ރާއްޖެ އެތެރެކުރާ ކޮންމެ ތިން ބިހަކުން ދެ ބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށް ވިދާޅުވެ، "އިންޑިއާ އައުޓް" ކެމްޕޭންގެ ނުރައްކާތެރިކަން ވިސްނަވައި ދެއްވަން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ މަސައްކަތް ކުރައްވައިފިއެވެ.

ރާއްޖެ އަށް އެތެރެ ކުރާ ބިހުގެ ތަފާސް ހިސާބުތައް ވިދާޅުވެ މާރިޔާ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާއު ކުރެއްވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނާއި ގުޅިގެން ގައުމީ ސަލާމަތައް އޮތް ނުރައްކާ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ކުރާ ދިރާސާއަށް ރޭ މައުލޫމާތު ދެއްވަމުންނެވެ.

މާރިޔާ ވިދާޅުވީ އިމްޕޯޓާއި ބޭސްފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. "ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހުން ދެ ބިސް އެއީ އިންޑިއާއިން އެތެރެކުރާ ބިސްތަކެއް. %90 ހަނޑޫ ގާތްގަނޑަކަށް އެއީ އިންޑިއާއިން އެތެރެކުރާ ހަނޑޫ، %88 - %90 ފިޔާ ވެސް މިގެންނަނީ އިންޑިއާ އިން. މިގޮތައް އޮތް ގައުމެއް މިއީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ހަމައެކަނި ސެކިއުރިޓީގެ ގޮތަކުން ނޫން އެނޫން ވަރަށް ގިނަ ގޮތްގޮތުން ވެސް (އިންޑިއާއަށް) ބަރޯސާވޭ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމަންވެލްތުން ވަކިވެ، ބައިނަލްއަޤުވާމީ ދުނިޔެ އާއި ވަކިވެގަންނަން ގެންގުޅުނު ސިޔާސަތައް 2018 ވަނަ އަހަރު ރައްޔިތުން ވަނީ ބޮޑުތަނުން ނޫނެކޭ ބުނެފައެވެ. އެހެންކަމުން ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސަތަކާއި ބައިނަލްއަޤުވާމީ ގުޅުންތައް ވަރުގަދަކޮށް އަވައްޓެރި ގައުމުތަކާއި އެކުގައި މަސައްކަތް ކުރެއްވުން ކަމަށް ތަކުރާރުކޮށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި އިންޑިއާ އަކީ އެންމެ ގިނައިން ދިވެހިން ބޭސްފަރުވާއަށް ދާ ގައުމު ކަމަށް ވާއިރު އަދި ގިނަ ކާބޯތަކެތި އެ ގައުމުން ރާއްޖެ އެތެރެކުރާއިރު އެ ގައުމާ ދެކޮޅަށް ރައީސް ޔާމީން ދައްކަވާ ވާހަކަތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ.

"ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވޭ ރައީސް ޔާމީންގެ އިންޑިއާ އައުޓް ކެމްޕެއިނަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށް،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ބިސް އެތެރެ ކުރާ ގައުމަކީ އިންޑިއާ ކަމަށް ވީނަމަވެސް ފަހަކަށް އައިސް ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރަނީ އިންޑިއާ އަކުން ނޫނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާ އަކީ މިހާރު ރާއްޖެ އަށް ތިން ވަނަ އަށް ނުވަތަ ހަތަރު ވަނަ އަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރާ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

112 ކޮމެންޓް

  1. ޚަބަރު

    ޕްލާސްޓިކް ބިހޭ ކިޔާ އަޑުވެސް އިވޭ.

    71
    1
    • ގ

      އިންޑިއާ މިލިޓަރީ އައުޓް އޭ ކިޔާފަ އެގޮވަނީ.. އިންޑިއާ މިލިޓްރީއިން ބާ ކުކުޅު ބިސް އަޅާފަ ކުކުޅު ގެންގުޅެނީ

      69
      2
  2. އަލީ

    ތީ ގައްދާރުން. ނަފްސާ ގައުމިއްޔަތު ވިއަކާލައިގެންތިބި ގައްދާރުން. މާރިޔާގެ އެ މަގާމަކީ ދިވެހި ތާރީހުގަ ޖެހުނު ބޮޑު ހަޑި ލައްގަނޑެއް!!!

    116
    2
  3. އަލީ

    ކަލޭމެން ބިހާ ހަނޑުލާ ހަކުރާ ފުށާ ފިޔަޔާ އެތެރެކުރަނީ އިންޑިޔާ ސިފައިން މިތާ ބައިތިއްބާ ގޮތައްތަ؟ އެނޫން ގޮތަކައް ބަތެއް ނުކެވޭ؟ ބިސްގަނޑެއް ނޭޅޭ؟ ތި ފެންވަރު މީހުން ގައުމާ ހަވާލު ނުވާނީ މޮޅުވެގެން!!! އަސްލު މިމީހުނައް މިތިބީ ރަނގަޅަށް ބިސްގަނޑު ކާންދީފައޭ..

    115
    2
    • ކޮސްބެ

      ބަލަ ކަލޭމެންގެ ވެރިކަމުގަ މުލައްދަނޑީގެ ބާރުހިންގިއިރުވެސް އެމީހުން މިގައުމަ ތިބި. ކީއްވެނުބޭލީ. ބާލަން ނުކެރުނީދޯ. ދެންވެރިކަމަށް އަންނަން ތިއަށްވުރެ ރަނގަޅު ފަލްސަފާއެއް ހޯދާކަށް ނޭނގުނު. ތިވަރުން ރަނގަޅުވާނީ ވެރިކަމާހެދި ހޭބަލިނުވިއްޔާ. ތިކަހަލަ ތާކުންތާކު ނުޖެހޭ ކަންކަން ދައްކައިގެން ހުވަފެނުގަވެސް ވެރިކަމާހިސާބަކަށް ނާދެވޭނެ އިންޝާﷲ. ވަރަށް ސަލާން

      1
      53
      • ކިނބޫ

        ކޮސްބެ އެއް ނޫން. ކަނޑުކޮސްބެ. ގަމާރުބެއޭ ކިޔަންވެސް، ބީތާބެއޭ ކިޔަންވެސް ހަމަ ވ މުނާސަބު.

        24
  4. ބިސް މާރިއާ

    ބަލަ އެއީ ކިހާ ފައިދާ އެއްތޯ. އިންޑިއާގެ ވިޔަފާރިއަށް. ބިސް ލިބެނީ އިންޑިއާ އިން އެކަނިތަ.
    1 ވބއޮސްޓްރޭލުއާ
    2.

    80
    3
  5. ޙުސައިން މޫނާބޭ

    ޜާއްޖެ އަޅުވެތިކުރާ ގައްދާރުގެ ކޮންމެ 3 މީހުންނަކީ އެމްޑީޕީގެ ތިކަހަލަ ޣައްދާރުން

    108
    1
  6. Anonymous

    ހޫނ. ކަންތަކާ ޖެހުނީ. ރާއްޖެ އެތެރެކުރާ ކޮންމެ 3 ކިލޯ ޑްރަގްސް އަކުން 2 ކިލޯ ޑްރަގްސްއަކީ ވެސް އިންޑިއާއިން އިމްޕޯޓުކުރާ ޑްރަގްސް. ކީއްވެ މިވާހަކަ ނުދައްކަނީ؟

