ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ސިޓީއެއް މަޖިލީހަށް ހުށަހަޅާފައިވާއިރު، އެރަށު ކައުންސިލުން ވަނީ އެރަށް ސިޓީއަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން ތިނަދޫން ރަށުން ބޭރު މީހުންނަށް ގޯތި ދިނުމަށް ނިންމިއެވެ.

އެލްޖީއޭ އިން މަޖިލީހަށް ފޮނުވި އެ ސިޓީއަކީ އެރަށު ކައުންސިލުން އެލްޖީއަށް ފޮނުވި ހުށަހެޅުމެކެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމެއްގައި ތިނަދޫ ކައުންސިލުން "ތިނަދޫ ރަށުު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް" ލިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ލިޔުންތަކާއި ގުޅިގެން މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާ މަޝްވަރާ ކުރުމަށްފަހު މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

"މި މައްސަލައާ ގުޅޭ ގޮތުން ތިޔަ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެދި ދެންނެވީމެވެ". އިއްޔެ މަޖިލީހަށް ފޮނުވި ސިޓީގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޓޯހާ

    ޑްރަގު ސިޓީ

    8
    1
  2. އަޖައިބު

    5000 މީހުންގެ އާބާދީ ،،، ސިޓީ ؟؟؟؟؟؟

    3
    1
  3. މަޑަވެަލި

    މޭޔަރުކަން ނުލިބިގެން މީހަކު މޮޔަވަނީއެވެ

    3
    1
  4. ގަންބަނަ

    ތިތަނުން މީހުން ބާލަންވީ ބަގާވަތްކުރި ބައިގަނޑު

    2
    2
  5. އައުޓް

    އައްޑު އަތޮޅުން ސިޓީގެ ދަރަޖަ ނެންގެވުމަށްފަހު އެދަރަޖަ ތިނަދު ރައްޔިތުން ބޭނުންވާނަމަ ދެއްވުމަށްފަހު ކައުންސިލްގެ ދަރަޖަ އައްޑުއަތޮޅަށް ދެއްވާށެވެ. ސިޓީގެ ދަރަޖައަކީ އެދަރަ ދަރަޖަފުރިހަމަ ވުމުން އޭގެ ޒާތުގައި ސިޓީއަކަށް ބަދަލުވާ އެއްޗެކެވެ.

    5
    1
  6. ސުލް

    އުފާވެރި ހަބަރެއް. މާލެ ނޫން ގޮތެއް އަތޮޅު ތަކަށް އޮންނަންޖެހޭ. އެ އަތޮޅަކުން ލިބޭ މަންފާ އަކުން އެ އަތޮޅެއް ކުރިއަރުވަން ޖެހޭ. އަތޮޅު ތަކުގެ އާމްދަނީ އިން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅީފަޅު ތަރައްގީ ކުރަން ނަގާނަމަ ކޮރޮޕްޝަންވެސް ގިނަވާނެ. މާލެ ރާއްޖެތެރެ އެއްވަރު އެއްހަމަ ވާންޖެހޭ. މާލެ ތޮއްޖެހުން ހުއްޓުވަން ހުޅުމާލެ އަކީ ހަމައެކަނި ހައްލެއްނޫން. ޒުވާނުން ޖޮބްލެސް ވެގެން އުޅޭކަށް ނުޖެހޭނެ. މާލެއަށް އައިސް ގޭންގު ތަކުގަ އުޅޭކަށް ނުޖެހޭނެ. ރާއްޖެ އަކީ އުފެއްދުންތެރިކަން ހުރި ގައުމެއް ނޫން. އެކަމަކު ފަގީރު ގައުމެއްވެސް ނޫން. ކުރިއަރަން ޖެހޭ ވަރަށްވުރެއް ފަހަތުގަ މި އުޅެނީ.

  7. ޙަސަނާ

    ސިޓީ އަކަށޯ ބަދަލުވާންވީ ރަށުގެޢާބާދީގެ ބޮޑުބައި ތިބީ މާލެގަ ކިހާދެރަކަމެއް ކޮންސިޓީއެއްތަ ގުބޯހައްދަނީ ސިޔާސީ މީހުންޖަހާ މަޅިތަކުގަ ނުޖެހިބަލަ ފުރަތަމަ ރަށުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިންމިންޖުކޮއް ޒުވާނުންގެ ހިތްތަކުގަ އިސްލާމްދީނާއިމެދުގަ ލޯބިޖައްސުވާބަލަ ތިނަދޫކައުންސިލް....

  8. މަޖީދާ

    ތިނަދޫ ސިޓީއަކަށް ބަފަލު ކުރާނަމަ އަލުން އިންތިހާބެއް ބާއްވައި މޭޔަރަކު ހޮވަން ޖެހޭނެ. މިހާރު ހުރީ ބޮލެއް. ޙުސް ބޮލެއްގެ ބަދަލުގައި މީހަކު އެމަގާމަށް ހިވަންޖެހޭ.