ކުރީ ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ތަހްޤީގު ކުރަން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލާނެ ކަމުގެ އިޝާރާތެއް މިއަދު އެމަނިކުފާނު ދެއްވައިފިއެވެ.

ނަތީޖާ ނުނެރެވޭތީ ފާޑުކިޔުން އަމާޒުވެފައިވާ ކޮމިޝަނާއި ގުޅޭ ގޮތުން ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ ދައުލަތުގެ މުދަލާ ފައިސާއަށް ޚިޔާނާތްތެރިވުމާ ކޮރަޕްޝަންގެ ޢަމަލުތައް ތަހުޤީގު ކުރުމުގާ ހަރަކާތްތެރިވާ އެއް ފަރާތަކީ އެސެޓް ރިކަވަރީ ކޮމިޝަން ކަމަށެވެ. އެކޮމިޝަންގެ މެންޑޭޓްގައިވާ ތަހުޤީގުތައް އެންމެ ބޮޑަށް ސީދާ ކުރެވުނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާ ކަން ރައީސް ވެސް ފާހަގަ ކުރެއްވެވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަހުޤީގުކޮށް ޤާނޫނީ މަރުހަލާތައް ފެށުމަށް އޭސީސީއަށް ހުށައެޅުމަށް ކޮމިޝަނުން ވަނީ ނިންމާފައި ކަމަށެވެ. "އަޅުގަނޑު އެދެނީ އަދި އުންމީދު ކުރަނީ މި ޢިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން އޭސީސީގެ މެމްބަރުން އަވަސް މުއްދަތެއްގާ ކަނޑައަޅުއްވާ ދެއްވާނެ ކަމަށް. އެހިސާބުން ދެންއޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވާލެވޭ އޭސީސީއިން." ރައީސް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ނަތީޖާއެއް ނުނެރެވި ތިން އަހަރު ފާއިތުވެގެން ދިޔައިރު ކޮމިޝަނަށް ކުރި ޚަރަދު ދިހަ މިލިއަން ރުފިޔާ އަށް އަރައެވެ. އޭގެތެރެއިން 9.1 މިލިއަން ރުފިޔާ ހަރަދު ކުރީ ކޮމިޝަން މެންބަރުންގެ މުސާރައަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުގުރި

    ގަމާރު ރައީސް

  2. Anonymous

    ތިޔަ އ.ރ.ކޮމިޝަނުން އެއްމެ އިސްކަން ދީފައިވަނ
    ީ އެމްއެމްިއާރސީގެ ޚިޔާތައްކަމަށްވާއިރު އިންސާފުވެރި ނަތީޖާއެއް ނެރެވުނުނަމަ ކޮރަޕްޓް މީހުންގެ ލިސްޓްގެ އެއްމެކުރީގައިވާނީ ރ.އިބޫސާލިހުކަން ޔަގީންވާތީ އެނަން ނުޖައްސައިވޭތޯ އެކިގޮތްގޮތައް ބަދަލުކުރަނީ އެވެ، އެޚިޔާނާތުގެ 35މިލިއަން ޑޮލަރު ބޮޑު އަދަދެއް ބޭނުންކޮށްފައިވާ ފަރާތަކީވެސް ރ.އިބޫސާލިހުކަން އެޚިޔާނާތުގެ މައި ވަގު އަދީބު ވަނީ މުޅި ދުނިޔެއަށް ހާމަކޮށްދީފައި ނޫންތަ؟؟ .....#

    11
  3. އަބުދުﷲ

    މިހާރު ގިނަވާނީ ތިޔަބޭފުޅާގެ އަމިއްލަ އިހުމާލުތައް . ދެން ތިނަމުގަ ތަނެއް ހަދާނީ ދެން އަންނަބަޔަކު.

    11
  4. އުއްޗު

    އަވަސް ކުރޭ ތިޔަ ކޮމިޝަން އުވާލުން މާލަސްވެއްޖެ. ސަރުކާރުން 10މިލިއަން ހަރަދުވެއްޖެ. ނާތީޖާއެއް ނުނެރެވުނު. ތީވެސް ހަމަ ކޮރަޕްޝަން ނޫންތޯ؟ ކޮމިޝަނުން ކުރިހާވެސް ކަމަކީ އެމް އެމްޕީއާރުސީގެ ފައިސާގައިޖެހިފާވާ މީހުންގެ ލިސްޓު ނެރެ އ ގަޑުބަޑުކޮށް ރައްޔިތުންނަށް އިތުރައް އޮޅުވާލީ

    12
  5. އަފިރިން

    އުއާލާފައި އަނެއްކާ އައުވާނުންކޮޅެއް ލާފައި މޮޅުނަމެއްގައި ކޮމިޝަނެއް ހަދާބަލަ، މިހާރު ބޭނުންވާވަރަށް އައުވާނުންކޮޅަކަށް ފައިސާ މިލިއަނުން ހަރަދު ކުރެވިއްޖެއެއްނު