަން ރީނދޫ

    މިއީ ސިޔާސީ ވެރިންގެ ފަރާތުން އިވެން ޖެހޭފަދަ ބަސްތަކެއް ނޫން. ބަޔަކު ގޯސްކޮށް ކަމެއް ކުރުމަކީ،ދެން ވެރިކަމަށް އަންނަ ބަޔަކު އެކަން ތަކުރާރު ކުރަން ޖެހޭ ކަމެއް ނޫން. ޔާމީނު ގެ ދައުރުގައި މިގޮތަށް ކަންތައް ކޮއްފައެއް ނެތް. އެހެންވެ މިހާރު ޔާމީނު ގެ މަގުބޫލުކަން އެހެން ވެރިންނަށް ވުރެ ބޮޑީ.

    15
    2
  27. އެހެންނު

    ރައީސް ޔާމީން އެހެން ބުނެފަ ވަޒީފާތައް ބަހާނެތީދޯ ކަލޭމެންނައް މައްސަލައަކައްވަނީ ނުބުނެ ހެޔޮދޯ ވަގައް ޕާޓީކުދިންނައް ވަޒީފާތައް ކިތަންމެވަރަކައް ބެހިޔަސް

    9
    7
  28. ވަގެއް

    ޔާމީނު ވައްކަން ނުކުރާ ކަމަކަށް ނުވާނެ. ބިންގަނެގެން އަޅާފަ ހުރި ގެ އެކަނިވެސް މިކަމަށް ހެކިދޭ.
    ނުވިތާކަށް އެފައިސާ ފޮށިފޮށީގަ ދޫވެއްސައް ވައިންވާހަކަ އަމިއްލައަށް ބުނެފަ އޮތީ.

    12
    10
  29. ހާލިދާ

    ތީތި ކަޑައޭ ރައީސް ޔާމީން.

    19
    5
  30. ޏ

    މޑޕ އަކީ ގޭންގެ އްގެ ސިފާގަ އި ހަރަކާތްތެރިވާ ޚުދުމުޚްތާރު
    ބަ އެކެވެ އެ އްވެސް އެކްޓިވިސްޓަކު އެޕާޓީ އާ ދުރަ އްދިޔަ
    ނުދިނުމަށްޓަކާ ބޮޑިތިވަޒީފާތަ އް ދަނީ ބަހަމުންނެވެ މި ކަމަކީ
    އެހެން ޕާޓީތަކުން ހަދަންޖެހޭ ގޮތްކަމަށް ގުންޑާ އިން
    އެދަނީ ދަ އްކަ އި ދެމުންނެވެ.

    7
    3
  31. ދަތްދޮޅި ފިނިފެންމާ

    އެއީ މަމިބުނާވާހަކައަކީ. ޔާންޓޭ ގިނަގިނައިން ޕޯޑިއަމްތަކަށް އަރުވާށޭ. ތިގޮލާ އަމިއްލައަށް އޮރިޔާންވާނޭ ވަރަށް ފަސޭހައިން. ޕަކާސް

    17
    9
  32. ޝަހީމް

    ވަގު އަމިއްލަޔަށްދޯ އެންޓި ކެމްޕައިން ކުރަނީ. ޕީޕީކުދިން އަވަހަށް މިވާހަކަ އެހެން ގޮތަކަށް ތަރުޖަމާ ކޮށްލަބަލަ

    11
    9
    • Anonymous

      އައްޗި. ޕޕމ އަކުން ނޫޅެޔޭ އިރުއިރުކޮޅާ ވެރިން ހިނދުކޮޅު އައިސްގެން ތަރުޖަމާް ކުރަން ޖެހިގެނެއް.

      3
      1
  33. އަސް

    ކުރިން ވެސް ކަލޭ ކަން ކުރީ ޕޕ ކުދިން ނޫން އެންމެން ބުރުވާލީ . ހަދާން ނެތް ދޯ.

