ރާއްޖެ އެތެރެކޮށް ސަރުކާރުގެ ކަރަންޓީން ފެސިލިޓީއެއްގައި ތިއްބާ އިއްޔެ މަރާލި ދޫނިތަކުގެ އަދަދު 500 އަށް އަރާފައިވާކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ފިޝަރީޒް މިނިސްޓްރީން ބަލަހައްޓާ ކަރަންޓީން ފެސިލިޓީގައި ތިއްބާ މަރާލި ދޫނިތަކުގެ އަދަދު 500 އަށް އަރައެވެ.

ފިޝަރީޒް މިނިސްޓްރީން ދޫނިތައް މަރާލި މައްސަލަ ފުރަތަމަ ސަމާލުކަމަށް އައީ ޕެޓް މާސްޓާ އިން އެތެރެ ކޮށްފައިވާ 130 ދޫނި މަރާލުމުންނެވެ. އެމައްސަލަ ހޫނުވެފައި ވަނިކޮށް މިރޭ ފުރަތަމަ ކަށަވަރު ކުރެވުނީ ފަރުބިތު ޕެޓްސް އެންޑް އެކުއޭރިމްއިން އިން ރާއްޖެ ގެނެސްފައިވާ 266 ދޫނި ވެސް ފިޝަރީޒް މިނިސްޓްރީން އިއްޔެ މަރާލާފައިވާ ކަމެވެ.

130 ދޫނި މަރާލި މައްސަލަ އިއްޔެ މީޑިއާއަށް ތިލަވެ މައްސަލަ ހޫނުވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދޫނިތައް މަރާލުމާއި ގުޅޭ ގޮތުން ރިޕޯޓެއް ތައްޔާރުކޮށް އެމަނިކުފާނަށް ރިޕޯޓް ހުށަހަޅަން އަންގާފައި ކަމަށް ރައީސް އޮފީހުން މިއަދު މައުލޫމާތު ދީފައިވެއެވެ.

ދޫނިތައް މަރާލުމަށް ފަހު ފިޝަރީޒް މިނިސްޓްރީން ފުރަތަމަ ބުނީ ދޫނިތައް މަރާލީ އެޓާނީ ޖެނެރަލް އެގޮތައް ލަފާ ދެއްވުމުން ކަމަށެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ. އެއޮފީހުން ވިދާޅުވި ގޮތުގައި ދޫނިތައް ގެނައި ގައުމަށް އަނގުރާ ފޮނުވާލުމަށާއި އެކަމަށްދާ ހަރަދު ދޫނިތައް އެތެރެކުރި ފަރާތުން ކުރަން ޖެހޭނެ ކަމަށް އެމިނިސްޓްރީން ފިޝަރީޒް މިނިސްޓްރީއަށް ލަފާދިން ކަމަށެވެ.

ދޫނިތައް މަރާލުމާއި ގުޅިގެން މިއަދު މާލޭގައި ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Hehe

    Hisaabi nubai

  2. Boduvaru

    Jabbaaree hisaabah vuren, dhiri huri furaana thakeh viyya alhe eii ves.!

  3. ހުސޭނުބޭ

    ސަރުކާރުން ދޫނިތައް މަރަނީވެސް. ދެން ނުދެނެހުރިކަމަށް ހަދައިގެން މި މީހުންގެ ބޮޑުން މޮޅެތިވީހާ ބަޔާނެއް ދޭނެ. މުނާފިގުކަމުން އިންތިހާ

  4. ބީތާ

    އިންސާނުން ވެސް ޖެހިލުމެއްނެތި މަރާ ތަނެއްގަ ޖަނަވާރު ދޫނި ސޫފާސޫފި ތައް މަރާލަން އެއްވެސް ކަމެއް ނޫނެއްނު މި ރާއްޖޭގަ

  5. ކޮތަންވަލި އިކުލީލް

    ރަހުމްކުޑަ ސަރުކާރެއް! މިނިސްޓަރު އިސްތިއުފާ!

  6. ލީނޯ

    ބަރަކާތުގެ ވާރޭއިން މަހުރޫމްވެދާނެފަދަކަމެއްކަން ކަށަވަރެވެ.

  7. ލީނޯ

    ފުރާނައެއް ދުއްވާލަން ފަސްނުޖެހޭނެ ބައެއްކަން އެނގިއްޖެ.

  8. Anonymous

    ބަލާބަލަ! 500 ދޫނި މަރާލުމަކީ 500 އުންމަތް މަރާލުން ފަދަ ކަމެކޭ. ހާދަހާ ބޮޑު ނުބައި ކަމެކޭ ތިކުރީ. ތިކަން ކުރި ބަޔަކު ނަރަކައިން ސަލާމަތްވާނެބާ؟

    1
    1
  9. ނަސީރު

    Aharennakyves ekikahal dhooni dh me v lobi vaa meeheh , dhooniyhah mataalumakee bodu kusheh kamah aharen gaboolu kuran ,dhooniyhah maraalumugai ihumaaluvaa meehunnah fiyavalhu jaheyne

  10. Hi

    Mihaaru India ga hingamun dhaa kanthahgandu keehvetha dhivehinge samaal kameh nulibenee. Muslim anhenunge auraa aa behey iruves evaahaka nudhahkaa. Mujaaharaaves kuran jihey.India veema birudhw .. dhoonithakah samaal kan dhey han dheenuge ehan kanthakaaves samaal kan dheebala. Aee amihla fashandu ga noonviyas

  11. ޢަލީ

    ދޫނިގެނައި ފަރާތަށް ބަދަލުގޮތުގައި ރިސޯޓެއް ލިބޭނެ، ދެރަނުވޭ، މިސަރުކާރުގެ ބަދަލު ދިނުމުގެ ޕްރޮޖެކްޓަށް ދޫނިގެނައިފަރާތް މިހާރު އޮތީ ނޯޓް ކޮސްފައި، އަވަހަށް ރަށެއް ފާހަގަކުރޭ،

  12. Vv

    Keehvetha ma liyunu comment post nukuranee 🤬

    1
    1
  13. އަހައްމަދޫ

    mi othee dhooni maraa moosum aissa thaa