އިންޑިއާއަށް ތާއިދުކޮށް އައްޑޫގައި މިއަދު ވެހިކަލް ބުރެއް ބޭއްވި ހިތަދޫ ވިޝަން ޓެކްސީއަށް ޕެނަޑޯލް ރާއްޖެ ގެންނަ ގައުމު އޮޅިއްޖެއެވެ.

އައްޑޫގައި މިއަދު އިންޑިއާ އަށް ތާއިދުކޮށް ބޭއްވި ވެހިކަލް ބުރު އިންތިޒާމް ކުރީ ވިޝަން ޓެކްސީ އިންނެވެ. އެޓެކްސީ ބުރުގައި މައި ޓެކްސީ ސެންޓަރު ވެސް ބައިވެރިވިއެވެ.

ވެހިކަލް ބުރުގައި ބައިވެރިވި މީހުން އިންޑިއާ އަށް ތާއިދުކޮށް ތަފާތު ޕޯސްޓަރުތައް ހަދައިގެން ތިބިއިރު އެއިން އެއްޕޯސްޓަރުގައި ބުނެފައި ވަނީ ރާއްޖެ އަށް ޕެނަޑޯލް ވެސް އެތެރެ ކުރަނީ އިންޑިއާ އިން ކަމަށެވެ. މިވެހިކަލް ބުރުގައި ބައިވެރިވީ ވިއްސަކަށް މީހުންނެވެ.

ރާއްޖެ އަށް ޕެނަޑޯލް ގެންނަނީ އިންޑިއާ އިން ކަމަށް ވެހިކަލް ބުރުގައި ބައިވެރިވި މީހުން ބުނި ނަމަވެސް ހެލްތު މިނިސްޓްރީގެ ރަސްމީ ވެބްސައިޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު އެއީ ދޮގު މައުލޫމާތެކެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަޑް އޮތޯރިޓީން ހުއްދަ ދީފައިވާ ރާއްޖެ އަށް އެތެރެ ކުރާ ޕެނަޑޯލްގެ ބްރޭންޑަކީ ޖީއެސްކޭއެވެ. އެއީ އަޔަލޭންޑްގެ ބްރޭންޑެކެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީގެން ޖޭއެފްކޭ ބްރޭންޑްގެ ޕެނަޑޯލް ނުވަތަ ޕެރެސިޓިމޯލް އިނގިރޭސިވިލާތާއި އަދި އެހެން ގައުމުތަކުން ވެސް ރާއްޖެ އެތެރެ ކުރެއެވެ. ދިވެހިން އެންމެ އާއްމުކޮށް ބޭނުން ކުރާ ޕެނަޑޯލް އާއި ޕެރެސިޓިމޯލް އެތެރެ ކުރަނީ ސްރީލަންކާ އިންނާއި މެލޭޝިއާ އިންނެވެ.

ރާއްޖެ އަށް ސްރީލަންކާ އިން ތިން ބާވަތެއްގެ ޕެނަޑޯލް އެތެރެ ކުރެއެވެ. އަދި މެލޭޝިއާ އިން ހަބާވަތެއްގެ ޕެރެސިޓިމޯލް އެތެރެ ކުރެއެވެ. ބަންގްލަދޭޝް އިން ވެސް ރާއްޖެ އަށް ހަބާވަތެއްގެ ޕެރެސިޓިމޯލް އެތެރެ ކުރުމުގެ ހުއްދަ ދީފައި ވެއެވެ. އަދި އިނގިރޭސިވިލާތުން ވެސް އެއްބާވަތެއްގެ ޕެރެސިޓިމޯލް އެތެރެ ކުރުމުގެ ހުއްދަ ދީފައިވެއެވެ.

ޕެރެސިޓިމޯލްގެ ތެރޭގައި ހިމެނޭ ބޭސްތަކުގެ ތެރެއިން އިންޑިއާ އިން ރާއްޖެ އަށް އެތެރެ ކުރަނީ އެންމެ ބާވަތެއްގެ ބޭހެކެވެ. Lanol 500 ނަމަކަށް ކިޔާ އެބޭސް އެތެރެ ކުރަނީ އޭޑީކޭ އިންނެވެ. އެއީ ތަދުކަނޑުވަން ކޮންމެވެސް ވަރަކަށް ޑޮކްޓަރުން ބަލި މީހުންނަށްދޭ ބޭހެކެވެ. ނަމަވެސް މިއީ އާއްމުކޮށް ބޭނުން ކުރާ ބޭހެއް ނޫނެވެ.

