"އިންޑިއާ އައުޓް" ގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގއ. ވިލިނގިއްޔަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
ވިލިނގިލީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އިންޑިއާ އައުޓް" ގެ ހަރަކާތްތަކަށް ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މިހާރު ވެސް ވަނީ އެ ރަށަށް ވަޑައިގެންފައެވެ.
އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން އެ ރަށަށް ވަޑައިގަތީ، ވަރަށް އަވަހަށް ރައީސް ޔާމީން ވެސް އެ ރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ކަން އެނގިފައިވެއެވެ. ވަޑައިގަންނަވާ ތާރީޚެއް އަދި ނޭނގެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް، އެމަނިކުފާނު މިނިވަންވި ފަހުން ގެންދަވަނީ ރަށްރަށަށް ވަޑައިގެން މި ކެމްޕޭން ފުޅާ ކުރައްވަމުންނެވެ.
މީގެ ކުރިން ޔާމީން ވަނީ ކ. އަތޮޅާއި، ށ. އަތޮޅާއި، ރ. އަތޮޅާއި، ފ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތް ހިންގަވައިފައެވެ.
"އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތަކީ މި ސަރުކާރުން ގެންގުޅޭ އިންޑިއާއިން އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތުތަކާއި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ހިންގާ ކެމްޕޭނެކެވެ.
އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ވެސް ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.
މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުންނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް މި ކަން ދޮގު ކުރެއެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ދިވެހި ފަސްގަނޑުގައި ތިބުމާއި، ދިވެހި އިގްތިސާދު އެންމެ ގައުމަކަށް އެހާ ބޮޑަށް ބަރޯސާވެ އޮތުމުން ނުކުމެދާނެ ގޯހަކާ މެދު ބައެއް އާންމުންގެ ތެރޭގައި ވެސް ނުހަނު ކަންބޮޑުވުން އެބަ އޮތެވެ.
މި ކަމަކީ ޚާރިޖީ ތަޖުރިބާ ކާރުންގެ ކަންބޮޑުވުން ވެސް އޮތް ކަމެކެވެ. އިންޑިއާ އަދި ޗައިނާއާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު، ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި، އެއިން އެއް ގައުމަކާ މާ ބޮޑަށް ގާތްވެ އަނެއް ގައުމާ ގުޅުން ގޯސްވުން ރަނގަޅު ނުވާނެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.
❤️❤️❤️ދިވެހިންގެ ފަޙުރުވެރި ދިވެހި ރައީސް ♥️♥️🇲🇻🇲🇻🇲🇻މިނިވަން ދިވެހިރާއްޖެ އަބަދަށް މިނިވަންކަމުގަލައްވާށި ޔާﷲ...
އިންޑިޔާ އައުޓް އެއީ ބޭރުފުށުން މީހުން ލޮލުގަ އަޅުވާ އަދުނެއް. ބޭނުމަކީ ކިޔާނެ އިތުރު އެއްޗެއް ނެތީމަ މީތި ކިޔާގެން 2023 އަށް ކެމްޕެއިން ކުރުން. މި ސަރުކާރު ވައްކަން ކުރަނީއޭ މީހުން ކައިރީ ކިޔަން އަގަހުޅުވޭކަށް ނެތް. ކޮރަޕްޝަން ކިއޭކަށް ނެތް، މިކަހަލަ އެއްޗެއް ކިޔަންޏާ އެބަޖެހޭ ސޯޓްގަ ވާފަށެއް އައްސަން. ..
