ށ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުން އެ ރަށު ކައުންސިލް 83،000 އަށް ވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކުރަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އީޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އެ އެޖެންސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ބެލި ބެލުންތަކާއި އެއްކުރެވުނު މައުލޫމާތުތަކުން ފީވަކު ކައުންސިލްގެ އިދާރާގެ އިސްނެގުމާއެކު 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި އެ ރަށުގެ ގޮނޑުދޮށުން ނެގި ކަމަށް އެނގުނު ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

އީޕީއޭއިން ބުނީ ކައުންސިލުން ވެއްޔާއި އަކިރި ބޭނުންކޮށްފައި ވަނީ ފީވަކު ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށް ކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން އެކުލަވާލެވިފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދިމުގެ ގަވައިދަށް ރިޔާއަތްކޮށް ފީވަލު ކައުންސިލްގެ އިދާރާ 83،525ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އީޕީއޭއިން ބުނީ ސަރުކާރު ބަންދު ދުވަސަތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކަން ފީވަކު ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަނަނަ

    ދެން ކާކުގެ ޖީބުން ތި ފައިސާ ދައްކަނީ؟

  2. އަހައްމަދޫ

    ވެންމަސް ވެނަށް ކާންދެނީ. ހަމަސަރުކާރުގެ ލާރިއެއްނޫންތަ

  3. ހައިރާން

    މި ފައިސާ ދައްކާނީ ރައްޔިތުންގެ އަތުން ނަގާ ފައިސާއިންތޯ؟ ނޫނީ ކައުންސިލުގެ މެންބަރުންގެ މުސާރައިންތޯ؟ ގައިމު ރައްޔިތުން ކުށެއް ނުކުރޭ. ރައްޔިތުން އަތުން ނަގާ ފައިސާއަކުން މިފައިސާ ދައްކަންޖެހޭނެ އެއްވެސް ހުއްޖަތެއް ނޯނާންނެ. ކުށްކުރި މީހުން މިފައިސާ ނުދައްކައި ރައްޔިތުންގެ ފައިސާއިން މިފައިސާ ދައްކާނަމަ މީ ކީއްކުރަން ކުރާ ޖޫރިމަނާއެއްތަ!

  4. ސަޓޯ

    ވެން މަސް ވެނަށް ކާން ދިނުން ފަދަ ދޯ ހަމަ ވާނީ