ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށިގެން ދިޔުމާއެކު ފުލުހުންނަށް ކުރެވޭ ދޮގު ތުހުމަތުތަކުގެ ހަގީގަތް ހާމަވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޔުނީފޯމްތަކުގައި ބޮޑީ ވޯން ކެމެރާ ރަސްމީކޮށް ބޭނުންކުރަން މިއަދު ވަނީ ފަށާފައެވެ. އެންެމެ ފުރަތަމަ ކެމެރާ ބޭނުންކުރަން ފަށާފައިވަނީ މާލޭ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުންނެވެ. 200 އޮފިސަރަކު ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށާފައިވާއިރު އިތުރުން 1200 ކެމެރާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ފުލުހުންގެ އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުމެވެ.

ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރ ހަމީދު ވިދާޅުވީ ބޯޑީ ވޯން ކެމެރާއަކީ ފުލުހުންގެ މަސައްކަތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ތައާރަފްކުރެވެމުން އަންނަ ވަސީލަތަކަށްވާއިރު މިއީ ކުށާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުންކުރާ މަސައްކަތަށް ލިބިގެންދާ އިތުރު އެހީތެރިކަމެއް ކަމަށެވެ. އަދި ތަހުގީގަށް ލިބިގެންދާނެ އާ ވަސީލަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު ވަސީލަތްތައް ބޭނުންކުރަން ފެށިކަމުގައިވިޔަސް ދުނިޔޭގެ އެހެން ގައުމުތަކުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރާތާ އަހަރުތަކެއް ވަނީ ވެފައި" ސީޕީ ވިދާޅުވިއެވެ. ހަމީދު ވިދާޅުވި ގޮތުގައި އެ މަސައްކަތްކުރަމުން އަންނަތަ ތިން އަހަރުވެއްޖެއެވެ. އޮފިސަރުންނަށް ބޭނުންވާ ކެމެރާ، 2020 ވަނަ އަހަރުގެ ބަޖެޓުގައި ޖަހާފައި އޮތް ނަމަވެސް ކޮޮވިޑް-19 ގެ ސަބަބުން އާމްދަނީ ދަށްވެ ހަރަދުކުޑަކުރަން ޖެހުމާއި ގުޅިގެން އެ ޕްރޮޖެކްޓް ފަށައިގަތުން އޮތީ ލަސްވެފައެވެ.

ސީޕީ ވިދާޅުވީ މި މުއްދަތުގެ ތެރޭގައި ބޮޑީވޯން ކެމެރާ ކުރުމުގެ ޕައިލެޓް ޓްރެއިނިން ޕްރޮގްެރާމްތަކެއް ހިންގިފައިވާ ކަމަށެވެ. ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އެކަމަށް ހާއްސަ އުސޫލެއް އެކުލަވައިލައިގެން ފުލުހުން ތަމްރީނުކޮށްގެންނެވެ. މިއީ ފުލުހުންގެ ހިދުމަތުގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓެޖިކް ޕްލޭންގައި އިސްކަން ދޭނެ ހަ ދާއިރާގެ ތެރޭގައި އޮގަނައިޒޭޝަން ރިފޯމްވުމާއި ގުޅިފައިވާ މުހިއްމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ފުލުހުންނަށް ކުރެވޭ ދޮގު ތުހުމަތުތަކުގެ ހަގީގަތް ހާމަކުރެވޭނެ

