ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހިތްޕުޅުގައި އޮތީ ބަދަލު ހިފުމާއި ޒާތީވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ އެގޮތަށް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޕީޕީއެމް ވެރިކަމަށް އަތުވެއްޖެ ނަމަ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވަޒީފާތަކަށް ނަގާނީ ހަމައެކަނި ޕީޕީއެމް މެމްބަރުން ކަމަށް މާލޭގައި އޮތް ބައްދަލުވުމުގައި ޔާމީން ވިދާޅުވެފައި ވާތީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.

ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީ ދުވަހު، ޔާމީން ވިދާޅުވެފައި ވަނީ އެމްޑީޕީ ގިނަ ބަޔަކު ޖަލަށްލާޏެ ވާހަކަ ކަމަށެވެ. އަދި މިއަދު އެ ކިޔުއްވަނީ އެހެން ޕާޓީއެއްގެ މީހަކަށް ވަޒީފާއެއް ވެސް ލިބުނަ ނުދޭނެ ވާހަކަ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"ބަދަލު ހިފުމާއި ޒާތީވުން ނޫން ކަމެއް ހިތު ތެރޭ އެއްގޮތަކަށް ވެސް ނުގެންގުޅުއްވާ،" ވައްޑެ ވިދާޅުވިއެވެ.

ޔާމީންގެ އެ ވާހަކަތަކާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވެސް ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީން ދައްކަވަނީ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ވެސް ދައްކަވަން ނުވާ ވަރުގެ ނާތަހުޒީބު ވާހަކަ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ފަތުހީ އަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގައި ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ސިޔާސީ ކަންކަމުގައި ކަންތައްތައް ކުރަންވާ ގޮތް އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދީފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ވެސް ބޭނުން ވަނީ މި ފަހަރު އެގޮތަށް ބައެއް ކަންތައްތައް ގެންދަން،" ހެންވޭރު ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމުގައި ޔާމީން ވިދާޅުވިއެވެ.

"އޭގެ ތެރޭގައި އެއް ކަމެއް އަޅުގަނޑު ދަންނަވާލާނަން. އިރާދަކުރެއްވިއްޔާ ﷲ ގެ ރަހްމަތާއެކީގައި އަޅުގަނޑުމެންގެ ސަރުކާރެއް 2023 ވަނަ އަހަރު ރައްޔިތުންނަށް ހިދުމަތް ކުރަން ފަހިވެގެން ހިނގައްޖެ ކަމަށްވާ ނަމަ، ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، އަދި މުއައްސަސާތަކުގެ ވަޒީފާ ކަމަށްވިޔަސް، މިތަންތަނަށް އަޅުގަނޑުމެން ނަގާނީ ހަމަ ޕީޕީއެމް ކުދިން،"

ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި "އެހެން ބަޔަކަށް" ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ވަޒީފާ އަށް މީހުން ނެގުމުގައި އިސްކަން ދެއްވާނީ މިހާރު ޕީޕީއެމްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވީ މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށް ދެއްވާނެ ކަމަށެވެ. އެހެން ނޫނީ އެއަށްވުރެ ބޮޑު ވަޒީފާއެއް ދެއްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ކަލޭމެން ރައީސް ޔާމީނަށް ތިޔަދޭ އަނިޔާއަކީ އެތަކެއް ޕޯޑިޔަމެއްގައި އެކަން އިޢުލާންކުރުމަށްފަހު ބަދަލުހިފުމަށް ދޭ އަނިޔާ! ދަގަނޑު ކެނޑޭނީ ދަނގަޑުން! އަލިފާން ރޯވާނީ އޮކްސިޖަން ހުރި ތަންތަނުގައި! ބަދަލަށް ބަދަލުހިފުން ދީނުގައި އެބައޮތް! ސޫރަތުލް މާއިދާގެ 45 ވަނަ އާޔަތް ކިޔާލަ!
    ބަދަލު ނުހިފައި ދޫކޮށްލުމަކީ އެންމެ ރަގަޅުގޮތްކަމުގައިވިޔަސް އިންސާނުާއަކީ އޭނާޔަށް ނުޙައްޤުން އަނިޔާދިންމީހެއްގެ ހަނދާންތައް ނައްތާލައިނެ މީހެއްނޫން! އިންޝާއަﷲ ، 2023 ގައި ރައީސް ޔާމީން ( ޕީޕީއެމް/ޕީއެންސީ) ވެރިކަމެއްގައި މިކުޅިވަރު ފެންނާނެ!