އިންޑިއާ އަށް ތާއިދުކޮށް އައްޑޫގައި މިއަދު ވެހިކަލް ބުރެއް ބާއްވާފައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ލީޑަރު ރައީސް ޔާމީން ކުރިއަށް ގެންދާ މުޒާހަރާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. Anonymous

    ރަނގަޅަށަސް ހިޖުރައޮޅިފެއި ތެތިބީ.

    66
    1
  2. އެމް ޑީ ޕީ

    އައްޑޫ މީހުންނަކީ ރީނދޫ ބައިގަނޑު ބުނާ ކޮންމެ އެއްޗެއް ގަބޫލުކޮށްގެން ތިބޭ ވަރަށް ގަމާރު ބައެއް.

    91
    1
  3. މުހުމްމަދު

    ފަންޑު ކުރިމީހުން ކޮބާތަ.

    62
    2
  4. ތެދު

    ރޯނުއެދުރުންވިއްޔަ ...ހެހެހެ...ބޯބުރާނތި

    60
    1
  5. ހުސޭނު

    އައްޑޫ ހަލާކުވެ މިދަނީ 5 ރުފިޔާއަށް ވިކޭ ތިޔަކަހަލަ ބޯބުރާންތިވެފަ ތިބެ 20 އަކަށް މީހުނާހެދީ. ވިޝަންޓެކްސީ މިއަދުން ފެޝިގެން ބޮއިކޮޓްކުރީ. ދުވަހަކުވެސް ޤައުމުވިއްކާލަން ތާޢިދު ކުރި ތިޔަ ޓެކްސީއަކަށް ނާރާނަން!

    82
    2
  6. އަސްލުމީހާ

    ކޮންމެ ކާރަކަށް 300 ރުފިޔަަާ ދީގެން ކައުންސިލަރ ސައީދު ކުރުވި ކަމެއް. އޭނަ ދަނީ މަޖިލިސް އަށް ވާދަ ކުރަން ރައްޔިތުންގެ ތާއީދު ހޯދަން ވަގުވަގަށް މަސައްކަތް ކުރަމުން. ބުރުގަ ބައިވެރިވި ޓެކްސީ ޑްރައިވަރުން ބުނީ މާދަން އިންޑިޔާ އައުޓް ބުރެއް ބޭއްވިޔަސް ލާރި ދެނިކޮއް ބައިވެރިވާނެކަމަށް

    57
    2
    • ހަމީދު

      "އަސްލުމީހާ" ތިޔަފެންނަނީ. އަމިއްލަގޮތުން ބައިވެރިވީމާ ރައްޔިތުންހޮވީމަ ނިކުމެ ނަޝީދު ފައިބުޑަށް ވެއްޓިފަތިއޮތީ. ދެން އެއްމެއިންތިހާބެއްވެސް ލާހިކައެއްނޫން ކާމިޔާބު ކުރާކަށް. ޕާންފިހަންދޭ!! ކޮބާ ލަދުހަޔާއް.

      22
      3
  7. މިތާފް

    އެމްޑީޕީއާ އިންޑިޔާގެ ނުބައި އެޖެންޑާގެ ދަށުން މިގައުމު ބައިބައިކޮށް ހަލާކުކޮށްފި. އަހަރެމެން ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި.

    63
    2
  8. އައްޑޫ ލެއި

    ހައްހައްހައް އިންޑިއާ އައުޓް. ބޮލު ރޮދި ކެންޑިފަ ތިބީމަ ތިހެން ވެދާނެ.

    52
    1
  9. ސަލާމް

    ކެނެރީގެއިން ބުނާ ހުރިހާ އެއްޗެއް އެމީހުން ގަބޫލުކުރާނެ.
    ދުވާލު ރޭގަނޑޭ ބުންޏަސް ގަބޫކުކުރާ ޕަޕެޓުން ތިއީ.

    57
  10. މަލިކު ބުރޮ

    އިންޑިޔާއިން ޕެނަޑޯލް ގަންނަން ނުލިބޭނެ ، އިންޑިޔާގައި ހުންނަނީ ޑޯލޯ 650 . ޙެހެހެެ

    43
  11. އުގުރި

    އަހަރުމެން ހަމަ ތިބެފަކާ ނޫނޭ މިކިޔަނީ އިންޑިޔާ މިލިޓަރީ އައުޓް.

    ފުރަތަމަ ދޭބަލަ އިންޑިޔާ އިން ލިބޭ އެއްޗިއްސާއި ނުލިބޭ އެއްޗިހި ވަކިކުރައް .

