ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް މެންބަރު މުހައްމަދު ރާއީއަށް ބަޔަކު މަރުގެ އިންޒާރުދީފިއެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު ރާއީއަށް މަރުގެ އިންޒާރު ދީފައި ވަނީ ދެންމެ ރަސްފަނު ސަރަހައްދުގައި ހުންނަވަނިކޮށް ސައިކަލެއްގައި އެތަނަށް ދިޔަ ދެމީހެކެވެ.

މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތުދެމުން ބުނީ ރާއީއަށް މަރުގެ އިންޒާރު ދިން ދެމީހުން ވަނީ މެންބަރުންނަށާއި އެމްޑީންނަށް ބިރުދައްކާނަމަ ރާއީ ދުއްވާލާނެ ކަމުގެ އިންޒާރު ދީފައެވެ.

ފަހަކަށް އައިސް ރާއީ ވަނީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދަށާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހަށް ފާޑުކިޔައި ޓްވީޓްތަކެއް ކުރައްވާފައެވެ.

އޭގެތެރެއިން އެއްޓްވީޓްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ސައީދު ޓެގް ކުރައްވާ ރާއީ ވިދާޅުވީ ބައެއް ދާއިރާ ތަކުގެ ޕްރޮޖެކްޓްތަށް ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށެވެ. ކޮންޓްރެކް ކުރެވިފައިވާ މުއްދަތު ފަހަނަ އަޅައި، ގިނަ މަސައްކަތްތަށް ވަނީ ހުއްޓިފައި، ނުވަތަ ވާނުވާ ގައި ކަމަށް ރާއީ ވިދާޅުވިއެވެ. އޭނާ ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއް ނެތް ކަމަށެވެ. "ފެނަކަ އެމްޑީ ސައީދަށް މަންމަނަކަށްވެ ތާއަބަދަށް ނުހުރެވޭނެ" ކަމަށް ވެސް ރާއީ ވިދާޅުވިއެވެ.

ނަމަވެސް އެޓްވީޓްތަކާއި ރާއީ އަށް ދިން މަރުގެ އިންޒާރާއި ގުޅުމެއް އޮތްކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ރާއީ ވެސް ވަނީ އޭނާ އަށް މަރުގެ އިންޒާރު ލިބުނުކަން ކަށަވަރު ކޮށްދެއްވާފައެވެ. ރާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުންޑާއިން ފޮނުވައިގެން އިންޒާރު ދީ މަރާލަން ބުންޏަން ބިރު ނުގަންނަ ކަމަށެވެ. ރާއީ ވިދާޅުވީ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ނޫން ކަމަށާއި ފުރާނަ ހިއްޕަނީ މާތްﷲ ކަމަށެވެ.

ރާއީ އަށް އިންޒާރު ދިނުމާއި ގުޅިގެން އަދި ރަސްމީ އިދާރާއެއްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އެމްޑީޕީ ޕާޓީގެ މެންބަރުން މަރުގެ އިންޒާރު އެމްޑީޕީ މަޖްލިސް މެންބަރުން ނަށް. ލަދު.

    48
    2
    • ޙަސަނާ

      ލަދެއްކަމަކު އެހުރިހާ ކުންފުންޔެއްގެ ވެރިން އެބައިމީހުންގެބާރުގަދަކޮއްފަ ވަނީ ގޭންގުތަކުގެ ކުދިންނައް ބޮޑެތިވަޒީފާތައްދީގެން މޑން ބޭނުންކަމެއްބޭނުންއިރަކުކޮއްލާނެ ސަރުކާރު ދިފާއުކުރުމުގެ ބޮޑުބައިކުޅެނީ މޑން ވޯޓުކޮޅެއްބޭނުންވެލާއިރައް 50 60 ވަޒީފާ ބަހާލަނީ އޭގެ އަސަރުގަ ޕެޓުރޯލާއި ދީސަލް އަގުމަތިވޭ ކަރަންޓުބިލް އައް ގޮތްނޭގޭ ބަދަލު އާދޭ..ރާއީވެސް ދެން ރަގަޅުވާނީ ތިގޮވާ ބަދިވަރު ހުއްޓާލިއްޔާ..

  2. ނިންމާނަން

    ބުނަން ސަޅި ވާހަކައެއް ފުއްޕާފަ އަދި އަތުޖެހޭނެ. އެކަން ހަނދާން ކޮށްގެން މަރުގެ އިންޒާރު ދީ ހަދާނީ. ހާޑު ވީމަ ހާޑު ވާނެ.

  3. ޙދ

    މަޖިލީސް މެމްބަރުންގެ ގައިގަ ބޮޑީ ކެމެރާ ހަރުކުރުމަށް ފާސްކުރޭ. ތިއިންޒާރު ދިން ބަޔަކު ހޯދަންޖެހޭ އަދި ބޮޑު އަދަބު ދޭންޖެހޭ.

    17
    1
    • ޙަސަނާ

      ނުކުރެވޭނެޢެއްކަމެއްވެސް ރާއީ ސައިޒުވެފަ ހުންނަންޖެހޭނީ...މިގައުމުގަ މިހާރު މޑންގެބާރުދަށެއްނުވާނެ..

  4. ޙަސަނާ

    ލަދެއްކަމަކު އެހުރިހާ ކުންފުންޔެއްގެ ވެރިން އެބައިމީހުންގެބާރުގަދަކޮއްފަ ވަނީ ގޭންގުތަކުގެ ކުދިންނައް ބޮޑެތިވަޒީފާތައްދީގެން މޑން ބޭނުންކަމެއްބޭނުންއިރަކުކޮއްލާނެ ސަރުކާރު ދިފާއުކުރުމުގެ ބޮޑުބައިކުޅެނީ މޑން ވޯޓުކޮޅެއްބޭނުންވެލާއިރައް 50 60 ވަޒީފާ ބަހާލަނީ އޭގެ އަސަރުގަ ޕެޓުރޯލާއި ދީސަލް އަގުމަތިވޭ ކަރަންޓުބިލް އައް ގޮތްނޭގޭ ބަދަލު އާދޭ..ރާއީވެސް ދެން ރަގަޅުވާނީ ތިގޮވާ ބަދިވަރު ހުއްޓާލިއްޔާ..

  5. ގަލަން ތުނޑު

    އިއްޔެ ދޫނީގެ ވާހަކަ މިއަދު ބޮޑީކެމެރާ

  6. ޙެއް ހެއް

    ސިޔާސީ ވާދަވެރިކަމުގައި ގަޔަށް ބޮލަށް އަރާވާހަކަ ދެއްކީމާ ކަޑަ.
    މި ސިޔާސީ ސިސްޓަމަކީ އެއްބަޔަކު އަނެއްބަޔަކށް ފާޑުކިޔާ ސިިސްޓަމެއް. މަރުގެ އިންޒާރުދޭންޖެހޭ ކަމެއްނޫން.

  7. Anonymous

    ރާއީމެން ވާހަކަ ހެޔޮނުވަނެ ދައްކަން މި މޑޕ