    37
    1
  2. ކޮރޯނާ

    ކައެމެން މިހާރު ކުރަމުން ގެންދާ ކަންތައް މިހާރުވެސް

    32
    1
  3. ހަސަންކަޖާ

    ކަލޭގެ ހިތުގައި އޮތީ ތެޔޮބިޑި

    38
    1
  4. އާދަނު

    ޔާމީން އެޖެއްސެވީ މިސާލެއް މި ވެރިކަމުގައި ކަންހިނގާގޮތަށް ބައްލަވާފަ! ކޮމަންޑޫ އިންތިޚާބާގުޅިގެން ބަލާލަ މަސައްކަތެއް ނެތް 24 މީހުންނަށް ފެނަކައިން ވަޒީފާ. މަޤާމުތަކަށް މުޅިންވެސް އެލަނީ ޤާބިލްމީހާ ދޫކޮށްލާފަ ޕާޓީގައިހުރި ޖާހިލުމީހާ! އެއީ ޔާމީން އެ ވިދާޅުވި ވާހަކައަކީ! ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގައިތިބި މުވައްޒަފުންގެ 90 ޕަސެންޓަކީ އެމްޑީޕީ މީހުން. އެހެން ތަންތަނުގަޔަ ކުންފުނިތަކުގައިވެސް ތިބީ އެމީހުން. ކުރީ ޖެއްސުން. އެހެނެއްކަމކު އެކަކުވެސް ވަޒީފައިން ނުކަނޑާ! އެކަމުގެ ސަބަބުން އެތަކެއް އިންތިޚާބު ޔާމީނަށް ގެއްލިގެންދިޔަ!

    37
    1
  5. އަނިލް

    ކަލޭމެންގެ ހިތުގައި އޮތީޒާތީ ވުމާއި، ބަދަލު ހިފުމުގެ ރޫހު

    36
    1
  6. އަޖުވަދު

    ދައުރު ނިމޭއިރުވެސް ރައީސް ޔާމީން ނޫން ބަހެއް ނުކިޔޭ ދޯ، އެހެންވެ އޭ އަހަރުމެން މިކިޔަނީ ޔާމިން ގަދައޭ.

    33
    1
  7. ބަކުރު

    ކަލޭމެންގެ ހިތުގައޮތީ ތެޔޮދެމުން ސުޓީމްކޮއްފަ ޔާމިނުހިތަކައްނާރާ މިހެންއުޅޭދެތިންމީހެއްގެނަމެއްވެސް އެއީއެބޭފުޅާއާ އެއްލެވެލްއެއްގެ ސިޔާސީމީހުންނޫންވީމަ ތިގޮޑިތަކައް މީހުންގެއްނަގޮތުގެ ވަރައްތަފްސީލު ޔެލޯޕޯޑިއަމްގަ ހުރެ ބުރުމާގާސިމުކިޔާދީފި ހަމައެކަނި އެމީހެއްގެ ޝަރުތުހަމަވާތޯއިލްމީގޮތުންވެސް ބަލަނީ ތިލަފަތުގަ ބޯޖެހި ބުރާންތިވެ ރޮދިކެނޑި ހުތޯއެކަނި ކަން ކޮމަންޑޫ ކެންޕެއީން ތެރެއިން ރަނގު ފިލާވަޅު ތަކާމައުލޫމާތުތައްލިބޭމިހާރު.