    47
    1
  12. ހޭވައްލާ

    ޕެނަޑޮލް ގެންނަނީ ލަންކާގެ އޭގެންޓެއްގެ އަތުންގަނެގެން. ހަމައެގޮތައް އިންޑިޔާއިން ގެންނަ އެންމެހާތަކެތިވެސް ގެންނަނީ ހަމަ ފައިސާދީފަގަނެގެން. އެއީ ދެގަމުގެދެމެދުކުރެވޭ ވިޔަފާރިއެއް. އެހެންނަމަވެސް އިންޑިޔާމީހާ މިގައުމައް އަންނާކައް ވިސާބޭނުމެއްނުވޭ އެކަމަކު ދިވެހި ބަލިމީހާ ބޭހައް އިންޑިޔާއައް ދާން ޖެހެނީ އެމީހުން ކައިރީގަ އާދޭސް ކޮއް ވިސާ ލިބުނިއްޔާ. އިންޑިޔާގެ ލަކުޑިބޯޓައް ރާއްޖެއާދެވޭ އެކަމަކު ރާއްޖޭގެ ލަކުޑިބޯޓަކައް އިންޑިޔާއަކައް ނުވަދެވޭ. މިބަސްކޮޅު މިލިޔުނީ ވ އަސަރާއެކު. މިގައުމުގަތިބި މަދު ގައްދާރުންތައް މިކޮމެންޓްކޮޅު ކިޔާނެކަމައް އުންމީދުކުރަން. މިއީ ތިމީހުންގެވެސް ދަރިން ތިބެންއޮތް ފަސްގަނޑު. ލިޔުނީ ޢެއްވެސްކޮޅަކައްނުޖެހޭ މިގައުދެކެ އިންތިހާއައްލޯބި ކުރާ ދިވެހި ހިއްވަރުގަދަ ދަރިއެއް.

    60
  13. Anonymous

    ޖީއެފްކޭ ގެ ޕެނަޑޯލް މެނުފެކްޗާކޮއް ޑިސްޓިރިބިއުޓް ކުރަނީ ކޮންގައުމަކުންތޯ އަދިއެއްފަހަރު ލޮޔުންތެރިޔާ ބަލާލަބަ.

    7
    28
    • ރަދީފް

      ޖީއެފްކޭ އެއް ނޫން ބްރަދާ. GlaxoSmithKline plc (GSK)) އެއީ ގްލެކްސޯ ވެލްކަމް އަދި ސްމިތުކްލައިމް ބީކަމް މާޖްކުރުމަށް ފަހު އިނގިރޭސި ވިލާތުގަ މީގެ 21 އަހަރު ކުރިން އުފެއްދި ކުންފުންޏެއް.މިކުންފުނީގެ ސަބްސިޑަރީއެއް ކަމުގައިވާ GlaxoSmithKline Pharmaceuticals Ltd ހުންނަނީ އިންޑިޔާގަ.ވ.ވެދުން.

      2
      1
  14. ާކޮއްޔާ

    އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

    47
  15. ބަދަވި

    ކަދުރު އެތެރެ ކުރަނީ ސައޫދީން ހައްޖައްދަނީވެސް ސައޫދީއައް ދެން ކީއްވެބާ ސައޫދީ ސިފައިން ރާއްޖޭގެ ހައެއްކަ ރަށުގަ ވަޒަންވެރިވެގެން ނޫޅެނީ ހަމަ ގައިމުވެސް ތިޔަ ހުރިހާ ކަމަކައްވުރެން ހައްޖަައް ދިޔުން މުހިންމު ވާނެ

    56
  16. ހަސަން

    ބޮޓުން ތަކެއް ތީ. ނަސީދު ހިތްހަމަ ޖައްސާން ކުރާ ކަމެއް ތީ. މި ރާއްޖޭގެ އެއްވެސް މީހަކު ބޭނުމެއް ނުވާނެ، އިންޑިޔާގެ އަޅުވެތި ކަމައް، ރާއްޖެ ދާކައް. މިހާރު އެމްޑީޕީގެ ސައިޒަކީ 30%.

    49
  17. ލޮލް

    އައްޑޫ ގޫ ބައްޑާއިން އިންޑިޔާގެ ދިފާއުގައި ކުރާ އިހުތިޖާޖު އަހަރެމެން ބަލައެއް ނުގަންނަމު. އިންޑިޔާގެ ބީޖޭޕީ ސަރުކާރުން މުސްލިމަކަށް ހެވެއް އެދޭނެތަ؟ ސާކުގެ ގައުމުތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ އަނިޔާވެރި ގައުމަކީ އިންޑިޔާ. އިންޑިޔާ އައުޓް.