    3
    3
  34. ގާދިރު

    ވަކި ބަޔަކަށް ވަކިގޮތަކަށް ކަންކަން ކުރަން ވިސްނާނަމަ ކަލެއަކަށް ދެން ދުވަހަކުވެސް ވެރިކަމެއް ނުލިބޭނެ ﷲ އިރާދަކުރެއްވިއްޔާ އެއްމެން ނަކީވެސް ދިވެހި ރައްޔިތުން

    3
    3
  35. ސަފަރު ކައްދަ

    ތިޔަޖެހުނީ ކޮންތާކު. އަހަރުމެން މީކީއްކުރާބަޔެއް. އެއްބަޔަކު މިބުނަނީ އާސަންދަލިބޭނީ އެމީހުންބުނާމީހަކަށްވޯޓުދިނީމަޔޭ. އަނެއްބަޔަކު ވެރިކަމަށް އައިސިއްޔާ ވަޒީފާތަކަށް ހަދާނޭ ގޮތް އެކިޔާދިނީ ދެންއަހަރުމެން އަތުން ދިވެހިރައްޔިތުކަން އަތުލަންވީނު. ދަރިންނަށް ކިޔަވާދޭނޭ ކަމެއްވެސް ނެތެއްނު މި ޕާޓީތަކަކާ ޑެމޮކްރަސީއަކީ ހާދަހަޔާތްކުޑައެއްޗެކޭދޯ. މިހުރިހާބައިގަނޑެއް ކޮރަޕްޝަނުންފުރިފަ އަމިއްލަފައިކޭޓު ފުރުމާ ތިމާއަށް ސަނާކިޔާބަޔަކަށް މަގުފަހިކުރުން. މަހަމަ ބުރާންތިވެއްޖެ

  36. ކިމް ޖޮން އުން

    ކަލޭ ބަފާގެ ތަރިކަ މުދާ ދޯ މިއީ ބޭނުން މީހަކަށް ދޭން. .

    4
    4
  37. ހިޔާލު

    އާދެ ވެރިކަން އާދެވުނީމަ އަނެއްކާވެސް ކޮޅު ބަދަލުކޮށްލާ ކުދިން ގިނަވާނީ… އެހެންވެ ތިބޭނީ އަނެއްކާވެސް ހުސް ޕީ.ޕީ.އެމް ކުދިން

    5
    1
  38. ކޮމަންޑޫ މީހާ

    ތީރަގަޅު ވަަހަކައެއްނޫން.... ވިސްނާލެއްވުން ރަގަލު ކަމަށް ދެކެން... ޕާޓީއަށް މީހުން ގިނަކުރާނަމަ ދުރުގަ ތިބިމީހުން ކައިރިކުރުން ބުއްދިވެރި.

  39. ރިމެމްބަރ

    ދެން ޕީޕީއެމް ސަރުކާރެއްގައި ވަޒީފާ ދޭނީ ޕާޓީ މެންބަރުންނަށް ކަމަށްވާނަމަ ދެން އަވަހަށް ކޮމަންޑޫ ދާއިރާގެ ހުރިހާ ރައްޔިތުން ވެސް ވޯޓްދޭންވީ މިފަހަރު ކެންޑިޑޭޓް ނަމްބަރު ދޭއް ފައްތޭ އަށޭ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ގެންދަންވީއޭ ވަޓް އެބައުޓް ފައްތޭ މިފަހަރު ހޮވުން ފައްތޭ ހޮވާ ފައްތޭ ހޮވާ ފައްތޭ ހޮވާ ފައްތޭ ހޮވާ ގިއަރ އަޕް އަޕް އަޕް ޑާންސް ޑާންސް ޑާންސް ޑާންސް އައި ބެޓް ފައްތޭ އިޒް ދަ ޗޯސެން ވަން ފޯރ ކޮމަންޑޫ ދާއިރާ ރިމެމްބަރ އައި ބެޓް ފައްތޭ އިޒް ދަ ޗޯސެން ވަން ރިމެމްބަރ ޑޫ ޔޫ ރިމެމްބަރ ޑޫ ޔޫ ރިމެމްބަރ ފައްތޭ ރިމެމްބަރ ރިމެމްބަރ ފައްތޭ ރިމެމްބަރ ފައްތޭ ޔޭއް ޔޭއް ޔޭއް ޑާންސް ޑާންސް ޑާންސް ޑާންސް

