ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) ގެ ދޮރުން ދޮރަށް ހަރަކާތް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ މުހައްމަދު ޝަހީމް އާއި އެކު ފަށައިފިއެވެ.

މިއަދު ޕީޕީއެމް އޮފިސް ސަހަރައްދުން ފެށި މި ހަރަކާތުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ރަނިއްމޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ޑރ. ޝަހީމް އާއި އެކު ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ އިސް ވަޒީރުންނާއި ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އިތުރުން ޕީޕީއެމްގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

ދޮރުން ދޮރަށް ހަރަކާތް ޑރ. ޝަހީމް އާއި އެކު މިއަދު ފަށާފައިވާއިރު އެ ހަރަކާތާއި ބެހޭ ގޮތުން މީޑިއާ ތަކަށް މައުލޫމާތު ދެމުން ޑރ. ޝަހީމް ވިދާޅުވީ ދޮރުން ދޮރަށް ހަރަކާތުގައި މާލޭގެ ގެތަކަށް ގޮސް ރައީސް ޔާމީނަށް ކެންޕޭންކޮށްދެއްވުމުގެ މަސައްކަތްތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ޕީޕީއެމް އަކީ ރައްޔިތުންގެ އަޑު އަހާ ޕާޓީއެއްކަމުގައި ބުނަމުން ޑރ ޝަހީ މް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

"ވަޒީރުން އިސްނަންގަވައިގެން ޕާލިމެންޓް މެންބަރުންނާއި ގުޅިގެން މިއަދު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ދޮރުން ދޮރަށް ހަރަކާތަކީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދު އިތުރު ކުރުމަށް ހިންގާ ވަރަށް ވަރުގަދަ ހަރަކާތެއް. އަދި މިހާރުވެސް ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަށް އަންނަނީ އިތުރު ވަމުން. ޕީޕީއެމް އަކީ ރައްޔިތުންގެ އަޑު އަހާ ޕާޓީއެއް" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ .ޝަހީމް ގެ އިތުރުން ކެބިނެޓްގައި ތިއްބެވި ވަޒީރުންނާއި ޕީޕީއެމްގެ ޕާލިމެޓް މެންބަރުންވެސް ވަނީ މިއަހަރުގެ ރިޔާސީ ދައުރުގައި ރައީސް ޔާމީން ބޮޑު ތަފާތަކުން ދެވަނަ ދައުރަކަށް އިންތިހާބު ވާނެ ކަމުގައި ވިދާޅުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުއްޓުވާށޭ

    ވަޒީރުންނާއެކު ޑރ. ޝަހީމް މާލޭގެ ގެތަކަށް ޒިޔާރަތް ކުރާ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މާލޭގައި ހުރި މައްސަލަ ތައް ނޭގޭނެ ވަޒީރަކު ޕީޕީއެމްގެ ވެރިކަމުގައި ހުރެގެން ނުވާނެއޭ ހުރެއްޖެނަމަ އެ ފަދަ މީހަކު ޖެހޭނީ ވަގުތުން ގެއަށް ކަނޑާލަން އޭ މާލޭގައި ގަވާއިދުން ވިޔަފާރި ކުރާ އަމިއްލަ ފަރާތް ތަަކަށް އެންމެ ބޮޑަށް ދިމާވާ މައްސަލަ އަކީ އެއީ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން މާލޭގެ އެކި ކަންކަމުގައި މަސައްކަތް ކުރުމޭ އަދި ރަނގަޅު ގަވާއިދުން މިހާރު އިމިގްރޭޝަން އިން ބުނާ 5 އެޖެންސީ މެދުވެރިކޮށް ގެންނަ ބަންގާޅުން ވެސް ގެންނަ ތަނުން ފިލަނީއޭ މިކަމަށް އެއްވެސް ހައްލެއް އިމިގްރޭޝަން އަށް ނުގެނެވުނޭ އަދި އިކޮނޮމިކް މިނިސްޓަރު ސައީދު އަށް 5 އަހަރު ތެރޭގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވުނޭ ހަމަ މިހާރު އިމިގްރޭޝަން އަތުން ފިލައިގެން އުޅޭ ބަންގާޅުން ހޯދުމުގެ މަސައްކަތް ވަކިކޮށް އެކަން ފުލުހުންނާއި ހަވާލު ކުރާށޭ އެކަން ސަރުކާރުން ނުކުރަނީ އެއީ ސަރުކާރު އަޑީގައި އޮވެގެން މިކަން ކުރާ ކަމަށް އާންމުންގެ ތެރޭގައި އެވާހަަކަ ދައްކާއިރު އެކަމަށް ބާރުލިބޭ ގޮތަށް ސަރުކާރުން އެކަން ކުރުވަނީ ނޫންތޭ ދޮރުން ދޮރަށް ހިނގި ނަމަވެސް ހުރި އެއްވެސް މައްސަލަ ތަކަށް ހައްލެއް ނާދެއޭ ނިހާނު މެން ބަލަނީ ބޯވަ ދިލަމަސް ކަނޑުގައި ދަތުރު ކުރަމުން ގޮސް ގުއި ދުއްވާލާ އުސޫލުން އޭނާ ދާއިރު ބޯ ދިގުކޮށް ފައި ހުރި ޕާރޓޭ އަކު ސައިކަލް ސްޓިކާ ފީ ދައްކަން ޖެހޭތީވެ ކަން ބޮޑު ވާ ވާހަކަ ދެއްކުމުން އެފަދަ އައިރު ގާނޫނީ ކަންކަމަށް ހިތްވަރު ދޭ ކަންކަން ސަރުކާރު މެދުވެރިކޮށް ކުރުވަން އޭ ހަގީގީ މައްސަލަ ތައް މަމެންގެ ސަރުކާރުގައި ނެތޭ ހައްލުވެފައި ގަންޖާބޯ އާއި ގޮޅާބޯގެ ސަރުކާރުން ވާރުތަ ކުރި ކޮރަޕްޓް ކަންކަން އަދިވެސް ދަނީ ކުރިއަށޭ މިކަން ކަން ޑރ. ޝަހީމު ހުއްޓުވާށޭ ރިޔާސީ އިންތިޚާބާއި ކުރިމަތި ލުމުގެ ކުރިން.

