ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ގެންނަން ބައެއް ފަރާތްތަކުން ކެމްޕޭން ކުރަން ފަށައިފިއެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައެވެ. އަދި އެ މަގާމަށް ކުރިމަތި ލާން މި މަހުގެ 15 ވަނަ ދުވަހު ހުޅުުވާލާނެއެވެ.

އެމްޑީޕީގައި އެންމެ ފާހަގަކޮށްލެވޭ ސިޔާސީ އެކި ޝަޚްސިއްޔަތުތައް އެ މަގާމަށް ކުރިމަތިލާނެ ކަމުގެ އަޑު ފެތުރިފައިވާއިރު، ބައެއް ސަޕޯޓަރުން ގެންދަނީ އިންތި އެ މަގާމަށް ގެންނަން ގޮވާލައި ޓްވީޓް ކުރަމުންނެވެ.

އަހްމަދު ނަސީރު ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ދެން ގެންނަން އެންމެ ގާބިލް އަދި އިޚްލާސްތެރި ބޭފުޅަކީ މެންބަރު އިންތި ކަމަށެވެ.

އިންތި ގެންނަން އެންމެ ބޮޑަށް ޓްވީޓް ކުރަމުން ގެންދަނީ "ހަސަން ކުރުސީ" ނަމުގައި އުފައްދާފައިވާ ޓްވިޓާ އެކައުންޓުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތި ވާދަކުރަން ތާއީދު ކުރުމާ ގުޅޭ ގޮތުން ޓްވިޓާ ޕޯލްއެއް ވެސް ހުޅުވާފައިވެއެވެ. އެ ޕޯލްއަށް ވޯޓު ދިން ގިނަ ބަޔަކު ވޯޓު ދިނީ ވެސް ތާއީދު ކުރާ ކަމުގައެވެ.

https://twitter.com/HKurusee/status/1492078410570498051?s=20&t=sCK0BkERdwotNjyHUjUdrA

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއެވެ. އޭނާގެ ދައުރު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

މި މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާދަކުރައްވާ އިރު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ވާދަކުރައްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

މިހާތަނަށް ރަސްމީކޮށް މި މަގާމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައި ވަނީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

އިންތިއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބޭފުޅެކެވެ. ފައްޔާޒާއި މަހްލޫފްއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަޙްމަދު

    މީނާއަށް ވޯޓެއްނުދޭނަން.

  2. ބޯގަޅިތަކުރު

    އެމްޑީޕީ އަބަދު ވެރިކަމުގައި އޮވެވޭނެ މާ ރަނގަޅު ފޯމިއުލާއެއް ފެނިއްޖެ. ގާނޫނު އަސާސީގައި ލިޔަންވީ
    މިއަދުންފެށިގެން ދުނިޔެ ދެމިއޮތްހާ ދުވަހަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަންވިޔަސް އަދި ބޮޑުވަޒީރުކަން ވިޔަސް ވެރިކަން ކުރާނީ އެމްޕީޕީއެވެ."
    މިމާއްދާ މިގޮތަށް ފާސްކުރީމަ ނިމުނީ.
    ކޮން 30% އެކޭ މިކިޔަނީ.

  3. ޏ

    ތިކަލޭގެ ވައްދަން ހިޔޮނުވާނެ! މުޅި އެތި ތަޣައްރުވާނެ!

  4. ކަތީބު

    ރަޝުތެރޭކިއާތަ މަޝޭ އިންތިއައް ކެންޕެއިންކުރަނީ ކޮއްމެކަމެއްވެސް ޕިލާއޮވެކުރާނީ ބުރޯކާމިއާބުކުރާނެކަން ޔަގީންވުމުން ފިލާއޮވެކުރަނީ ތާއިދެއްނެތީމަ ވޯޓް ފަޔާ ބުރޯއައް މިފަހަރު ޕާޓީ ހިންގުން ރަނގަޅުކުރުމަތް.

  5. ސިލުބު

    ނުދެޔޭ ކަމަކު، މަރުކޮހެ ކޭ ތީ
    ފެނުމުން ކަލޭ ފޫއްސޭ ވަނީ.
    ކިހިނެއްހެދެން ކުރަނީ ތާއީދު.

    7
    1
  6. ބޮންޑާ

    ކަރުނާރު ނަގާފައި ވަގޭ ވަގޭ ގޮތި މިއަދިރި އިންތީޔަކަށް ވައްކަންކުރާ މީހުން ނެފެންނާތީ ހިތާމަކުރަން ވަގު ވަގު ކިޔާގޮވުން ހުއްޓާލީތޯ ކޮންކަމަކާ ތިޔަ ވިސްނަނީ މުޅި ޤައުމުގައި ހުރި އެންމެ ވަގެއް ވަގުހިފަން ހިފަން ހިހެން ދުވީމާ ހިފޭނީ އަމިއްލަ. ކޯއްޗެއްގަތަ؟ އިންތީޔަކަށް ހައްޤުބަސް ބުނަން ހަނދާން ނެތިއްޖެ.

  7. ތަޏް

    އާން ތިދަނީ ފުރިހަމަވަމުން؛ ކޮންމެ އޮތޯރިޓޭރިއަން ޕާޓީ އަކަށް ހިމްލަރ އެއްވެސް ބޭނުންވާނެ.

  8. ރަންރީނދޫލަޝްކަރު

    އަހަރެމެންގެ ތާއީދުއޮތީ އިމްތިޔާޒަށް.. ޕާޓީ ކާލަން އުޅޭ ބަޔަކަށް ވޯޓެއް ނުދޭނަން..

    2
    5
  9. އައްޔަބޭ

    އިންތި މަހަށްގެންދާން ކެންޕޭނުކުރުން މާ ތާހިރުވާނެ. މިކަހަލަ އުރަތްޕެއްނެތް މީީހުން ތަންތަނުގެ ވެރިންނަށް ލާން ހެޔޮނުވާނެ. އިންތި މަހަށްދޭ! އަދި އިސްތިއުފާދީ!

  10. އއ

    ނަޓަންޔާހޫ ރާއްޖޭގެ

  11. ރީދޫ

    އާ އާ ލާދީނީ ބައިގަނޑު ތެރެރެއިން މީހަކު ނަގަންވާނީ އޭރުން މިޝަން ފުރިހަމަކުރެވޭނީ

  12. ދަރަނި ދަންތުރަ

    މިއީވެސް އިސްލާމްދީނުގެ އަދުއްވެއް ކެނެރީގޭ ނަސީދުގެ ޕަޕެޓެއް އެޅިހާ ބަތަކަށް ރިހަވާ ގޮލަޔެއް ސަހަލުނުވާނެ

  13. އައްޔު

    އެމްޑީޕީގެ ދެގޮތެއްނުވެހުރި މީހެއްތީ އޭނައަށް ހައްގުތިމަޤާމް އެކަމަކު އެމްޑީޕީމީހުންނެއް ތިމަޤާމެއް ނުދޭނެ ތިމަޤާމުގައި ހުންނަމީހަކީ ބުނާވަރަށް މަސައްކަތްކުރާގޮތަށް ހުންނަ ރަމްޒީމީހެއް ގޮތުގައި ހުރުން ކަމަށް ރޫހާނީ ލީޑަރ ގަބޫލުކުރަނީ އިންތި އައިސްފިނަމަ ޕާޓީ އިތުރަށް ވަރުގަދަވާނެ

    4
    3