ހިޔާ ފްލެޓް ލިބުނު %50 އަށް ވުރެ ގިނަ މީހުން އެމީހުންގެ ފްލެޓްތައް ކުއްޔަށް ދީފައިވާ ކަމަށް ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކެރެޓަރީ ސިޔާނާ ޝިޔާމް ބުނި މައްސަލަ ހޫނުވެ، އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ސިޔާނާ ކުރި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަޅާފައި ދިން ފްލެޓްތަކުގައި އުޅެވެން ނެތިގެން +%50 މީހުން މިތަންތަން ކުއްޔައްދީ އަދިވެސް އުޅެމުން ދަނީ ބޮޑު ކުލި ދީގެން އެހެން ތަންތަނުގައި ކަމަށެވެ. ހިޔާ ފްލެޓްތަކުގެ ޕާކިން ޒޯނައް ވަންނަން ޖެހެނީ ވެސް ގުދުވެ އޮވެގެން ކަމަށާއި ލިޕްޓުތަށް އޮޕަރޭޓް ކުރަނީ ވެސް ހިތައްއެރިއްޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އެފްލެޓްތައް ބަލާލަންވެސް ހުތުރު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާނާގެ ވާހަކަތަކާއި ގުޅިގެން އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ފްލެޓު ކުއްޔަށް ދިނުމަކީ ފްލެޓު އަތުލެވޭނެ ބޮޑު ގާނޫނީ ކުށެއް ކަމަށެވެ. އެހެންކަމުން 3،000 އަށް ވުރެ ގިނަ އާންމު ދިވެހިން އެމީހުންގެ ފްލެޓު ގެއްލޭވަރުގެ ގަނޫނީ ކުށެއް ކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީގެ މުވައްޒަފަކު "ސިމިސިމި އަށް" ބުނެގެން ނުވާނެެ ކަމަށް އެޖަމިއްޔާ އިން ބުންޏެވެ.

ފްލެޓުވެރިންގެ ހާލަތު އަދި ތަފާސްހިސާބުތައް އެންމެ ގާތުން ބަލައި ބަހައްޓަމުންދާ އެއްބަޔަކީ އާއްމުންގެ ޖަމިއްޔާ ކަމަށްވާއިރު ސިޔާނާ ވިދާޅުވި ތަފާސްހިސާބު ބޮޑުތަނުން ގޯސްކަން ޔަގީން ކަމުގައި ވެސް ޖަމިއްޔާ އިން ބުންޏެވެ.

ނަމަވެސް ޖަމިއްޔާ އިން ބުނީ މިވަގުތަށް ގަބޫލުކުރަން ބޭނުން ވަނީ ސިޔާނާ ފަދަ ޒިންމާދާރު މަގާމެއްގައި ހުރި ފަރާތަކުން ބާރުދޭ ސަބަބުތަކެއް ނެތި، ތުހުމަތެއްވެސް ކުރުމަކާނުލާ، 3000 ވުރެ ގިނަ މީހުން މިފަދަ ބޮޑު ގާނޫނީ ކުށެއް ކޮށްފިއޭ ނުބުނާނެ ކަމަށެވެ. ވީމަ މިކަން ކަށަވަރު ކުރުމުގެ ގޮތުން ސިޔާނާ މިފަދައިން ބުނަން ޖެހުނު ސަބަބު އަދި 3000 އަށް ވުރެ ގިނަ މީހުން ގާނޫނީ ކުށެއް ކޮށްފައިވާ ކަން ސިޔާނާ އަށް ޔަގީންވާ ހެކިތައް އާއްމުންގެ ޖަމިއްޔާ އާއި އަދި ހުރިހާ އާންމުންނަށް އެނގޭނެހެން ހިއްސާ ކުރުމަށް އާއްމުންގެ ޖަމިއްޔާ އިން ގޮވާލާފައި ވެއެވެ.

މިހެކިތައް ލިބުބުން އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލާނެއެވެ. އެއަށްފަހު ކުއްޔަ ދީފައިވާ ކަމަށް ސިޔާނާ ބުނާ 3000 އަށް ވުރެ ގިނަ ފްލެޓު އަތުލައި ފްލެޓު ނުލިބުނު 16000 މީހުންގެ ތެރެއިން ބަޔަކަށް ފްލެޓްތައް ދެވޭނެ ކަމަށް ވެސް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ. "ވީމާ މީ ފްލެޓު ލިބުނު އަދި ނުލިބި އިންތިޒާރުގައި ތިބި މީހުންނާވެސް ގުޅުން އޮތް ބޮޑު ކަމެކެވެ. އެެހެންކަމުން ސިޔާނާ އަތުން މިހެކިތައް ހޯދުން އަވަސް ކުރުވައި ދިނުމަށް ރައީސް އޮފީސް، ޕޮރިން މިނިސްޓްރީ އަދި ތައިލެންޑުގައި ހުންނަ ދިވެހި އެންބަސީއަށް ވެސް އަޅުގަނޑުމެން ގޮވާލަމެެވެ." އާއްމުންގެ ޖަމިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

ސިޔާނާގެ ޓްވީޓާއި ގުޅިގެން ކޮމެންޓް ކުރި ބައެއް އާއްމުން ވަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ސިޔާނާ މުސާރަ އާއި އަދި ލިވިން އެލަވަންސް ނަންގަވައިގެން ތައިލެންޑްގައި ދިރިއުޅުއްވާއިރު އެޓެކްސް ދައްކާ ނިކަމެތި ރައްޔިތުންގެ ހާލަތު ނޭނގޭ ކަމަށް ބުނެފައެވެ. ކޮމެންޓް ކުރި އެކަކަކު ބުނީ "ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ އާއި އިނާޔަތްތައް ހޯދައިގެން ދިރިއުޅޭ މީހަކު ހިޔާ ފްލެޓްތަކުގެ ޕާކިން ޒޯނުގައި އޮންނަނީ ކީއްކުރަންތޯ؟ ވާހަކަތައް ގިނަ ނުކޮށް މައްސަލަތައް ހައްލު ކުރަން އުޅެން މާރަނގަޅު." ކަމަށެވެ.

ސިޔާނާ އަކީ ޓްވިޓާގައި އެމްޑީޕީ އާއި ރައީސް ނަޝީދު ޕްރޮމޯޓް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ސާދާ

    ފުރަތަމަ ބަލަންވީ ކުއްޔަށް ދީފައިވޭތޯ؟ އޭގެ ފަހުން ހޫނު ވޭ؟

    19
    2
  2. ހުސައިން އަހްމަދު

    ސިޔާނާ އަށް ވެދުން ސަލާމަށްފަހު ދަންނަވަމެއެވެ. ހިޔާ ފްލެޓަށް ކުރާ މަލަމާތަކީ ޔާމީނަށް ކުރެވޭ މަލާމާތެއް ނޫނެއެވެ. އެއީ އެތާ ދިރިއުޅޭ ރައްޔިތުންގެ ގެދޮރު ގެ ހުރުމަތް ކެނޑުމެއެވެ. ދަންނަވަމެއެވެ ތި ކަމަނާގެ ސަބަބުން ގެއްލިގެން ތި ދިޔައީ ކަމަނާގެ ޕާރޓީއަށް އަޅުގަނޑާ އަޅުގަނޑުގެ އާއިލާގެ ވޯޓެއެވެ، ތައިލެންޑް ގައު ހުރެވޭނީ ދެން ބާކީ 17 މަސްދުވަހުކަން ބުނެ އަންގަމެއެވެ. އިހްތިރާމް ގަބޫލްކުރެއްވުން އެދެން

    54
    2
  3. ސީނާ

    ހިޔާފްލެޓުގެ ކޮޓަރިތައް ވަކިވަކިންވެސް ކުއްޔަށް ދޭން ޖަހާފަ އެބަހުރި ވައިބަރ އަދި މިކަހަލަ ގްރޫޕްތަކުގަ. މީ އެންމެންނަށް ވެސް އެގޭ ބޮޑެތި ސިއްރު ތަކުގެ ތެރެއިން ސިއްރެއް. އެކަމަކު ކަމާބެހޭ އިދާރާތަކުން ކީއްވެތޯ މިކަހަލަ ކަންތައް ނުބަލަނީ. މިވާހަކަ ދައްކާ މީހާ ގޯސްނުކޮށް އެއީ ކިހާވަރެެއްގެ ހަގީގަތެއް އެކުލެވޭ ކަމެއްތޯ ބެލުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް ގަބޫލުކުރެވިގެން މިކަހަލަ ކަންތަށް ހަމަ މަގަށް އެޅިގެންގޮސް އާންމު ރައްޔިތުންނައް އާޚިރުގަ މަންފާއެއް ކުރާނީ

    15
    19
    • ނައިކީ

      އެތަށް ލައްކައެއް ދީގެން ބޮޑެތި ލޯނުނަގަަިގެން އަމިއްލައަށް ނިންމީމަންޖެހި ވާނި އެހެން.. ނުވިތާކަށް 2 ކޮޓަރި 8500އަށް އެހެން ތަންތާނގަ ފިނިޝިންގ ނިންމާފަ ތިންކޮޓަރި 2500 އަށް އަދި 7000އަށް..

  4. ފުލެޓްދޮންބެ

    އެފުލެޓް ދިނީ އެމްޑީޕީއިން އެމީހުން ބޭނުންވާމީހުނައް ނެގުމައްފަހު ބާކީހުރި ފުލެޓްދިނީ މަދުބަޔަކައް އެގޭ ފަހުންވެސް ގުރަކާނުލޭ ފާޓީކުދިންނައްދިންކަމަތްވަނީ ޔާމިނު ކޮތަރު ކޮޝިހެދީމަ އެކޮއްޓައް ބިސްއަޅަނީ ރީދޫބައިގަނޑު އޭނައައްނޭގުނުދޯ ތިއުޅޭ އަސްލަންޓެ ހެދިގަވާއިދަކުން ރައީސްއޮފީސްތެރޭ ބަނޑަހަ ޖާހާގެން ތިބެފުލެޓްބެހީ ކޮންބައެއްކަން އޭރުމީހުނައް ލިބުނުޕޮއިންޓާ މިހާރުލިބުނު ޕޮއިންޓް ލިސްޓްބެލީމަ ފެއްނާނެ މިސަރުކާރުން އެޅި ފުލެޓް ފެއްނާނެ ކޮތަރު ޓަވަރުމައްޗައް އަރާކުޑަކޮއް ބޭންޑްވެ ބެލީމަ އެފުލެޓް ތަކުގަލާ ކުލަހޯދަން އިރުއިރުކޮޅާދަނީ ބޭރައް

    27
  5. ސދަސދ

    ވަޒީފާ ދީފަ ތިހިތީ ކަލޭ މައިންބަފައިންގެ ފައިސާއިން މުސާރަ ދީފައެއްނޫން.
    ރައްޔިތުންނަށްޓަކައި މަސައްކަތްކުރޭ. ރައްޔިތުން ބަދުނާމް ނުކުރޭ.

    30
  6. މަޖީދާ

    ސިނާ އޮފީހަށް ހެނދުނު ފުރަތަމަ ގޮސް ވަދެ ގޮަނޑީގައި އިށީދެލައިގެން ހުރި ވިސްނާލަބަލަ ރައްޔިތުންގެ ޓެކްސްފައިސާއިން އެހާބޮޑު ހޭދައެއްކޮށްފައި ތިތާ ބެހެއްޓުން ދެކޮޅުޖެހޭތޯ.
    އަމިއްލަޔަށް ޖަޖްކުރެވޭނެ ކުރާ މަސައްކަތާއި ހިނގާހަރަދާއި ރައްޔިތުންނަށް އެއިންކުރަނީ ކޮންފައިދާއެއްތޯ.

    29
  7. ގައުމީ

    ސިޔާނާ ވާހަކަ މުޅިއަކުން ދިމާނުވޭ އަދި އާމުންގެ ޖަމިއްޔާގެ ވެސް. ހިޔާ ފުލެޓް ގެ ބައިވަރު އެޕާޓް އެބަހުރި ރެންޓް އަށް ދީފަ، ގަލަމެއް ހިފައިގެން އެޕާޓް ތަކަށް ވަދެބެލިޔަސް ހެއޮ، އެހުރީ ހަގީގަތް ރޮލައް ފެންނަން، ދިމަދިމާލުގަ ގޯތި އޮއް މީހުންނައް ވެސް ބޯކޮށް ދީފަހުރީ. ސައިންސްވެރިންނަށް ވެސް މިކަމަށް ހައްލެއް ނުލިބުނު ކަމައްވަނީ .

    15
    4
  8. ެއަލީ

    ދިވެހިންނަކީ ޙަޤީޤަތް ޤަބޫލު ކުރަން ބޭނުންވާ ބައެއްނޫން ، އެއްއިރެއްގަވެސް. ޙަޤީޤަތަކީ ކުއްޔަށްދީފައިވާ ތަންތަނާއި، ހަމަ އެކަނި ވީކެންޑް ހަދާ ތަންތަނާއި ފާޅުގަ ކުއްޔަށް ދޫކުރުމަށް އިސްތިހާރުކުރާ ތަންތައް ހުރިކަން. މިކަންމިވަނީ އަބަދުވެސް ޙައްޤުނޫން ބަޔަކަށް މިތަންތައް ލިބުމާއި އަދި މިފަދަ ތަނެއްގައި ޢާއިލާ ބޮޑުކަމުން ނޫޅެވުން ފަދަ ކަންތައްތައް ވާތީވެ.

    10
    1
  9. ޑެސްޕޯ

    އޭނަ ބުންޔަސް އެއީ ތެދެއް.. ހަމަ ގިނަ ފްލެޓް ދެނީ ކުއްޔަށް...ބައެއް ފްލެޓް ގެ ކުލި އަގު އަރާ12000/- އަށް ވެސް

    10
    8
  10. އަބޫ

    ކުއްޔަށްދެނީ އުޅޭނެ ގޮތެއްހުރި މީހުނަށް ފްލެޓްދީފަ ހުރީމަ

    19
    • ބަލަ

      ކުއްޔަށް ދެނީ އެތަން ހަދައިގެން އުޅެވޭނެ ގޮތެއް ނެތިގެން މޮޔަޔާ

      4
      1
  11. ޙަަަހަ

    ޖަމްއިއްޔާއިން ބުންޏަސް ކުށްޔަށްދީފަ އެބަހުރި ފުްލެޓް ، އަނެއްކާ މިފަހަރު ކޮމަންޑޫ އިންތިހާބާއި ދިމާކޮށް އެދާއިރާގެ ގިނަބަޔަކަށް ހިޔާފްލެޓް ބެހިކަމަށް ވެސް ވާހަކަ ދެކެވޭ

    13
    1
  12. ޢަލި

    ތިމަންޖެ ނުޖަހާ ތަންދޮރު އޮޅުން ފިލާވަރއްކިޔަވާގެން ހުރި ވައްތަރު

    17
    4
  13. ޢީޅީ

    އާއްމުންގެ ޖަމިއްޔާ އަކީކޮބާ؟! އޮންނާނީ ފުލެޓް ޖަމިއްޔާ

  14. އުމަރު

    ތީ ބަކިބަޔަކު ރެއްސަން ވެގެން ހަދާފަ އޮތް ޖަމިއްޔާއެއް ވވވ ސިޔާސީ ޖަމިއްޔާއެއްތީ ........ވވވ ގިނަމީހުން ހުރީ ފުލެޓް ކުއްޔައްދީފަ ހަޖަމުނުވިޔަސް

    6
    9
  15. ހިޔަޅު

    ނިކަން ތިޖަމިއްޔާއިން ބުނެބަލަ ކިތައް ފުލެޓްކަން ހުރީ ކުއްޔައްދީފަ

    8
    6
  16. ާއައްމާބެ

    ހައްގު ތެދުވާހަކައެއް. ތިއީ އެންމެންނަށްވެސް އިގޭ ބޮޑު ސިއްރެއް..