  2. ލީ

    މިހުރިހާ ދުވަހު އަޅުގަޑު ހީކުރީ ޝަހީމް އުޅުއްވަނީ އިސްލާމްދީން ކުރިއަރުވަން ކަމަށް. އެކަމު މިހާރު މަނިކުފާނު ގެނިޔަތާމެދު ސުވާލު އުފެދިއްޖެ.ރައިސްޔާމިން ކުރައްވާދީނާހިލާފް ކަނކަމާ މަނިކުފާނު ބުނުއްވަނީ އޭ އަޅުގަޑާ ބެހޭކަމެއް ނޫނޭ.

  3. ބަލާތި

    ގަންޖާބޯގެ ވެރިކަމުގައި ވެސް އަދި ގޮޅާބޯގެ ވެރިކަމުގައި ވެސް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ވިޔަފާރިވެރިންގެ ކޮންސާރންސް ތަކަށް އެއްގޮތަަކަށް ވެސް އެޑްރެސް ކޮށްފައި ނެތޭ މިފަހަރު އެމެންގެ ވޯޓް ހޯދަން ބޭނުން ނަމަ ޕީޕީއެމްގެ ސަރުކާރުން އެބަޖެހެއޭ ދަނެގަންނަން ފުރަތަމަ ވެސް ވިޔަފާރި ވެރިން ކަން ސަރުކާރަށް ޓެކްސް ދައްކައިގެން ސަރުކާރު ހިފަހައްޓަނީ ދެން އެހެންވީއިރުން އިކޮނޮމިކް މިނިސްޓްރީން ލިސްޓް ހަދައިގެން ނަމަވެސް އެބަޖެހެެއެއް ނޫންތޭ މީރާ އާއި ގުޅިގެން މާލެ ސަރަހައްދުގައި ޖީއެސްޓީ މީރާ އަށް ދައްކާ ހުރިހާ އަމިއްލަ ކުންފުނި ތަކަށް ގުޅިފަޅުން ބިން ދެވޭނެ އުސޫލުން އެހުރިހާ ވިޔަފާރި ވެރިންނާއި މަޝްވަރާ ކޮށް އަދި ކޮންމެ ވިޔަފާރި ކުންފުންނަކަށް އަދި އިންވެސްޓްމެންޓް އަކަށް 5000 އަކަފޫޓްގެ ބިމެއް ގުޅިފަޅުން ދޭނެ ކަން އިއުލާން ކޮށް ހަދާ އަދި އެފަދަ ލިޔުން ހަވާލު ކުރަން އެހުރިހާ އެންމެންނާއި އިއުލާން ކުރާނީ 2019 ނިމުމުގެ ކުރިން އެ ފަދަ ބިން ހަވާލު ކުރާނެ ކަމަށް އެފަދަ ވިޔަފާރި ވެރިންނާއި. އެއިރުން މަމެންނަށް ޔަގީން އިތުބާރު ކުޑަ މަކަރާއި ހީލަތާއި ހަރާމްކޯރު ބަތާހަރާމީ އުސޫލުން އުޅޭ ޒުވާނުން ކަން ކުރާ އުސޫލުން ވިޔަފާރި ވެރިން ކަންކަން ނުކުރާނޭ ކަމަށް. މިކަން ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކަުއުންސިލުން ބައްލަވަންވީއޭ.