    111
    1
  7. ޢަލީ

    އިންޑިއާއިން ޙިލޭތޯދެނީ

    99
    1
  8. ބިސް މާރިއާ

    ބަލަ އެއީ ކިހާ ފައިދާ އެއްތޯ. އިންޑިއާގެ ވިޔަފާރިއަށް. ބިސް ލިބެނީ އިންޑިއާ އިން އެކަނިތަ.
    1 ބީފް އޮސްޓްރޭލުއާ
    2. އޮރެންޖް އާފަލް ސައުތު އެފްރިކާ ކެނެޑާ
    3.ކުކުޅު ޑުބާއީ، ބްރެޒިލް
    4. ހަނޑޫ ބަރުމާ، ޕާކިސްތާން،
    5. ބަރުމާ ޔޫރަޕ
    6. ދަޅު ޖާނާ ، ސިންގަޕޫރ، ޔޫރަޕް، ޑުބާއީ،
    7، ތެޔޮ. މެލޭޝިއާ،
    8. ނޫޑް ލިސް. ސިންގަޕޫރު، މެލޭ، އިންޑޯ
    9.ބިސްކޯދު. ސިންގަޕޫރ، މެލޭ، އިންޑޯ.
    10. ހެދުން ބެންކޮކް، ޔޫރަޕް، އެމެރިކާ
    ފޯނު. ތައި، ޔޫރަޕް، ޗައިނާ
    އަޅެ، ކޮސް ނުވާނެތަ، މިދިވެހިން 60 އަހަރު ކުރި ބުރަ މަސައްކަތުން، ހޯދި އިގްތިސާދީ ކުރިއެރުމަކީ ފަޚުރުވެރިވާ ކުރިއެރުން. ބިހޯ، ބިސް ހޯދަން ޤައުމުގެ މިނިވަންކަންތޯ.

    125
    2
  9. މަބޭ

    އިންޑިޔާއިން މިހާރު ރާއްޖެއެތެރެކުރާ ހުދުބިހަކީ އިންޑިޔާގެ ފިހާރަތަކުން ރިޖެކްޓް ކުރާބިސް .

    88
    2
  10. އެހެންދޯ ތިކިޔަނީ؟

    ބަޔަކަށް އަޅުދާސްތު ވިޔަސް ތިއީ ދެން ބޮޑުވަރު. އިންޑިއާއިން އެކަންޏެއް ނޫން ދުނިޔޭގަ ބިސް އުފައްދަނީ. މޮޔަފުލުޅު ވީތޯ؟!

    94
    1
  11. ކޮރޯނާ

    ކަލޭ ލާ 3 ނޭވާއިން 2 ނޭވާ އެއީ އިންޑިއާއިން ދޭ އެއްޗެކޭވެސް ބުނެލިނަމަ.

    92
    1
  12. ހުސޭނުބޭ

    އެހެންވެތަ ކުކުޅު ބިހަކަށް އުތުރު ތިލަފަޅު ވިއްކާލީ! މި ސުވާލުގެ ޖަވާބު ބޭނުމީ.

    94
    1
  13. ބިސް ރާއްޖެ

    ކަނބުލޮ، އިންޑިޔާޢިން ޢެތެރެ ކުރަނީ ހުދު ކުލައިގެ ކުނިބިސް. ޔަގީން ކުރަން ބިސްކޭހެއް ގަނެގެން ބައްލަވާ. 80% ބިސް ހުންނާނީ ކުނިވެފަ. ހޮޓާ ތަކުގަ ހުންނަ ގިނަބިސް ހުންނާނީ ކައްކާފަ އެކަމަކު އެތެރެ ކަޅުވެފަ. ވަރަށް ސަލާމް.

    67
    3
  14. މއކ

    އެ 2 ބިސް އިންޑިޔާއަށް ދެއްވި ފަރާތެއްވެސްވޭ. ރިޒުގު ދެއްވަވަނީ ﷲ

    87
    1
  15. ރަން ރީނދޫ

    ކިޔާނެ އެއްޗެއް ނޭނގިގެން ބިހޭ ،ފަޅޮލޭ ކިޔަނީ. މުޅި ދުނިޔޭގައި އޮތީ ޗައިނާއިން އުފައްދާ މުދާ. އޭގެ މާނައަކީ ޗައިނާ އާއި ގައުމު ހަވާލު ކުރަން ޖެހެއޭތަ.ރޮދި ކެނޑިފަ. ލަދެއް ޙަޔާތެއް ނެތީ. ލަންޑަނުން އެތައް ބިމެއް ގަނެ އެތައް މޭންޝަންތަކެއް ގަތީ،އިންޑިއާ އިން މި ދައިތަ އަށް ދިން ބިހުން ތޯއްޗެއް.

    74
    1
  16. ތުއްޓޭ

    ކަން އޮތީ ތިޔަހެން ކަމުގައި ވާނަމަ ތިޔައީ ޤައުމީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ކިހާ ބޮޑު ނުރައްކަލެއް ތޯއެވެ؟ އިންސާނުންގެ ކެއުމުގެ އެންމެ މުހިއްމު އެއްބައި ކަމުގައިވާ ޕްރޮޓީން ދިވެހިންނަށް ވެސް ބޭނުންވާނެ. އެމަކު ދިވެހިންނަށް ބޭނުންވާ ޑެއިލީ ޕްރޮޓީން އިންޓޭކްގެ އެންމެ މުހިއްމު އެއްބާވަތް ކަމުގައިވާ ބިސް ލިބުން މިއޮތީ ކޮންމެވެސް ބައެއްގެ ބާރުގެދަށުގަ ނުވަތަ ޢެމީހުނގެ މަރސީގަ ނޫންތޯއެވެ؟ ދެން ތިޔަ ދައްކަވަނީ ކޮން މިނިވަން ކަމެއްގެ ވާހަކަތޯއެވެ؟ ކޮން އިސްތިގުލާލެއްގެ ވާހަކަތޯއެވެ؟ ތިޔައިން ތިޔަ ދައްކާދެނީ ދިވެހިންގެ ފުޑްސިކިއުރިޓީ ވެސް ނެތްކަން ނޫންތޯއެވެ؟

    ޢިންޑިއާ ޕްރޮމޯޓް ކުރެއްވުގެ ގޮތުން ކަމަނާ ތިޔަ ދެއްކެވީ ނިކަން މޮޅު ވާހަކައެއް ކަމަށް ހީފުޅު ކުރެއްވިއަސް ހަޤީޤތުގައި ތިޔަދެއްކެވީ ވަރަށް ވިޔާނުދާ ވާހަކައެކެވެ. ތިޔަ ދެއްކެވި ވާހަކަ މޮޅުކަމަށް ކަމަނާ ހީކުރެއްވިއަސް ހަޤީގަތުގަ ތިޔަ ޖެއްސެވުނީ ބައިކޮޅަށް ގޯލެއްކަން މާރިޔާ އަށް އެނގިވަޑައި ނުގަންނަ ވަރަ ކަމަނާ ތިޔަހުރީ އިންޑިއާ ގޮސް ހުސްވެފަ ނޫމްތޯއެވެ؟

    ކަމެއް ކުރައްވަންޏާ ދިވެހިންގެ ފުޑް ސިކިއުރިޓީ ކަށަވަރު ކުރުމަށް އިންޑިއާ އަށް ބަރޯސާ ނުވަތަ ޑިޕެންޑް ވެފަ ތިޔައޮތް މިންވަރު އެހެނިހެން ބައިލެޓެރަލް ގުޅުންތަކުގެ އެހީތެރިކަމާއިއެކު ކުޑަކުރުން މާރަނގަޅު ނޫންތޯއެވެ؟ އެއީ ޑިފެންސް މިނިސްޓރުގެ ވެސް ވާޖިބެއް ނޫންތޯއެވެ؟ ކަން މިހެން އޮއްވައި ފުޑްސިކިއުރިޓީގެ ޔަޤީންކަން ދިވެހިންނަށް ދެއްވުމުގެ ބަދަލުގައި ދިވެހިންނަށް ތިޔަ ބިރުދައްކަވަނީ ނޫންތޯއެވެ؟ އެހާވެސް ބޮޑަށް އިންޑިއާ އަށް އަޅުވެތި ވީތޯއެވެ؟ ސުބްޙާނައްﷲ !!!