    11
    3
  17. ނާދިރާ

    ހަގީގީ ކުށްވެރިޔަކީ މި ސަރުކާރުގެ އިސްވެރިން

    25
    1
    • ބޮލްރޮދި

      މިކަހަލަ ބޮލުރޮދި ކެންޑިފަހުރި މީހުން ތައިލެންޑައް ދެވުނީމާ ވާނީ މިހެން.

      10
      2
  18. ޙުސެން

    ތިއީ އެންމެން ދަންނަ ބޮޑު ސިއްރެއް. އެއްގޮތަކައްވެސް ކުއްޔައް ފްލެޓްތައް ކުޔަށް ނުދީ އެހެރީ. ޢާންމުންގެ ޖަމިއްޔާ ނިދާފަ އޮންނަ ބަޔަކަށް ކޮން އެއްޗެއް އިނގޭނީ

    6
    4
  19. ކަތްދަ

    ކަނބުލޯ މިފަހަރު އެކަންޏެއް ނޫން ފްލެޓް ލިބުނު ފަރާތްތަކުން ކުއްޔަށް ދީގެން އުޅެނީކީ އެންމެ ތަނަވަސް ފްލެޓް ތަކެއް ހެދީ މައުމޫނުގެ ވެރި ކަމުގަ. އެތަންތަނުންވެސް ގިނަ ފްލެޓްތައް ހުރީ ކުއްޔަށްދީފަ . ދެން އަންނިގެ ވެރިކަމުގަ ދިން ފްލެޓްތައް އެތަންތަނުގެ 80 ޕަސެންޓް ހުރީ ކުއްޔަށްދީފަ. ދެން ތިބުނާ ކޮތަރުކޮށި. އަޅެ ކުއްޔަށްް ހިފާ ބަަޔަކުވެސް ދިރި އުޅެނީ އެތާނގަ. ރަގަޅު ކޮޓަރިތައް ކުދި އެކަމަކު ކައްކާ ކައިނިދާ ހުރިހާ ކަމެއް އެއްކޮޓަރި ތެރޭގަ ކުރާ ބަޔަ ކަށް އެތަންވެސްވާނީ ގަނޑު ވަރަކަށް. ޔާމީން ސަރުކާރުގެ މީހުން އެބުނަނީ ތިމަންމެން އެތަނުގެ އަގު ކަމަށް ހަމަޖައްސާފައިވަނީ 5000ރ. ރުފިޔާ ކަމމަށްް. އެއަގަށް އެތަން ކިތައްމެ ހާވެސް ރަގަޅު. ސިޔާނާ ކައިރީ އަހާލަބަލަ ތިމާއާއެކު ތިޔަތާ ވަޒީފާ އަދާކުރާ ސޮރުގެ އާއިލާ މީހުނަށް ޔާމީނު ފްލެޓްތަކުގެ ކުރިން ލިބުނު ފްލެޓް ތަކުގަ ދިރިއުޅެނީ އާއިލާ މީހުންތޯ ނޫނީ ހުރީ ކުއްޔަށްދީފަތޯ.
    އަގަ ހިމޭނުން ލައިގެން ހުރިއްޔާ ތާހިރުވާނީ އަގަތެޅުވި ވަރަކަށް ބޭޒާރުވާނީ.

