ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ހަފްތާއެއް ވެފައި ވަނިކޮށް ށ. ކޮމަންޑޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމު ކުރަން ފިޝަރީޒް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން އެ އައިސް ޕްލާންޓު އަޅަން ހަވާލުކުރީ ފެނަކަ ކޯޕަރޭޝަންއާއެވެ. ކޮމަންޑޫގައި ތަރައްގީ ކުރާ އައިސް ޕްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭއިރު، އެ މަޝްރޫއުގެ އަގަކީ 5 މިލިއަން ރުފިޔާއެވެ. އެ މަސައްކަތް ނިންމަން ދީފައި ވަނީ ހަ މަސް ދުވަހެވެ.

ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ މަތިކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެކަމަކު، ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ކުއްލިއަކަށް އެ މަޝްރޫއު ބާރު ސްޕީޑެއްގައި ވަނީ ފަށައިފައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ.

މީގެއިތުރުން އެ ދާއިރާގައި ހިމެނޭ ފޯކައިދޫ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ވެސް ފެށީ ދާދި ފަހުންނެވެ. ކޮމަންޑޫ، ފޯކައިދޫގެ އިތުރުން މަރޮށީގެ ބަނދަރުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. މަރޮށީގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ މިދިޔަ ސެޕްޓެމްބަރު 15 ގައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް މަޝްރޫއުތައް ހިންގާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައެއް ވާދަވެރިން ވަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަމުންނެވެ.

އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގާނޫނީ ހުސްކަމެއްގައި ބާއްވައިގެން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުން ގެންދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އެ ކޮމިޝަނުން ދާދި ފަހުން ވަނީ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފާފު ދާލު.

    ހީހީ ހަލާކު. ބައި އިލެކްޝަނެއްގެ ގޮނޑި ނުނެގިގެން ސަރުކާރުން ކުރާ ހޭދަ. މާނައަކީ ސަރުކާރު ބަލިކަށި ވަމުންދާ މިންވަރު.

    31
  2. ދަރަނި ދަންތުރަ

    މަރަށް ފުރާނަޔަށް ތެޅެނީ މިވެރިންގެ ސޯޓުބޭލޭނެ މިފަހަރު ރީނދޫ ގުރޫޕު ވައްކަމާ ފަސާދައިގެ ޕްރޮޖެކުޓު ތަކެއްތިޔަހިންގަނީ ﷲ އެއީ އެއްމެމޮޅަށް ހުރިހާކަމެއް ދެކެދެނެވޮޑިގެންވާ ފަރާތް ، ހައްގަށް މެނުވީ ނަސްރު ނުލިބޭނެ

    30
  3. ކަރާ މޯލަޑިވްސް

    ތިހުރިހާ ކަމަކުން ސޯޓް ބޭލޭތަން ފެންނަނީ

    14
  4. Anonymous

    އަދި ކިރިޔާ ކޮމަންޑޫ ކިޔާ ރަށެއް މިގައުމުގައި އޮތްކަން ސަރުކާރަށް އެނގިގެން އުޅެނީ، އަދި ކިރިޔާ ހޭލެވުނީ ވިއްޔާ، ހާދަ ހެއްވަޔޭ!!!

    15
  5. ހުސެން

    ކޮމަންޑު އަށް އެސްޓީއޯ ވެސް ' ދިރާގު ހެޑް އޮފީސް ވެސް ބަދަލުކުރާނެ ؛

    18
  6. ކޮވިޑް

    ދާއިރާގެ ރައްޔަތުން ދެކެ ލޯބިވާ ، ދާއިރާގެ ތަރައްޤީ އަށް ފެންބޮވާފައިވާ، ދާއިރާ އަށް އިޙްލާސްތެރި މެމްބަރުން ތިބިނަމަ އަވަހަށް އިސްތިއުފާ ދީ، ފަޓާސްބަރިއެއްހެން ތަރައްޤީ އަންނާނެ . އެފަދަ މެމްބަރަކު ހޮވަން ކުރެވުނު ކަމެއް ކުރަން ތައްޔާރު. އިސްތިއުފާ ދީފަ ދާއިރާ ތަރައްޤީވީމަ އަނެއްކާ ކުރިމަތިލާ، އަމިއްލަ އެދުމެއް ނެތް މެމްބަރުން ދާއިރާ އަށްޓަކާ އިސްތިއުފާ ދޭނެ. # އިންޑިއާ އައުޓް #

  7. ަައިބޫ

    ރައީސް އޮފީސްވެސް ކޮމަންޑުއަށް ބަދަލު ކުރާނެ މިފަހަރު މިވަރުން ދަންޏާ

  8. އުންޑަސް

    މިވަރުން ދަންޏާ ސޯލިހުގެ ރިޔާސީ ގަނޑުވަރުވެސް ކޮންމަންޑޫ މަތިން ދަށުކޮމަންޑުއަށް ބަދަލުކުރާނެ އަދި އަދި ރައީސްޔާމީން ޖަލަށްލުމަށް ހިންގާ ޖަރީމާ އޮފީސްވެސް ދެކޮމަންޑޫދޭތެރެއަށް ބަދަލުކުރާނެ.