    49
  18. ޙުސާ

    ދިވެހިން އެއްވެސް ބޭނުމަކު އިންޑިއާއަށް ދޭތަ. ދިވެހިން ގޮސް އުޅެނީ އަޔަލޭންޑަށް ދޯ

    2
    36
    • ސަލާމް

      ދިވެހިން އިންޑިއާއަށްދަނީ އަވީގައި ތިބެ ވިސާ ނަގައިގެން . އެއްވެސް ކަމެއް އެތަނަށްގޮސް ހިލޭ ނުކުރުވާ. ފައިސާ ދީގެން ހުރިހާ ކަމެއްކުރަނީ.
      އެމީހުންގެ އެތައްހާސް މީހުންނަކަށް މިގައުމުން މުސާރަދޭ.

      31
      • ގައިދުރު

        ދޮގު ނަހަދާ ބުނެބަލަ އިންޑިޔާ އަށް ދަނީ ކީއްވެ.ޢިންޑިޔާ އިން ގެންން ބޭސް ބޭނުން ކުރަނީ ކީއްވެ.ޢަވީގަ ނުޖެހި އަޔަރ ލޭންދްގެ ވިސާ ލިބޭނެ

  19. Anonymous

    އިގިރޭސި އަލުވެތިކަމުގަ އެތެއޒަމާނެއް ހޭދަކުރި ބޔަކައް ރުހެވޭނިީ މުސްތަގުބަލުގަވެސް އަޅުވެތިކަން

    42
    1
    • މޮޔަނިމޮސް

      ދިވެހިންގެ އަޅުވެތިކަމަށް ވުރެ ހުރިހާ ގޮތަކުން ރަނގަޅުވާނެ

  20. ސސ

    އަފިރިންގެ އައްޑޫ ޑުރައިވަރު މެންނަކަށް ނިއެގެނެތާ ޕެނެޑޯލް ޕެރެސެޓިމޯލް ރައްދެޔަށް އެތެރެކެރާ ޤައުމުތަކަސް ! ދެންކެންކާއު މަބެނާނެއި !

    39
    1
  21. މުގުނީި

    ފައިސާ އާއި ދުނިޔޭގެ ދަހިވެތިކަން އިންސާނާ ހެއްލުންތެރި
    ކުރވައިފިނަމަ އެއިންސާނާ އޭނާގެ އަނބިދަރީންވެސް ކުޑަ ފައިސާކޮޅަކަށް ވިއްކާަން ފަހަކަށް ނުޖެހޭނެ. އެމްޑީޕީ އަށް ކިތަންމެތާއީދު ކުރިޔަސް އިދިކޮޅު ޕީޕީއެމް އިން ހިންގާ އިންޑިއާ މިލިޓަރީ އައުޓްވާންްޖެހޭ. ގައުމެއްގެހައިސިއްޔަތުން
    އެގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުން ކުރުން ލާޒިމްކަމެއް. އެކަން ކުރުމައް ބޭރުގެ އެހެން ދައުލަތަކުން ފުލުހުންނާއި ސިފައިން ދިވެހިގައުމުގެ ސަލާމަތާރައްްކާތެރިކަން ކަށަވަރު ކުރުމައް އިޚްތިޔާރުކުރާނަމަ
    ދެމުއައްސަސާ ގެވަޒީފާތަކަށް ބޭރުގައުމުތަކުން މީހުންއެތެރެ ކޮށް އެމީހުންނައް ވަޒީފާތައްދިނުން އެއީ ކޮންދައުލަތަކުން ކުރާނެކަމެއްތޯ އާއިމެދު ސުވާލުނުއުފެދޭތޯ؟ ކޮންމެ ޕާޓީއަކުން ވެރިކަން ކުރިނަމަވެސް ގައުމެއްގަ ރައްޔިތެއްގެ ހައިސިޔަަތުން އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ކޮންމެކަމަކަށް ތާއީދު ކުރާކަށްނުޖެހޭނެ. އެވަރު ނުވިސްނޭނަމަ އެއީ ކޮހުންނާ މަރުމޯލުން.

    35
    1
  22. މިތުރާ

    ޢިންޑިޔާގެ ބޭސް ދުނިޔޭގެ ގިނަ ޕާމަސީ ތަކުގަވެސް ބޭނުން ކުރޭ، އިންޑިޔާގަ ހުރޭ ކާމިޔާބު ބޭސް އުފަ އްދާ ތަންތަން، އިންޑިޔާ އަ އުޓު ވެގެން ޗަ އިނާ އިންވެގެން ދޫނި ހާލިން ކެވިގެން ދުވާތަން ފެންނާނެ،ދުނިޔޭގެ އުޅޭބަޔަކަށް،🤔🙄ޢޭރުން އަޅާވޭން މާހިތިވާނޭ، ޗަ އިނާ ނޭގިތި އުޅެނީ

    3
    15
  23. މަޖީދާ

    އައްޑުގެ ކުޅަދާނަ ވިސްނުންތެރި މީހުންގެ ޖީލުނިމިގޮސްސި.
    މިހާރު ތިބޭނީ އައިފޯން ހިފައިގެން ބޫޓަށް އަރާ ތިބޭ މީހުން. ޢެމީހުންނަށްވުރެ ގިނައިން އެފޯނާއި ކުޅެނީވެސް ސައިމޭޒުގައި ތިބޭމީހުން. ތަނެއްދޮރެއް ދޮރާއްޓެއް އިނގޭ ބަޔަކު ނެތް.

    24
    2
    • ތަލަބޯ

      އައްޑޫގައި އެއްވެސް ޒަމާނަކު ވިސްނުންތޫނު ބަޔަކު އަުޅުނުތަ؟؟ ތިބިނަމަހީ މިހާރު އޮންނާނީ މިހާލަތުގައެއްނޫން!

  24. ނަސީ

    އިންޑިޔާ މިލިޓަރީ އަޢުަޓް

    30
  25. ސައީދު

    ހިތުންވަރަށްމޮލުކަމެއް ތިކުރެވުނީ.ތިމެންނާމެންގެ ހުރިގަމާރުކަން މުޅިރާއްޖެއަށް ބޭޒާރުވީ

  26. ރާއްޖެ

    މިސާލަކަށް އިންޑިއާއިން ޕެނެޑޯލް ގެނަޔަސް، މި 20 މީހުންނަށް އެ ލިބެނީ ލިބޭތަ؟ ކޮޗިނަށް ގޮސް އަމްރީތާ ހޮސްޕިޓަލަށް ދައްކަނީ ހިލޭތަ؟

  27. ކާފަބޭ2020

    އިންޑިއާއިން ބޭސްފަރުވާކުރަނީވެސް ތަކެތިގެންނަނީވެސް ހަމަރުފިޔާފައިސާދީފަ ހިލޭހޯދާއެއްޗެއްހިލޭދޭއެއްޗެއްވެސް ފަހުންބަދަލުވަނީ ބޮޑުއިންޓުރަސްޓަކާއެކު ލޯނަކަށް! ދެން ކީއްވެއިންޑިއާ އައުޓުނުގޮވެންވީ؟ ހަމަ އިންޑިއާމިލިޓަރީ މިޤައުންފައިބާ!!!!!އިންޑިއާއައުޓް އިންޑިއާމިލިޓަރީއައުޓް

  28. ކަލޯ

    މިއަދުން ފެށިގެން އަހުރެންނާއި އަހުރެންގެ ޢާއިލާ ވިޝަން ޓެކްސީ މި #ބޮއިކޮޓް ކުރީ.
    މިފަދަ ޢާއްމު ރައްޔިތުންނަށް ގާތުން ޚިދުމަތްދޭ ތަންތަން މިގޮތަށް ސިޔާސީވީމަ ކަމަކުނުދޭ. މިކަން ބަލައެއް ނުގަންނަން އެއްގޮތަކަށްވެސް

  29. އިބްރާހިމް

    އެމްޑީޕީގެ ގިނަމީހުން ވިސްނާނީ ރ ނަޝީދުގެ ސިކުނޑިން. ނަޝީދު ލައިދޭއެއްޗެއް އެމީހުންގެ ސިކުނޑީގައިހުންނާނީ. ނަޝީދު ވިދާޅުވަނީ އެންމެނަކު އަބަދަކު ހަމައިގައި ތިބޭނެކަމަކު ދޭކޭނެ ކަމަކުނެތޭ.