  4. Anonymous

    ޖަމީލުވެސް ހަމަތިޔަގޮތައް ދޮރުތަކަށް ހިންގެވި ދިޔައީޗޮކުން

  5. ވިސްނާތި

    ޕީޕީއެމްއާއެކު ޝަހީމް މާލެ ގެތަކަށް ދިއުމުން ހަގީގަތުގައި އިނގޭނީ ފިޒިކަލީ ފެންނަ މަންޒަރެއް އެކަނިއޭ ދެން މީހަކު ބުނެލާ އެއްޗެކޭ އިނގޭނީ އެކަމަކު ހަގީގަތުގައި މެކްރޯ ލެވެލް ގައި ކަންކަން އެންމެ ރަނގަޅަށް ހައްލު ކުރެވޭނީ ޑެސްކް ޓޮޕް އިން ނޭ އަރާމު ކޮށް އޭސީ ކުރި ކޮޓަރިއެއްގައި އިނދެގެން ކަންކަން މެކްރޯ ލެވެލް ގައި މާ ރަނގަޅަށް ވެސް ހައްލު ކުރެވޭނެއޭ އެގޮތުން ހައްލު ކުރަން ޖެހޭ ކަމެކޭ ރާއްޖޭގެ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި އަދި މަތީ ފަންތީގެ ވަޒީފާ ތަކަށް ދާއިމީ ވަޒީފާ އަށް ދެން ރާއްޖޭން ބޭރު މީހުން ހަމަ ނުޖެއްސުން މަހަކު 500 ޑޮލަރަށް ވުރެން މަތީ މުސާރަ އެއް ދޭން ބޭނުން ނަމަ އެފަދަ ބޭރު މީހަކު ޖެހޭނީ ބިޒްނެސް ވިސާގައި އޭ ރާއްޖޭގައި މަސައްކަތް ކުރަން 6 މަސް ދުވަހަށް ދެން އެމީހަކު ޖެހޭނީ ދާން އޭ އެނޫން ގޮތެއް އޭގައި އޮވެގެން ނުވާނެއޭ އެއިރުން އެފަދަ މަގާމް ތަކަށް ދިވެހިން ދާނެއޭ އަދި ދިވެހިން ލިބެން ވެސް ލިބޭނެއޭ އިމިގްރޭޝަން ކޮރަޕްޓް ކަމުންނޭ މިކަން ނުވަނީ މޭޒު ދަށުން ދަމާ ކުޅެގެން ވާރކް ވިސާ ރިސޯރޓްސް ތަކުގައި ތިބޭ ދޮން ޖީއެމް މެންނަށް ދީގެން ދިވެހިންނަށް ވަޒީފާ ނުދީ ލަންކާ އިންޑިއާ އަދި ބަންގާޅުން އަދި ތައިލެންޑް މީހުންނަށް ދެނީއޭ އެކަން ޖެހޭނެއޭ ބެލެން މިފަދަ ކަންކަން ރައީސް އަށް ވެސް ފޮރުވަނީއޭ ޓޫރިޒަމް މިނިސްޓަރު ވެސް އަދި އިކޮނޮމިކް މިނިސްޓަރު ވެސް މިފަދަ ކަންކަން ހައްލު ކުރަން އެމެން އުޅުމުގެ ބަދަލުގައި ފޭކް ގޭމް އޭ ޖައްސަނީ ރިސޯރޓްސް ތަކުން މީހުން ތަމްރީން ކުރެއޭ ކިޔައިގެން އެމެން އެކަން ނުކުރެއޭ އެއީ ރޯ ބުހުތާނު ދޮގޭ އެމެން ހަދާ އެހެން ނަމަ ރީތި ރަށުގެ %95 އެއީ ބޭރުމީހުންނަށް ވާންވީ ކީއްވެތޭ ކުޑަ ހުރާ ގެ %98 ބޭރުމީހުންނަށް ވާންވީ ކީއްވެތޭ އިތާފުއްޓަށް އަލަށް މުވައްޒަފުން ނަގާއިރު ދިވެއްސަކަށް ޗާންސް ނުދެނީ ކީއްވެތޭ ކޮލިފައިޑް މީހުން ކުރިމަތިލީމަވެސް މިފަދަ ކަންކަން ހައްލު ނުކުރާނެއޭ އިކޮނޮމިކް މިނިސްޓަރު ވެސް ޓޫރިޒަމް މިނިސްޓަރު ވެސް އެމެން ބެލީ ރަނިންގް މޭޓް ކަން ލިބޭތޯއޭ ކަން މިހެން ހުރުމުން މިފަދަ ކަންކަން ރަނގަޅު ކުރާށޭ ޝަހީމް މެން ރައީސް އަށް ދަންނަވައިގެން ރަނގަޅު ކުރާށޭ ރަނގަޅު ކުރުމަށް ފަހުގައި ނޫނީ ރިޔާސީ އިންތިޚާބާއި ކުރިމަތި ނުލާށޭ އަދިވެސް ވަގުތު އެބައޮތޭ މިހާރު ވެސް އިއްޔެ ވެސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކޮން ކަމެއްތޯ ކޮން މިނިސްޓްރީ އަކުން ކޮށް ދޭން އިއުލާން ކުރީ މިނިސްޓަރުން ނުކުރެއޭ އެެއްވެސް މަސައްކަތެއް އެމެން އަމިއްލަ އަށް ފެނިގެން ގޭމް ޗޭންޖް ވާނެ ސީން އެއް އަދި ނުފެނެއޭ ހަމަ އަޑޭ އަރުވަނީ މިނިސްޓަރުން ކަންކަން ނުކޮށް ތިބެ...

  6. އަކުން ބަކުން

    ތީނަ ނައިބުރައީސްކަން ކުރާނީ، ފެންނަލަޮލަށް ނުފެންނަކަމަށް، އިވޭކަންފަތަށް ނީވޭކަމަށް ހަދައިގެން. ނަމަވެސް ބުނެލަން އޮތީ ހަމަތީ ޔާމީނޭ އެއްބަނޑު އެއްބަފާ އަޚާމެދު ކަންކުރިގޮތް ވިސްނާށޭ ހަމަ ހޮވޭތާ މަދު ދުވަސްކޮޅެއްގެ ތެރޭޖަލަށް ޖަލުން ދޫކުރުމަށް ގޮވަންޖެހޭނީ ހަމަރައީސް ނަޝީދާ މީވަރަށް ވާހަކަ

  7. ބަލާތި

    ޕީޕީއެމްއާއެކު ޝަހީމް މާލެ ގެތަކަށް ޒިޔާރަތް ކުރާ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު އަދި ވެސް މާލޭގައި ހުރި ގިނަ މައްސަލަ ތައް ވަނީ ހައްލު ނުކުރެވިއޭ މިހާރު މާލޭގައި ހުރި ޓެކްސީ ތަކުގެ ޑްރައިވަރުންގެ އަޚްލާގު ފެންވަރު ދަށް ކަމުން ހީވަނީ އެމެން ޓެކްސީ ޑްރައިވަރުން ތިބީ ނިކުމެ އޭ ސަރުކާރު ވައްޓާލަން ވެގެން ކަން މިހެން ހުރުމުން މާލޭގައި ދުއްވާ ޓެކްސީ ތައް ސަރުކާރަށް ނަގާނެ ސްޓްރެޓެޖީ އެއް އެކުލާވާލާ ސަރުކާރުގެ ކުންފުންނަކުން މާލޭގައި ޓެކްސީ ކުރުމުގެ ކަންކަން ފަށަންވީއޭ އެއިރުން މާ ބޮޑަށް ރަނގަޅު ވާނެ އޭ މިބާވަތުގެ ޕްރެކްޓިކަލް ކަންކަން ކުރެވޭތޯ ބަލަންވީ ރާއްޖެ އަށް ފިޓް ނުވާ ކަންކަން ކަމަށްވާ ސައިކަލް ޓެކްސީ މާލެ އަށް ތައާރަފް ކުރި އިރު ވެސް މަމެން ބުނީމޭ އެކަން ނުހިނގާނެއޭ އެކަން ވީ އެހެން ނޫންތޭ ކަން މިހެން ހުރުމުން ޓެކްސީ ރަޖިސްޓްރީ ކުރަން ޓްރާންސްޕޯރޓް އޮތޯރިޓީން ގަރާޖް ސިޓީ ވަގަށް ވިއްކައިގެން ނަގާ 60 ހާސް ރުފިޔާ ވެސް ނުނެގޭ ގޮތަށް ހަދާ ގަރާޖް ސިޓީ ވެސް ނުހޯދާ ގޮތަށް ހަދާށޭ. ޓްރާންސްޕޯރޓް އޮތޯރިޓީ ގައި ގިނައިން ތިބީ ވަގުން ކަމަށް މަމެންނަށް ޝައްކު ކުރެވެއޭ ބިކޮޒް މާލޭގެ 100 މީހުން ނަގާއިރު 100 މީހުން މިކަމަށް އެއްބަސްވަނީ އެހެން ވެގެންނޭ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރަން ނުޖެހޭނެއޭ މާލޭގައި ނެތް ގަރާޖެއްގެ ސިޓީ އެއް ހޯދަން އެއީ ސީދާ ފަސްމާމުލު ފަސްވަގުން ވެގެން ޓްރާންސްޕޯރޓް އޮތޯރިޓީގެ ބޮޑުން ލައްވާ ކުރުވާ ވައްކަން ތަކޭ.

