ޅ. ކުރެންދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމުން ބާއްވާ ބައި އިލެކްޝަންގައި ވާދަވެރި ދެ ޕާޓީ ކަމުގައިވާ ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްއިން ވާދަކުރައްވާނެ ކެންޑިޑޭޓުން ސާފުވެއްޖެއެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުން މަގާމު ވަނީ ހުސްވެފައެވެ. މި މަގާމުގެ ބައި އިލެކްޝަން އަންނަ މާޗު މަހުގެ 26 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފައެވެ.
އިދިކޮޅު ޕީޕީއެމުން މި މަގާމަށް ކުރިމަތިލެއްވީ މީގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސް ކަން ކުރެއްވި އިސްމާއީލް މަދީހެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅަން ބާއްވާ ޕްރައިމަރީން ކުރިމަތިލެއްވީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމް އެކަންޏެވެ.
ކުރެންދޫ ކައުންސިލްގެ ރައީސްގެ ބައި އިލެކްޝަނަށް ކުރިމަތިލާން އީސީން ހުޅުވާލާފައިވާ ސުންގަޑި އަންނަ ބުރާސްފަތި ދުވަހަށް ހަމަވެއެވެ.
މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 28 ވަނަ ދުވަހުގައެވެ. އެއީ އިންތިޚާބު ބާއްވާ ދުވަހުގެ ދެ ދުވަސް ފަހުންނެވެ.
ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެއެވެ.
މިހާތަނަށް ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއަށް ބަލާއިރު، އެމްޑީޕީން ދެ ފަހަރު އަދި ޕީޕީއެމުން ދެ ފަހަރު ކުރެންދޫ ކައުންސިލްގެ މެޖޯރިޓީ ނަގާފައިވެއެވެ.
މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުރެންދޫ ކައުންސިލްގެ ފަސް ގޮނޑި ވެސް ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ.
މިކަހަލަ ބައި އިލެކްޝަނުން ގިނަގިނައިން ބާއްވާނަމަ މުޅި ދައުލަތް ހުސްކުރާނެ ރޭރުން ރައްރައް ތަރައްޤީ ވާނެ..
ވެލިއުކި ނަސީމް ތިޔައީ ދުމެއްގެ މީހެއް.
ދުމެއްގެ ލިޔެވުނީ ޓައިޕިންގ މިސްޓޭކަކުން. ރަނގަޅު ގޮތަކީ ސުމެއްގެ (0) ގެ
ޒުވާން ކެނޑިޑޭޓަށް އިސްކަން ދެވޭނީ.
ކުރެންދުއަށް ކޮއްދިނީ ކޮންކަމެއްތޯ.ހަމަ މައުމޫނު ރަށުއޮފީސް ހަދަން ޖެހިކަޑަ އަދިވެސް އިނީ. ޔާމީނު އެރުވިސާމާނުން ނަރުދަމާއެޅީ.އޭޓީއެމް އެއްތޯ އެންމެ މުހިންމީ ސުވާލު ކޮއްލަބަލަ ތިބުނާ މީހުންކައިރީ.ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު އޮތީ ބޮއްސުން ލާފަ.
މީގެ ކުރިން ކިޔަނީ ސަރުކާރުގެ މެންބަރަކު ނެތީމައޭ ކަންކަން ނުކުރެވެނީ.މިހާރު އެހެން ބުނެވޭނެ އެއްވެސް ޖާގައެއްނެތް.އަހަރެން އެދެނީ އަބަދުވެސް ކުރެންދުއަށް ތަރައްގީއާއި ކާމިޔާބީއަށް.މުޅިރާއްޖޭގެ ހުރިހާ ރައްތަކެއް ސަލާމަތް ނުވާވަރަށް ކަންތައްތަށް ހިން ގާއިރު ކުރެންދޫގައި ކޮންކަމެއްތޯ ކުރަނީ ވިސްނާ ބަލާ ލުން މުހިންމު.
މަ ހިތަށް އަރާ ނަސީމު ކީއްކުރަންބާ އޭ އައިޖީއެމްއެޗް ގަ ހުރި ވަޒީފާ ދޫކޮށްފަ ގޮސް ކުރެންދޫ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުކަން އެމްޑީޕީ އިން ދިންތާ އަދި ނުވޭ އަހަރެއް އަނެއްކާ އެ ފައި ނަގަނީ ކުރެންދޫ ކައުންސިލްގެ ރައީސް ކަމަށް.ކުރިންވެސް ހުރީ އެމްޑީޕީ ގެ ރައީސް އެއް.ކައުންސިލް އެއްކޮށް ތިބީ އެމްޑީޕީ މެންބަރުން.އަނެއްކާ މިމީހުން ކެމްޕެއިން މިކުރަނީ އެމްޑީޕީ މީހަކު ހޮވައިގެންނޯ ރަށަށް ކުރިއެރުން އަންނާނީ.އަންނާނެ ނަމަ ތިޔަ ކުރިއެރުމެއް އައިސްފަ އޮންނާނީ.ޔާމީންގެ ވެރިކަމުގަ އަޅަން ފެށި ނަރުދަމާ އަދިވެސް ނުނިމެ.ހަމަ ދަމާލަ ދަމާލާ ތިބީ.
