ނ. މަނަދޫ އަތޮޅު ހޮސްޕިޓަލާއި ރ. ކިނޮޅަސް ސިއްހީ މަރުކަޒުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މަނަދޫ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ އެއް ހެދުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެލްއެމްއޭ އިންވެސްޓްމަންޓް އަށް ކަމަށެވެ.

ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު އަބްދުލް ހަންނާނު ހުސައިނެވެ. އަދި އެލްއެމްއޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަނަސްއެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ އަގަކީ 4,679,588.73 ރުފިޔާ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ކިނޮޅަސް ސިއްހީ މަރުކަޒާއި ޕޯޓިކޯ އާއި ގަރާޖް އަދި ވަށާފާރުގެ މަސައްކަތް ކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ސަމާލު ކޮންސްޓްރަކްޝަން އަށެވެ.

މިނިސްޓްރީން ބުނީ އެ މަސައްކަތުގެ ޖުމްލަ އަގަކީ 1,475,105.47 ރުފިޔާ ކަމަށެވެ. އަދި އެ މަޝްރޫއު 110 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަން

    މަނަދޫ އަތޮޅު ހޮސްޕިޓަލް އާ ނަމެއް

  2. މަގޭޚިޔާލުމީ

    ކޮބައިތަ މަނަދޫގައި އަޅަންކިޔަކިޔާކިޔަކިޔާ ކިޔަކިޔާ އޮންނަ ޓާޝަރީ ހޮސްޕިޓަލްގެ ކަންތައް. އެވާހަކަ މިހާރު ނުދައްކާދޯ. ހުލިވީތޯ.