މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިފަދައިން ވިދާޅުވެފައިވަނީ އިންޒާރު ދިނުމަށްފަހު ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވި ފުލުހަކަށް އިންޒާރުދީ އެ ފުލުސް މީހާގެ ސައިކަލުގައި ރޭ ރޯކޮށްލި މައްސަލައާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އެގޮތުން ހަމީދު ވިދާޅުވީ، އަލިފާން ރޯ ކޮށްލާފައިވަނީ މިލަދޫ ފުލުހުންގެ ޑެސްކުގެ އިންޗާޖު ސާޖެންޓް މުހައްމަދު އަރީޝްގެ ސައިކަލުގައި ކަމަށާއި އެ އޮފިސަރާއި ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި މިލަދޫ އަކީ ރައްކާތެރިތަނެއްގެ ގޮތުގައި ބެހެއްޓުމަށް އަރީޝް ކޮށްފައިވާ މަސައްކަތަށް ފަހުރުވެރިވާ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، މި ހާދިސާ ތަހުގީގު ކުރަން ސީނިއާ އިންވެސްޓިގޭޓަރަކު ހަމަޖައްސާފައިވާ ކަމަށާއި އަދި މިކަން ކުރި ބަޔަކު ހޯދަން މިލަދޫގައި ތިބި ފުލުހުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލައެއް ކަމުން ހަމީދު ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށާއި ފުލުހުންގެ އެ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށް ވިދާޅުވެފައެވެ.

މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވާ ނުވާއިރު، މިނިސްޓަރ އިމްރާން ވެސް ވަނީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނުރަބޯ

    ވަގުޔާމިނަށް އެއްޗެއް ވިސްނޭނެ މިހާރު

    1
    8
    • ލަކުޑިބޯ

      ބޮލުގަ ނުރަޖެހީހަޔާތްކުޑަކަމުތޯ؟

      2
      1
  2. ހުސެން

    ހަމީދޫ ކަލޭތީ ސާޖަންޓަކައް ހުރެފަ ކުއްލެ ކަކައް ލިއަނު ސީޕީ ގެ މަގާމައް ގެނިމޯހެކޭ ދެން ފެންވަރެއް ތިޔަހެން އަންނަމީހިންގެ ހުންނާނީ، މަގާމައްނުލިއަސް ފައިސާ ދެވޭނެދޯ ޅިއަންބެއައް، ތިޔަހެން ހެދީމަ މުައްސަސާތައް ހަލާކުވާނެ، ބައްލަވާ އެމް.އެން.ޑީ.އެފް ހަމަ ތިޔަގޮތައް އެ ހަލާކިވަނީ ޖޮހާދެރަކަނަކަން މިއީ...ހަމަސިއާސީ ވެގެން ފާޑުފާޑު މީހުނައް މަގާމުތައްދެނީ ގައިސާގެ ބަދަލު ދެނީ...

    3
    1
  3. ކާފަބޭ2020

    ތިޔަކަހަލަވާހަކަދެއްކީމަ ހަމަ😆😆😆😆😆😆😆😆😆😆😆😆☹☹☹😆😆😆😆😆😆😆😆😆😆☹☹☹😆😆😆😆😆😆

  4. ނުރަބޯ

    ވަގު ޔާމިނު ވަރަށް ބިރުން ހުންނާނީ މިހާރު

    1
    2