އަވަށްޓެރި ސްރީލަންކާއިން ރާއްޖެއަށް 50،000 ރުއް ގެންނަން ނިންމައިފި އެެވެ.

ލަންކާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރުއް ގެންނަށް އެދިވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން އެވެ.

މިނިސްޓަރު އެދިވަޑައިގެންނެވީ ލަންކާގެ ކޮކޮނަޓް ރިސާޗް އިންސްޓްއިޓް (ސީއާރުއައި) އިން ހައްދާ ހައިބްރިޑް ކޮލިޓީ ރުއްތަކެއް ރާއްޖެ އަށް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

ލަންކާގެ އިންޑަަސްޓްރީ އެންޑް ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރަނާ ވިދާޅުވީ ސީއާރުއައިއާ ކޮކޮނެޓް ކަލްޓިވޭޝަން ބޯޑާ ގުޅިގެން އެކަމަށް އެހީތެރިވެދޭނެ ކަމަށެވެ.

މިހާރު ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެެއް ކަމަކީ ރުއްތަކަށް ޖެހެމުންދާ ބަލިތަކެވެ. އެހެންވެ ރުށްތައް މަރުވެ އަދި އެކަށީގެންވާ ވަރަށް ކާށި ވެސް ނުލިބޭތީ ކާށީގެ އަގު ވެސް ވަނީ ބޮޑުވެފައެވެ.

އެހެންވެ މިދިޔަ މަހު ވަނީ އިންޑިއާގެ ކެރެއްލާއިން 5000 ރުއް ރާއްޖެ ގެނެސްފަ އެވެ. އަދި އެ ރުއްތަކުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެ ރުއްތައް މިހާރު ވަނީ އިންދާފައެވެ.

ފިޝަރީޒް މިނިސްޓަރު ދާދި ފަހުން ވިދާޅުވީ މަޑިއެއްގެ ސަބަބުން ރުކަށް ބަލި ޖެހޭ ކަމަށާއި އޭގެ ސަބަބުން މަޑި ޅަ ބޮންތި ކާ ކަމަށެވެ. މީގެ ސަބަބުން ފަނަށް ގެއްލުންތައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހުދު ކޫޑި އާއި ކަޅު ކޫޑިވެސް ގަސްތަކަށް ޖެހޭ ކަމަށާއި، ކޫޑިއާ ދެކޮޅަށް ގައުމީ ފެންވަރުގައި ހަނގުރާމައެއް ފަށާ ހިސާބަށްވެސް ގޮސްފައިވާ ކަމަށްވެސް ޑރ. ހުސައިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މެކޭ

    މީ އަޅެ ދެން ކޮން ސަކަރާތެއް. ރާއްޖޭގަވެސް ރުއް އުފެއްދޭނެ ދޯ.. ވަލުތެރެއަށް ފައިބާފަ އޮންނަހާ ކާށި ހޮވައިގެން ނާރސަރީއެއްގަ ހެއްދީމަ ވީއެއްނު. ކޮންމެވެސް ބަޔަކަށް މަންފާއެއް ހޯދަދޭން ކުރާކަމަކަށް ނޫނީ ނުވާނެ.

    11
    2
  2. މޫސަބޭ

    ދިވެހިންގެ ގައުމީ ރުއްވެސް ދިވެހިންނަށް އާލާކޮށް ބޭނުން ނުކުރެވުނެވެ!!!!

    11
    1
  3. ރުއްބުޑު

    ފުރަތަމަ ބަލަންވީ މިހާރު މިފެތުރެމުންދާ ބަލިން ރުއްތައް ސަލާމަތްކުރެވޭތޯ. ދެން ބޭރުން ރުއް ގެންނަންވީ.

  4. ސާކިރުބެ

    ބޭރުންގެންނަރުކަކަށް ބަލިޔެއް ނާރާނެތަ ރުއްތައްހަލާކުކުރާ މަޑި ނައްތާލަންވީ ބޭކާރު ހަރަދުނުކޮށް

  5. އިދުރީސް

    މިސަރުކާރުން ދުނިޔޭގެ ގައުމުތަކަށް ދައކަން މިއުޅެނީ މިރާއްޖެއަކީ އެއްވެސް އެއްޗެއް އުފެއްދޭ ތަނެއް ނޫންކަމާ މިރާއްޖޭގެ މީހުންނަކީ އެއްވެސްކަމެއްކުރަންދަންނަ ބައެއްވެސްނޫންކަމާ ބޭރުގައުމުތަކުން އެހީ ނުލިބި ނޫޅެވޭކަން. ބޭރުގެ އެހީނުލިބިއްޖެނަމަ ރައްޔިތުން ބަނޑަށް ޖެހޭނެކަން.

    1
    1
  6. އަބްދޫ

    2008 ގަ އައި އެމްޑީޕީ ސަރުކާރުން 3600000 ރުފިޔާ ފެންފޯއް ރުއްގަތުމުގެ ނަމުގަ ހަރަދު ކުރި ށ.އަތޮޅު ފީވަކުންގެނައީ 100 ފެންފޯރުއް . އެ ރުއްގަތީ 1000 ރުފިޔާއަށް ރުކެއް . އެއީ އެއްލައްކަ ރުފިޔާ ބާކީ ފައިސާ ކޮބާ ؟ ރުށް ކޮބާ؟

  7. މޮޔަމީހާ

    ޜާއްޖެގެ އެބަހުރި ރުށް އެމަދީތަ،،،،ހޮވައިގެން އިންދަންވީ،ހަރަދު ވަގުތު ކުޑަވާނެ!؟

  8. އެޑަމް

    ކާށި ނުލިބެނީ ރުއް މަދުވެގެންނެއް ނޫން. ކާޓަށްވުރެން ކުރުނބާގެ އަގު ރަގަލުވެފަ ވިއްކަން ފަސޭހަވީމަ ކުރުނބާގެ ގޮތުގަ އަޅާތީ. މާލޭގަ އަދި ރިސޯޓުތަކުގަ ކުރުނބާގެ ޑިމާންޑު އެހާބޮޑުވީމަ. ރާއްޖޭގެ ރުއްތަކުން ކުރުނބާ ހުސްވެ އަގު އިންތިހާއަށް އަރައިގެންދާފަހަރު އާދޭ. ދެން ކާއްޓަށް ވާން ރުކުގަ އެއްޗެއްނުހުންނަންޏާ ކޮން ކާއްޓެއް ލިބޭނީ.