    86
  17. ށުމަން

    ދުނިޔޭގެ އެއްވެސް ގައުމެއްގަ ކުކުޅު ބިސް ދިނީ މަ ސިފައިން ބައިތިއްބަ އެއް ނުދޭނެ. ޟި ވަރުރުގެ ތަންދޮރު ނޭގޭ މީހުން ވަޒީރުން ނަށް ލައިގެން ގައުމެއް ނުހިންގޭނެ. މި އަންހެން މީހާ ބޭރު ކުރަން ގޮވާލާ އިޖްތިހާދު ކުރަންވީ!!

    90
  18. ބީތާ

    ބީތާޔާ ހިލޭތަ ކަލޭ ދެބިސް ގެންނަނީ އިންޑިއާއިން.

    83
  19. ހުސާމް

    ބިސް އެތެރެ ކުރަނެެ ހިލޭތަ؟

    72
  20. އަބްދޫ

    ބިސް ލިބެނީ އިންޑިޔާއިން އެކަންޏަކުނޫން.އިންޑިޔާ އާނުލާ ވެސް ބިސްކެވޭނެ.

    77
    1
  21. ބިސްއައުޓޭ

    އެބަކިޔާތަ މީހަކު، މިލިޓަރީ އައުޓެކޭ ނޫންތަ ކިޔަނީ؟

    68
  22. Anonymous

    އޭގެ ބޭރު އެހާ މުޑުދާރީ އެހެންވެ ދޯ

    66
  23. Anonymous

    ތިންބިހުން ހަތަރުބިސް ކާލަނީ މަރިޔާއާ ނަޝީދުމެން.

    70
  24. ރާއްޖެތެރެ

    އިންޑިޔާ ބާލުވާނަން އެމީހުންނަ ރާއްޖޭގަ ނުތިބެވޭނެ އިންޝާﷲ

    74
    1
  25. ފަޔާޒު

    އިންޑިޔާއިން ކާބޯތަކެތި ގަންނާތީވެއޭ ކިޔާފަ މިގައުމުގަ މިލިޓަރީ ޕޯސްޓް ހަދާކަށް ނުޖެހޭ. އިންޑިޔާ އިން ހިލެޔަކުނޫން ދެނީ އެއްވެސް އެއްޗެއް. އެމީހުން އެހެންގައުމުތަކަށްވެސް އެކްސްޕޯޓްކުރާ އެއްޗެހި އަހަރުމެން ވެސް ގަންނަނީ. ދެން އިންޑިޔާ މީހުން މިތާނގަ ވަޒީފާ އަދާކުރަނީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީއެއްގެ ގޮތުގައި ނޫން. އެމީހުން އައިސް އެމީހުންގެ ގާބިލިއްޔަތުކަން ލިބިފައިވާ މިންވަރަށް މަސައްކަތް ކޮށްގެން ވަޒީފާ ހޯދަނި. އެމީހުންނަށް އަމިއްލަ ގައުމުގައި އާމްދަނީ ހޯދަން އުންދާގޫވީމަ އަންނަނީ. އެޔަކީ މިތަނުގައި މިލިޓަރީ ޕޯސްޓް ހަދަންޖެހޭ ސަބަބެއް ނޫން. ދެން ކޮމަންވެލްތުން ވަކިވެގެން ދިވެހިން ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވެގެން އުޅުނު ތަނެއް ނުދެކެން. އެހެން ނޫނަސް ތިޔަބުނާ ކޮމަންވެލްތެއްގައި އޮތަސް ނެތަސް ވާކަމެއް ހަރާން. ތިޔަބުނާ ކޮމަންވެލްތަކުން ކުރާހާވެސް ކަމަކީ ސްކޯލާޝިޕް ގަނޑެއް ދިނުން. ބެހެނީ ދާޚިލީ މިނިވަންކަމާ. ދެން ބަލާނީ އިސްލާމްދީނާ މީހުން ދުރަށްޖެއްސޭތޯ. މިނިވަންކަމޭ ފްރީޑަމް އޮފް ސްޕީޗޭ، ދިނީ މިނިވަންކަމޭ، އަންހެނުންގެ ހައްގުތަކޭ ކިޔައިގެން ގައުމުތެރެ ފަސާދަ ކުރެވޭތޯ. އަދި ކޮމަންވެލްތުން ވަކިވެގެން ދުނިޔެއާ ރާއްޖެ އެކަހެރިވީތަނެއް ނުދެކެން. ހުރިހާ ގައުމަކުންވެސް ގުޅުން ބޭއްވި. އާނ ދިވެހިންގެ ތެރޭގައި ތިބި ޔޫރަޕް ލޭ ހިނގާ މީހުން އުޅުނު ފަޔަށް ހިނިއަރައިގެން. އެހެންތާވާނީ އެމީސްމީހުންގެ ގޯތި ގެދޮރާއި ވިޔަފާރިއާއި ދަރިންވެސް އުޅެނީ ޔޫރަޕްކަރައިގަ ވިއްޔާ.

    60
  26. އިންޑިޔާ އައުޓު

    މާރިޔާ ބިސް އެތެރެ ކުރަނީ ކޮން ދިމާލަކަށް ކިތައްބިސް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

    59
  27. ައަބުދުﷲ

    ބިސް އެއީ ވަރައް ޚާއްސަ އެއްޗެއް. އެޔައް ފަރުވާ ކުޑަކޮއްގެން ނުވާނެ.!

    43
  28. ކަޅު ހުއްތު

    މީގެކުރިން ރާއްޖެއައް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޔޫރަޕުގެ ގައުމުކަތުންނާ ޗައިނާއިން. މިއަދު އެއަދަދުތައް ފަހަތައްޖައްސާ ކަރަންޓީނައް ވެސް ގިނައީ އިންޑިޔާ. އެހެންވީމަ އިންޑިޔާ އިން މިހާރު 3 ބިހުން 2ބިސް ގެނެޔަސް އެދެބިސްވެސް އިންޑިޔާ ނޫންގައުމަކުން ގެންނަން އާދަވީމަ އިތުރު ދޮރުތައްވެސް ހުޅުވޭނެ. އިންޑިޔާއިން 2 ބިސްގެންނަނީ ލާރިދީފަ، ލާރިދިނީމަ މާރަނގަޅު ފެންފަރުތަކެތި އެހެންގައުމުތަކުން ވެސް ފޮނުވަންތައްޔާރު. އެކަމު އާދަކުރުވާފަމިތިބީ އިންޑިޔާއައް ނާށިގަނޑު ދިއްކޮއްގެންތިބުން. ދެން އެދެބިސް ރާއްޖެއައް ނުވިއްކިގެން ކޮންމެހެން އިންޑިޔާ ރުޅިއަންނާކައްވެސް ނުޖެހެ، ސަބަބަކީ އެމީހުންނަކީވެސް ނުލައިހިކު އެމީހުންގައުމުގެ މިނިވަންކަމައް ލޯބިކުރާ އެކަމައް ގައުމައް އިހްލާސްތެރި ރައްޔިތުންއުޅޭގައުމެއް. އެހެންވީމަ އެމީހުންވެސް ގަބޫލުކުރަން ޖެހޭނެ ހަގީގަތަކީ ދިވެހިންގެ ތެރޭގަވެސް %99 ގައުމުދެކެ ލޯބިވާ ގައުމު އަމިއްލަ މިނިވަންކަންމަތީ އޮންނަން ބޭނުންވާނެ ބަޔެއްކަން.

    56
    1
  29. Anonymous

    ހެހެ
    3 ބިސްވެސް ގެނެސްދެވޭނެ ޤައުމެއް އެބައޮތް

    48
  30. އިބްރާހިމް

    އިންޑިއާއިން އެތެރެކުރާ ބިހުގައި ނަޖިސްހުރެފަ ކޮންމެ ތިންބިހަކުން ދެބިސް ކުނި. އިންޑިއާއިން އެތެރެކުރާތީ ފިޔަވަޅުނޭޅޭ.