  8. ޖައްސާތި

    އައްޑޫން ޕީޕީއެމް އަށް ލިބޭ ވޯޓް މަދުވާނެއޭ އެއީ ޕީޕީއެމް އިން ވަކި ވަކިން އެއަތޮޅަށް ކުރިމަތި ލައިގެން މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު ފެނިފައިވާ ނަތީޖާ އަކީ އައްޑޫ އަށް ކޮންސެންޓްރޭޓް ކުރުމަށް ވުރެން މާ ބޮޑަށް ރަނގަޅު ވާނެއޭ ސަރުކާރުން މާލެ ސަރަހައްދުގައި އޮތް ބޮޑު އާބާދީ އަށް ވިސްނައިގެން އެމެންގެ ހިތް ތަކުން ވިން ވާނެ އުސޫލެއް ކަނޑައެޅިއްޔާ އެގޮތުން ބަލާއިރު ވަރަށް މުހިއްމޭ މާލެ އަތޮޅު ގާފަރު އެއްކޮށް ކުއްޔަށް ދޫކޮށް ސައުދީ ނުވަތަ ގަތަރު ޔޫއޭއީ ނުވަތަ ރާއްޖޭގައި ހުރި އެންމެ މުއްސަނދި ދިވެހި ކުންފުންނަކަށް ޑޮމެސްޓިކް އެއާރޕޯރޓް އެއް އަޅައިގެން އެތަނުގައި 100 ރިސޯރޓްސް ހަދަަން ގާފަރު ފަޅު ހިއްކައިގެން އެތަނުގައި ކޭވީ ސައިޒުގެ 100 ރިސޯރޓް ފަޅު ހިއްކައިގެން ހަދާ ގޮތަށް އިންވެސްޓަރަކަށް އެފަޅު އެއްކޮށް ދޫކޮށްލަންވީއޭ. އެއިރަށް ވަރަށް ބޮޑު ފައިދާ އެއްވެ އަދި މާލެ ސަަރަހައްދުން ވަރަށް ގިނަ ވޯޓްސް ތައް އޭގެ ސަބަބުން ލިބޭނެއޭ. މިކަން ޖައްސާށޭ..

  9. Anonymous

    ނޫހުގައި ކޮމެންޓްސްލިޔާ ފަރާތްތަކަށް އެދެން އެހާމެ ދިގު ކޮމެންޓްސް ނުޖެހުމަށް، ކިއުންތެރިން ވަރަށް ފޫހިވާކަމެއް ދިގު ކޮމެންޓްސް ކިޔަން، އަދި ކޮމެންޓްސްގައި ބުނާއެއްޗެއް ފަހުމުވާންވެސް އުނދަގޫކަމެއް، ބުނަން ބޭނުންވާ މުހިއްމު ޕޮއިންޓެއް ކުރުކޮށް ކިޔާމީހަކަށް ފަސޭހަކޮށް ވިސްނޭނެގޮތަށް ބުނެވިދާނެ، ބައެއްމީހުން ކޮމެންޓް ލިޔާއިރު އާޓިކަލްއަށްވުރެ ކޮމެންޓްސްދިގުކުރޭ، މިއީ ލިޔާމީހާއަށާއި ކިޔާމީހާއަށްވެސް ފައިދާއެއް ނެތްކަމެއްކަން ފާހަގަކުރަން

  10. ހެޔޮދުޢާ

    ޝަހީމް ތިޔަކަމުން އަވަހައް ދުރުވާށެވެ ތިޔަ.އުޅުއްވަނީ ފޮށާ ބާލާށެވެ