ހުޅުމާލޭ ދެވަނަ ފިޔަވަހިން ވިއްކާ 60 ބިމުގެ ތެރެއިން ބީޗް ފްރަންޓްގެ 26 ބިމަށް 211 މީހަކު މިއަދު ބީލަން ހަށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 60 ބިން ބިއްކަން ނިންމާފައިވަނީ މާލޭގެ މީހުންނަށެވެ. އެޗްޑީސީން ވަނީ 1،603 އެކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ވިއްކުމަށް ނިންމާފައެވެ. މިއަދު ބީލަން ބަލައިގަތީ އެ ބިންތަކުގެ ތެރެއިން ބީޗް ފްރޮންޓްގެ 26 ބިމެއްގެއެވެ. ބާކީ 34 ބިން ވިއްކާނީ ބީޗް ސައިޑުން ކަމަށް ވާއިރު، އެ ގޯތިތަކުގެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 16 ގަ އެވެ. ނަމަވެސް އެ ބީލަން ހުޅުވުން ބާއްވާނެ ތަނެއް އަދި ނުނިންމައެވެ.

ބިންތަކަށް ބީލަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަދު ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ. ބީލަން ފޯމު ހުޅުވުން އޮންނާނީ މެންދުރު 1:00 އިން ފެށިގެން ހ. މީރުމާގެ ފަސް ވަނަ ބުރީގައި ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ބިންތަކުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަން ޖެހޭއިރު، ގޯތިތައް ދޫކުރާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ މީހުންނަށެވެ.

އެޗްޑީސީން ބުނީ، ފޯނު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުން ކޮންމެ ބީލަން ފޯމަކާއި އެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެކަކަށް ކަމަށާއި ހާޒިރުވާ ފަރާތްތަކުން އެޗްޕީއޭގެ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވ.ެ