    61
    1
  31. ސަލް

    ދެން އަހަރެމެން އިންޑިޔާ ބިސް ނުވެސް ގަންނާނަން.

    52
    1
  32. ފަލަސްތީން

    ރައިސް ޔާމިންގެ ވެރިކަމުގަ އިންޑިޔާއިން ރައްޖެއަ ދަތިކުރި ރައްޖެއަކަ ގެއްލުމެ ނުވި. މާރިޔާ ދީދީމެން ރައްޖެއަ ޣައްދާރުވަނީ. މީ ހަގީގީ މަސްސަލައަކީ

    62
  33. ދިސްވޭ

    އިންޑިއާ އައުޓްގެ ކަމުގައި މާރިޔާގެ ހަމަލާތައް ރައީސް ޔާމީނަށް އަމާޒު ވާނެ ނޫންތޭ ކުރީ ސަރުކާރުން ކޮށްފައިވާ އެއްބަސްވުން ތައް ދަމަހާއްޓަނީއޭ ކިޔާ ރޯ ބުހުތާނު ދޮގާއި މަކަރާއި ހީލަތް ހަދައިގެން އޭގެ ދަށުން އިންޑިއާ އަތުން ކަޓް ނަގައިގެން މާރިޔާ މެން އިންޑިއާގެ ސިފައިން އުތުރު ތިލަފަޅުގައި ބައިތިއްބާފައިވަނީ އިންޑިއާ އަށް ތަރައްގީ ކުރެވޭނެ އުތުރު ތިލަފަޅެއް ނޯންނާނެއޭ ބަދަލުގައި ރާއްޖޭގެ އިގްތިސާދީ މިނިވަން ކަން އިންޑިއާ އިން ވަނީ ފޭރިގެންފައޭ ރާއްޖެ އަށް ބިސް އިންޑިއާ އިން އެތެރެ ކުރަނީ އެއީ ހިލޭތޭ އެއީ ގަނެގެން ކުރާ ވިޔަފާރިއެކޭ އިންޑިއާ އިން އެކަން ނުކުރާނަމަ ޗައިނާ އިން މާބޮޑަށް ހެޔޮއަގުގައި އެކަން ކުރެވޭނެއޭ މާރިޔާ އަކީ އެއީ ގައުމަށް ގައްދާރުވި ފުރަތަމަ ޑިފެންސް މިނިސްޓަރޭ މާރިޔާ އަކީ ތިޔާ މަގާމަށް ކުފޫ ހަމަވާ އެއްޗެއް ވެސް ނޫނޭ ރާއްޖޭގެ ޑިފެންސް މިނިސްޓަރު ކަމަށް އަންހެނަކު ލުން އެއީ ފުރަތަމަ އެންމެ ބޮޑު ގޯހަކީ...

    36
    1
  34. Anonymous

    ބިސްދައިތާ ލާރިހުރިއްޔާ ބިސް ނުގެނެވޭނެ އެއްވެސްގައުމެއް ނެތް.ރާއްޖެ އަޅުވެތިކަމައްގެންދަން ކަލޭތިކުރާ މސައްކަތައް ދުވަހަހކުވެސް މގައުމު މައާފުނުކުރާނެ.ކަލެއާއި ކަލޭގެޢައުވާނުންނައްފރައިގެން ުޫކޭއައްދެވިދާނެ އަހަރެމެންނިކަމެތިން ތިބެންޖެހޭނީ ވާއެއްޗެއްވާން މިބިންގަޑުގަ ޢައްދާރު އިންޑިއާ ައުޓު

    41
  35. އހ

    70% އެއްޗެހި އެތެރެ ކުރަނީ ޗައިނާއިން ދެން ޗައިނާ އައް އަޅުވެތި ވާންވީތަ

    53
  36. އައުޓް

    އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް ކެނެރީގެ ނަޝީދު އައުޓް

    48
  37. ސީނުކަރަ

    ރާއްޖެ އަށް އެތެރެވާ ކޮންމެ ތިން ޑޮލަރަކުން ދެޑޮލަރު ދަނީ އިންޑިއާ އަށް ނޫންތަ؟

    51
  38. Anonymous

    މީދެން ދައްކަން މާމުހިއްމު ވާހަކަތަ؟

    46
  39. ކެޕްޓަން.

    ބިސް އަޅަންވީނު

    43
  40. ޙަަަހަ

    ބިސް މާރިޔާ ، މިއުޅެނީ އިންޑިޔާއިން ގެންނަ ކާބޯތަކެތި ގޯސްވެގެނެއްނުނޭ ، މިޤައުމުގައި ވާނުވާ ނޭނގޭވަރަށް އިންޑިޔާގެ ސިފައިން އުޅޭތީއޭ ، މިމީހުން މިއުޅެނީ ހުރިހާ ކަމެއް ގައި މަކަރާއި ދޮގުހަދާގެން މިޤައުމު ވިއްކާލަން

    50
  41. މީޒްލީ

    ޤައުމީ ސަލާމަތަށް ނުރައްކާ އޭ ވަނީ!
    1. ބިސް އެތެރެ ނުކުރުން !
    2. ހަނޑޫ އެތެރެ ނުކުރުން!
    3. ފިޔާ އެތެރެ ނުކުރުން !
    4. ބޭސް ފަރުވާ ނުލިބުން!
    5. އިންޑިޔާއަށް ދިއުން ހުއްޓުން!
    6. އިންޑިޔާ ކަނޑުގައި ރާއްޖެ އޮތުން!
    މީ ކުޑަމިންވަރެއް މިމީހުން ދައްކާ ބަހަނާތަކަށް ބަލާއިރު! ދިވެހި ލޮބުވެތި ރައްޔަތުން އިންޑިޔާއިން ބޭސް ފަރުވާކުރުމާއި، ކާބޯތަކެތި އެތެރެ ކުރަނީ ހިލޭތޯ؟ ނޫނީ ދުނިޔޭގެ އެހެން ޤައުމެއްގައި މިބާވަތްތަށް ލިބެން ނެތީތޯ؟ ނުވަތަ އިންޑިޔާއިން ނުލިބޭ ގޮތެއް ވެއްޖެނަމަ ދެން ލިބޭނެ ތަނެއް ނެތީތޯ؟ މިދެންނެވި އެއްވެސް ކަމެއް ވުމަކުން ނުވަތަ ނުވުމަކުން ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކީ ކޮބައިތޯ؟ ނުވަތަ ތިމާ ނުރުހޭ މީހަކު މުދާ ހިފައިގެން އައިސް ނިދާކޮޓަރީގައި އޮތުމުން އޮތް ނުރައްކަލަކީ ކޮބައިތޯ؟ އެހެންވީމާ 60 ގެ އަހަރުތަކުގައި ވީދާޅުވަމުން ގެންދެވިގޮތަށް މީހާރަކު ކަންކަން ގެންދެވިދާނެ ކަމަށް ނުފެނޭ! މިއީ 2022 ކަން ވެސް ދަންނަން އެބަޖެހޭ! މީހުން މިހާރު ތަސައްރަފު ފުދި ބޮޑެތި މީހުންނަވެފައިވަނީ! ވިސްނާށޭ ޤައުމުގެ ދަރީންނޭ!

    33
  42. އިންނު މުހައްމަދު

    އިންޑިއާއިން ބިސް ގެންނަނީ ހިލޭތޯ؟ އަދި ހިލޭ އެހީއެހީއެށް ދިން ނަމަވެސް އެ ގައުމުގެ ސިފައިން ރާއްޖޭގަ ބައިތިއްބަން ކޮންމެހެން ޖެހޭތޯ؟؟

    48
  43. ނާދިރާ

    މި އަންހެން މީހާ އެ 2 ބިސް ގެންދަނީ ކޮންތާކަށްބާ

    46
  44. ބަޚީލުކަލޭގެ

    ފިނދަނައަށް ނޭނގޭކަމަކީ، ވިޔަފާރީގެ މައްސަލައެއް މިދެޤައުމުގެ ދެމެދުގައި ނެތްކަން.

