ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން އިސްވެ ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭން ކުރިޔަށް ގެންދަވަނީ މިލިއަނުން ހަރަދުކޮށްގެން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރ ހަމީދު މިފަދައިން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ދިރާސާއަށް ސުވާލު ކުރުމަށް މިއަދު 241 ކޮމިޓީއަށް މައުލޫމާތު ދެއްވަމުންނެވެ.

މިގޮތުން މި ކެމްޕެއިނަކީ ސިޔާސީ ޕާޓީތަކަކުން ބައިވެރިވެގެން ވަރަށް ރޭވުންތެރިކަމާއި އެކުގައި ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތް ކުރިޔަށް ގެންދަނީ 3 މިލިއަނުން 4 މިލިއަނުން ހަރަދުކޮށްގެންކަން އެނގިފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މި ކެމްޕޭންގެ ފަހަތުގައި އޮތް އަސްލު މަގުސަދު ވެސް އެނގިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިއަދުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ވެސް އަދި އެނޫން ގޮތަކުން ވެސް ގެއްލުމެއް ވެދާނެ ކަމެއް ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޮމިޝަނަރު ހަމީދު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ތިބުމަކީ މައްސަލައެއް ނޫންކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ބުރޫއަރާ ކަމެއް ކުރާކަމުގެ މައުލޫމާތެއް ފެނިފައި ނޫނީ ލިބިފައި ނެތް ކަމަށާއި ދުނިޔޭގެ ސްޓްރެޓެޖިކް ސެކިއުރިޓީ ކަންތައްތަކުގައި އެއް ގައުމުން އަނެއް ގައުމުން އެހީވުމަށް، އެކި ގައުމުގެ ސިފައިން ހަރަކާތްތެރިވާކަން ސީޕީ ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އެއްވެސް މަސައްކަތެއްގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނުވޭ ތިޔަ ވިދާޅުވީ ބީދައިން އިންޑިއާގެ ސިފައިން ނުވަތަ ސިފައިން ކަމަށް ބެލެވޭ ބަޔަކު ރާއްޖޭގެ ތިބެގެން، އެ ކަމުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތަށް ނުވަތަ ދާހިލީ ސަލާމަތެއް ނުރައްކަލެއް އޮތް ކަމަކަށް. އަޅުގަނޑުމެންނަކަށް އަދި މިހާތަނަކަށް ފާހަގަކުރެވިފައެއް ނުއެއް ނެތް،" ސީޕީ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބެގެން ދާހިލީ ކަންކަމަށް އަސަރު ނުކުރިނަމަވެސް، އިންޑިއާ އައުޓަކީ ދާހިލީ ކަންކަމަށް ނުރަނގަޅު އަސަރު ކޮށްފާނެ ފަދަ ކަމެއްގެ ގޮތުގައި ސީޕީ ސިފަކުރެއްވިއެވެ. އަދި އެ ކެމްޕޭން ހުއްޓުވަން ޖެހޭ ކަމަށް ސީޕީގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަނެއް އަންނި

    ހަމީދުތަ ޚަރަދު ކުރަނީ ؟ ދެން ކޮބާތަ ޚަރަދުކުރާ މީހުންނަކީ؟ ހިޔާލީ ވާހަކަ ތިދައްކަނީ މިގައުމުގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަ ރައްޔިތުންނަށް މިލިޔަނުން ޚަރަދު ކުރާކަށް ނުޖެހޭނެ ހަމީދު ކަހަަލަ ޢައްދާރުންނެއް ނޫން ދެން ތިބެނީ

  2. މާޟީ

    އިންޑިއާ ސިފައިން މިގައުމުން ބޭރު ކުރޭ މިހާރު ބޮޑު ބަލާއަކައް ވެއްޖެ..

    • ބޭބެ

      އިންޑިޔާ ސިފައިން އައުޓް ވާންވީ! ކޮމިޝަނަރު ހަމީދު މިބުނަނީ އިންޑިޔާ ސިފައިން ތިބުމަކުން ރާއްޖެއަށް އެއްވެސް ނުރައްކަލެއްނެތޭ އެހެން ގައުމުތަކުގަވެސ ޑިފެންސް އެޓާޗޭއިން ތިބެޔޭ!! ޑިފެންސް އެޓާޗޭއަކީ ގައުމަކުން ކަނޑއަޅާފައި ހުންނަ އެންމެ މީހެއް ސިފައިންގެ މީހެއް! އަދި އެމީހަކު ހުންނާނީވެސް އެމީހާ ފޮނުވާ ނުވަތަ އެމީހަކު ނިސްބަތްވާ ގައުމުގެ އެންބަސީގައި!! ހަމީދު އޮޅުވާލަން ނޫޅޭ! އެއީ ގައުމެއްގައި ސަރަޙައްދުތަކަށް ބަހާލައިގެން އެހެން ގައުމެއްގެ ފައުޖުތައް ދާއިމަށް ތިބުމެއްނޫން!! މިރާއްޖޭގައި ތިން ސަރަޙައްދެއްގައި 75 އިންޑިޔާ ސިފައިން ތިބިކަމަށް ސަރުކާރުން އެބަބުނޭ!! އެވެސް ސިއްރު އެއްބަސްވުންތައް ހަދައިގެން ގާނޫނުއަސާސީއާ ޚިލާފަށް! އަދި މިރާއްޖޭގެ ގާނޫނުތައްވެސް އެމީހުންގެ މައްޗަށް ނުހިނގާގޮތަށް!! މިރާއްޖޭގެ ރައްޔިތުން ނޭދޭ މިރާއްޖޭގައި އެތޮތަށް އިންޑިޔާ ސިފައިން ތިބޭކަށް! އިންޑިޔާ ސިފައިންގެ އެޓާޗޭއަކު މިގައމުގައި ހުންނަ އިންޑިޔާގެ އެންބަސީގައި ހުރުން އެއީ އަދި މުޅީން އެހެންކަމެއް!!