ސީޕީ ވިދާޅުވީ މުޒާހަރާތަކުގައި ފުލުހުން ހަރަކާތްތެރިވާ ވީޑިއޯ މީސް މީޑިއާގައި ދައުރުކުރުވުމަކީ މިހާރު ވަރަށް އާއްމު ކަމަކަށްވެފައިވާއިރު އެ ވީޑިއޯތަކުން ފެންނަނީ މަންޒަރުގެ އެއް ފަރާތް ކަމަށެވެ. "ފެންނަނީ މަންޒަރުގެ އެއް ފަރާތް. ފުލުހުންގެ މީހާގެ ފަރާތުން ކަން ހިނގާ ގޮތް ފެންނާކަން ނުހުރޭ" ސީޕީ ވިދާޅުވިއެވެ. ނަމަވެސް ބޮޑީވޯން ކެމެރާ އަޅައިގެން ހުންނަ ފުލުހެއްނަމަ ފެންނަ ހުރިހާ މަންޒަރެއް ރިކޯޑްވަމުންދާނެއެވެ. އަދި އެ ފުލުހެއްގެ ނަޒަރުން އެ ހާދިސާ އަލުން ބަލައިލެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އެ ވަސީލަތް ވެގެންދާނީ ފުލުހުން ޖަވާބުދާރީ ކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ވަސީލަތަކަށްވާއިރު ހަގީގީ ބޭނުމަކީ ފުލުހުން ގޯސްކަމެއް ކުރާތޯ ބަލައި ފާރަވެރިވެ ފިޔަވަޅުއެޅުން އެކަނި ނޫން ކަމަށާއި ކެމެރާއަކީ ފުލުހުންގެ ތަފާތު މަގްސަދުތައް ހާސިލްކުރުމަށް އެހީތެރިވެދޭނެ އަދި ފުލުހުންގެ ރައްކާތެރިކަމުގައި މުހިއްމު ރޯލެއް އަދާކުރާނެ އެއްޗެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ،

"ފުލުހުންގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް ވާހަކަތަކުގެ ހަގީގަތް ހާމަކުރެވޭނެ ވަސީލަތަކަށް. ކެމެރާގެ ސަބަބުން ފުލުހުންނާ ރައްޔިތުންނާ ބައްދަލުވާ ބައްދަލުވުންތަކުގެ ފެންވަރު ރަނަގޅުވެ ކެމެރާގެ އަލީގައި މައްސަލަތައް އަވަސްކުރެވި ފުލުހުން ހަރަކާތްތެރިވާ ހާލަތްތަކުގެ ތަމްރީނުކުރެވި ގޮތް.

ކުށްތަކަށް އަރައިގަންނަ ފަރާތްތަކާއި ފުލުހުންނާ ބައްދަލުވާ އާއްމު ރައްޔިތުންގެ އަމަލުތައް ރަނގަޅު ބަދަލުތަކެއް ގެނެވޭނެކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަޖީދާސ

    ޕޮލިހުންނަށް އައްޑޫގައި ކުރެވޭހާވެސް ކަމަކީ ސައިކަލް އަދި ކާރުގައިދާ އަންހެނުންނާއި އަންހެންކުދިން ހުއްޓުވައި ސުވާލުކުރުން އެކަނި.
    ޕާޓޭމެންކައިރީ މަޑުކުރާށޭބުންޏަސް އެމީހުން މަޑެއްވެސް ނުކުރާނެ ލައިސަންސްނެތި ދުއްވާނީ ނަމަވެސް އެއްވެސް ފިޔަވަޅެއްނޭޅޭ.
    މިހިރީ ކޮއްމެ ހަފްތާއަކު ފެންނަ މަންޒަރު. ދެން ކިހިނެއް ފުލުހުންގެ ގާބިލްކަން އިތުރުކުރާނީ. ކެމެރާއިން މިމަންޒަރުވެސް ސޕ ބައްލަވާނެކަމަށް އުއްމީދުކުރަން.

  2. ކޮވިޑް

    200 ކެމެރާ ފުރަތަމަ ހަރުކުރަން ވީ ކަމިޝަން އޮފިސަރުންގެ. ޕޮލިސްގަ ހިންގާ ހުރިހާ ޖަރީއެއް ހިންގަނީ އެ އޮފިސަރުން. ދަށުރޭންކުތަކަށް ފެންނަނީ އެމަންޒަރު. މިސާލަކަށް ޑީޖޭގަ ސީޕީ ތަށި ހިފައިގެން ހުރި ވީޑިއޯ ފުދޭނެ. # އިންޑިއާ އައުޓް #

    13
  3. ތުހުމަތު

    ރައްޔިތުންނަށް ކުރާ ދޮގު ތުހުމަތުވެސް ހާމަވާނެ.

    14
  4. ރބރ

    “ފުލުހުންނަށް ކުރެވޭ ދޮގު ތުހުމަތުތަކުގެ ހަގީގަތް ހާމަކުރެވޭނެ”
    ދެންފެންނާނީ ކަލޭމެން ދެއްކިއް އެއްޗެއްނު ހަގީގަތް އޮންނާނީ ފޮރުވިފާއި

    14
  5. ޙަނދުކޭތަ

    ކޮންމެ އެއްޗެއްހަރުކުރިޔަސް ހަމަ ޖެހޭނީ އެއްތާކު ހުރިހާ ނުބައިކަމެއްގެ އަޑީގަ ތިބެނީ ސިޔާސީ ބޮޑުންނޭ ތިޔަ ހަރުކުރިޔަސް ލާހިކެއްނޫން ކަލޭމެނައްހެކި ހޯދާކައް އެހެންނޫ އާދައިގެ ނިކަމެއްޗެއް ވިއްޔާ ހެކިއުފައްދައިގެންވެސްވެސް ހެކިހޯދަފާނެ ތިޔައީ ހެކި އުފައްދާ މަރުކަޒަކައްވެފަ އޮންނަނީ

    15
  6. ބުރު ކަންމަތި.

    ތި ކެމެރާތަކުގެ ތަކުގެ ސަބަބުން ޖޯޝްގައި ،ކުށް ހުއްޓުވަން މަސައްކަތްކުރާ ފުލުހުން ސައިޒު ވާނެ، ދެން ނުކުރޭނެ ޕާރޓޭ ސޮރު ފެން ބޯން ދިނަސް އަނބުރާ އެއްޗެކޭ ބުނާކަށް. ގައިގަ އަތްލިޔަސް ފުލުސްމީހާ އާދެ ލައްބަ ކިޔަ ކިޔާ ހުންނަން ޖެހޭނީ.. ފުލުހުންނަށް ބާރުތަކެއް ދިނުމުގެ ބަދަލުގައި ފުލުހުންގެ ކުށް ހޯދަން ކުރާ ކަމެއް ކަމަށް ބޮޑަށް ބެލެވެނީ..

    7
    1
  7. އަހްމަދު

    ފުލުހުންނައްތުހުމަތުކުރަނީ އަނިޔާވެރިވާތީ ރައްޔިތުންގެކެމެރާތަކުން އެފެންނަނީ ހަގީގަތް އެކަންފޮރުވަންއުޅުގެންވާނެފައިދާއެއްނޯންނާނެ ރައްޔިތުންގެ ޓެކްސްފައިސާއިންޚަރަދުކޮށްގެން ބޭނުން ކޮންމެއެއްޗެއްވެސް ގަނެވިދާނެ އެކަމަކާ ތިކަމަކާ މާބޮޑުގުޅުމެއްނެތް

  8. ޗ

    ތީގެން އެކިތވެސް ބޭނުން ޖެހޭގަޑީގަ މަސަކަތެއް ނުކުރާނެ

    11
  9. ތޭރިއެމްވީ

    ދެން އަދި ފަޅާއަރާނީ ތިޔަ މީހުން ހާވާ ހަޑި، ކަމެއް ޖެހޭއިރު ކެމެރާ އިންނާނީ މައްސަލަ ދިމާވެފައޭ.