    44
  45. ކަހީނުބެ

    އިންޑިއާއިން ބިސްނުލިބެންޏާ ފިނދަނަ ބިސް ވެސް އޯކޭވާނެ ދޯ

    45
  46. ބަޚީލުކައްޓަލަ

    ރާއްޖެ އެތެރެކުރާ ކޮންމެ ތިން ބިހަކުން ދެ ބިސް އެތެރެކުރަނީ އިންޑިއާއިން ދެން އަނެއްބިހަކީ ދޫނި ރާއްޖޭގެ ފިނދަނަ ބިސް ތޯ؟

    42
    2
  47. މޮހޮނަ

    ތިވާހަކަދައްކަންލަދެއްވެސްނުގަނޭބާ ކުކުޅުބިހަކައް ގައުމުވިއްކާލާވާހަކަ ތިަރުގެމަގާމެއްގަހުނަމީހަކު އެއްވެސް އޮއްޓަރެއްނެއްވާހަކަ ދައްކާއިރު އަހަރެންލަދުގަނޭ

    51
  48. ބިސްމިނިސްޓަރު

    ހިނިއައްނަނީ މާރީ މަލެތެރެއިން ބިސްތަޅާނެ ކުދިންކޮޅެއް ހޯދަބަލަ ތިއެތެރެކުރާ ގައުމުން ގެއްނަ ބިހުގެ ކޮލެޓީވެސްބުނެދިންނަމަ މީހުނައްއެގޭނެތިބިހުގެ ފެންވަރުވެސް އިންޑިއާބިސް އެއީ އެއްރުފިޔާ އެއްމެސިގިރެޓެއް ގެއަގު 5 ރުފިޔާ އިންޑިއަން ބިޑި ނުބޯނެދިވެހިނެއް އޭގެރަހައެނގުނީމަ އެގައުމުތަކުގަ އުޅެއިރުވެސް ދެން 25ލާރީގެ ބިހަކާމެދު ދިވެހިން ވިސްނަންޖެހޭސަބަބެއްނެއް އައުޓު ކުރަންވީބިސްވެސް އައުޓްވަންދެން މީވަރުގަދަ ބިސްތަކެއް އިންޑިއާ މިލިޓަރީ ކޭންޕުން ކާންބޯންދީގެންއުޅޭ ފައްޗެއް.

    35
  49. ލާމު

    ބިސް އެތެރެކުރާ ކޮންމެ ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ޖެހޭނެތޯ؟

    36
  50. އެރރ

    ބިސްކޮޅަކައް ގައުމުގެ މިނިވަންކަން ވިއްކާލީދޯ؟..... ހިތާމަހުރި އާހް..

    36
  51. ޙަސަން ދީ

    ޙިލޭ ތަ،

    32
  52. މަހާ

    މީގެ ކުރިން 3 ބިހުން 1 ބިހެއްވެސް ނޫން ކާޑުގެ ގިނަ ބާވަތްތައް އެތެރެކުރީ އިންޑިޔާއިން، އެކަމަކު އިންޑިޔާ ސިފޢިންނެއް މިތާކު ނުބައިތިއްބާ،
    މާފިނދަނައެއްކަމަކު ދިވެހި ރައްޔިތުންނާ ވާހަކަ ދެއްކުމުގެ ްާބިލުކަމެއް އަދިނެތް.

    32
  53. Anonymous

    މަށަށް ހެޔޮ އިންޑިޔާއިން ކޮންމެ އެއްޗެއް އެތެރެެކުރިޔަސް ކަލޭމެން އެބޭނުންކޮށްގެން ތިބޭ ޖޭހިންދު ކިޔަން.ތީވެސް އެއީވެސް އިސްލާމްދީނައިގެ އުޅޭބައެއްނޫންް.އެހެންވީމަ ބޭކާރު ވާހަކަ ނުދައްކާ ތިބޭ

    30
  54. ޢަލީ

    ހިލޭތޯ ބިސް އެތެރެ ކުރަނީ؟

    30
  55. ބިސްބެ

    2ބިސް އައުޓް ވަން ބިސް އިން

    31
  56. ހެކް

    މިގައުމުގަ އެހާ ފީކަޅާ ބިސް ލިބެނީ ބިސް ގިނައިން އިންޑިއާއިން އެތެރެކުރާތީތާ. ދެން އޭގަ ކުރާނެ ކަމެއް ނެތް. ދިވެހިންނަށް ކާން ހައްގުވާ މިންވަރަކީ ފީވެފަ ހުންނަ ބިސް ކަމަށްވެއްޖިއްޔާ އެގައުމުން ބިސް އެތެރެ ކޮށްލަކޮށްލަ ތިބެން ޖެހޭނީ.

    26
    1
  57. ދައިތާފުޅާ

    ފިޔާކޮޅަކާ އަލުވިކޮޅަކާ ބިސްކޮޅަކާ ހެދި ގައުމު އަޅުވެތިވާންޖެހޭނަމަ އެއީ ވަރަށް ދެރަ މައްސަލައެއް. އާ ޒާތެއްގެ އަޅުވެތިކަމެއް އެ ފަތުރަނީ. އިންސާނުންގެ ކާނާއާ އަޅުވައިގެން ގައުމުގެ މިނިވަންކަމާ އިސްތިގްލާލަށް ބުރޫއަރާ ކަންކަމަށް ބަސްނުކިޔޭނެ ކަމަށް ބުނާނަމަ ވަރަށް ސިކް ވިސްނުމެއް ތި ގެންގުޅެނީ. އެހެން ގައުމުތަކާ އޮންނަ ވިޔަފާރީގެ ގުޅުން އޮންނަންވާނީ ދެގައުމަށް އެއްވަރަށް ފައިދާވާ ގޮތަށް. އެކަމު މިމީހުންނާ ޖެހުނީމަ އެކަން މިއޮންނަނީ އިންޑިއާއަށް ބޮޑު ފައިދާވާ ގޮތަށް. ލަދުގަންނަން ނޭނގޭ މީހުން ކާއެތިކޮޅާ އަޅުވައިގެން ތިހެން ރައްޔިތުންނަށް ބިރުދައްކާނީ.

    28
  58. އަޙްމަދު

    އެދެބިހުގައި އިންޑިޔާ ޖަހާފައި ގެނެވޭގޮތެއް އޮތްތޯ ބަލާ ދީބަލަ މާރިޔާ! އޭރުން ގިނަ ދިވެހިން އެއްބިސް ކާލައިގެން ފުއްދާލާނެ!!!

    24
  59. ޖާނޭ

    އިންޑިއާއިން ބިސް އިމްޕޯރޓް ކުރާތީވެ، އަހަރެމެންނަށް މަޖުބޫރު މިވަނީތޯ އަހަރެމެންގެ ޤައުމާއި، މުދަލާއި އަނބިދަރިންވެސް ހަދިޔާ ކުރަންހޭ؟ އިންޑިއާ މީހުންނަކީ މީހުން ރޭޕް ކުރަމުން ގޮސް މޮޔަވެގެން ގެރިބަކަރި އާއި ކުއްތާވެސް ރޭޕް ކުރާ މީހުން. ޢެހަޤީޤަތް ހާމަ ކުރާތީ ބިރުދައްކަން މަޖިލީހާއި، ޤާނޫނު ތަކާއި،އެނޫންވެސް ގޮތަކުން ގޮންމުށުގެ ބާރުގައިވެސް އިންޑިއަން މިލިޓަރީން ބައިތިއްބަން ސަރުކާރަށް މަޖުބޫރުވަނީ ކީއްވެގެންތޯ؟ ދިވެހިންނަށް ސަރުކާރުނަތިޔަ ދެމުން ގެންދާ ގެއްލުން މާބޮޑު. ޢިންޑިއަން މިލިޓަރީ ނުބާލުވަންޏާ ސަރުކާރު ފައިބާ!

