ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު މަގާމުގެ ގާނޫނީ ހުވާ ކުރައްވައިފިއެވެ.

މެންބަރު ރާޝިދުގެ ގާނޫނީ ހުވާ ކުރެއްވީ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ގާނޫނީ ހުވާ އޭނާއަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރަކަށް އިންތިޚާބުވި ރާޝިދު ހުންނެވީ ށ.ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ. ރާޝިދަކީ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސްއަކަށް ވެސް ކުރެއްވި ބޭފުޅެކެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ރާޝިދު ކާމިޔާބު ކުރެއްވީ 1،401 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއަށް 1،161 މީހުންގެ ވޯޓު ލިބިވަޑައިގަތެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއަށް ލިބިވަޑައިގަތީ 323 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާދަނު

    ބިރުދެއްކުމުގެއިތުރުން ބޮޑުއަގުދީފަ ރިޝްވަތަށް ވޯޓުގަނެގެންވިޔަސް އޯކޭތާ ދޯ؟ ތިޔަށްވެސް ހަމަ ކިޔާނީ ޢިއްޒަތްތެރި މެމްބަރުވިއްޔާ! މަރުޙަބާ ޢިއްޒަތްތެރި މެމްބަރު

    9
    1
  2. 13ވގ

    މި އަނެތްކާ ލިޔުމުގެ ކުށެއްބާ ޕޕ ބުނަނީ ސޭކް ފަތުކީ ޔޯ ހުވާކުރާނި

  3. ހަސަނާ

    ސްޕުރިމް ކޯޓުން ވަކިގޮތަކަށް ނުނިންމަނީސް ހުވާކުރުމަކީ ޤާނޫނާއި ހިލާފްކަމެއް.އިންތިހާބާ މެދު ބޮޑެތި ޟައްކުތަކާއި ފާއިސާ ނުފޫޒުގެ ތުހުމަތު އެބައޮތް .އެހެންކަމުން ސްޕްރީމްކޯޓުން މިކަމަށް ފަރުވާއެއް ދޭން ޖެހޭ

  4. ރައްޔިތުން

    ޔަކް. ޑިމޮކްރަސީ އަކީ މީދޯ؟ ގަނެފަ ހުރި ގޮނޑިއެއް.

  5. ޙަަަހަ

    ކޮބާ ދާއިމީ ނަތީޖާ