    21
    3
  20. ކިރައިމް

    ކަމަށް ނާގާބިލު ތަޖުރިބާނެތް ޅަކުދިން ގައުމު ތަމްސީލިކުރަން ލައިގެން ހަޑިހޭވީމާ ވާނީ ތިޔާ ކަހަލަ ކަންކަން

    17
    2
  21. އަބްދޫ

    ކުއްޔަށް ހިފިނަމައެބަޔަކު ކުއްޔަށް ހިފީ ރަނގަލުވީމަ

    16
    1
  22. ޢަލިބެއްޔާ

    ޝިޔާނާ ބުންޔަށް ތެދެއްވާނީ ތެދަކަށް
    އަހަރެންވެސް ދަންނަ ގިނަމީހުން ހުރީ ކުޔަށް ދީފަ

    6
    6
  23. މޮޔަ ހަސަނު

    ސިޔާނާ ބުންޏަސް ތެދެއް ވާނީ ތެދެކަށް! އާންމުންގެ ޖަމިއްޔާ ނިކަން ރަނގަޅަށް ދެލޯ ފުހެލާފަ ބަލާލަބަލަ ކިތައް މީހުން ކުއޔައްދީގެން އެބަ އުޅޭތޯ؟

    6
    5
  24. އިސްމާއިލް

    ސިޔާނާ އެބުނީ ރަގަޅުވާހަކައެއް ވަރަށްގިނަމީހުން ގެ ފުލެޓްހުރީ ކުއްޔަށްދީފަ މިއީ 100 % ޔަގީން ވާހަކައެއް އަހަރެންވެސް މިއުޅެނީ ރައްޓެއްސަކާއެކު 12000 ރުފިޔާއަށް ކުއްޔަށްހިޔާފުލެޓްގެ އެޕާޓްމެންޓެއްހިފައިގެން އެ ފުލެޓްގެ ވެރިމީހާ އަތުން އަތުލަންޏާ އަވަހަށް އަތުލާ އާންމުންގެ ޖަމުއިއްޔާ އޮތީ ނިދާފަ އަވަހަށް ހޭލާ މިކަން ބަލަންފަށާ ވަގުތުފާއިތުވެދާނެ އެޗް ޑީ ސީ އޮންނަނީ އަބަދުވެސް ނިދާފާ
    ދެން އޮތީ މާބޮޑުވާހަކައެއް ބައްޕަ އަށް ފުލެޓް ލިބުނީ ބައްޕަ އުޅޭނެ ގޮތެއްނެތިގެން ބައްޕަގެ ކުދިން އުޅެނީ މީހުނާއިދެގެން ވަކިންދިރިއުޅުންފަށައިގެން ބައްޕަ އަށް ފުލެޓް ލިބުނުއިރުވެސް ބައްޕަ ދިރިއުޅެނީ ރަށުގައި އަދިވެސް ދިރި އުޅެނީރަށުގައި ދެން އެފުލެޓްގައި އުޅޭނީކާކު 6 މަސް ދުވަހުގެ ކުލިން ތަން ހަދާފަ ކުއްޔަށްދީފި
    ދެން ލަލަލާ އާންމުންގެ ޖަމުއިއްޔާ މިކަހަލަ ކިތަށްމެވާހަކައެއްއެބަހުރި ފަހުން ކިޔާދޭނަށް ނަމާ ފުލެޓް ނަމްބަރާއެކު ސުކުރިއްޔާ

    6
    3
  25. Anonymous

    ސިޔާނާ ބުނީ ތެދެއް. ވަރަށް ގިނަ ހިޔާފްލެޓް ހުރީ ކުއްޔަށް ދީފައި. ދުވަހަކު މާލޭގައި ނޫޅޭ އަދި ރާއްޖެތެރޭގައި ގޯތިގެދޮރު ހުރި ރާއްޖޭތެރޭގައި ދިރިއުޅޭ މީހުންނަށް ވެސް ހިޔާފްލެޓް ދީފައި އެބަހުރި. މާލޭގައި ގޯތިގެދޮރު ހުރި އަދި މާލޭގައި ބިން އޮތް މީހުންނަށް ވެސް ހިޔާފްލެޓް ދީފައި އެބަހުރި. އޭގެތެރޭގައި ގާޒީއަކު ވެސް ހިމެނޭ. މިކަންކަން ތަހުގީގުކުރާނެ ފަރާތެއް ނެތީ. ސިޔާނާ ބުނީ ތެދެއް. ސާބަހޭ ސިޔާނާ. ތިޔައީ ހިތްވަރުގަދަ ދިވެހި އަންހެން ދަރިއެއް.