    25
  8. ވާގޮނުސްކޮ

    މީއާދާގެ ގޮލައެއްނޫން... މިހާރުގެ ޓެކްނޮލޮޖީ އެއީ ސުމެއް. މިވެސް ދުނިޔެއިން ބޭރުން ތައުލީމް އުނގެނިފަހުރި އިއްޒަތް
    ތެރިއެއްކަންނޭންގެ ދޮތަ؟ މަވަރަށް ހިތްކިޔާ އަންހެނެއް އެބަހުރި، އޭނަގެހިތުގަ އޮތްގޮތް ބަލާލަން މިގޮލާރަންގަޅުވާނެދޯ؟

    21
  9. Anonymous

    ދެން ކަލޭމެން ހިތުގަ އޮތީ ކޯޗެއް، ހުރިހާ އެންމެން ބޮލުރޮދި ކެނޑިފަ މިތިބީ.

    24
  10. ފާފު ދާލު.

    ވެރިކަން ބަދަލުވުމުން އައީ ކޮންކަމެއްތޯ؟ ރައީސް ޔާމީން ޖަލަށްލީ ބަދަލު ހިފުން ނޫންބާ؟ ފުލުހުން ތަކެއް ވަކިކުރީ، ކޯޓްތަކުގެ ފަނޑިޔާރުން ބަދަލު ކުރީ ބަދަލު ހިފުން ނޫންބާ؟

    24
  11. ޢިންޑިއާ އައުޓް

    ކަލޭގެ ހިތުގަ އޮތީ ދިވެހި ޤައުމު ވިއްކާލާ ދިވެހިން ބިކަ ކޮށްފަ ބެޗުން.. އިންޑިއާ އައުޓް

    25
  12. މަކަލަސް

    ހާދަބިރެއްގަނޭ ރައީސްޔާމީނުދެކެ ހުރިހާ ސިޔާސީމިހުންއެއްގަލަ ؟އެކަނިމާއެކަނި؟ ރައޖެއްގެމިންވަރުވެސްފަހަތައްނުޖެހޭ ހަމަގަޓް؟ބޮޑިއިންޑިޔާވެސްޖެހުލުންވޭރައީސްޔާމީނުދެކެ އަވަހައްޖަލައްލާނުހައްގުހުކުމެއްކޮއްފާ؟؟

    18
  13. އަހްމަދު

    ބަލަ މިހާރުމިއޮތްސަރުކާރުން ކަންކުރަމުންދާގޮތަކީ އެއީނޫންބާ ކޮންކުންފުންޏެއްގަތޯ ޕީޕީއެމްގެ މެންބަރަކުހުރީ ގިނަކުންފުނިތަކަށްލާފަތިބީވެސް ވައްޑޭކަހަލަ އުޑެއްބުޑެއް ނުދަންނަކަނޑުކޮހުން ރައީސް ޔާމީންގެ ވެރިކަމުގަ ކުންފުނިތަކުގަ ތިބީކިޔަވައިގެންތިބި ޒުވާނުން މިހާރުވެސް އެޒުވާނުންތިބީ ޕީޕީއެމްގެވެރިކަމެއްގަ މަގާމާހަވާލުވުމުގެއިންތިޒާރުގަ އެއީގައުމުގެ ކުރިއެރުމަކީ

    19
    2
  14. ަލަކީ

    ތީހަމަ %100ކަމެއް ދެހާސް ތޭވީހުގެ ރިޔާސީ އިންތިހާބު ޕީޕީއެމް ކާމިޔާބު ކޮއްފިއްޔާ ކުރީގެ މާޒީ އަލުން އިޔާދަ ވާނެ ކަމީ ޝައްކެ ވެސް އޮތްކަމެއް ނޫން އެންމެ ބޮޑަށް ގެއްލުން ދޭނީ ގާސިމް އިބުރާހިމް އަށް ކަން ޔަގީން