    12
    1
  10. ޖަވާދު

    ދޮގު ތުހުމަތެއް ނުކުރެ! އަވަގުރާނަ ގޮވާ އަނިޔާ ކުރާތީ އެވާހަކަ ބުނަނީ! ދެން ފެންނާނީ ބޮޑު ތަސްބީޙަ ކިޔާ ބައެއްގެ ގޮތުގައި

  11. ޢަލީ

    އެއިން ފެންނާނީ އެމީހުންގެ ގަޔަށް މީހަކު އަރާނަމަ، އެމީހުން ކުރާކަމެއް ނުފެންނާނެ، ތީ އެހެންވެގެން ހޯދި އެއްޗެއް

  12. މއާޒު

    ދިވެހިރާއްޛޭގެ ޤާނޫނާ ޙިލާފުއް ހުރިކަންކަން ނުގުނޭނެ މަގުމައްޗައް ނިކިުންނައިރަކައް ވަށައިގެން ނުގުނޭވަރައް އިމިގްރޭޝަން ޤާނޫނުއް ފެށިގެން ، ވިޔަފާރީގެ ޤާނޫނައް ބެލިޔައް ހުސް ނުވާ ވަރައް ތުހުމަތު ކުރާކައްނެތް ވަށައިގެން ފެންނަން އޮތީ ވިލްފުލީ ބްލައިޑްވެގން ތިބެނީ މިއީ ހަޣީގަތް ، ކޮރަޕްޝަން އިންތިހާޔައް ބޭރުގަވެސް އެތެރޭގަވެސް އިންސާނުން ބަލިފައިއޮއްނާނެ ، ނެތްކަމައް ދެއްކުމަކީ މުނާފިގުކަން

  13. ޟ

    ކެމެރާ ކޮއްމެތާކު ހަރުކުރިޔަސް ކަލޭމެން ރައްޔިތުންނަށް ދެއްކި އެއްޗެއް ފެންނާނީ. ފުލުހުން ކުރާ ޤާނުނާ ޤަވައިދާ ޚިލާފުކަންކަން އިތުބާރާއި އިޚުލާސްތެރިކަމާއެކު ބެލޭނެގޮތެއް އަދިވސްނެތް. ނަމެއްގަ ތަންތަން ނެތްވާހަކައެއްނޫން. ޝައްކު ކުރަނީ ޝައްކުކުރާ ކަން އަދިވެސް ކުރާތީ. ފުލުހުން ކުރާ ކުއްތަކާ ޤަވާއިދާ ޤާނޫނާ ޚިލާފުކަންކަން އެއީ އެއްވެސް ކަމަކަށް ނުވާތީ. ޤާނޫނީ ވާޖިބު އޮއްނަނީ ފުލުހުން އެކަނި. އިމަޖެންސީ ހާލަތްވެސް ދިމާވަނީ ފުލުހުން އެކަނި. ދިވެހި ރައްޔިތުންގެ އެއްވެސްމީހަކަށް މިކަހަލަ ހާލަތެއް އައިސްދާނެކަމަކަށްވެސް ގަބޫލެއްނުކުރޭ. ދެންކިޔާނެ ރެޔާދުވާލު މަސައްކަތްކުރަނީ. ތިޔަބައިމީހުން މަސައްކަތް ކުރަނީ ހިލޭސާބަހަށް ތޯ. އެހެންމީހުން މަސައްކަތް ނުކޮށްނިދަނީތޯ. ނިންމާލީ މިވަގުތަށް.

  14. ކެނެރީގެ މާފަތް އެދުރު

    ތީވެސް ކޮންމެވެސް ބަޔަކަށް ލާރިގަނޑެއް ދޭންވެގެން ހިންގާ ބޮޑު ޖަރީމާއެއް ދުވަސްކޮޅަކުން ތިއެއްޗެހި ހަލާކުވެ ވީރާނާވާނެ ދެން އާއެއްޗެއް ނުލިބޭނެ މަރާމާތެއް ނުކުރެވޭނެ ނުފޯރަ ފޮތިން ފޫގަޅަން އުޅެނީ ތިޚަރަދު ކުރުމަށްވުރެ ބޮޑަށް މާމުހިންމު ކަންކަން އެބަހުރި ތިޔަ މުއައްސަސާގައި ރަނގަޅު ކުރަންޖެހޭ އެކަންކަން ބަހައްޓާފައި ބޮންތީގައި ހިފަން ތިޔަ އުޅެނީ