އިންޑިއާ އިން ރާއްޖެ ގެނަ ބިސް، ރާއްޖެ ގެންނަނީ ހަވާދު ލައިގެން ކަމަށް ވީނަމަވެސް ރާއްޖޭގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެ އިން ފައިބަން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިހެން ވިދާޅުވީ ރާއްޖެ އެތެރެކުރާ ކޮންމެ ތިން ބިހަކުން ދެ ބިސް އެތެރެކުރަނީ އިންޑިއާއިން ކަމަށް ވިދާޅުވެ، "އިންޑިއާ އައުޓް" ކެމްޕޭންގެ ނުރައްކާތެރިކަން ވިސްނަވައި ދެއްވަން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ރޭ މަސައްކަތް ކުރެއްވުމުންނެވެ.

މާރިޔާ ވިދާޅުވީ އިމްޕޯޓާއި ބޭސްފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. "ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހުން ދެ ބިސް އެއީ އިންޑިއާއިން އެތެރެކުރާ ބިސްތަކެއް." މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޓޮމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ ކަމަށެވެ. "އިންޑިއާ ސިފައިންނަށް މިޤައުމަކު ނުތިބެވޭނެއެވެ. ޖެހޭނީ ހަމަ ފައިބާށެވެ. ތިން ބިހުން ދެ ބިސް ގެންނަނީ އިންޑިޔާއިން ހަވާދު ލައިގެން ކަމަށްވިޔަސް ވަރިހަމައެވެ." ޓޮމް ވިދާޅުވިއެވެ.

ޓޮމްގެ ޓްވީޓްގައި ވަނީ އިންޑިއާ އިން ރާއްޖެ ހިފަން ބޭނުންވެއްޖެނަމަ އެކަން ކުރާނެ ކަމަށް މާރިޔާ ކުރިން ވިދާޅުވި އިންޓަވިއުގެ ވީޑިއޯ ވެސް ހިމަނުއްވާފައެވެ.

2019 ވަނަ އަހަރުގެ ޖަނަވަރީ މަހު މާރިޔާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެގައުމުގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ އިން ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށެވެ. "އަހަރުމެންނަށް ވަރަށް ރަނގަޅަށް އިނގޭ، އިންޑިއާ އިން ރާއްޖެ ހިފަން ބޭނުންނަމަ، އެކަހަލަ ނިޔަތެއް އޮތެކޭ ނޫން. އެކަމަކު އެކަހަލަ ކަމެއް ކުރަން ބޭނުންނަމަ އަހަންނަކަށް ނޭނގޭ އެކަން ހުއްޓުވާނެ ގޮތެއް. އިންޑިއާގެ ނޭވީ އާއި އެއާފޯސް އައުމުން، އަހަރުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. މީ ހަމަ ޕްރެކްޓިކަލް ގޮތެއްގައި ދެންނެވި ވާހަކައެއް. އެކަމަކު އެފަދަ ކަމެއް ކުރަން ބޭނުންނަމަ އިންޑިއާ އަށް އެކަން ކުރެވޭނެ" މާރިޔާ ވިދާޅުވެފައިވެއެވެ.

މާރިޔާގެ އެވާހަކަތަކާއި ގުޅިގެން އެދުވަސްވަރު ވަރަށް ބޮޑަށް އޭނާ އަށް ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޝޮކްތެރަޕީ

    ސާބަހޭ ތޯރިގު. އިންޑިޔާ ސިފައިން ބާލުވާނަން އިންޝާﷲ

    60
    4
  2. ާަޮޮުުެެޮްްއަލިފުތާބި

    ވަރަށް ތެދު ވާހަކައެށް ތިޔަބުނީ.ސާކަލުތަކާ ކާރުތަކާ ޖޫރިމަނާ ކޮށް ގެން ވިޔަސް ސިފާންގެއަށް ބަޑިޔާ ކަޑިޔާ އެބަޖެހޭ ގެންނަން. 3 ބިސް 6 ބިހަށް ހަދާ ލަންވި އެންނު ހަވާދު ނުލާ

    39
    3
  3. Anonymous

    ޠާރިޤެއް ކަމަކު ތިޔައީ ރަނގަޅު ވާހަކައެއް. އެކަމަކު ކަލޭ ވެސް ޖެހޭނެ ތަންކޮޅެއް ޒިންމާދާރުވާން.