    3
    19
  15. ދަރަނި ދަންތުރަ

    މި ސޮރު ގުރައިދޫ ކޮށްޓަށް ގެންދަންވެއްޖެ ބޮޑަށް ލަފާކުރެވެނީ މީނަ މިހުރީ ރެވިތެޔޮ ބޮއިގެންކަމަށް ވަރަޢް އަނގަދިޔާވެއްޖެ މީނަ

    22
    1
  16. ސަސަ

    ކަލޭމެން ހިތުގައި އޮތީ ކޯޗެއް؟
    ތިކުރަނީ ކޮންކަމެއް ؟
    ފޫޅޭ ނުިޔައި އިންޑިއާ ޕަޕެޓުން ތިބެބަލަ.

    9
    1
  17. ހަސަންކޮއި

    ކަލޭމެންގެހިތުތެރޭގައިއޮތީކ ކޮން ކކ ކަމެއްތޯ؟ ހަމަ ކަށަވަރުން
    ހުރިހާ ކަމެއްފުރިހައައް އެގޭﷲއައް އެއްވެސްކ ކަމެއް ސިއް
    ރެއްނުކުރެވޭނެ

  18. ފިޔަވަޅު

    ކަލޭމެން ހިތް އޮތީ ލޯބިން ފުރިފަބާ

    8
    1
  19. މާޟީ

    ބަހުލޫލުން ދައްކާނެ ތިކަހަލަވާހަކަ

    9
    1
  20. ބަކުރު

    100 އަހަރު ވިޔަސް ސޯލިހު ފޭރުނު ވެރިކަމާއި ރައީސްޔާމީން ޖަލަށްލާ އަނިޔާދިން މީހުންނަށް އަދަބުލިބެންޖެހޭނެ އެ އަދަބަކީ ބަދަލުހިފުމުގެ އަދަބަކަށް ވާންޖެހޭނެ ކަލޭމެންވަނީ ގާނޫނުތަށް މުގުރާ ގާޒިންނަށް ބިރުދަށްކާ ފައިސާގެ އިނާމާއި ގާޒިންނަށް ނުހަށްގު ކުރިއެރުންދީފަ މިއީ މުޅިގައުމަށް ކަލޭމެން ދިން ހިތުންނުފިލާވަރުގެ ފިލާވަޅެއް މިކަމުގެ އަދަބު މިރިމިރިޔަށް ދާންދެން ލިބެންޖެހޭނެ މިއީބޮޑުވެގެންވާ ޖަރީމާއެއް.

    7
    1
  21. އަބްދޫ

    ނަސީދު ގެވެރިކަމުގަ ގައުމަށް ބޮޑެތި ގެއްލުން ދީފަ އެބަހުރި .މިހާތަނަށް އެކަމުގަ ފިޔަވަޅުއެޅިފާނެތަސް 2023 ގަ އަންނަ ސަރުކާރަކުން މިގައުމަށް ނަސިދު ދީފަ ހުރި ގެއްލުން ބަލާ ފިޔަލު އެޅިގެންދާނެ.

  22. ހުސައިން

    ވަރަށް ތެދުވާހަކައެއް ވައްޑެ

  23. ނާދިރާ

    ބަލަ މިިރަ މޮޔަ ސޮރާ. މި ޔަހޫދީ ސަރުކާރުންވެސް ހިފަނީ ބަދަލު. ކުރަނީ ވައްކަން..

    6
    2
  24. ކެޔޮޅު

    އެމްޑީޕީ އައްވުރެން ބޮޑަކައް އެއްވެސް ފަރާތަކުން ޒާތީވެ ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅެވޭނެ ތިދަނީ ޤާނޫނާޚިލާފައް ރައްޔިތުން ފެލަމުންދޯ؟

