ހަށިގަނޑު ނުފަޅައި ފުރަތަމަ ފަހަރަށް ހިތުގެ ވޭލްއެއް ރާއްޖޭގައި ބަދަލުކޮށްފިއެވެ.

ކާމިޔާބުކަމާއެކު (ޓްރާންސްކެތީޓާ އެއޯރްޓިކް ވޭލްވް އިމްޕްލާންޓޭޝަން ޕޮރޮސީޖާ- ޓަވީޕް) ގެ ނަމުން ނަން ދީފައިވާ ސާޖަރީ ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ހިތުގެ ވޭލްވް ބަދަލުކުރީ އުމުރުން 82 އަހަރެއްގެ ދިވެހި ފިރިހެނެއްގެއެވެ.

މިއީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޓަވީޕް ސާޖަރީއެއް ތިން ވަނައަށް ހެދި ގައުމެވެ. އެންމެ ފަހުން ދެކުނު އޭޝިޔާގެ ސަރަހައްދުން މި ސާޖަރީ ހަދާފައިވަނީ ބަންގްލަދޭޝުންނެވެ. ތިން ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު އެ މީހާގެ ހާލު އަންނަނީ މިހާރު ރަނގަޅުވަމުންނެވެ.

އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ސާޖަރީ ކުރިއަށް ގެންދަނީ. -

ޑޮކްޓަރުންގެ ޓީމުން ބުނީ އާއްމު ގޮތެއްގައި މުސްކުޅި އުުމުރުފުރާއަށް އެޅީމާ ގިނަ މީހުންގެ ހިތުގެ ވޭލް ތާށިވާ ކަމަށާއި ވަރަށް އަވަހަށް އެ ވޭލް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ސާޖަރީ ކުރިއަށް ގެންދިޔަ ގޮތް ކިޔައި ދެނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ސާޖަރީ ހާއްސަކޮށްފައިވަނީ އުމުރުން ދުވަސްވި މީހުންގެ ތެރެއިންވެސް ހާއްސަ އުމުރުފުރާއަކަށެވެ. އެއީ 70 އަހަރާއި 70 އަހަރުން މަތީ މީހުންނަށެވެ. އަދި އެމީހުންގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ.

އޯޕަން ސާޖަރީއާ ހިލާފަށް މި ސަާޖަރީއަށް ފަހު ދެ ދުވަސް ތެރޭގައި ހޮސްޕިޓަލުން ބަލި މީހާ ދޫކޮށްލައެވެ.

ޑރ. ޝާފީ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ސާޖަރީގައި ހިތުގެ ތެރެއަށް ޑިވައިސް ލައްވާފައިވަނީ ފައިވަޅުން ހޮޅިއެއް ލައްވައިގެން ހިތާއި ހަމަޔަށް ގެންގޮސްގެންނެވެ. ސާޖަރީއަށް ބޭނުންވާ ސާމާނުތައް ފޯރުކޮށްދީފައިވަނީ އިންޑިއާގެ މެޑްޓްރޯނިކް ކުންފުނިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަޒީ

    ކިޑްނީގައި އުފެދޭ ހިލަ ނައްތާނުލެވޭ! މިވަރަށް ދެން ރަގަޅުވާނީ

    12
    6
  2. ޙާލަތު

    އެންމެ ފަހުން އެބުނީ އަސްލު ބުނަން ބޭނުންވާ ވާހަކަ... ހިލޭތަ ސާމާނު ފޯރުކޮށްދިނީ.... #އައުޓް # އައުޓް

    18
    3
    • ސަމްސިއްޔާ

      އިންޑިއާއިން ހިލޭ ސާމާނު ފޯރުކޮށްދިނަސް އިންޑިއާ މިލިޓަރީ މީހުން ރާއްޖޭގައި ބަނޑަހަ ޖަހައިގެން ތިބޭކަކަށް ނުޖެހޭ. ހަމަ އިންޑިއާ މިލިޓަރީ އައުޓޭ ބުނާއިރަށް މިއުޅޭ ބައިގަނޑުބުނާނެ ބިހޭ، ފިޔަލޭ، އަލުއްވޭ. ތިޔަ ހުރިހާ އެއްޗިހި ހިލޭދިނަސް ނުޖެހެއޭ އިންޑިއާ މިލިޓަރީ މީހުން ރާއްޖޭގައި ތިބޭކަށް. ޔާމީނުގެ ސަރުކާރުގައި ވިސާއާކޮށްނުދިނީމަވެސް ގަދަކަންދައްކާފާއި ތިބި ނުރައްކާބައެއް ތިޔަ އިންޑިއާމީހުންނަކީ.

      5
      1
  3. އައުޓް

    މިސާޖަރީ ކުރީވެސް އިންޑިއާގެ ޑޮކްޓަރުންނެވެ. ބޭނުމަކީ އިންޑިއާގެ މަދަދާއި އެހީތެރިކަމާ ނުލައި ދިވެހިންނަށް ދިރުން ނުލިބޭނެކަން ހާމަކުރުމެވެ. ނުބައި ނުލަފާ ޚާއިނުންގެ ކިބައިން މިގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި