މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ތަހްޤީގު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހޯދުމަށް ފުލުހުން އިޢުލާން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހޯދަމުންދާ ތިން މީހުންނަކީވެސް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ދެ މީހުން ކަމަށެވެ.

" ވީމާ މި ތިން މީހުނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެން" ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޢާއްމު ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ނ.ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއިއެކު ދެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޯލްމާޓިން

    ފުލުހުންގެ ވީޑިއޯ ނުހުރޭދޯ މިއަށްވުރެ ސާފު ކޮށްއެއްޗެއްފެންނަގޮތަކަށް؟ އަމާކީތީ ފަރަށްދާ އުސޫލުން ވީޑިއޯއެއް އާއްމުކުރިޔަސް ނުވާނެދޯ މިއަކުން މީހަކަށް އެއްޗެއްއިންގޭވެރެއް ނުވޭ!!