  30. ހަސަންކޮ

    އައްޑޫ މީހުންނަކީ ކުރިނވެސް އަދި މިހާރުވެސް ހަމަ ގަމާރުން. ޙިތުން މާ ކަންދަންނަ ކަމަށް ހެދިގެންއުޅެނީ. އައްޑޫގަ ގިނަވާނީ ހަމަ ގަމާރުން

  31. ހަވާސާ އިބޫ

    އައްޑޫ ބައެއް މީހުން ބޭނުންވޭ އިންޑިޔާގެ އަޅުވެތިކަމަށް އައްޑޫ ގެންދަން މިމީހުން ދޫކޮށްލަންވީ އިންޑިޔާގެ އަޅުވެތިކަމުގައި ތިބެދާނެއެއްނުން ފުވައްމުލަކުން ފެށިގެން މަލިކާހަމަޔަށް ރާއްޖެ ކިޔަންވީ! އައްޑޫ މީހުންގެ އިންނާނީ އަންގަ ޚާއްސަކޮށް ހިތަދޫ މީހުންނަކީ ފޮނި ކިބުރުވެރި ބައެއް!

  32. ސުއްކަތުރާ

    މަވެސް ކާރެއް ބޭނުން
    މަށަށް ކޮންމެވެސް މީހަކު ދީބަލަ ކާރެއް

  33. Anonymous

    #އިންޑިޔާ އައުޓް

  34. ރަދީފް

    މަރުހަބާ ގްލެކްސޯ ސްމިތްކްލައިން. (ޖީއެސްކޭ). މިވެހިކަލް ބުރުގައި ބައިވެރިވީ ވިއްސަކަށް މީހުންނެވެ. މީތި ސަޅި.ހެހެހެހެހެ އެންމެ 20

  35. ސައީދު

    މިައަދުން ފެށިގެން ވިސަން ޓެކްސީބޯއިކޮޓް. ދެން ތިޔާ ތެކްސީތަކުން ދަތުރު ނުކުރަން ވައުދު.

  36. އަލީމޫސާ

    ގަމާރު ޓެކްސީ.! އާމުންނަށް ޚިދުމަތް ދޭ މިފަދަ ބައެއް ވަކި ކުލަ އެއްޖެހުމަކީ ގަމާރުން ކުރާނެ ކަމެއްވެސްނޫން. ހައްކަ ގަމާރުން ތިޔަކުރި ކަންތަކުގެ ނަތީޖާ އަކީ ލިބުނު 300 ރުފިޔާ .ތިޔަ ވިސަން ޓެކްސީ މިއަދުން ފެށިގެން ބޯއިކޮޓް މިކުރީ. ރައްޓެހިންވެސް ތިޔަ ޓެކްސީން ދެން ދަތުރު ނުކުރާނެ. މުސްލިމު އަންހެނުން ކަތިލަމުން އެމީހުންނަށް އަނިޔާ ކުރަމުން ދާ ބަޔަކަށް ތާއީދު ކޮށް އައި ލަވް ޔޫ ބެނާ ހެދުމަކީ ހަމަ އެމީހުންނާ ބައިވެރިވުން.
    ސަކަރާއް ނުޖަހާ ޓެކްސީ ގަރާޖަށް.

  37. ހަމީދު

    އިންޑިއާ އައުޓު

  38. ލީލް

    އައްޑޫ އަށް އައްޑޫ ބޮނޑިވެސް ގެންނަނީ އިންޑިއާ އިން. ބީތާ ވެފަ ތިބި ރީދޫ ބައިގަނޑެއް

  39. ސުޖެޓް

    އަސްލު މިހަބަރުގަ ބުނެދެން ތިއުޅެނިީ ކޮން ވާހަކައެށް... އިންޑިޔާއިން ޕެނަޑޯލް ގަންނަން ނުލިބޭނެ އެކަމަކު ގިނަބޭސް ގެނެސް ހަދަނީ އިންޑިޔާ އިން. ޕެނަޑޯލް މާނަ ކުރަނީ އެހެންވީމަ...

  40. މަޖުބޫރީހާލަތް.

    ބަލައައްޑޫ ވެހިކަލް ބު ރުބޭއްވީ މީހުނައް އެނގޭބާ ރާއްޖޭގެ އެއްވެސް ވެ ރިޔަކު ބޭސްކު ރަން އިންޑިޔާ އައް ނުދާކަން ދިވެހިންނައް އެންމެފޭކު އިންޑިޔާ ދައްކާފަ އެމީހުން ސިންގަޕޫޜާ ޑުބާއީ ޖަ ރުމަނު ޔޫކޭއައް ދާކަން ނޭނގޭބާ ދިވެހިންވެސް އެމަގުތައް ހިޔާ ރުކު ރަންޖެހޭ