ށ. ފީވަކު ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނިމިއްޖެއެވެ.

ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 67.6 މިލިއަން ރުފިޔާއެވެ.

ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 40،42 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14،743 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 474 މީޓަރުގެ އެއްގަމު ތޮށި އަދި 356 މީޓަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން، މި މަޝްރޫއުގެ ތެރޭގައި 182 މީޓަރު ރިވެޓްމެންޓް އާއި 27 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން 2320 މީޓަރުގެ ސަރަހައްދެއްގައި ޕޭމެންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.