ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

އެރަށު ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން މިއަދު ދިން މައުލޫމާތަށް ބަލާއިރު މަސައްކަތުގެ 82 ޕަސެންޓް ވަނީ ނިމިފައެވެ. އަދި އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

އެ މަޝްރޫއުގެ ދަށުން އޯޕީޑީ އިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި، އިމަރޖެންސީ ރޫމް އިމާރާތް ރެނޮވޭޓް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ހޮސްޕިޓަލަށް މޮޅުނަމެއް ކީމަ ހީކުރީ ހޮސްޕިޓަލް ހުރިތަނުގަ 10 ބުރީގެ އާއިމާރާތެއް މިހާރު ހޮސްޕިޓަލް ހުރި ބޮޑުމަިނުގަ ހަދަނީ ކަމަށް.މިހާރު މިހަދަނީ ދަގަނޑު ހޮޅިޖަހާ ފެންސީފްލައިވުޑް ބޭރުގަ ތަތް ކޮށްގެން ބިތްތަކެއްހެދުން ހަރުދަނާ ރަނގަޅު އިމާރާތެއް ހދަުމުންނުގެންދޭ.