    23
  60. Anonymous

    ތަރުކާރީގެ ވާހަކަޔާ ޚާއްޞަކޮށް ބަށި އެތެރެކުރުމާ ބެހޭގޮތުންވެސް އަލި އަޅުވާލިނަމަ ... ވަރަށް ރަގަޅުވީސް

    19
  61. އިންޑިއާއިން ބިސް ގަންނަނީ ޕޭއި ކޮށްފަ

    އެހެންވެ ބިސް އަޅާ އިންޑިއާ މިލިޓަރީ ކުކުޅުތައް ރާއްޖެ އަށް ވައްދަނީ

    23
  62. ޝައުޒާ

    މީނަ މިއުޅެނީ ދިވެހިންނަކީ އިންޑިޔާގެ އިމްޕީރިއަލް ބަރުގެ ދަށުގެ އޮތް ޓައުނެއް ކަމަށް އަހަރެމެންނައް ވިސްނުވަދޭން. ތިހެން ތިބެވޭނެ ދުވަސް ދެން މާކަށެއް ގިނައެއްނޫން. ގައުމައް ޣައްދާރުވިކަމުގެ ކުށުގައި ޝަރީއަތަށް ގެންދެވޭނެ. މިހާރު ތިޔަ ދައްކާ ވާހަކަތައް އެއީ ހެކީގެގޮތުގަ ހުށައެޅޭނެ. ފަރުދީ ގޮތުން ވަކިވަކީން ޒިންމާދާރުކުރެވޭނެ.

    21
  63. އެމް ޑީ ޕީ

    ކިހާ ދެރަ ކަމެއް. މި އުޅެނީ ބިސް ނުކެވިގެންތަ؟ މުޅި ޤައުމު ބިހަކަށް ވިއްކަންވީތަ؟

    21
  64. ސާފުވެއްޖެ

    ބިސް އެތެރެކުރާ ކޮންމެ ގައުމެއްގެ މިލިޓަރީ އޮންނަންޖެހޭކަމެއް ނޭނގޭ. ބިސް އެތެރެކުރަނީ މިލިޓަރީން ހިމާޔަތްދޭކަށްނޫން. ކާން. ކާން. ކާން

    22
  65. Anonymous

    އަނެއްބިސް އެތެރެކުރަނީ ކޮންތާކުން؟ އެބިސް ގެންނަތަުގެ އަސްކަރިއްޔާވެސް ގެންނަންވާނެނު!

    22
  66. ގާނޫނުއަސާސި

    ޢަނެއްބިސް އެއީމާރިއާ އަޅާބިސް

    19
  67. ކޮރަލް

    އެމްއެންޑީއެފަ އަށް މަލާމާތް ކޮށްފަ ހުރި މީހަކު މިނިސްޓަރު ކަމުގަ ހުރުމީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އޯޑިއޯ އެހެރީ އެވެ.

    23
  68. ކެޔޮޅު

    މާރިޔަތާ މާތްކަލާކޯ ބިހެއްބޭނުމެއްނޫން ބޭނުމީ ދީނާ ޤައުމު!

    23
  69. ހަމްކިޔާކަރޭންގާ

    މީގެން އެނގޭ އެއްޗަކީ މީހުން މާމޮޅުކޮއްލަން އިނގިރޭސިވިލާތު ލަންޑަނުންނޭ ކިޔެވީ ޑިގްރީ ހެދީ މިހާރު މިއިނގެނީ ތިޔަ ލަންޑަނުން ކިޔަވާމީހުންގެ ފެންވަރު މިސާލް ޖަހާ އެލަނީ ކުކުޅުބިހައް ސިހާބް އާ ވާދަޔައް ސިހާބްވެސް ވިދާޅުވޭނޫންތޯ ކުކުޅުއަޅާބިހުގެ އަދަދައްވެސް އެނގިވަޑައިގަންނަވާ ބޭފުޅެކޭ ދެން މިގައުމުގަ އެބައޮއް އެތައް ފަޅުރަށެއް ޕޮލުޓުރީފާމް އުފައްދައިގެން ތިޔަ ކުކުޅުބިހުން ސަލާމަތް ވާންވީނޫންތޯ

    18
  70. އަނާ

    އެހެންވީމަ އަހަރުން ދެން މި ފަށަނީ އިންޑިއާއިން ގެންނަ ބިސް ބޮއިކޮޓްކުރަން. ބިސް އެތެރެކުރާ ގައުމެއް އެނގިގެން ދެން ބިސް ކާނީ. ބިހާ ހެދި އެގައުމުގެ ސިފައިން މިތަނުގަ ބައިތިއްބަންޖެހޭނަމަ ބިސް ނުކައިވެސް ތިބެދާނަން.

    23
  71. ނާސިރު11

    ބަލަ މާރިޔަތާ، ރާއްޖެއިން ބޭރަށް ގެންދާ ކޮންމެ 100 ޑޮލަރަކުން 90 ޑޮލަރު ގެންދަނީ އިންޑިޔާއަށް. ލަދެއް ނުގަނޭތަ؟؟؟؟

    20
    2
  72. ނާޅި

    މިހާތަނަށް ހިންގި އެންމެ ބޮޑު ނުރައްކާތެރި ކެމްޕޭނަކީ ރައިސު މައުމޫނާއި ދެކޮޅަށް މީގެ އަހަރު ތަކެއްކުރިން އިގިރޭސި ވިލާތުގައި ތިބި ދިވެހިން އެތާގައި އުޅޭ ޤަދިޔާނީ ފިރުޤާ އާއި ގުޅިގެން ހިންގި ނިރުބަވެރި ހަރަކާތް !

    18
  73. މޯދީ

    މާރިޔާ ބިސްއަޅަންވީނުން އޭރުން އެކަން ހަމަ ޖެހުނީ މާރިޔާ ބުނަންތަ އިންޑިއާއިން ކުކުޅާއި ކުކުޅު ބިސް 3 ބިހުން އެއްބިސް ވިޔަސް ރާއްޖެ ގެންނަނީ ހިލޭއެއްނޫން ފައިސާ ދީގެން ގަނެގެން އަދި ކިއެއްތަ ދައްކަން ޖެހަެ ހުރިހާ ޑިއުޓީއެއްވެސް ދައްކައިގެން އަހަރެން އަދި ދުވަހަކުވެސް އިންޑިއާއިން ހިލޭ ދިން ބިހެއް ނުކަން ގަނެގެން ކަނީ އަހަރުމެންނަށް އެހެން ގައުމުތަކުންވެސް ބިސް ގަނެގެން ކެވިދާނެ އިންޑިއާއިން ބިސް އެތެރެ ކުރެއޭ ކިޔާފަ އޭގެ ބަދަލުގައި އިންޑިއާގެ މިލިޓަރީ ރާއްޖޭގައި ތިބޭކަށް ނުޖެހޭނެ އިންޑިއާއިން ކާތަކެތި ގަންނާތީ އޭގެ ބަދަލުގައި ރާއްޖޭގެ މިނިވަންކަން އިންޑިއާއަށް ދޭކަށެއް ލާޒިމެއް ނޫން

    23
  74. ޛސޖ

    އެ ދެބިސް ކަލޭ ގެންދޭ. ޢަހަރުން އެއްބިސް ކައިގެން ތިބޭނީ

    21
  75. ޢިޔާބު

    މިކަހަލަ ފައްދާރުންނަށް ހަލާކު ހުރި

  76. ސީނުކަރަ

    ރާއްޖެ އެތެރެވާ ކޮންމެ ތިންޑޮލަކުން ދެޑޮލަރު ދަނީ އިންޑިއާއަކައް ނޫންތަ؟

    10
  77. މަލާ

    ތިން ބިހުގެ ތެރެއިން 2 ބިސް ގެނެސްދެނީ އިންޑިއާއިން ކަމަށް ވަންޏާ އެބަ ޖެހޭ މި ގައުމުގެ ތިންބައި ކުޅަ ދެބައި އިންޑިއާއަށް ދޭން. ތި ބިހުގެ ކަންތައް އޮތީ ތިހެން ކަމެއް މަށަކަށް ނޭގެޔޭ ކުރިއަކުން. ޢަދި ފެނޭ، ރާއްޖޭގެ ތިން ބާރުގެ ތެރެއިން ދެ ބާރުވެސް އިންޑިއާ އާ ހަވާލު ކުރަން. ބިހަށް ދެރަގޮތެއް ވާކަށެއް ނޭދެން.