    7
    2
  25. ޙަސަން

    ބަދަލު ހިފުމަކި ގައުމު ސުންނާފަތިކުރަ އެމްޑީޕީގެ އަމަލެއް. އެޕާޓީގެ ގިނަ މެމްބަރުންނަކީ މަޖިލިސް މެމްބަރުކަމަށް ކުފޫ ހަމަ ނުވާ މަގުމަތީ އެކްޓިވިސްޓުން. ތީ އޭގެ އެކަކު. އިލްމީ އެއްވެސް ވާހަކައެއް ދައްކާކަށް ނޭގޭ ޭ. އަބަދުވެސް ރައްދުދިނުމަ ޖަދަލްކުރުމާ އަވަގުރާނަ ގޮވޭނީ. ތި އެޕާޓީގެ އަސްލަކީ

  26. ކައުންސެލަރު

    ބަދަލު ހިފުމާ ޒާތީވަނީ އެހެން މީހުންނެއްނޫން. ބަދަލު ހިފުމާ ޒާތީވުމުގެ ހަސަދައިގެ ހުޅުފަޅައިގެނެއްނޫންތަ މުޅިރާއްޖޭގައި 2012 ގައި ހުޅުޖެހީ އެއީ ޔާމީނެއްނޫން ހަމަ ތިޔަގުރޫޕު. ލަދުކޮބާ

  27. މާމީ

    ކަލޭމެން ހިތުގަ އޮތީ ސަދަގާތް ދިނުން އޯކޭ

  28. ކައްދަފާތުން

    ބަލަ ބަދަލް ހިފަމުން ތިޔަ ގެންދަނީ ކޮންބަޔެއްކަން އެނގެމުންއެދަނީ ސަފައިންނާއި ފުލުހުން މަގާމްތައް ބަދަލްކުރުމާއި ވަކިވުންތަކުން މުޅިގައުމުބޭރުގެމީހުންނައް ހިލޭކަހަލަ ގޮތަކައް ދެމުން ތިޔަގެންދަނީ ބޭރުމީހުންގެބާރުގައި ގިނަދުވަހު ވެރިކަމުގަތިބެން މިގައުމުގަ ހިންގި އެންމެބޮޑު ޖަރީމާޔަކީ ޖީއެމްއާރ އައް އެއަރޕޯޓް ދިނުމާއި ޓާޓާ ކިޔާބަޔަކައް ފުލެޓް އަޅަންދިން ޙިޔާނާތް އެކަކައް ރިސޯޓެއް ތަރައްގީ ކޮއްފަ ދޭން މިކަހަލަ ކަންތައް ރައްޔިތުންނައް ބޯހިޔާވޗެހިކަމުގެ ނަމުގައި ރިޔަލްސުޓޭޓް ބިޒްނަސް މެކްހައް

  29. ރަންނަމާރި 19

    ކަލޭ މެން ގެކުރިމައްޗައް ވަރައް އަވަހައް އިންސާފު އަރާ ހަމަ ކުރާނެ. ބިރުންގޮސް ގާނުހަދާ ހިސާބައް ތިތިބީގޮއްސަ. އިންޑިޔާއިން އަންގައިގެން. އެމްޑީޕީ ތީ އިންޑިޔާ ރުޑިންގެ ގަންޖާބޯ ޕާޓީ.

  30. އިބްރާހިމް

    ރިޔާސީ ވައުދަށް ރައީސް ޔާމީން ޖަލަށްލުން ހެދީ ބަދަލުހިފުމަށްނޫންތޯ؟ ރ ޔާމީން ވެރިކަމުގައި އެމްޑީޕީ މެމްބަރުން ސަރުކާރު ކުންފުނިތަކުގައި ބޮޑުމުސާރާގައިއުޅުނު. އެއްވެސް މީހަކު ވަކިކޮށްފައިނުވޭ. އަޅުގަނޑުގެ ރަށުގައި އެމްޑީޕީއަށް ނިސްބަތްވާ ތިމާގެކުދިންވެސް އުޅުނު ބޮޑުމުސާރައިގައި. ކޮމެންޓްވެސްކުރި ސަރުކާރާއި ދެކޮޅަށް. ވަޒީފާއިން ވަކިކޮށްފައިނުވޭ.