މިއަށަވުރެ ވައްކަމަ ކޮރަޕްޓް ވެރިކަމެއް މި އުޑުދަށަކު މަނުދެކެން
ޢެއްވެސް އިރެއްގަ ޔާމީނަކީ ބޭކާރު ދޮގު އަނގަތަޅާ މީހެއްނޫން ބްރޯ. 800މިލިއަން ތެޔޮ ޑީލް، ޗައިނާ އަށް ވިއްކި އަސްކަރީ ރަށްތައް، ޔާމީން މައިބަދަ، ޔާމީން ސިކުނޑީގެ ޓިއުމަރު، ގޭންގް ޔާމީން، ޑްރަގް ޔާމީނު، ވަގު ޔާމީން މިހެންގޮސް ނަންހުސްކޮށް ވައަތު ކޮނޑަށް ބަރުކުރަނީ ކަލޭމެން
އިންޑިޔާ ސިފައިން ބޭރުކުރާނަން މާރިޔާ 3 ބިހުން 2 ބިސް ފޮރުވިޔަސް އަހަރެމެން ހަމަ އިންޑިޔާ އައުޓް ކިޔާނަން އިންޑިޔާ އައުޓު މާރިދައިތަ އައުޓް
ސާބަހޭ ރ.ޔާމީން، އަހަރުމެންގެ ގައުމު އަޅުވެތިކަމުން މިނިވަންކަމަށް ފެނައުމަށް މަނިކުފާނު ތިޔަކުރައްވާފަދަ ވަރުގަދަ މާތް މަސައްކަތެއް ކުރެއްވުމަށް ކެރިވަޑައިގަންނަަ ދެން އެއްވެސް ލީޑަރެއް މި ގައުމުގައި އެބަވޭތޯ؟؟ ލީޑަރުންގެ ނަންލިބިގެންތިބި މީހުން އެތިބީ ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރާ ލީޑަރުންނަށް ސެލިއުޓު ކިޔައިގެންކަން ފެންނަމުންދަނީ، ޒިންދާބާދު، ރ.ޔާމީން،
"ނަން" ކިޔާ ފަރާތުގެ ކޮމެންޓަށް ބުނެލެވޭނީ މިސަރުކާރު އައުމަށް އެޅި އެއްމެފުރަތަމަ ފިޔަވަޅަކީވެސް ބޮޑު ކޮރަޕްޝަނެކޭ، އެއީ މިހާރުގެ ރައީސު އިބޫސާލިހު 35މިލިޔަން ޑޮލަރު އުފުއްލި ކަޅު ދަބަހޭ، ދެން މިގައުމަށް އެއްމެބޮޑު ބަލި ކުރިމަތިވިއިރު މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރަންޖެހުނު ވަސީލަތް (ވެންޓިލޭޓަރު)ގަންނަން ހޭދަކުރި ބިލިޔަން ޑޮލަރުތަކަށް ގައުމަށްވަނީ ކިތަށް ވެންޓިލޭޓަރތޯ؟؟ ފިނޭސްމިނިސްޓަރ އިހައްދުވަހު އިއުލާންކުރީ މިހާރު ގައުމުގެ ބެއިތިލްމާލުގައި އެއްވެސް އެއްޗެއްނެތިި ފުސްޖަހާފައި ވާކަމަށް، ރ.ޔާމީނު ވެރިކަމަށް އިސްވިއިރު ހުރި ދަރަނި އަދާކޮށްފައި ސޭވްކުރި އެތަށް މިލިޔަން ޑޮލަރާއި ރުފިޔާތައް ދަވާލީ ކޮމްބައެއްތޯ؟؟ ޥެރިކަމަށް 3އަހަރުވިއިރު ދައްކާދެވުނު ހަރުދަނާ އެސެޓެއް ނެތްއިރު ވެރިންގެ ދަތުރުތަކަށް ބިލިޔަން ބިލިޔަނުން ޚަރަދުކުރަމުންދަނީ ރައްޔިތުންގެ ޓެކްސްފައިސާއިންނޭ، ރައްޔިތުން މިތިބީ އަނގަޔާއި އަތާއި ދިމާނުވެ،
ސާބަހޭ އަޅުގަނޑުމެންގެ ބޮޑުތަކުރުފާނު ތިޔައީ ފިސާރިބަތަލެއް ތަރަށްގީގެބާނީގެ ހައިސިއްޔަތުން އިންޑިއާއައުޓު ކުރަން ތިޔަކުރަށްވާ ބުރަ މަސައްކަތުގައި ﷲ ބަރަކާތް ލަށްވާށިއެވެ އިންޑިއާސިފައިން މިގައުމުގަ ފައިތިލަ ސާބިތުކޮށްފިނަމަ މިގައުމުގައި އިސްލާމީ ވަހުދަތު ނެތިގެންދާނެ މިހާރުވެސް އިންޑިއާއިން މުސްލިމުން މަރަން އެއޮތްގޮވާނަގަނީ އެކަމަކު ވެރިކަމުގަ މިހިރަ އިސްލާމްދީނާ ބީރަށްޓެހި ޖާހިލަކަށް މިކަމެއްނުފެނޭ.