    9
    1
  78. ޞބިސްމާރިޔާ

    ބާކީ ހުރި ބިސްގެންނަ ގައުމުގެ ސިފައިން އެބަ އުޅޭތަ މިތާގަ ކަޑަ ޖަހާގެން

    12
  79. އަލީ

    ބިސްނުލިބިގެންތަ މިއުޅެނީ، ބިސް އަހަރެމެން ގަނެގެންނޭ ކަނީ....... އެމީހުންގެ ގިނަބައެއް ޢާއްމުދަނި އެލިބެނީ ދިވެހިން ފޮނުވާ ލާރިންނޭ.......... އަހރެމެން ބޭނުމެއްނޫން ބިހާ އަޅުވާފަ އަޅުވެތިވާކަށް.........ވެރިންނަށް މިތިބެނީ ކޮންކަހަލަބައެއްތަ...............

    11
  80. މަޖީދާސ

    ހިލޭތަ ؟
    ކޮސްނުގޮވާ ތިބެބަލަ.
    ރާއްޖެއަށް ބިސް ނުވިއްކައި ދެން އެމީހުން އެބިހަށް ކީއްކުރާނީ. ރާއްޖެއަށްވުރެ ރަނގަޅު ރޭޓެއްލިވޭނަމަ އެގައުމަކަށް އެމީހުން ބިސްވެސް ހަނޑޫވެސް ވިއްކާނީ.

    10
  81. ަސދާ

    ބޭސިކް އިކޮނޮމިކްސް ނޭނގޭ ކޮހެއް. އެެހެންނޫންނަމަ އިނގޭނެ 3 ބިހުން 2 ބިސް ރާއްޖެއަށް ވިއްކާ ސަބަބު.

    10
  82. ަސދާ

    އިންޑިއާއިންް ބިސްވިއްކަނީ ރާއްޖޭގެ ވިތާފާރިވެރިން ދޭ އަގު ރަނގަޅުވީމަ.
    ބޭސް ފަރުވާއަށް ދިވެހިން ގޮސްސިއްޔާމު މަދުވެގެން 5ކިލޯ ބޭސްވެސް ކޮއްމެ ދިވެއްސަކަށްް ވިއްކާނެ. ޢެކައިގެން ރަނގަޅުވިބައްޔެއްވެސް ނެތް.

    10
  83. ޝަޒްނީ

    އިންޑިޔާ ހިންދޫ ތިކި ޖަހައިގެން އެއްވެސް މީހަކައް ރާއްޖޭގެ އެއްވެސް ސުކޫލަކަށް އަދި ކިޔަވަދޭ މަރުކަޒަކަށް ނުވަދެވޭގޮތް ހަދަންޖެހޭ. އެމީހުންނައް ބުރުގާއާ ކުޅެވެންޏާ އަހަރެމެންނައް އެމީހުންގެ ނިތްކުރީގަ ހުރި ތިކިވެސް ފޮހެލެވިދާނެ. މަގުމަތީން ހިފަހައްޓާފަވެސް ފޮހެލެވިދާނެ.

  84. މީން

    އެހެންވެ ދޯ އެހާ ހަޑި ބިސް ގިނައީ.... އިންޑިޔާއިން ގެންނާތީ ސާފު ނުކޮށް ވިއްކޭނެ ވިއްޔަ...

    10
    1
  85. ބިސްމަރީ

    ބަލަ ބިސްދެނީ ހިލޭތަ! ބިސް ގަތީ ލާރިދީފައޭ ބީތާޔާ!

    11
    1
  86. ނާޅި

    ކަޅޭލަ މަހަހާއި ކަންނެލި މަހުގެ ބިސް މާމީރުވާނެ ތިޔަ ކިޔާބިހައްވުރެން !

    8
    1
  87. އަޙްމަދް

    ރާއްޖެ އެތެރެކުރާ ކޮންމެ ތިން ބިހަކުން ދެ ބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށް ވިދާޅުވެ، "އިންޑިއާ އައުޓް" ކެމްޕޭންގެ ނުރައްކާތެރިކަން ވިސްނަވައި ދެއްވަން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ މަސައްކަތް ކުރައްވައިފިއެވެ. ( ވަގުތު ނޫސް)
    —————————————————————————————-މާއިންޑިއާވެގެން ތިއުޅުވަނީ އިންޑިއާވެގެން ތިކުރެއްވޭކަންތަށް އެނގިވަޑައިގަނޭތޯއެވެ؟
    ޢިންޑިއާގެ މަކަރާއި ހީލަތުގައިޖެހިގެން އިންޑިއާ ލައްވާ ރާއްޖެއަށް އަޅުއްވަމުން ތިގެންދަވަނީ އަޅުވެތިކަމުގެ ބިހެވެ.
    އިންޑިއާއިން އެެތެރެކުރާ ފިޔާއިން މިހާރު އަހަރުމެންގެ ލޮލަށް އަރަމުންދަނީ އަޅުވެތިކަމުގެ ދިލައެވެ.
    އިންޑިއާއިން އެތެރެކުރާ އަލުވީގައި ލަނީ އަޅުވެތިކަމުގެ ރަހައެވެ.
    ޢިންޑިއާއިން ގެއްނަ ހިލަޔާ ހިލަވެއްޔާ ދަގަނޑުން ތައްޔާރުކުރެވެމުންދަނީ އަޅުވެތިކަމުގެ ޖަލުތަކެވެ.

  88. ބިސް މާރިޔާ އައުޓް

    މާރިޔާ އަވަހަށް އިސްތިއުފާ ދީފަ މިނިސްޓަރު ކަމުން ފައިބާ. ގައުމު ހިންގަން މިވަރު ބަޔަކު ތިބީމަ ރައްޔިތުން ހިތާމަ ކުރަން ޖެހޭ. ބިހޯ އަދި އެބަ ކިޔައެއްނު

    13
    1
  89. މިތުރާ

    ޜާއްޖެ އަށް ބިސް ގެންނަނީ ވެސް ،ކަންކ ކަމާ ވެގެން އުޅޭމީހުންގެ ކަންނެތް ކަމުން،، ރާއްޖެގެ ރަށްތަ ކުގަ ކުކ ކުޅު ފާރމް ހަދަންވީނުން، އޭރުން ރާއްޖެ އަށްބޭނުންވާބިސް ރާއްޖޭގަ އުފެއްދޭނެނުން،، އިންޑިޔާއިން ގެންނަބިސް ހުންނަނީ ކުނިފެ ފޮޅު އަޅާފަ،