    7
    5
  26. މަލިކުރުވާމާ

    ކުއްޔައް އުޅޭ ފްލެޓްތައް ބަލާފަ އެތަންތާ ކުއްޔަށް އުޅޭ މީހުނަށް ފްލެޓް ދޭން ގޮވާލަން .... ގެދޮރުގެ ދަތިކަން ޖެހިފަ ތިބި މީހުން އެ އުޅެނީ އެތާ ކުއްޔައް

    4
    1
  27. ސަބަބު

    ހިޔާފްލެޓް ކުއްޔަށްދެނީ އުޅެވޭވަރަށް ވުރެ ކުޑަވީމައޭ ބުނުން ތީގަ ގޯހީ. ހުޅުމާލޭގަ ހިންގާފައިވާ ފްލެޓުގެ ކޮންމެ މަޝްރޫއަކުންވެސް ފުލެޓު ކުއްޔަށް ދީފަ އެ ބަހުރި. އަލަށްވީކަމެއްނަމަ ދޯ ކަމަނާ ތިމޭރުމުން ޓުވީޓު ކުރެވޭނީ. ދެންއެތާ ހުރިމައްސަލަ ތަކަށް ހައްލުހޯދައިދެން މިވަގުތު ތި ބީ ކަމަނާމެން ދޯ.އަހަރުން ކުރިން އުޅުނު ތަނަށްވުރެ އަގުގެގޮތުން ނާއި ޖާގައިގެ ގޮތުންވެސް މިތަން ރަނގަޅުވީމަ ބުނެވޭނީ ހިޔާފްލެޓް ހަމަ ހަ ބޭސް.

  28. ގަލަން ތުނޑު

    ކޮންމެސް އެއްޗެއްކިޔައިގެންތަ މަގާމުގަ ހުރެވޭނީ....

  29. ޅޮލ

    ބުރުގާ އަޅާފަ ނަގާ މީހުން ނުދައްކާނެ ތެދު ވާހަކަ އެއް

  30. އަހުމަދު

    ތީކޮންތާކު އޮންނަ ޖަމިއްޔާއެއް؟

  31. ސިޔާސީ މަގާމު

    ތިޔައީ ދައުލަތުން މުސާރަ ދީފައި އެމްބަސީތަކަށް ޓްވީޓް ކުރަންލާފައިތިބޭ ބަޔެއް ތިގޮތަށް ކޮންމެ އެމްބަސީއެއްގައި ތިކަލަ ބައިވަރު މުވައްޒަފުން އެބަތިބި ތިޔައީ ތަނެއް ދޮރެއް ދަންނަ ބައެއްނޫން

  32. މަ

    ބަލަ ސަރުކާރުން ފުލް ފިނިޝިން ނިންމާފަ ދިން ތަން ތަން ފުރަތަމަ ބަލާ ބަލަ
    ބަލއެކޭ.. ހަތަރު ފާރު ހަވާލު ކޮއްފަވެސް ފުއްޕާވަރެއް ދޯ

  33. ލޭނު

    ކުއްޔަދީފަ ހުރި ފްލެޓް ބައިވަރު އެބަހުރި.މާލޭ ގެ ކުއްޔަ ކޮޓަރި ދޫކުރަމުން ދާ ތިންފިޔަ ގެ ބޮޑުމީހާ ތޮލްހަތު އައް ވަނީ ފޭސް2 އިން ފްލެޓް ލިބިފައި އެތަން ވެސް ވަނީ ކުއްޔަ ދޫކޮއްފަ.ވަރަށް ބޮޑަށް ށުކުރިއްޔާ ކިނބޫ ސޯލިހު. ކަލެޔައް އެބަހުރި ފްލެޓް ބަހަންއެނގިފަ

