މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަން ހަދާފައިވާ ހަލި މަގުގައި ހުރި ލައިޓްތައް މިރޭ ނިވިއްޖެއެވެ.

ފުލުހުން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެ ހައިވޭގެ ލައިޓުތައް ނިވިފައިވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ލައިޓްތައް ނިވުމާ ގުޅިގެން އެ ސަރަހައްދު މިހާރު އޮތީ ވަރަށް އަނދިރިކޮށެވެ. ލައިޓްތައް ނިވުނު ކަމުގައި ވިޔަސް، ބްރިޖާއި ހަލިމަގު ގުޅޭ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓް ބަރާބަރަށް ހިނގަމުންދެއެވެ.