    2
    2
  40. އައްނި

    ބަލަ އިބޫ/ އެމްޑީޕީ ސަރުކާރުންވެސް މި ހަދަނީ ހަމަ އެހެން ވަޒީފާއިން ވަކިނުކުރެވޭނަމަ އެ މުއައްސަސާއެއް އުވާލަނީ ނޫންނަމަ އެމީހާގެ މައްޗައް މީހަކުލަނީ އެމްޑީޕީ މީހަކު ،،، މިހެން ހެދާތީ ޔާމީން ވިދާޅޫ ވަނީ މިނާނާޅި އަކުނ މިނާ ވާހަކަ ރައީސް ޔާމީން ވަރުގެ ސޮޕީޑުގަ ތަރައްގީ ގެނެސްދެވުނީ ކާކުއައް 23ހުގަހޮވާނީ ރައީސް

    3
    2
  41. ރާއްޖެ

    ސިޔާސީ ވަޒީފާ ކޮންމެ ބަޔަކު ވެސް ދޭނީ އެޕާޓީއެއްގެ ބަޔަކަށް.

  42. ޢަލީ

    ޔާމީނަށް ހެޔޮ ވިސްނުން ދެއްވީތީ ﷲ އަށް ޙަމްދު ކުރަން އޭރުވެސް އަހަރެމެން ކިޔަމުންއައީ މަޖިލިސްގެ އިންތިޚާބުގައި ގާސިމާއެކު ތިހަދަނީ ޅައެއްޗެކޭ، އެއީ އެމް.ޑީ.ޕީ އަޑީގަ އޮވެގެން ގާސިމް ލައްވާ ކުޅުވި ގޭމެއް. މިއަދު އޭނާއަށް އެފައިދާ ލިބެެއެއްނު، ބަދަލުގެ ގޮތުގައި މިހާރުވެސް އެތައް މިލިއަން ދީފި ކާޑެއްދޫ އަދި ފަޅުުރަށަކާއެކު އެދެނީ، އިރާދަކުރައްވައިގެން ދެން އެތަންތަން ނަގަންޖެހޭނީ ކޯޓު މެދުވެރިކޮށް އޭނާ އެއްބަސްވުމާ ޚިލާފުވިކަމަށް ކޯޓުން ކަނޑައަޅައިގެން، މިހާރު ނުހަދައިހުރި ރަށްރަށާއި ފަޅުތަކާއި ހުޅުމާލޭގައި އޮތް ބިންވެސް ނެގިގެންދާނެ، އަދި އޭނާގެ އަތުން އެތަންތަނަށް ލިބެންޖެހޭ ކުލިވެސް ނެގިގެންދާނެ.

  43. ސަންފައްތަ

    މިޤައުމު ދުށް އެންމެ ބޮޑު ޚިޔާނާތްތެރިޔަކީވެސް އަދި ހީލަތްތެރިޔަކީވެސް ތިޔައީ. މީހަކު އުފެއްދި ޕާޓީއެއް ވަގަށް ނަގައިގެން މިހާރުވެސް ތިޔަ ހުރީ. މާ މޮޅުކަމަށް ހެދިގެން. ފުރަތަމަ ދައުރުގަ ވެރިކަމަށް ހޮވައިދެން މަސައްކަތްކުރި އެކަކުވެސް ދައުރު ނިމުނުއިރު ކަލޭ ކައިރީގަ ނެތުމަކީ ކަލޭގެ ޚިޔާނާތްތެރިކަންތޯ ނުވަތަ އެހުރިހާ އެންމެންގެ ޚިޔާނާތްތެރިކަންތޯ ރައްޔިތުން ވަނީ ޖަވާބު ދީފަ. އަދިވެސް އެޖަވާބު އޮތީ ހަމަ އެހެން. ޕީޕީއެމްއަށް ތާއީދުކުރާ އެތައް ބަޔަކު ތިބީ ރައީސް ޔާމީނަށް އަދިވެސް ވޯޓު ދޭގޮތަކަށްނޫން.