އެމްޑީޕީ ޕްރައިމަރީއަށް އެހެން މީހަކު ކުރިމައްޗެއް ނުލާނެތާ ތިޔަ ޕްރައިމަރީގަ ދެން ވާދަކުރަން ކީ ރަމީޒު(ރޮބޭ) ވާދަކުރާކަމަށް އަޑު އަރާއިރަށް މިހާރުގެ މަޖިލިސް މެންބަރު ރޮމްބަސް ގަނީ އެސޮރަށް ހުށަަހަޅައިފި ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުކަން.އެއީ ތިޔަ ނަސީމު މިހާރު ހުރި މަގާމު.މިބުނާ ރަމީޒު ވެސް ބޭނުންވާނެތާ ހިހޫތަނުން ކައިލައިގެން އުޅެން.
ތަޖުރިބާ އަށް ބަލާނަމަ ޕީޕީއެމްގެ ކެންޑިޑޭޓް މަދީހު އަކީ މީގެ ކުރީގެ ދެދައުރު ގަ ކުރެންދޫ ކައުންސިލްގެ ރައީސް ކަން ކުރި މީހެއް.އެމްޑީޕީ ކެންޑިޑޭޓް ނަސީމަކީ އައިޖީއެމްއެޗް ގެ މެއިންޓަނަންސް ގަ އުޅުނު މީހެއް.ތައުލީމަށް ބަލާނަމަ ދެމީހުންނަކީވެސް އޯލެވެލް ފެންވަރު.
އެކަމަކު ސިޔާސީ ވޯޓުތަކުގަ މިބުނި ދެކަންތަކަކީވެސް ބަލާ އެއްޗެއް ނޫން.އަނެއްކާ ކޮންމެ ކައުންސިލެއް އޮތަސް ކޮންމެ މަޖިލިސް މެމްބަރަކު ހުއްޓަސް ސަރުކާރުން އެރަށެއް ތަރައްގީ ކޮށްދޭން ބޭނުމިއްޔާ ކޮށްދޭނެ ކަމުގެ ހެކި މިފަހުން އެފެނުނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުން
ތައުލީމަށް ބަލާނަމަ ދެމީހުންނަކީވެސް އޯލެވެލް ފެންވަރު. ؟؟؟؟؟؟
މައުލޫމާތު ނެތްނަމަ މައުލޫމާތު ހޯދުން ރަނގަޅު އެއްވެސް ރޮނަގަކުން ނަސީމް އަކަށް މަދީހް އާހަމަޔަކަށް ނާދެވޭނެ ތިމާގެޔަސް ރަށަށް ގެންލުންވާކަށް ޒުވާނުން މަގުމަތިވާކަށް ދުލެއް ނުކުރެވޭނެ
މިފަހަރު ކުރެންދޫ 2ބުރިއަށް ނަގާނެ
މަވެސް އަޖައިބުވަނީ ނަސިމްބެއަށް މޭޒުދަށުން ދިން ފެނަކައިގެ އެޔޮއްފަސޭހަ އެއްވެސް ޒިންމާއެއް ނެތި ރަށުގަ ކޮފީމޭޒުން އުޅެވޭ ވަޒީފާދޫކޮށް ކޮންމޮޔައެއް ވެގެންބާއޭ މިއުޅެނީ މަގޭވޯޓު މަދިނަސް މަށަކަށް ހިޔެއް ނުވޭ އެހެރަ ފެންނަ މަންޒަރު ތަކުން މިފަހަރު މިކަން މިގޮތައް ނިމޭނެހެނެއް
ޢަލީ ނަސީމުއަކީ ކޮލިޓީ އަދި އެޑުމިންދާއިރާއިން އައިޖީއެމްއެޗްގައި ވަރަށް ގިނަ ޢަދަދެއްގެ މުއައްޒަފުންގެ ވެރިއަކަށް ހުރެ ޑިޕާރޓުމެންޓު މެނޭޖަރެއްގެ ހައިސިއްޔަތުން ވަރަށް މަޤުބޫލުކަން ހޯދައި އަދި ގިނަދުވަހު މަސައްކަތް ކޮށްފައިވާ ހުނަރުވެރި ހޯވާގި އެންމެން ގޮވައިގެން އުޅެވޭ ތަޖުރިބާ ކާރު ބޭފުޅެއް... އުއްމީދު ކުރަނީ ރައީސްކަމަށް ހޮވިވަޑައިގަންނާނެ ކަމަށް.
އަދި މިހާރު ކުރިމަތިލައިގެން ތިބި ދެމީހުންގެ ތެރެއިން އެކަށީގެންވާ ފަދަ މަސައްކަތްތަކެއް ކުރެވޭނީ ނަސީމަށް އެއީ ދެބަސްނުވޭނެ ހަޤީޤަތް... ނަސީމަށް ކާމިޔާބަށް އެދެން.
މިލާމަރުކަޒީ ކަންތައްއުވާލަންވީ، ކަމުދާޒާތު އެކަތިވެސް ކުރިމަތިވެސް ނުލަނީ. ކޮންމެޕާޓީއަކުންވެސް މިފެންނަނީ ސޮހޮލުން ކުރިމަތިލާތަން، ވީމާ ބޮޑެތި މަގާމުތަކުގަ ތިބޭނީ ވެސް ތަންދޮރުނުދަންނަ މީހުން . ގައުމު ހަލާކު ވެއްޖެ. މިހާރު ބޭނުން ވަނީ ގައުމަށް އިހުލާސް ތެރި ޑިކުޓޭޓަރެއް.