ރާއްޖެ އެކި ގައުމުތަކާއެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ "އިންޑިއާ އައުޓް" ބިލަށް އެމްއެންޕީން ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު އެމްއެންޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިހްތިރާމްކުރަން ޖެހޭ ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މަޖިލީހަށް ބިލެއް ހުށަހަޅައި ފާސްކުރެވިދާނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ގައުމަކާއި ދޭތެރޭގައި ނުރުހުން ފާޅުކޮށް މީހުން ދައްކާ ވާހަކައިގެ މައްޗަށް ބިލެއް އުފައްދައި ފާސްކުރުމައީ ކުރެވޭނެ ކަމެއް ކަމަށް މި ޕާޓީން ނުދެކެެނެ. އެއީ މި ޕާޓީން ތާއީދުކުރާ ކަމެއް ނޫން." ނާޒިމް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ބިލަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފާސްކުރި އަބުރުގެ ބިލް ފަދަ ބިލެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ޔާމީންގެ ސަރުކާރުގައި އަބުރުގެ ބިލާއި ގުޅިގެން ލިބުނު އަނިޔާތަކުގެ ވާހަކަ އޭރުގައި ވަރަށް ބޮޑަށް ދެއްކި ކަމަށާއި ވެރިކަން ލިބުމުން އެފަދަ ކަމެއް ތަކުރާރުކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވީ އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ކުރިއަށް ދަނީ ސަރުކާރުގެ ދެފުށްފެންނަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އަދި އެއްވެސް އެގްރިމެންޓެއް ސިއްރުކުރަން ޖެހޭނެކަމަށް ނުދެކޭކަމަށް ނާޒިމް ވިދާޅުވިއެވެ. އެގްރިމެންޓްތައް ހާމަކަންމަތީ ރައްޔިތުންނާ ހަމައަށް ދާނަމަ، ޝައްކުކުރުމުގެ ޖާގަ ރައްޔިތުންނަށް ނުލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އައުޓްގެ ގާނޫނު ފާސްކުރަން އެމްއެންޕީ އިން ދެކޮޅު ހެދިނަމަވެސް އެޕާޓީން ވަނީ އިންޑިއާ އައުޓް ހަރަކާތާއި ވެސް ދެކޮޅު ހަދާފައެވެ. އެއްވެސް ގައުމަކާއި މެދު ނަފްރަތު އުފެދޭނެ ފަދަ ކަންކަން ކުރަން ތާއިދު ނުކުރާކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވާ މީހުން ހަމަހަށް ޖަލަށް ލެވޭ ގޮތައް އެކުލަވާލާފައިވާ ބިލް މަޖިލީހަށް ހުށަހަޅަން އިއްޔެ އެމްޑީޕީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެއްޔާ

    ނާޒިމް ވިދާޅުވީ އިންޑިއާ އައުޓް ފަދަ ހަރަކާތްތައް ކުރިއަށް ދަނީ ސަރުކާރުގެ ދެފުށްފެންނަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އަދި އެއްވެސް އެގްރިމެންޓެއް ސިއްރުކުރަން ޖެހޭނެކަމަށް ނުދެކޭކަމަށް ނާޒިމް ވިދާޅުވިއެވެ.

    21
  2. ތެދު

    އަހަކިހިނެއް ތިހެދީ ތިވެސް މޮޅުއުކުޅެއްދޯ..؟! އެމްޑީޕީ ފަހަތުގަނޫންކަން ދައްކަން،،؟! އެކަކުނުދިނަސް އެމްޑީޕީ (ލާދީނީން) ވޯޓްދީނިއްމާނެކަން އިނގޭދެއްތޯ..؟! ކޮމަންޑޫ ވޯޓްގަވެސް ގަތީ ތިގަނޑު...؟! ރައްޔިތުންގުނބޯހެއްދުން

    11
    1
  3. ރަބަރޭ

    ތިޔައީ ބަޑި ޕާޓީ

    16
    3
  4. ަސދަސދ

    ނާޒިމަކީ އިންޑިއާ ޕަޕެޓެއް. ޔާމިން ޖަލަށް ލިޔަސް ދެން ނާޒިމަކަށް ވޯޓެއް ނުދޭނަން.
    ސަބަބަކީ؟ ކުރިން ދެއްކީ މުޅިން އިނޑިއާގެ ދިފާއުގައި ވާހަކަ. މިހާރު ބަދަލުވި ސަބަބަކީ ޕޮޕިލަރިޓީ ދައްވީމަ.

    21
    2
  5. ތި އް ތި

    ކަލޭމެން 2 މީހުންގެ ވާހަކަ ހުންނާނީ ތިހެން!