ރާއްޖޭން އިތުރު 648 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނެފައިވަނީ މިއަދު ފައްސިވެފައިވާ 648 މީހުންގެ ތެރެއިން 70 މީހަކު ފައްސިވެފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ. އަދި 485 މީހަކު ރަށްތަކުން ފައްސިވެފައިވާއިރު، 63 މީހަކު ފައްސިވެފައިވަނީ ރިސޯޓުތަކުންނެވެ.

ރާއްޖޭން ފައްސިވާ މީހުންގެ އަދަދު ބޮޑު ތަނުން ދަށްވެފައިވާއިރު، ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ.

އެގޮތުން މިއަދު ފައްސިވެފައިވާ މީހުންނަކީ ފާއިތުވި 24 ގަޑިއިރު ޓެސްޓް ކުރި 3،365 މީހުންގެ ތެރެއިން ފައްސިވެފައިވާ މީހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިވަގުތު މާލެއިން ފައްސިވާ އަދަދު އުޅެނީ 8 އިންސައްތައިގައެވެ.

މިއާއި އެކީ ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 164،229 އަށް އަރާފައެވެ. އޭގެ ތެރެއިން 148،868 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިފައި ތިބީ 15،058 މީހެކެވެ.

މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 26 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. ރާއްޖޭން މި ބަލީގައި 290 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު