ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އުމުރުން 80 އަހަރުގެ ފިރިހެން މީހާ ނިޔާވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އެމީހާ ނިޔާވީ ރޭ ދަންވަރު 12:15 ހާއިރު ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މިއާއެކު މި ބަލީގައި ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ވަނީ 292 އަށް އަރައިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު