ރާއްޖެ އެތެރެ ކުރި އިތުރު 266 ދޫނި އަނިޔާވެރިކޮށް ސަރުކާރުން މަރާލައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި 266 ދޫނި މަރާލާފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައެވެ. އެދޫނިތަކަކީ ފަރުބިތު ޕެޓްސް އެންޑް އެކުއޭރިމްއިން ރާއްޖެ އެތެރެ ކޮށްފައިވާ ދޫނިތަކެކެވެ.

އިއްޔެ މަރާލާފައިވާ ދޫނިތަކުގެ ތެރޭގައި ހިމެނެނީ "ސޮސައިޓީ ފިންޗް" ގެ 72 ދޫންޏާއި "ޖާވާ ފިންޗް" ގެ 194 ދޫންޏެވެ. މި ތަކެއްޗަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ރާއްޖެ އެތެރެ ކޮށްފައިވާ ދޫނިތަކެވެ. މިދޫނިތައް ވެސް މަރާލީ ފިޝަރީޒް މިނިސްޓްރީންނެވެ.

އިއްޔެ ފިޝަރީސް މިނިސްޓްރީން ވަނީ ދޫނީތަކުގެ ވެރިފަރާތަށް އެދޫނިތައް މަރާލާކަން އަންގާފައެވެ. އެހެން ނަމަވެސް މަރާލަން ނިންމީ ކީއްވެކަން އަންގާފައި ނުވާކަމަށް ވެރިފަރާތުން ވަނީ ބުނެފައެވެ.

އިތުރު 266 ދޫންޏެއް ފިޝަރީޒް މިނިސްޓްރީން މަރާލާފައިވާއިރު، އިއްޔެ 130 ދޫންޏެއް މަރާލި މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައުމުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެތަނުން ބައެއް ތަކެތި އައިސް ފޮށިތަކަށް ލައި ބަންދު ކޮށްގެން މަރާލާފައިވާއިރު، ބައެއް ދޫނިތައް މަރާލާފައިވަނީ އިންޖެކްޝަން ޖަހައިގެންނެވެ.

266 ދޫނި މަރާލި މައްސަލައާއި ގުޅިގެން އަދި ފިޝަރީސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތެއް ނުވެފައެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ މަރާލި ދޫނިތަކުގެ އަދަދު މިހާރު 396 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖަލްނީމާ

    މި 100 ސަތޭކަ މުސްލިމުން އެއްޗެހި މަރާލަން މިހާވަރެއް މިހުންނަނީ ކީއްވެ؟

  2. bob

    އަޅެ ދެން މީ ކިހާދެރަ ކަމެއްތަ؟

  3. މީދެންބަލތ

    ގައުމެތްނެތް އިންސާނުން ވެސް މަރާނެ މިވަރުންދަންޖާ މީފެށުންތޯއްޗެ ޓެސްޓު ބުރުތައް ފަށައިގެން ކަންނޭންގެ މިއުޅެނީ

  4. ޔޫޕެ

    ރާޖެ މަސްތުވާތަކެތި އެތެރެކުރާމީހުންވެސް ކީވެގެންތޯ ؟ މަރާނުލަނީ ދޫނިއެތެރެކުރީމާ މަސްސަލައަކީ ހެއޮނުވާނެ މިހިންހަދާކަށް މީހަމައިންސާނުންބާ

  5. nizaam

    Thiya hussen rasheedh thiyaee rayyithunnah jessun kuraa meeheh. dhuvaskolhakahmagaameh otheema varah fuppaafa ulhey meeheh. Dhevvifaraathun gendhaanekan hithah ves naaraa kahala

  6. ހަސަން

    މިސަރުކާރުގެ ހުރި އަނިޔާވެރިކަން ތި ފެންނަނީ.

  7. އަންނި

    މިދެން ކިހާބޮޑުބަލާއެއް ކިންބުލެއް އެރިޔަސް އެބަ ކޮށި ހަދާފަ ބާއްވައޭ 30 އަހަރުވަންދެން ހަމަ ދޫނިކޮޅުވެސް މަރައިނުލާ އެހެންގޮތެއްވެސް އޮންނާނެ ދޯ.

  8. މމމމ

    ހާދަ ދޫނި މަރާހިތްވެގެން ތިއުޅެނީ، ތިކަން ވާގޮތަކީ ގަވާއިދާއި ޚިލާފަށް އެތެރެކުރިޔަސް އެތަނުގަ ތިބޭ މީހުންނަށް ކަޓް ދީފިއްޔާ އެ އެއްޗެއް ނެރެދޭނެ، ނުދީފިއްޔާ އެމީހުން އެ އެއްޗެހި މަރާލަނީ، ބައެއްފަހަރު އެގޮތަށް ހިފެހެއްޓިފަ ހުންނަ ދޫނިތައް މާލެ ގެނެސް ނުއަގުގަ ވިއްކަން ވެސް ވިއްކާ

  9. ނަނާ

    މީ ސަރުކާރުގެ ވެއްޓުން މިހާ ރަހުމެއް ނެތް ބަޔަކަށް ވޯޓުލާން ހެޔޮނުވާނެ ! މިމީހުންނަކީ ރަހުމެއް ހަމްދަރުދީ އެއް ހުރިބަޔެއް ނޫން! ގައިމު އެ ދޫނިތައް މަރަން ތެޅޭތަން ބަލަން ކެތް ކުރެވޭނީ ހާދަ އަނިޔާވެރި ބަޔަކަށޭ !! އަހަރެން ހަަމަ އަންތަރީސް ވެއްޖެ ! މީ ހަމަ މުސްލިމުން ބާވައޭ ހިތަށް އަރާ ! ދިރޭ ތަކެއްޗަށް އޯގާތެރި ވުމަށް އަހަރެމެންގެ ލޮބުވެތި ރަސޫލާ ( ސޢވ) ވަނީ އަންގަވާފަ ! ވީއިރު މިވަރަށް އަނިޔާ ވެރިވާންވީ ކީއްވެބާ؟؟ އެދޫނިތަކުގެ ކުށަކީ ކޮބާ ؟؟ ހިތްފަޅާގެން ދާވަރު ވެއްޖެ 💔

  10. ރަބަރޭ

    މީހުން މަރާ އެކަން ކޯޓުތަކުން ސާބިތުވުމާ ހަމައިން ވެސް މަރަށް މަރެއް ނުހިފާ ކާންދީގެން ފަލަކޮށްގެން ޖަލުތަކުގައި އަރާމުގައި ގެންގުޅެނީ އިސްލާމް ދީނުގައި އޮންނަ ގޮތަށް ކަންތަކެއް ނުކުރޭ ދޫނިތަކުގެ އާރެއް ބާރެއް ނެތީމަ ތަންކޮޅެއް ނިކަމެތި މީހެއްގެ އެއްޗެއް ވީމަ ރަހުމު ކުޑަގޮތަކަށް މަރާލީ ސަރުކާރުގެ ބާރުހުރި މީހެއްގެ ދޫނިތަކެއް ނަމަ ނުމެރޭނެ

  11. ބާސިރު

    ގަވާއިދާ ހިލާފަށް ދެން އެތެރެވާ މީހުންވެސް އޮންނާނީމެރުންބާ؟