ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ އިންސައްތަ ކުޑަކުރާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ހުށަހެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކޯލިޝަން ގާނޫނުގެ ވައުދާއި ޚިލާފު ކަމެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ޚާއްސަ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ 50 އިންސައްތަގެ ޝަރުތު 30 އިންސައްތައަށް ކުޑަ ކުރާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅައިފައެވެ.

އޮގަސްޓް މަހު ބާއްވަން ނިންމާފައިވާ ކޮންގްރެސްގައި އެ އިސްލާހާއި މެދު ބަހުސް ކުރެވޭނެއެވެ. އެމްޑީޕީގެ ކޮންގްރެސްއިން އެ އިސްލާހު ފާސްވެއްޖެ ނަމަ، އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެ މަސައްކަތް ފެށިގެން ދާނެއެވެ.

މި އިސްލާހާއި ގުޅޭ ގޮތުން "ވަގުތު" އިން ކުރި ސުވާލެއްގެ ޖަވާބުގައި، މި ސަރުކާރު ގެނައުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވި ޖަމީލު ވިދާޅުވީ، "އެމްޑީޕީއަކީ އެއްވެސް ވައުދެއް ހިފަހައްޓަން އެނގޭ ބައެއް ނޫން," ކަމަށެވެ.

ކޯލިޝަންގެ ބައިވެރިންނާއި އެކު ވެފައިވާ އެއްބަސްވުން އެ ޕާޓީގެ ވެރިންގެ ހަނދާނުގައި ނެތް ކަމަށް ޖަމީލު ވިދާޅުވިއެވެ. އެއީ ވެރިކަން ކުރަން އުފައްދާ ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ލިބިދޭ ގާނޫނީ އޮނިގަނޑެއް ގެނައުމުގެ ވައުދެވެ.

"އެމްޑީޕީގެ ވެރިންނަށް އެ ތިބީ ބަލި ކުދިންކޮޅެއް، ގިނަ ބަޔަކު ތިބެނީ ވެސް މަސްތުގެ ހާލަތުގައި، އެހެންވެ ހަމަ ކުއްލިއަކަށް ދޫސްތޫރީ ނިޒާމާއި ބޭނުން ގޮތަކަށް ކުޅެލަން އެ ވިސްނަނީ، ދުސްތޫރީ ނިޒާމާއި، ގާނޫނުގެ ވެރިކަމާއި، ކޯލިޝަންއާއި، ޑިމޮކްރަސީ ވެސް ނޭނގޭނެ،" ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ގަބޫލު ކުރައްވާ ގޮތުގައި އެމްޑީޕީން ގެންނަ އިސްލާހާއި މެދު އޭނާ ނިސްބަތްވާ ޕީޕީއެމް ޕީއެންސީ ކަންބޮޑުވާކަށް ނުޖެހެއެވެ. އެ ގޮތަށް ފާސްކޮށްގެން ވެސް އިންތިޚާބު ކާމިޔާބު ކުރެވޭ ވަރުގެ ފެންވަރެއް އޮތީ ޕީޕީއެމް ޕީއެންސީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"30 ޕަސެންޓް ހަމަޖެއްސިޔަސް، 25 ޕަސެންޓް ހަމަޖެއްސިޔަސް، ދެން އެމްޑީޕީއަކަށް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ބާއްވާ އިންތިޚާބެއް ކާމިޔާބު ކޮށްގެން މި ރާއްޖޭގެ ވެރިކަމަކަށް ނާދޭނެ، ރައްޔިތުން ބަލައިނުގަންނަ ކަން އެނގިގެން މިހާރު އެ ތެޅިފޮޅެނީ ވެސް،" ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    އޭނާގެ ވަޢްދެކޭ ކަދުރު ރުކަށް އެރިމީހާގެ ނަދުރެކޭ އެއްގޮތް
    ޕާޓީތައް ގަޅިހައްދާލީ ހާހާހާ

    10
  2. ރެފްރީ

    އިސްލާހުގެންނަންވީ އެންމެމަދުންވޯޓުލިބޭމީހަކަށް ރައީސްކަންލިބޭގޮތަށް !! އެއިރުން މާތާހިރުވާނެ !!

    10
  3. އަނބިހި

    މޯލްޑިވިއަން ޑިކްޓޭޓަރ ޕާޓީގެބޭނުމަކީ އެޕާޓީ އެކަނި ވެރިކަމައް އައުން އެއީކޮއޮލިޝަންއަކާނުލާއެކަމަކު ޑިކްޓޭޓަރ ޕާޓީން ހަނދާންކުރަންވީކަމަކީ 2008ގަވެސް އެކަނި ނުކުމެގެންވެސް ލިބުނީ%25ކަން އެއީވެސް ބަދަލަކައް ބުނަން މިއުޅެނީ މިހާރު ތިޔަޕާޓީ އެކަނި ނުކުމެގެން %20ވެސް ނުލިބޭނެޔޭ

    14
  4. ނަދުރު

    10% ނުލިބޭ މިހުން ސަރުކަޜުގެ ކޯލިޝަނޭ ކިޔައިގެން ވެރިކަމުގައި ދެމިތިބޭ ތިބުން ހުއްޓުވަން 30% ގާނުނު ފާސްކުރުން ވަރަށް މުހިންމު. އޭރުން ިޔަ ކޯލިޝަން ހެދުން ނިމޭނެ. 100% އެއްޕާޓީ ގެ ރޫހުގައި ސަރުކާރު ހިންގައިގެން ނޫނީ މިރާއްޖެ ރަގަޅަކަށް ނުހިގާނެ. ރަގަޅު ނިން މުމެއް. މިހާރު މިވާ ގޮތަކި 50% ލިބުނަސް އަނެއް 1% ހޯދަން އެބަޖެހޭ އެހެން ޕާޓީ ތަކާއި ކޯލިޝަން ހަދަން. ބޭކާރު ކަމެއް އެއީ.

    2
    7
    • ބަޒުރާ

      ބަލަ އިދިކޮޅަށް މުޒާހަރާއަށް ނުކުންނައިރު ނުކުންނާނެ ބާކީއޮތް 70% އެކީ އެކައްޗަކަށް. ދެނޯ. އަނެއްކާވެސް އިސްތިއުފާ ދީފަ ޤައުމުގަ ހުޅުޖަހާނީތަ؟

  5. ދަރަނި ދަންތުރަ

    2023 ނޮވެމްބަރ 11 ވަނަދުވަހުންފެށިގެން ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަދި ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ރައްޔިތުން މަޖީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު އަދި އެއްމެ ހުދުމުުހުތާރު މީހަކީ ގ ކެނެރީގޭ ނަސީދު ކަމަށް ކަނޑައަޅާ ގާނޫނު ފާސްކޮށްލަ ބަލަ ނަސީދު ހިތް ފުރޭތޯ ...

    13
  6. ދަރަނި ދަންތުރަ

    މިއީ ދެވަނަ މުގާބޭ ތަ ؟ ލަދެއް ހަޔާތެއްނެތްދޯ ، ހިތް ތަކުގެ ރައީސް ތިރީސް ޕަސެންޓަށް ވެއްޓުނީތަ ؟

    15
  7. ސުމޫތޭ

    މީނޫންތޯ ކޮމަންޑޫ ގޮޑިހޯދަން މުޅިސަރުކާރާއި ޕާޓީތަކުގެ ވެރިންނާއި ރައްރަށުގެ މޭޔަރުންނައް ދަންދެއް މިގޮޑިހޯދަން އުޅުނީ ނަތީޖާއެއްގެ ގޮތުން އަސްލު އެމްޑީޕީ ކިޔާމީހުންގެ ސައިޒް އެނގުނީ އެއީ ރައްޔިތުންގެ %30 ޕަސަންޓްކަން މިހާރު ތާއިދުކުރަނީ އެއީ ސަރުކާރާއި ކުންފުނިތަކުގެ މީހުން ލައިގެން އެހެންވީމަ ރިޔާސީ އިންތިހާބް ކާމިޔާބް ކުރެވޭނެ މިނޫން އެހެން ގޮތެއްނެތީކަން ކުންފުނިތަކުގެމީހުންވެސް ވޯޓްދެނީ ގަދަކަމުން ބިރުގަންނަވާލައިގެންކަން ވަރައްސާފް

  8. މުޙުތާރުބޭ

    ނަން ވާނީ މައުމޫންކިޔާމީހެއް ކަޅު މުހުތާރޭ ދޮންމުހުތާރޭ ޙުދުމުހުތާރޭ ކިޔާފަ ކޮމާ މުޙުތާރުކަން މާބޮޑެއްނު މިހާރު

  9. ބޯގޯސް

    ޕަސެންޓް ކިޔާނެ ކަމެއްނެތޭ. ޤާނޫނު އަސާސީގަ ލިޔެބަލަ "ދުނިޔެ ދެމިއޮތްހާހިނދަކު ދިވެހިރާއްޖޭގެ ވެރިކަން އެމްޑީޕީ ފިޔަވައި އެހެން ބަޔަކަށް ނުކުރެވޭނެއެވެ." މިގޮތަށް. އަނެއް މާއްދާގަ ލިޔެބަލަ "ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ދުނިޔޭގައި ހުރިހާ ހިނދަކު މިޤައުމުގެ ވެރިކަމުގައި ހުންނާނީ މުޙައްމަދު ނަޝީދެވެ." މި ނިމުނީ. އެކަމަކު ނަޝީދަށް ވެރިކަން ދިނަސް އެނގެޔޭ މާދަމާ އިސްތިއުފާ ދޭނެކަން. ދެން ޖަހާނީ ހުޅުކަން. ދެން ކިހިނެއްތޯ ޤައުމު އޮންނާނީ.