ފިޝަރީޒް މިނިސްޓްރީން މަރާލި ދޫނިތަކުގެ ތެރޭގައި ދުނިޔެ އިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއް ވެސް ހިމެނޭކަން ކަށަވަރު ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ވަނީ 130 ދޫނި މަރާލާފައެވެ. މަރާލި ދޫނިތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ. ނަމަވެސް މަރާލީ އޭގެތެއިން ކިތައް ދޫނިކަމެއް އަދި ސާފެއް ނުވެއެވެ.

ދޫނިތައް މަރާލި މައްސަލައިގައި ސަރުކާރަށާއި ފިޝަރީޒް މިނިސްޓްރީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް ފާޑުކިޔުންތަކުން ދިފާއު ވުމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ ދޫނިތައް މަރާލީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިންނެވެ.

ދޫނިތައް މަރާލީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނި ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަނީ އެކަން ދޮގު ކޮށްފައެވެ. އޭޖީ އޮފީހުން ބުނީ ދޫނިތައް މަރާލާފައި ވަނީ ދޫނިތައް އެތެރެ ކުރި ގައުމަށް އަނބުރާ ފޮނުވާލަން ލަފާދީފައި ވަނިކޮށެވެ.

ދޫނިތައް މަރާލި މައްސަލައިގައި ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލީ

    އިންޓަރ ނެޝަނަލް ކޯޓަކަށް މި މައްސަލަ ލާންޖެހޭ.

    41
    3
  2. ނަވްބެ

    ސޯޓު ފޭބީތި....

    26
    3
  3. ޓިންޓިން

    އޭޖީއަކަށްތިހިރީއަބޫޖަހުލުދަރިކޮޅުގޮލައެއް

    28
    2
  4. އާދަންބެ

    ފަހުގެ ތާރީޚެއްގައި ދައުލަތަކުން އިސްވެ ހިންގި އެންމެ މުޑުދާރު އެއް އަމަލް.

    35
    2
  5. ޖ

    ތިމައްސަލަ ބޭރުގެފަރާއްތަކުން ބަލަންޖެހޭނެ

    27
    2
  6. ިސަން

    ތި ދޫނިތަށް މަރާލި ބައެއްގެ މައްޗަށް ވެސް ހުކުމް އަންނަން ޖެހޭނެ,ހަމަ އެކަނި އިންސާނުން މެރީމަ ދޯ ހުކުމް އަންނަނީ،ސަރުކާރަށް ގޮވާލަން ވީހާ އަވަހަށް ތި މައްސަލަ ބެލުމަށް ފަހު ދޫނި ތަށް މަރާލި މީހުންގެ މަށްޗަށް ޝަރިއަތް ކުރަން...

    27
    3
  7. ސަނީ

    ތަނެއް ދޮރެއް ދޮރުއައްޓެއް ދަންނަ ބައެއްނޫން

    27
    2
  8. Anonymous

    ދުނިޔެމަތީ ބޮޑާކަމާއި ކިބުރުވެރިކަން އިންތިހާއަށްގޮސް، އަދިތިމާ ހެއްދެވި ފަރާތެއް ވޮޑިގެންވާކަން ހަނދުމަނެތި ޢާފިލުކަންމަތީ ތިބޭބަޔަކު ކޮންންމެފަދަ ކަމެއްވެސް ކޮށްފާނެ.

    37
    1
  9. ސަލާމް

    އިންސާނުން ގަޔަށް ވަޅިހަރައި މަރާ ގައުމެއްގައި ތިއީ އަދި ބޮޑުކަމެއްނޫން.

    22
    2
  10. ކިނބޫ

    މިޔަރު ނުހިފާތި. ކޮތަރު ނުމަރާތި. ބުޅާ ނުހިފާތި. މަދިރި ނުމަރާތި. ބޮޑު ޖޫރިމަނާ ކުރާނެ.

    15
    1
  11. ަލަކީ

    ޙެހެ. މިހާރު ދުނިޔެއިން ނެތިދާނެކަމުގެ ބިރުހީވެފަ ވާ ދޫނި ރާއްޖެ އައީ ކިހިނެއއް ތޯ ބަލަން ޖެހޭ ތީ ހަމަ ވިޔަފާރިޔަށް ގެންނަ އެއްޗެހި މަރާ ނުލާ ދޫކޮއްލިނަމަ ރަންގަޅު

    14
  12. ގ

    ކީއްވެ ގެނެވުނީ

    6
    2
  13. މާރިޔާ މައުތް

    ދެން މިސަރުކާރުން ސަރުކާރާ ދެކޮޅު ކަމަށް ބެލޭ ކޮމެ މީހަކު ދުއްވާލަން ކަންކުރާނެ ގޮތް ވަރަށްސާފު ދޯ!!!!!!!!!!!!!!!

    5
    1
  14. ބޮޓު

    އެބުނިހެން މިޔަރު ނުމަރާތި މަދިރި ނުމަރަާތި
    ދެން ކޮން ފްލޭމިންގޯ އެއް ހިމާޔަތް ކުރަންނޭ ކިޔާފަ ކުޅުނު ކުޅި ގަނޑެއް.
    ތި ފިޝަރީސް މިނިސްޓަރަކު އައިސްފޮއްޓައްލާ އިތާލަންވީ.

  15. ރާޝިދާ /ހުޅުދޫ

    މިއަށްވުރެ ނުރައްކާތެރި މީހުންނާއި ޖަނަވާރު ވެސް ރާއްޖޭގައި އުޅުމުގެ ފުރުސަތު އޮތް އިރު ތިހެން ހަދަން ހެޔޮ ނުވާނެނު ، ސަލާމް ލެއްވި ސުލައިމާން ޢަލައިހިއްސަލާމް ގެ ބިޔަ ލަސްކަރު ވާދިއް ނަމުލް ، ކިޔުނު ސަރަހައްދުން އައި ހިނދު ހިނި ތަކަށް ހޮރުތަކަށް ވަނުމަށް ޢަމުރު ކުރެވުނެވެ. އެއީ ހިނިތައް އެތަނުގައި ތިބިކަމުގެ އިހްސާސް ނުވެ ލަސްކަރުގެ ދަށުވެ މަރުވެދާނެ ތީ ނޫންތޯ . ފުރާނަތަކަށް އިސްލާމް ދީންކުރާ ޤަދަރު .