ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގާއިރު ސަރުކާރުން ބަލަން ނުތިބޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވި ފުލުހަކަށް އިންޒާރުދީ އެ ފުލުސް މީހާގެ ސައިކަލުގައި ރޭ ރޯކޮށްލި މައްސަލައާއި ގުޅިގެންނެވެ.

އެކަމާ ގުޅިގެން އިމްރާން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށާއި ރޭގެ ވަގުތެއްގައި ފުލުހެއްގެ އުޅަނދެއް އަންދާލާފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

"ޒިންމާވާ ފަރާތްތަކާ މެދު ސަރުކާރުން ފިޔަވަޅު އަޅާނެ. އިންޝާﷲ" އިމްރާން ވިދާޅުވިއެވެ.

ފުލުސް މީހާގެ ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ފުޓޭޖުން ފެންނަ ގޮތުގައި ސައިކަލްގައި އަލިފާން ރޯކޮށްލާފައި ވަނީ ގެއެއްގެ ގޯތިތެރޭގައި ސައިކަލް ބައިންދާފައި ހުއްޓާއެވެ. އެކަން ކޮށްފައި ވަނީ ދެމީހަކު ބައިވެރިވެގެން ކަން ވެސް ވީޑިއޯ އިން އެނގެއެވެ. ނަމަވެސް ދެމީހުން ވެސް ތިބެނީ މޫނު ނިވާ ކޮށްގެންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ނަމަވެސް މިހާތަނަށް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖާނޭ

    ރައްޔިތުނަށް އަނިޔާ ކުރުމަށް އިންޑިއަން މިލިޓަރީ ރާއްޖެ ވެނެސްގެން ހަދާނެ އެއްޗެއް ހަދަން ރައްޔިތުނަ މަޑުން ނުތިބޭނެ.

    30
    2
  2. އިބްރާހިމް

    އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަކީ ބޮޑުކަމަކަށް ނުވިމީހަކަށް ކުރެވޭނެ އެއްވެސްކަމެއް ނޯންނާނެ.

    34
    2
  3. ސަލް

    ހަނދާންވަނީ އިމްރާނު އިސްވެހުރެ ހިންގި މޭޑޭ މުޒާހަރާމަތީން. އަދި މިހާރުގެ ޑިފެންސު މިނިސްޓަރު މާރިޔާ ވަކަރު ބުރި ހިފައިގެން ސަލާމަތީ ބާރުތަކާއި ދެކޮޅައް ނިކުމެއް ކުރިމަތިލައި ހެދިދުވަހާއި އަދި ހަމަ ބޮޑު ހުޅުޖަހައި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ ރައީސް ހުރީގައި ހުރެ ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނައް ވީގެއްލުންމަތީން.

  4. ހުސޭނުބެ

    ވަގުޔާމިނުގެ އޯޑަރަށް ސިފައިންނަށާ ފުލުހުންނަށް އަނިޔާކުރަނީ ޕީޕީ ބައިގަނޑު

    1
    31
  5. އަހްމަދު

    އިންޑިއާގެކާފަރުން މުސްލިމުންނައްކުރާއަނިޔާ ބަލަންތިބުމަކީ މުސްލިމުންނައް ކެއްކުރެވޭނެކަމެއްނޫން އިމްރާނު މިކަންވެސް ހަނދާނުގަބަހައްޓަންވާނެ

    10
  6. ޢަޒު

    ވަގުން ތިގޮވަނީ ވަގަށް އެންމެ ބޮޑު ވަގު ސޯލިހު ވަގު ވެރިކަން ވަގައްނެގީ

    10
  7. ހަވޭލި

    މިގައުމު އިންޑިއާއަށްވިއްކާލުމަށް ހިތްވަރުދޭ މީހަކަށް މީނަ ހުރުމަކީ ރަށްޔަތުންނަށް އަނިޔާކުރުންކަމުގައި ނުބެލެވޭނެގޮތެއް ނެތް މީނަޔަށްވެސް ހުކުމް އަންނާނެ ބަލަންމިތިބީ ކެތްމަދުވެފަ އެދުވަހަކަށްޓަކާ.

  8. ޚެކެސްރާނޫ

    ރައްޔިތުންނައް އަނިޔާކުރާން ވީ ބަލަން ތިބެން ރައޔިތުންގެ ލާރިން މުސާރަ ނަގައިން

    9
    1