މާލެއިން ހުޅުމާލެއަށް އަންނަން އޮންނަ ހަލި މަގުގައި ހަތް ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއީ މި ފަހުން ރާއްޖޭގައި މިހާ ގިނަ އަދަދެއްގެ ވެހިކަލްތަކެއް އެކްސިޑެންޓުވި ފުރަތަމަ ފަހަރެވެ.

މީގެކުރިން، ސިނަމާލެ ބްރިޖު ފެށޭ ހިސާބުގައި ވެސް މިފަދަ އެކްސިޑެންޓުތައް ހިނގާފައިވެއެވެ. އަދި ހަލި މަގުގައި ވެސް އެއް ވެހިކަލް، އަނެއް ވެހިކަލްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ. އެކަމަކު، މިހާ ގިނަ އަދަދެއްގެ ވެހިކަލްތަކެއް ޖެހި އެކްސިޑެންޓު ހިނގާފައެއް ނެތެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައި ދިން ގޮތުގައި މިރޭ އެކްސިޑެންޓުވީ ހަލި މަގުން ހުުޅުމާލެ އަށް އަރާ ސަރަހައްދުގައި ހަތް ކާރު މުޑި އަރައިގެން ކަމަށެވެ.

ހުޅުމާލެ އަށް އަރަން އޮންނަ މަގުގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަން ފުލުހުން ވެސް ކަށަވަރުކޮށްދިނެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި މިހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް އެނގިފައެއް ނުވެއެވެ.

މާލެއިން ހުޅުމާލެއަށް އަށް އަރަން އޮންނަ މަގުގައި ފުދޭ ވަރަކަށް ގިނަ އިން އެކްސިޑެންޓުތައް ހިނގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އެކްސިޑެންޓުތައް ވެސް ހަތް ކުރިޔަށް އެރީދޯ؟
    ހަމަ ބެލުން ކުޑަކަމުން ވާހާ ގޮތް

    26
  2. ބަފާކަލޭގެ2

    ކުދިކުދި ރަށްތަކެއްގައި ދިވެހިން ލެއްވުމީ ކިހާ ބޮޑު ނިއުމަތެއް. 2 ރަށް ގުޅުވައިލުމަކީވެސް މި ދިވެހިންނަށް ކަމުދާ ގޮތަކަށް ނުވާކަން މި އެނގެނީ. ދިވެހިންނަށް ރަނގަޅީ އެންމެ ނިކަމެތި ފަގީރު އާދަތައް. ތަހުޒީބު ތަނެއް އެއީ ދިވެހިންނަށް ދަންތުރައެއް

    34
    2
  3. ކަލޯ

    ތި ހުރިހާ ކަމެއްވެސް ވާނެ ރޮދި ކެނޑިގެން އުޅޭ ޒުވާނުންނޭ ކިޔާ ބައިގަނޑު ތި ކާރުތަކުގަ އުޅެންޔާ... އެއިން ކާރެއް ހުއްޓުވާފަ ސުވާލެއް ކޮށްލަންކެރޭ ފުލުހަކު މިހާރު މިއޮތް ފުލުހުން އިދާރާގަ ނޫޅޭނެ...

    62
    • ހޯދާ

      އަޅުގަނޑަކީ ޒުވާނެއްނޫން. މިރޭ އެކްސިޑެންޓް ގަ ޖެހުނު ކާރުތަކުގަ ތިބީ 40 އިން 50 އިން މަތީގެ މީހުންހެން ހީވަނީ.

      9
      1
  4. އަބްދޫ

    ރޭގަ ބްރިޖްމަތިން އަންހެން ކުއްޖަކު ފަހަތައްލައިގެން އައި ސައިކަލެއް ދުއްވި ބާރުކަމުން ފަހަތުގަ އިން އަންހެން ކުެްއްޖާ ވެއްޓި ސައިކަލް ކަހަަކައިގެން ގޮސް އަންހެންކުއްޖާއަށް ހިރިނުލެވިގެން ކާެރެއްގަ ހޮސްޕިޓަލަށް ގެނެދިޔަޔޯ.ނުޫސް ކަބަެއްގަ މިވާހަކަ ނެތް.

    15
  5. ޝާހުއަލަމް

    ކުރުކޮއް ބުނާނަމަ ބުނެވޭނީ ގަވާއިދާހިލާފުވަނީ އެތެރެކުރާ ދޫނިތަކަކޭ އެނައްތާލެވެނީ ރާއްޖޭގަވާއިދާ ހިލާފައް އުޅޭބިދޭސީންމީ ގުޑުގުޑާދުނީތަކެއްއެން ހިމާޔަތް ކުރެވިފަތިބިބައެއް މަގުމަތީ ބައައްޓާ ޕޮލިސް ކޯނުނުހުރޭ ހެނދުނުވާއިރު ބެހެއްޓިތަނެއްގެ އެހުއްނާނީ ގެންގޮސް ގޯޅިކަންމަތީޕާކުނުކުރެވޭތަނެއްގަ ބަހައްޓާފަ އެކަންމަތީހުރޭ ކެމެރާވެސްހަރުކޮއްފަ ފުލުހުން ކޯން މިޖަހަނީ ބޮންދުންގެ ދުވާރުވޯކޮޝޮޕްތަކުގަ ހުޅުމާލެ މަގުތަކަކީ ބިދޭސިންގެ ވޯކްޝޮޕްތަކެއް އެހެންވީމަ އެކްސިޑެންޓާ ހުރިހާކަމެއްވެސް ހިގަނީ ރާއްޖޭ ފުލުހުން އުޅެނީ ވެހިކަލްތަކުގަ ބޮންދުން އުޅެނީ ހިނގާފަ އެސްޓީއޯއިން އެތެެރެކުރާ ތޮޔޮހުސްވަނީ މަސްނިމޭއިރު ދެފޫޓްތަނެއްގަ ދުއްވާ.

    7
    1
  6. ހުސޭނުބޭ

    އަޅެ ތީ ސެން އެންޑްރިއަސް ގޭމްތަ

  7. މަންމަ

    ދުއްވާލެއް މަޑީ ހަމަ..

    12
  8. ރީޓޫބާއީ

    މީދުނިޔޭގެ ރެކޯޑް ހޯދާގައުމު ޑިމޮކްރަސީން ފެށިގެން ޙުދުމުޙުތާރާއި ރިކޮޑް ކުށުގެ ރިކޯޑް ޓުރެފިކްގެރުކޯޑް ވަރީގެ ރެކޯޑް އެކްސިޑެންޓުގެ ރެކޯޑް ރިސްވަތުގެ ރިކޯޑް

    18
  9. ގަލަން ތުނޑު

    ޑިމޮކްރަސީގަ ތިހުރިހާ ކަމެއް ހިނގާނެ..ތީ ތަރައްގީ މެކުހަށް..ފުލުހަކު ނުރެޔޭ ޖުރުމަނާ ކުރަން އެންގީމަނޫނީ

  10. ސެންޗޯ

    ތީގެ ހައްލަކީ މަގުތައްބަންދު ކުރުމޭ އެކުސިޑެންޓެއްހިނގައިފީޔާ ފުލުހުންކުރާ ކަމަކީއެއީ

  11. ކީތްކުރާނީ

    ދެން ތި ކާރު ތަކުގަ ސަރުކާރު ގޮސް ނުޖެހުނީމަ ދެރައީ

  12. މުސްލިމް

    ބަލައިގެން އުޅެން ވެއްޖެ އެން ނޫން ތަ