ސިނަމާލެ ބްރިޖުން ދަތުރު ކުރި ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ސިނަމާލެ ބްރިޖު މަތިން ދުއްވަމުން ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހެނދުނު 9:49 ހާއިރު ކަމަށެވެ.

ތެޔޮ ބައުޒަރުގައި ރޯވި ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ޓީމުން ދިޔައިރު، ވެހިކަލްގައި އިން ޑްރައިވަރު ވަނީ އަލިފާން ނިއްވާލާފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ތެޔޮ ބައުޒަރަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަބޭސް

    އެހެންގަުމުތަކުގަވެސް ހެވީވެހިކަލްތަކުން ނުރަށްކާތެރި ކާގޯއުފުލަން ހުށްދަދީފައޮންނަނީ ރޭގަނޑުގެ ވަކިގަޑިޔެއް

    8
    1
  2. ޚިޔާލު 2

    މީގެ ފަހުން އާންމުކޮށް ބުރިޖު ހުރަސްކޮށް ތެޔޮ އުފުލާނީ ރޭގަޑު 11އިން ފެށިގެން 1 އާއި ދެމެދުއެވެ. އެމް.އެންޑީ އެފްގެ ފަޔަރ އެންޑް ރެސްކިއުއިން މި ވަގުތު ޚާއްސަ ސަމާލުކަމެއްދީގެން ބުރިޖު ބަލަހައްޓަންވާނެއެވެ. މިގޮތަށް ހަމަޖައްސަވާ ބުރިޖަށްލިބިދާނެ ގެއްލުމަކުންނާއި މީހުންގެ ސަލާމަތަށް މިކަން ކުރަންޖެހޭނެ ކަމަށް އަޅުގަނޑުދެކެމެވެ.