  34. ގުއިރޯނު

    މީގެ ކުރިން ދުވަހަކުވެސް ބަޔަކާ ފްލެޓެއް ހަވާލުނުކުރަނީބާ؟ ސަރުކާރުން އަދި އަލަށްތަ ފްލެޓް ދީގެން މިއުޅެނީ؟ ކުރިން ބަޔަކަށް ފްލެޓް ދީފަހުރިނަމަ އެތަންތަން ހުރިގޮތެއް ބަލާބަލަ ރަގަޅަށް ދެލޯ ބޮޑުކޮށްގެން. އެޗްޑީސީ އިން ދީފަހުރީ ހަތަރުގަނޑު ފާރު. ރައްޔިތުމީހާ ގޮހޮރާއި ފުއްޕާމެއާއި އެއްޗެހި މޯގޭޖްކޮށްގެން ލާރިނަގައިގެން ތަން ހަދާފަ ދެން ދެފައިދަނޑިއަށް ގުއިރޭންވީތަ؟

  35. ނިޔާޒް

    ތިހިރީ މަގާމެއް ލިބިގެން މާ މެލޭ ވެފަ ސައިޒް އޮޅިފަ ހުރި މަރުމޯލެއް. މެލޭވެވުނީވެސް ދައުލަތުން ފައިސާ ނަގައިގެން.

  36. މަޖީދު

    ހަގީގަތް ވާނީ ހަގީގަތަށް. މިސަރުކާރުން ތަނެއްދޮރެއް ބަލާނުލާ މީހުންނަށް ތަންދިނީ. މާލޭގެ ގެދޮރު ހުރި ރައްޔިތުންނަށް ހިޔާފުލެޓް ދިނީމަވާނީ ތިޔާހެން.

  37. ހުޅުމާލޭ ބޮޑު ޖިންނި

    ސިޔާނާގެ ވާހަކަ ހަމަ ސަތޭކަ އަށް ރަނގަޅު. އަހަރެން ހަމަގައިމު އެތަން ރަގަޅެކޭ ނުބުނާނަން. އެކަމަކު 3 ކޮޓަރީގެ އެޕާޓްމެންޓް އަށް ކުރިމަތިލައިގެން 125 ޕޮއިން ލިބި އެކަމަކު ފްލެޓް ނުލިބުމުން ސާފުކުރުމުން ރުމާލު 2 ޖަގަހަޔަށް ގެންގޮއްސަ ބުނިކަމަށް ވަނީ ޕޮއިންޓް ގިނަވިޔަސް ފްލެޓްދޭނީ ސަރުކާރަށް ތައީދު ކުރިއްޔަކަމަށް. އެހެންވީމާ މިއަހަރަކީ ދެވަނަ ދައުރަށް ކެމްޕެއިން ކުރާއަހަރުވީމާ އެއްލައްކަ ރުފިޔާ ހިފައިގެން އައިމަ ލިބޭނެކަމަށް. މިހެންބުނީ އޭރުގެ މަޖިލީހުގެ މެމްބަރެއް. އޭރުގެ މަހާރެހެންދި ކުރިމަތީ މަލާމާތަށް ހޭންހުއްޓަ. އެމްނެފަހުން ސިވިލްސަރވިސް މުއައްޒަފުންނަށް ދޫކުރި 2 ކޮޓަރީގެ އެޕާޓްމެންޓް މިލިބުނީ. ލިބުނުއިރު އަދި އެ ކުޑަކުޑަ ދެ ކޮޓަރިގަނޑު ހަދަން އެބަޖެހޭ 250 ހާސްރުފިޔާ ޚަރަދުކުރަން. ކިހާބޮޑު ކަމެއްމީ. އެހެންވީމަ މިބުނަނީ. މިތަން ހަމަހަދައިގެން ދުވަހު ކުއްޔަށް ދޫކުރުންނޫން ހަމައެއްވެސް ނުކުރެވޭނެ.

  38. މުހަންމަދު

    ތައިލޭންޑް އެމްބަސީގަ ތިބެގެން މިމީހުންް ކުރާނެ މަސައްކަތެއްނެތް....ހަމަ ތިބެގެން ލާރި ކަނީ.