މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު، އުމުރުން ދުވަސްވީ އަންހެން މީހެއް ކަމަށްވާ ނައީމާ މޫސާ (62އ) ގެ ގާތިލް ހޯދޭނެ ދުވަހެއް ނޭނގޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު "ވަގުތަށް" މިއަދު ވިދާޅުވީ ނައީމާގެ މަރާއި ގުޅިގެން ތަހުގީގަށް ސީޕީ ހަމީދު މިއަދު އެ ރަށަށް ވަޑައިގެންފައިވާ ކަމަށެވެ. ސީޕީގެ އަރިހުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވެސް ވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

ސީޕީ މަނަދޫއަށް ވަޑައިގެން ކައުންސިލްގެ މެމްބަރުންނާއި ރަށުގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރެއްވި ކަމަށް ސަބީހު ވިދާޅުވި އެވެ.

ނައީމާގެ މަރާއި ގުޅިގެން ކައުންސިލާއި މަޝްވަރާ ކުރި ކަމަށާއި ގާތިލް ހޯދާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި ކަމަށް ސަބީހު ވިދާޅުވި އެވެ. ނަމަވެސް ގާތިލް ހޯދަން ނަގާނީ ކިހާ ދުވަހެއްކަން ނޭނގޭ ކަމަށް ސީޕީ ވިދާޅުވި ކަމަށް ވިދާޅުވިއެވެ.

ސަބީހު ވިދާޅުވީ ނައީމާގެ މަރާއި ގުޅިގެން މާބޮޑު މައުލޫމާތެއް ކައުންސިލަށް ލިބިފައިނުވާ ކަމަށެވެ. ރަށުގައި ސުންކު ނެގުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ނައީމާ އަކީ މަނަދޫ ތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ، ޑިއުޓީއަށް ނުނިކުމެ ދެ ދުވަސްވުމުން ބެލުމުންނެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނަހަދައި ވަނީ ވަޅުލައިފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް މަނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝިވާން

    ތިއީ ތިވާވަރަކީ.. ދެންބުނޭ ބާލާނެ.. ހޯދާނެ.. އަޅާނެ..

    7
    1
  2. ޑައެލޯގް

    ގޮތްނޭގޭމަރާއި، ގެއްލުނުމަރާއި، އަފްރާޝީމުގެމަރާއި، ރިލްވާނުގެމަރާއި މިހުރިހައިކަމެއް ހޯދަންއައިސަރުކާރުގައި މިފަދަކަންކަން އިތުރުވީއެވެ. އެއިންއެއްކަމެއްވެސް ނުވެއެވެ.

    12
  3. ސޯލޭ

    ދެން ތިކަން ހުއްޓާލާފަ ބާ އަކައް މަޖާކޮއްލަން ދޭބަލަ

  4. ނަފީސާ

    ޤިޔާމަތް ދުވަހު ހޯދޭނެ.

    11
  5. ކަމަނަ

    ޙެހެހެ

  6. ނަފީސާ

    ޤިޔާމަތް ދުވަހު އެނގޭނެ.

    9
    1
  7. ދާޅީ

    ތިޔަވާނީ ޖިންނީންގެ ކަމަކައް ޑޮކިޔުމެންޓޭއާ ވާހަކަދައްކަބަލަ
    އެއީ ގެންގުޅޭ މީހެއްކަމައް ކިޔާތީ(ޖިންނި)އަޑުއިވޭ

  8. ޢަހަންމަދު

    އިސްތިއުފާދޭކަށް ނުވޭތަ!

  9. އެސޮރު

    އަޅުގަނޑައް ޝައްކުކުރެވެނީ ، ގާތިލު އަމަލު ހިންގާފައި ވަނީ ، ރޭގަނޑުގެ ދަންވަރު ރަށައް އަރައި އަމަލު ހިންގުމައްފަހު ރަށުން ފައިބާގެން ގޮސްފައެވެ. ތިޔަ އަމަލު ހިންގާފައި ވަނީ މަނަދޫ މީހެއް ނޫންކަން ވަރައް ޔަގީން ،
    އަނެއްކާ އަހަރެން މިހެން ބުނީމަ އަހަރެން ހަތްޔަރު ނުކުރައްޗޭ.ވެ