  3. ސުވާލު

    ލާދީނީ ހަރަކާތް ތައް ކަލޭމެން ގެންދަނީ ފައްޅިަކުން ބިލިއަނުން ޚަރަދުކޮށްގެން.

  4. އަބްދޫ

    india sifain thibii gaanoonu asaaseege 251 ge noon aai hilaafah ah kamuga vaathi india out kiyanee gaanoon asaasee bunaa gothun e egreement takakee baatil egereement takeh.

  5. ނާދިރާ

    އެމްޑީއެން

  6. ހަނި

    އަޅުގަނޑު މެ.ންގެ ގައުމަކީ ހަނގުރާމަ އެތްގެ. ތެރީގާއޮތް ގަމެތް ނޫނެކެވެ ބޭރުގެ ސިފައިން. ތ ތިބޭކަށް ނުޖެހޭނެ އިންޑިޔާ ސިފައިން އައުޓް އައުޓު. އައުޓް. އައުޓު. އައުޓް

  7. ކޮވިޑް

    ލާދީނީ ރިޕޯޓް ނެރެން ކިހާވަރެއް ހަރަދު ވިތޯ؟ ހަރަދު ކުރީ ކޮންބަޔެއްތޯ؟ ލާދީނީ ރިޕޯޓް ނެރުމުގައި އިންކޮށް ހުރި މީހަކު ސީޕީ ކަމުގެ މަޤާމުގާ ހުރީ ކޮންފަދަ މަޖުބޫރީ ހާލަތެއް އޮވެގެންކަން ކަލޭ ބުނެބަލަ ކިރު ކަކުންޏާ؟ އަޅެ ލަދެއް ހަޔާތެއްވެސް ނެތިއްޔޭ ދޯ؟ # އިންޑިއާ އައުޓް #

  8. ހަސަނާ

    އެމްޑީއެން ހަމީދު ކިހާަވަރެއް ހަރަދުކޮށްގެން އެމްޑީއެން ރިޕޯޓް ނެރުނީ
    ކޮބާ ހެކި.އަހަރެން މިކިޔަނީ އިންޑިއާ އައުޓް .މަށަކަށް ނުލިބޭ ބައިލޯ އަނައެއް ވެސް.

  9. ޖާބެ

    secular agenda ingenee fundukohgen secular adi corruption verikan dhmahatan beyruga ehme hadhaanee konbaeba

  10. އެމްވިި

    މީހަމަ ގަމާރެއް. އިންޑިޔާ މީހުން އެދޭ ބަޔަކު ވެރިކަމުގަ ތިބިހާ ހިންދަކު ނުފެންނިދާނެ. ނިކަން ބަލަންތިބޭތި ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބު. ނިމިދިޔަ ބައި އިލެކްޝަންވެސް އިންވެސްޓިގޭޓް ކޮއްފިއްޔާ ފެންނާނެ

  11. ހުސޭނުބޭ

    އެބުނާ މިލިއަނުން ޚަރަދުކުރަނީ ސީޕީ ހަމީދު.

  12. ކައުންސެލަރު

    އަނެއްކާ އަނެއްކަރާ ފަޅާލީ. ލާދީނީ ހަރަކާތް ކުރިޔަށް ގެންދަނީ ކިހާވަރެއް އަންދައިގެންބާ?

  13. ޑައެލޯގް

    ރާއްޖޭގައި ލާދީނީހަރަކާތް ހަމީދުމެން ހިންގަނީ ފައްޅިތަކުން ބިލިއަނުން ލިބިގެންނެވެ.

  14. ދިވެހި ދަރި

    މަށަކަށް ނުލިބެ ލޯ ލާރިއެއްވެސް. އެކަމަކު މި ބުނަނީ ސާފުކޮށް :

    އިންޑިޔާ އައުޓް! އިންޑިޔާ އައުޓް! މޯދީގެ ހައްދުފަހަނައެޅި ސިޔާސަތުގެ އިންޑިޔާ ސަރުކާރު އައުޓް!

  15. India out

    India out India out India out India out

  16. ބުއްޅަބޭ

    ޗައިނާ ސިފައިންވެސް ބައިތިއްބަން ފެނޭ...

  17. ބުއްޅަބޭ

    ހަމީދު އިސްތިއުފާ!

  18. out

    mikaleygeyaa kon behey kameh??

  19. ކޮއްޔާ

    މިލިއަނުން ވިކިފަތިބޭއިރު ގޭމީހުން ރުހޭނެހެން ބަހެއް ބުނެލަނީ //

  20. ބަކުރު

    ރާއްޖޭގައި ލާދީނީ މީހުންގެ ހިތްވަރު ގަދަވަނީ ހަމީދުގެ ލާދީނީ ޖަމުއިއްޔާއިން ބިލިޔަނުން ހަރަދުކޮށް މޯދީގެ ފަންޑުފޮށިގެ ބައިންވެސް މިލިޔަނުން ހަރަދު ކުރާތީއެވެ މިކަމާ ބަހެއްބުނަންވެސް މިބުނީ އިލްމުވެރިންގޮސް ސޯލިހާއި ބައްދަލުކުރީމަވެސް ހިނިގަނޑަކުން ނިންމާލަނީވެސް އެހެންވެގެންނެވެ.