    11
    1
  90. މިތުރާ

    ބޭސްފަރުވާ އަށް ބަރޯސާ ވާ ކަށްނުޖެހޭނެ، ،މަތީފަޑީ ގަ ތިބޭމީހުން ނަގާ ޓެކ ކުސް، ސަލާންޖަހާ ޑޮލަރު، ޓެކ ކުސް އިންލިބޭ ރުފިޔާ އިންބޭ ކާރު ހަރަދު ނު ކޮށް، ރަގަޅު މުސާރަ ދީގެން ކާމިޔާބު ޑަ ކުޓަރުންނާ، ބޭނުން ކުރާނެ މެށިންތަ ކާއި އެއްޗިސްހުރީޔާ،،،ވެރި ކަމަށަ އަރަނީ އަމިއްލަ އެދުމުން ފޯވެފަ ތިބޭމީހުން،،5އަހަރު ތެރޭ ކެވުނު ވަރަކަށް ކައިގެން ބަޗާނެ،،،،،

  91. އަލީ

    އިންޑިޔާއިންބިސް އެތެރެކުރަނީ ހަމައެކަނި މިރާއްޖެއަށްތޯ؟؟އަދިބިސްއެތެރެކުރާކޮއްމެ ގައުމަކަށް ހަތިޔާރުއެޅިސިފައަންގެފައުޖެއް އެތެރެކޮ އެމީހުންބައިތިއްބަންޖެހެނީތޯ ؟؟ކޯންޗެންހޭކިޔެވީ ކެލައުމަރިޔާ!! ތިފެންވަރުގެ ވާހަކަދައްކަނީ ރޯނުވަށަން އަތިރިމަތީ ތިބެމުސްކުޅި އަންހެނުން. ކަލޭގެއަސްލުފެންވަރަކީ އެއީ ކިޔަވައިގެންނޭކިޔާފަހުސްބުހުތާންދޮގު!!!

    12
  92. ސަލް

    އިންޑިޔާ ބިސްކެޔަސް ގައުމުގެ އިސްތިގުލާލަށް ނުރައްކާ ވެދާނެގޮތަކައް އަސްކަރީ ބާރަކަށް މިތާގައި ތިބެވޭނެ ޖާގައެއް ބަހައްޓާކަށެއް ނުވެއެވެ.

    10
    1
  93. ސަފާން

    އިންޑިޔާގެ އަސްކަރީ ސިފައިން މިތާގަ ސުޓޭޝަންވެގެން ތިއްބާ ދުނިޔޭގައި 3 ވަނަ ބޮޑު ހަނގުރާމައެއް ފެށިއްޖެއިޔާ އެމީހުން ރާއްޖެހިފައި މިތަން އިންޑިޔާގެ އަތްދަށައް ގެންދިޔުން ކިހާ އެކަށީގެންވާކަން އިނގޭތަ.؟

    12
  94. ޝައިޚަަން

    އިންޑިޔާ ބިސް ވެސް އައުޓް.. އެނގިއްޖޭ.

    12
  95. އަބްދޫ

    މައިރިޔާ އަށް އެކައްޗެއްވެސް ނެގެ. ރާއްޖެ އެތެރެކުރާ ބިސް ގަންނަނީ އިންޑިޔާ ސަރުކާރަކުންނޫން. އިންޑިޔާގެ ބިސް އުފައްދާ ދަނޑުވެރިންއަތުން. ރާއްޖެއިން ބިސްތގަތުން ހުއްޓަލައިފިނަމަ އިންޑިޔާ ސަރުކާރު ވެއްޓެނެ. އިންޑިޔާ ރައްޔިތުން ސަރުކާރާ ދެކޮލަށް ތެދުވާނެ. މައިރިޔާ އަކީ ސިޔާސީގޮތުންއެއްވެސްއެއްޗެއްދަންނަ މީހެއްނޫންދޯ.

  96. ވިސްނޭ

    ބިސްމާރިއާ...

  97. ނަމަ

    އެހެންވީމަ މާރިޔާ ބޭނުން ކުރަނީ އެބުނާ 2 ބިސް ކަންނޭގެ

  98. ށިން

    ބިސް އެތެރެވީމަ ނިމުނީދޯ؟ ބޭނުންކުރެވެނީ ކިތައް ބިސްތޯ ބެލޭނެ ހިސާބެއްވެސް ހަދާބަލަ. 12 ބިހުން 1 ބިސް ސަލާމަތްވަނީ މަ ހިސާބު ޖެހީމަ.

  99. ކޮރަލް

    ބިސް އެތެރެ ކުރީމަ އިންޑިޔާ އަށް އަހަރަކު އެތައް މިލިއަން ޑޮލަރެއް ލިބެ އެވެ. ހުއްޓާލީމަ ގެއްލުން ވާނީ އެމީހުންނަށެވެ. އެހެން ގައުމުތަކުން ބިސް ރާއްޖެ އެތެރެ ކުރާނެ އެވެ.

  100. ރީދޫ

    ދެން އަނެއްބިސް އެތެރެކުރާ ޤައުމުގެ ސިފައިންވެސް މިޤައުމުގެ ބައިތިއްބަންވީނު

  101. ޓަކިބެ

    އިންޑިއާގެ 2 ބިސް ވެސް އައުޓް

  102. ސޯސް

    މި ދެބިހުގެ ރައްކާތެރިކަން ވަރަށް މުހިންމެވެ.

  103. ސސ

    ކަންނަންނޫރު ބިސްކޭހުގެ މައްސަލަ ވަރަށް ބޮޑު ވެއްޖެ އަވަހަށް އެބިސްތަށް ބޭރުކޮށްލަ ބަލަ އޭރުން މައްސަލަ ހައްލުވީ !

  104. ޑިމީހާ

    ދެބިސް ފިދަނަ ކީކޭ މިކިޔަނީ!!! ބަލަ ޑިފެންސް އިން މިހާރު ބަލަނީ ބިހުގެ މައުލޫމާތުތަ.

  105. ދީދީ

    އަހަރެން ގަންނަ ކޮންމެ 3 ބިހަކުން 2 ބިސް ގަންނަނީ ހެޕީ މާކެޓު ފިހާރައިންނެވެ. އޭގެ މާނައެއް ނޫން ހެޕީ މާކެޓު އިހްސާން ބޭނުން އިރަކު އައިސް މިގޭ ކޮޓަރީގައި ނިދޭނެއެކޭ !

    ހަމަ އެގޮތަށް އިންޑިއާއިން ބިސް ގަތުމަކީ އެ ގައުމުގެ ސިފައިން މިތާ ބަހައްޓަން ޖެހޭ ސަބަބެއް ނޫން!

  106. ހަސަން ކުރުސި

    އިންޑިޔާއިންގެންނަ ބިސްތައްހުންނަނީ ކުނިވެފަ.

  107. ވައިސަރީ

    ދެން ކޮންމެ ބިހަކަށް ސިފައިންގެ މީހަކު މިތާގަ ބަހައްޓަންވީ؟

  108. ކޮއްޔާ

    ތިތިބެނީ ރަނގަޅަށް ވިކިގެން // ވިއްކައިގެން // ިއިންޑިޔާ އައުޓް //

  109. ސަމްސިއްޔާ

    މާރިޔާ ތިޔައީ މޮޔައެއްތަ؟؟ 3 ބިހުން 3 ބިސް އިންޑިއާއިން އެތެރެ ކުރިޔަސް، އިންޑިއާގެ އަސްކަރިއްޔާ މީހުން ރާއްޖޭގައި ބަނޑަހަޖަހައިގެން ތިބެން ހުއްދަދޭކަށް ނުޖެހޭ. ތިޔައީ އިންޑިއާއިން ބޭނުންއިރެއްގައި ރާއްޖެ ހިފިދާނެކަމަށް ބުނި ޑިފެންސް މިނިސްޓަރ. ތިޔައީ ދިވެހި ސިފައިންނަކީ ފިލާތިބި ފިނދަނަ ތަކެކޭ ބުނި ޑިފެންސް މިނިސްޓަރ. އިސްތިއުފާދިނުން އެންމެ ރަނގަޅުވާނީ