"ނަން" ކިޔާ ފަރާތުގެ ކޮމެންޓަށް ބުނެލެވޭނީ މިސަރުކާރު އައުމަށް އެޅި އެއްމެފުރަތަމަ ފިޔަވަޅަކީވެސް ބޮޑު ކޮރަޕްޝަނެކޭ، އެއީ މިހާރުގެ ރައީސު އިބޫސާލިހު 35މިލިޔަން ޑޮލަރު އުފުއްލި ކަޅު ދަބަހޭ، ދެން މިގައުމަށް އެއްމެބޮޑު ބަލި ކުރިމަތިވިއިރު މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރަންޖެހުނު ވަސީލަތް (ވެންޓިލޭޓަރު)ގަންނަން ހޭދަކުރި ބިލިޔަން ޑޮލަރުތަކަށް ގައުމަށްވަނީ ކިތަށް ވެންޓިލޭޓަރތޯ؟؟ ފިނޭސްމިނިސްޓަރ އިހައްދުވަހު އިއުލާންކުރީ މިހާރު ގައުމުގެ ބެއިތިލްމާލުގައި އެއްވެސް އެއްޗެއްނެތިި ފުސްޖަހާފައި ވާކަމަށް، ރ.ޔާމީނު ވެރިކަމަށް އިސްވިއިރު ހުރި ދަރަނި އަދާކޮށްފައި ސޭވްކުރި އެތަށް މިލިޔަން ޑޮލަރާއި ރުފިޔާތައް ދަވާލީ ކޮމްބައެއްތޯ؟؟ ޥެރިކަމަށް 3އަހަރުވިއިރު ދައްކާދެވުނު ހަރުދަނާ އެސެޓެއް ނެތްއިރު ވެރިންގެ ދަތުރުތަކަށް ބިލިޔަން ބިލިޔަނުން ޚަރަދުކުރަމުންދަނީ ރައްޔިތުންގެ ޓެކްސްފައިސާއިންނޭ، ރައްޔިތުން މިތިބީ އަނގަޔާއި އަތާއި ދިމާނުވެ،
ފާފު އަތޮޅު ވިއްކާލި ނަމަވެސް ބުނާނެދޯ ދިވެހިންގެ މިނިވަންކަމޭ ރައްޔަތުންގެ ރައީސްއޭ. ބޯ ހަލާކު ދިވެހިން މިއީ ހަމަ ގުނބޯ ހެއްދިވަރަކަށް ހެއްދޭނެ. މާ ދިވެހިވެގެން މި ޔާމިން މި ތެޅެނީ ދިވެހިން މޮޔަހައްދައިގެން ސަޕޯޓް ހޯދާށޯ.ބޯހަކާކު މި މޮޔައިންނާއި ހެދި. ގުނބޯ ހެދޭ ދިވެހިން. ޔާނިން ވެރިކަމުގަ ހުރި ނަމަ މިހާރު ފާފު އަތޮޅު އޮންނާނީ ޗާޓުން ބޭރުވެފައި. ބައެއްގެ ޕްރައިވެޓް އަތޮޅަކަށް ހަދާލާފަ.