ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު، އުމުރުން ދުވަސްވީ އަންހެން މީހެއް ކަމަށްވާ ނައީމާ މޫސާ (62އ) ގެ ގާތިލް ހޯދުމަށް ފުލުހުން ކަނޑަނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު ކުރެއްވި ވިދާޅުވީ ނައީމާގެ މަރުގެ މައްސަލައިގައި ގާތިލް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ފުލުހުން މަނަދޫގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަރުގެ މައްސަލައިގައި މަސައްކަތް ކުރަމުންދާ އިންވެސްޓިގޭޓަރިންނާއި ފޮރެންސިކްސް އަދި ދިވެހި ޕޮލިސް ޓީމަށް ސީޕީގެ ފުރިހަމަ ޔަގީން ކަމަށާއި އިތުބާރު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

ނައިމާގެ މަރުގެ މައްސަލައިގައި އޭނާ ދިރިއުޅުނު ގެ ކައިރިއަށް ހުކުރު ދުވަހުގެ ވަގުތުގައި ދިޔަ މީހުންގެ ޑީއެންއޭ ޓެސްޓު ކުރުމަށް ސުންކު ފުލުހުން ވަނީ ނަގާފައެވެ. އަދި އެ މީހުންގެ އިނގިލީގެ ނިޝާން ވެސް ވަނީ ނަގައިފައެވެ.

ނައީމާ އަކީ ރަށު ތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ، ޑިއުޓީއަށް ނުނިކުމެ ދެ ދުވަސްވުމުން ބެލުމުންނެވެ. އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ނަހަދައި ވަޅުލައިފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް މަނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުވާނެ

    ކެނޑިނޭޅި މަސައްކަތް ކުރާކަމަށް ބުނާއިރު ނައީމާއާ އެންމެ ފުރަތަމަ ބައްދަލުވި ގިނަ މީހުންނާ އަދިވެސް ސުވާލު ނުކުރޭ.

  2. ބުރުގާ

    އެމް.ސީ ހަމީދު ތީ ކަލޭގެމެންގެ ފެންވަރަކީ. ޕޮލިހުންނައް ހަމައެކަނި އިނގޭނީ ޕީޕީއެމް ކުދިން ފަހަތުން އިލޮށިފަތިން ފަހަމުން ދުވަން.

  3. މޮޔަމީހާ

    ރަށުތެރޭގަ ކިޔަނީ އެހެން ވާހަކައެއް މާދުރު ރަށެއްގެ ހުރި މީހެކޯ އެކަން ކުރީ،،ނައީ މާ ސިހުރުހަދަޔޯ،މީތެދެއްތަ؟