    32
    5
  4. Anonymous

    ލަދުވެތި ވާހަކަ މާރިޔާ ތި ދައްކަނީ..އަމިއްލަ ގައުމަށް ގައްދާރުވުން ފަދަ ވާހަކަ ވީޑިއޯގަ ތި ފެންނަނީ..ދުނިޔޭގެ އެހެންގައުމެއްގެ ޑިފެންސް މިނިސްޓަރަކު ތިފަދަ ވާހަކައެއް ދެއްކި ނަމަ މިހާރު ވަޒީފާގަ ނުހުންނާނެ..ބައެއްގެ ބާރުގަދަކަމަށް ތައުރީފުކުރިޔަސް ތިދައްކަނީ އެމީހުންވެސް ކަލެއްށް މަލާމާތް ކުރާވަރުގެ ވާހަކަ...އަމިއްލަ ނަފުސަށްވެސް ހުތުރު، ރައްޔަތުންނަށްވެސް ހުތުރު.

    46
    2
  5. ސަރަނގު

    ދެބިސްމާރިއާ އަށްވެސް އެނގޭނެދޯ 1 ބިސްވެސް އެހެން ޤައުމަކުން ގެނެވޭނަމަ އެޤައުމަކުން ދެވަނަ ބިހާ ތިންވަނަ ބިސްވެސް ގެނެވޭނެކަން.
    ދެބިސްމާރިއާ އަށް ވެދުން

    47
    2
  6. ޖާނޭ

    ޯމީހަމަ މާރިޔަލެއް.ބޮޑު ކަޑު ކޮހެއް. މީނައަށް ޑިފެންސް މިނިސްޓަރުކަން ދޭނީވެސް ކޮހެކެވެ.

    34
  7. މާޑިޔާއައްތަ

    މާރިޔާއަށް އެނގެނީ އިންޑިއާ ބޭނުންވެއްޖެނަމަ އެކަނި މިގައުމަށް އަރާ ހިފިދާނެ ކަމަށް. އެހެން އެންމެންނަށް އެނގެނީ އިންޑިއާ ނޫން ކޮންމެ ގައުމަކަށްވެސް މިގައުމަށް އަރާ ހިފިދާނެކަން. އެމީހުން އެބުނާ ގޮތުންވިއްޔާ ބޮޑެތި އަދި ބާރުގަދަ ހުރިހާ ގައުމުތަކެއް ދެކެ އަދި މާ ބޮޑަށް ބިރުންތާ ތިބެން ޖެހޭނީ. ބިރުދައްކައިގެން ވެރިކަން ކުރާ މީހުންނަކީ މި ނޫން ކޮންބައެއް؟

    33
  8. މޭރީ

    މީލަވައެއް މަތްވިއިސްލާމްދީނާ ގައުމައްޓަކާ ހިނގާށެދާން މިޖާނުދޭން މިގައުމުގާވެޔެއަޒުމް މިގައުމުގާވެޔެދިރުން މިގައުމުގާވޭމެ ހިއްވަރާއި ހިތްމަތާއިމިއްނަތުން ހައްގަށާއި އުއްމަތައްފިދާ ވާދަރިން ނޫކަނޑާ ނޫވިލުތަކުން ހޯދާނަެ ރޯއްޖާއިބުރަތޭ ދޮންވެލި މިރައްތަކާ ތާޒާވައިފެން މީއިލާހީރަހުމަތޭ ފަސްބިމާހެދިފޯދިދާ ފެިހިރުއްގަހާ މީއިލާހީރަހުމަތޭ ވަސްމީރުމާމެލާ މޭވާގެފޮނިކަމާ މީއިލާހީރަހުމަތޭ މާތްވިއިސްލާމްދީނާ ގައުމައްޓަކާހިނގާށެދާން މިޖާނުދެން މީ މަގޭވަތެނޭ ދިވެހި ދިވެހިންގެ ބާރާ ބަސްހިނގާ ދިވެހިންގެ ހައްގުގާގުރުބާންވެދާނަމޭ ޖާނުމާލާއަޒުމުގާ ނޯކުޅުބިސް ދޫނިބިސް ހަވާދުލީބިސް ބިހަކީ އެގެޒާތުގަވެސް އައުޓްވާއެއްޗެއް އެއިންނުވާނެ .

    28
  9. ކިޔާދޭކްތީހޯ

    ތިޔަވީޑިއޯ ބަލާލީމަ އެގިއްޖެ މިހާރު ތިޔަ ކުކުޅުބިހުގެވާހަކަ ކުރީޒަމާނެއްގައި ދެބޯގެރިއެއްގެ ވާހަކަ ކޮންމެހެން ޖެހޭތޯ ކޮށަކޮށައިގެން އިނޑިއާޔައް ރާއްޖެ ހިފިދާނޭ ކިޔާ ދައުވަތްދޭކައް އިރާގުން ކުވެއިތްވެސް ހިފި އެކަމަކު ތިބެވުނުތޯ ދުނިޔޭގައި މީހުން ތަބައަވާގާނޫނުތަކެއް ހަދައިގެން އުޅޭކަމެއް ނޭންގޭނެނޫންތޯ އަމިއްލަގައުމުގެ ގާނޫނުއަސާސީޔައް ފައިން އޮޅުމަކުން އެރުނުބޭފުޅަކައް މިކަމުން މިލިބެނީ މިކަމަނާޔައް ލައުނަތް މީސްތަކުންގެ އިންޑިއާމީހުންވެސް ހޭނެ މިވީޑިއްއަޑުއަހައިފިއްޔާ ލަދެއްނެތީމަ ޓީވީތަކައް އަރާވާހަކަ ދައްކަނީ

    26
    1
  10. Happy

    އިންޑިޔާ ސިފައިން ނުބޭލޭނެ!

    2
    47
    • ކޮރޯނާ

      މީ ކޮން ގަޅި ގޮލައެއް؟

      13
  11. ޙެއް ހެއް

    އެއްވެސް ގައުމިއްޔަތެއްނެތް އަންހެންފިނދަނައެއް.

    21
  12. ހުސޭނުބެ

    ނުބޭލުވޭނެ. ކަލޭމެން ތިބެންޖެހޭނީ ފެލިފެލި

    2
    22
  13. މަޖީދާ

    ދިވެހިން ބޭނުންވަނީ އިންޑިއާއިން ގެންނަ ބޭހެއްނޫން.
    ކަލޭމެން އެޖެންޓްކަންކުރަން ލޯކޮލިޓީ ބޭސް އިންޑިއާއިންް ގެނައުމަށްވުރެ ކޮލިޓީބޭސް ބޮޑުއަގުގައި ޔޫރަޕުން ގެންނަނަމަ ދިވެހިންގެ ސިއްހަތު ސަލާމަތްވާނެ.
    އިންޑިއާއިން އުފައްްދާ ގަޑުބަޑު ކައިގެން ބަލިން އަރައިގަތް ބަޔަކު މަދުވާނެ.

    17
  14. މާމީ

    ހެޕީ އިންޑިއާ މިލިޓަރީ ރޭޒަރަކުން ވިއަސް ބާލާނަން

    15
    1
  15. ދޮން ތައްކާނު

    އިންޑިޔާ ބިސް މި މީހުން އަތުގައި ނެތީތަ؟

    12
  16. ސައްލި

    އަހަރުމެން އޮޅުކޮށްގެން ގެންގުޅޭ ކަޅޭލަމަހާއި ކަންނެލި މަހުގެ ބިސް ކައިގެން އަހަރުމެން އުޅެފާނަން ތިޔަ އިންޑިޔާ ބިސް ނުލިބުނަސް ލޮކްޑައުންގައި ވެސް އަހަރުމެން ކައިއުޅުނީ ކަންޑު މަހުގެ ބިސް !

    19
    1
  17. ތަކުރާ

    އިންޑިޔާ ސިފައިން ބޭލޭނެ! އިންޑިޔާ ވެސް ޖެހޭނީ ބޭލިގަންނަން. ކައެ ކޯޗެކޭ ކިޔާކަށް. މި ކަހަލަ ގޮލައިންނާއި ހެދި ގައުމު މި ހާލަތަށް ވެއްޓެން މެދުވެރިވީ !!

    19
  18. ބޮކި

    ތޯރިގޫ ކަލޭގެ ލަދުހަޔާތް ކޮބާތަ ؟ ތަމެންވެރިކަން ކުރި އިންޑިޔާ ސިފައިން ރާއްޖޭއިންފޭބިތަ ؟

    13
    • ތިމާވެށި

      މީތި އަތައްގޮވީމަ މަންމާއޭ ކިޔާފަ، ކަލޭ އެއްމެ ފުރަތަމަ ހޭރިގައްނާނީވެސް...ރަނގަޅަށް ވިއްޔާ މިވެސްވާނީ ސަރުބަތު ފުޅި ބޯ ހިިތްވާ ސޮރަކަށް..

  19. ވިކިލީކުސް

    އިންޑިއާއަށް ރާއްޖެ ހިފިދާނެ. އެކަމަކު، ޑިފެންސު މިނިސްޓަރަކު އެކަހަލަ ވާހަކައެއް ބުނުމުން އެނގެނީ މިނިސްޓަރަކަށް އަދި ވަކީލަކަށްވެސް ކުފޫ ހަމަނުވާ ހުސް ބޮލެއްކަން މާރިޔާ އަކީ

  20. އަހުމަދު

    ސާބަސް ތޯރިގް....
    އިންޑިޔާ އައުޓު ކުރާނަން ފިނދަނަ މާރިޔާވެސް އައުޓު ކުރާނަން އިންޝާﷲ